މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނަށް ކުރެވުނު ކަމަކީ އެ ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދަށް ފަނޑިޔާރުކަން ހޯދައި ދިނުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަރު ކޮމިޝަނަކީ ފެއިލްވެފައިވާ ތަނެއް ކަމަށާއި އެ ތަނަށް ކުރެވުނީ އެންމެ ކަމެއް ކަމަށެވެ.

އެއީ ކުރީގެ ބަންޑާރަ ނައިބު ކަން ކުރެއްވި ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ހޯދައި ދިނުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ދެން އެހެންކަމެއް އެތަނަކުން ނުކުރާނެ. ކަމެއް ކުރޭވޭނެ ނަމަ ރާއްޖޭގަ ހިންގާ ކަމަށް ބުނި އަލްގައިދާ ފިހާރަތައް ދައްކަންވީ؟" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އެގޮތަށް ވިދާޅުވި އިރު، ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނާއި އަދި މަރުގެ ކޮމިޝަނަށް ވެސް ގާނޫނުގައި ބުނާ މަސައްކަތް ކުރެވުނު ކަމަށް ދަންނަވަން ދަތި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ދެން އޮތް ގޮތަކީ އެ ދެ ކޮމިޝަން ވެސް އުވާލައި ރިޔާސީ ކޮމިޝަންގެ ގާނޫނު އުވާލުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އިރު، ރިޔާސީ ކޮމިޝަން އުވާލުމުގެ ބާރު ގާނޫނުއަސާސީން ލިބިފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެނގިފައިވާ ގޮތުގައި ރިޔާސީ ދެ ކޮމިޝަން މިވަގުތު އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅެއް ނުވެއެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ ދެ ކޮމިޝަންގެ ތަހުގީގުތައް ފުރިހަމަކޮށް ނިމުމާ އެކީގައި ކޮމިޝަން އުވާލެއްވުމަށެވެ.

ރިޔާސީ ކޮމިޝަންގެ ގާނޫނުގައި، ދެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެއެވެ.

ރިޔާސީ ކޮމިޝަންތަކުން ބަލާ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ކޮމިޝަނުން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެ ނޫން ވެސް ތަކެތި ހުށަހަޅަން އެންގުމުގެ ބާރު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ގލޅ

  މަ ރުކޮމިސަނުގެ އަސްލުބޭނުމަކީވެސް އެއީ ސުޢޫދު ދެން
  ހު ރިހާ އެއްމެންނަށްވެސް އެނގޭނެ ދެއްތޯ ނަސީދު ރަސްކަލުންގެ ފަހަތުން ހަތްކޮޅު އަނބު ރރ ރާމީހެއް ބޮޑުފަޅީގެ މީހެއް އެހެންވެ ފަނޑިޔާށރުކަން ކޮންމެހެންވެސް ދޭވާނެ.

