މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ކޮވިޑް-19 ގެ ޕްރައިމަރީ ކޮންޓެކްޓަކަށްވެ އައިސޮލޭޝަންގައި ހުންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ނަޝީދު ހުށަހެޅުއްވި މައްސަލައިގައި މި ސަރުކާރުގެ އިސް ބައެއް ވެރިންނާއި ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ މަޖިލިހަށް ހާޒިރުކޮށްފައެވެ.

މި ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ނައިބު ރައީސް އަދި މިނިސްޓަރު އަބްދުﷲ ޖިހާދާއި ކުރީގެ މިނިސްޓަރު އަހުމަދު މުނައްވަރާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތެވެ.

މުޅި މަޖިލިސް އެއްކޮަށްލައިގެން ކުރިއަށް ގެންދާ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގަންނަވަނީ އޮންލައިންކޮށެވެ.

ނަޝީދު ވިދާޅުވީ މި ބައްދަލުވުމުގައި ގަވަރުނަރު ބައިވެރިވެ ވަޑައިގަންނަވާނީ ވީޑިއޯ މެދުވެރިކޮށް ކަމަށެވެ. އެގޮތުން ޕްރައިމަރީ ކޮންޓެކްޓަކަށް ވާތީ އެމަނިކުފާނު ހުންނެވީ އައިސޮލޭޝަނުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުން ވެސް މީގެކުރިން ޕްރައިމަރީ ކޮންޓެކްޓުންނަށްވެ އައިސޮލޭޝަނުގައި ތިއްބަވަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަފްލާ

    ހިސާބް ދިމާވާނީ ހިސާބް އެގޭ މޙަކަށްތާ!

    16
  2. ބޯޖަލީލު

    މީނަ އިސްތިއުފާދިނީތަ ؟ މި މަގާމުގައި އަޅުގނޑު ހުރެ ދިވެހިފައސާ ޗާޕުކޮންގެން ނުނެރޭނެ ކަމަށްބުނި ކިހެނެއްބާ މިވަނީ މަރުވަނީބާ ؟