  20
 2. ރެފްރީ

  ޝަހީމުއެބުނީ ސަތޭކައިގެވާހަކައެއް !! ވަރަށްބޮޑަށްޝުކުރިއްޔ

  35
  1
 3. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  ޝަހީމް ވިދާޅުވިޔަސް ތިޔައީ ވަރަށް ބޮޑުތެދު ފުޅެއް. ރިލްވާން ގެ މަންމަ އާއި އެކު އިބޫ މުޒާހަރާ ކުރުމަކީ، "ޔޫސިންގް އަ ޑެޑް މޭން ޝޯލްޑަރ ޓް ޝޫޓް ހިސް ޕޮލިޓިކަލް ބުލަޓް". މާނަ އަކީ، މަރުވެފައި އޮތް މީހެއްގެ ކޮނޑު ނިވާފަތް ގަނޑަކަށް ބޭނުން ކޮށްގެން ތިމާމީހާގެ ސިޔާސީ އުންޑަ ފޮނުވާލީ. އިބޫ އަށް ހަމަ ރަނގަޅަށް އިނގޭނެ މަރުކޮމިޝަން ގައި ޑޮކްޓަރަކު ނެތް ކަން. އިބޫ އަށް ހަމަ ރަނގަޅަށް އިނގޭނެ މަރުކޮމިޝަން ގައި ކްރިމިނަލް އިންވެސްޓިގޭޓަރ އަކު ނެތްކަން. އިބޫ އަށް ހަމަ ރަނގަޅަށް އިނގޭނެ މަރުކޮމިޝަންގައި ފޮރެންސިކް އެކްސްޕާރޓް އަކު ނެތްކަން. ޢާއިލާ އިން ބުނިއްޔޭ ކިޔާފައި ހަޑިހަޑި ލިޔުމަކުން ލިޔެފައި، މިއުޅެނީ ބޭރުން މީހަކު ގެންނާށޭ ލިޔެ ޓްވީޓް ކުރުމަކީ، "އަމާ ބުނީތީ ފަރަށް ދިޔުން". ބޭރުން އެންމެ މީހަކު ގެނެސްގެން ކުރެވޭނެ ކަމެއް އޮންނާނެތޯ، މަތީގައިވާ އެކްސްޕާޓުންނާއި ނުައިލައި ؟ އިބޫ ހަމަ މަރުވެފައި ތިބި ބައެއްގެ ސިޔާސީ ބޭނުން ރަނގަޅަށް ހިފާލީ ! ކެޔޮގަނޑު ކަނޑާލާފައި ގަސް ވެސް ގޮނޑަށް !

  31
  1
  • Anonymous

   ތިމާ މީހާގެ ފަރާތުން ޤައުމަށް ކޮށްދެވުނީ ކޮން ކަމެއްތޯއެވެ. ކިޔަވައިގެން ޢާލިމުންނަށްވެ އެހެން ޤައުމުތަކަށް ހިޖުރަކުރުން ހުއްޓާލާ.. ޤައުމަށް އާދޭ..

   2
   9
   • ޑރ. ރާމީ ހަސަން.

    އަޅުގަނޑުވާނީ ރައީސް އޮފީހުގައާއި ސަރުކާރުގައިވެސް ވަރަށް ގިނަދުވަހު ހިދުމަތްކޮށްފައެވެ. ޝުކުރިއްޔާ.

    6
    1
  • ނާޝި ބާބާ

   ބައްލަވާ މިފަދަ މަސައްކަތެއް ކުރަން ތިޔަ ވިދާޅުވި ފަދަ އިލްމީ މީހުން ތިބެން ޖެހޭނެ ކަންވެސް އެނގޭނީ ކޮންމެސް ކަހަލަ އިލްމެއް ގާބިލުކަމެއް ހުރި މީހަކަށް ދެއްތޯ؟

  • ޕްރޮފެސަރު

   އަހަންނަށް ވަރަށް ރަނގަޅު ޑރ. ރާމީ މި ގައުމަށް ކޮށްދިން ކަމެއް ބުނެދީފިއްޔާ. އުގައިލު ނޫނިއްޔާ ފާޅުކަން ބޮޑު ގޮތެއްގަ ކަމެއް ކޮށްދޭ މީހަކު ނުފެނޭ. ނިއުޔޯކްގަ ހުރެގެންވެސް ކޮށްދެވޭނެ ކަންތައް ހުންނާނެ. އަހަންނަށް މުޅިންވެސް ފެންނަނީ ނޫސްނޫހުގަ ކޮމެންޓު ކުރާތަން.

   • ޑރ. ރާމީ

    ޕްރޮފެސަރ އަށް. އެމީހަކު ކުރާ ހެޔޮކަމެއްގެ ވާހަކަ ދައްކާ އެކަމަށް ޝަރަފްވެރިވުމަކީ ދެއްކުންތެރިކަމުގެ ތެރެއިން ވާކަމެކެވެ. އަންގަވާފައިވަނީ ތިމާ ކަނާތުން ކުރާކަމެއް ވާއަތަށްވެސް ނޭންގޭހާ ސިއްރިޔާތުގައި ކުރުމަށެވެ. އެހީތެރިކަން ބޭނުންވެގެން އަޅުގަޑަށް ގުޅާލި "ގިނަބަޔަކަށް" އެހީތެރިކަން އަޅުގަނޑުވާނީ ފޯރުކޮށްދީފައެވެ. ޕްރޮފެސަރ އަކީ ކާކުކަމާއި ނަންބަރެއް ޖަހާލަން ކެރުނުނަމަ ގުޅާވެސްލީމުހެއްޔެވެ. ނަންޖަހާލަން ވެސް ނުކެރުނީމާ ވާނީ ތިހާވަރެކެވެ.

 4. ފަނި

  ނަމުގަ ދީނީ ކަމުގަ ބޮޑު ފިތުނަ ފަސާދަވެރިކަން. ވަގުތުނޫހުން ނުޖަހާނެ ޝަހީމާ ދެކޮޅައް އެއްޗެއް ބުނެގެން. މިހެން ލިޔެފިއްޔާ އަވަހައް ލާނެ މިމީހުންގެ ރަނގަޅުކަން ދައްކަން. ހަމަ ތަޖުރިބާޔާ އެކުމިބުނީ އެތައް ފަހަރަކު ކޮމެންޓެއް ކުރިޔަސް ނުލާ ހަމަ. އެއީ ވަގުތަކީ މިސަރުކާރު ދެކެ ރުޅިއަންނަ މީހުން ގެ ހަބަރު ގެނެސްދެއްވާ ބައެއް

  1
  7
 5. ޝައްފަ

  ޑޮކްޓަރ ރާމީ އަށް ތާއީދު. ތެދުފުޅެއް. އިބޫހަމަ ގަސް،ގޮނޑަށްހޫރުވާލީ ކެޔޮގަނޑުކަނޑާލައިފައި. މަރުވެފަތިބިބައެއްގެއެޑްވާންޓޭޖްނެގީ އިބޫ.

  11
 6. ކަޅުބެ

  މަރުކޮމިސަނުން ބެލީ އަސްލު މަރުވެފައި ނުވަތަމަރާލާފައިވާ މީހުންގެ ތަހުގީގެއްނޫން އެތަނުންކުޅުނީ ގޭމެއް ގޭމް ނިމުނުއިރު ހުސްނުއްސުއޫދު ހުރީ އޮޓަމެޓިކުން ފަނޑިޔާރުކަމަށް ހޮވިފަ ގޭމްބޯއިންބަށްވެސް ނޭނގޭ ގޭމް މިސަރުކާރުން ޑައުންލޯޑު އެބަކުރޭ.

 7. ސުރައްޔާ

  ބޭރުންމީހަކުގެންނަނީއޭ ކިޔައިގެން މަރާލާފަތިބި ފަރާތްތަކުގެޢާއިލާތައްލައްވާ މާބަލް (ފައްސޮއް)ކުޅުވަނީ އިބޫ. އެންމެމީހަކަށް ކަމެއްނުކުރެވޭނެކަން ނުވިސްނޭނެތަ އިބޫ އަށް!!! އިބޫގެ ހުތުރުއަތުލިޔުމުން ވަކިދަމާފަ، ފަރުވާކުޑަފާޑަކަށްލިޔެފަ ޓްވީޓްއޮތީ. ލިޔުމުގެފަރުވާކުޑަކަމުންވެސްއިނގޭ އާއިލާތަކަށްކަމެއްކޮށްދޭން ބޭނުންނުވާކަންއިބޫ.ހިތުގެ އިޢުތިގާދު އިބޫގެނެތްކަން.

  1
  1
 8. Anonymous

  ސުއޫދުއަށް ފަނޑިޔާރުކަން ދިނީ މަރުކޮމިޝަނުން ރިޟްވާން އާއި ޔާމީން އާއި އަދި އެނޫންވެސް މަރައިލާފައިވާ މީހުންގެ ޤާތިލު ހޯދައި ޙައްޤު އަދަބުދިނުމުން. އަދި އެކަން ސުޢޫދުގެ ހުނަރާއިއެކު ކުރުމުން މިހާރު ރިޟްވާންގެ މަންމަ މިކަމާއި އުފަލުން ރިޟްވާންގެ ހަނދާނުގައި ލަވަކިޔައި ޕާޓީކޮށް ބޮޑުބެރު މުބާރާތެއްވެސް ބާއްވަންއުޅެނީ.

  2
  1