ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެމީހާ ނިޔާވި ކަން، އާއިލާގެ ފަރާތުން "ވަގުތަށް" ވަނީ ކަށަވަރުކޮށް ދީފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވީ ފިރިހެނެކެވެ.

މިއީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި 20 ވަނަ މީހާއެވެ. މި ބަލީގައި ރާއްޖެ އިން ގިނަ އިން ނިޔާވެފައި ވަނީ ވެސް ދިވެހިންނެވެ. މިއަދު ނިޔާވި އެ މީހާ ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދޭން ފެށީ އިއްޔެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މިހާ ނިޔާވީ މިއަދު 12:12 ގައި ކަމަށްވެސް އެޗްޕިއޭ އިން ވިދާޅުވިއެވެ.

އަދި އެ މީހާއަކީ އިއްޔެ މެންދުރު ހޮސްޕިޓަލަށް ގެންދުޔަ މީހެއް ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ރާއްޖޭގައި މީގެ ކުރިން ނިޔާވި ބައެއް ކޮވިޑް-19 އަށް ފައްސިވެފައިވީނަމަވެސް، އެ މީހުން ނިޔާވީ މި ބަލީގައި ނޫން ކަމަށް ކަނޑައަޅާފައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހިގެން ފަރުވާދެމުން ދަނީ 2,307 މީހަކަށެވެ. މީގެ ތެރެއިން 145 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 2,831 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަރީ

    އެމީހާގެ އިތުރަށް ކޮންބައްޔަކަށްތޯ ފަރުވާކުރަމުންދިޔައީ؟ އެހެންބައްޔެއްގެ ސަބަބުން މަރުވެދާނެތާ؟ ކޮވިޑަކީ މީގެ ނަމެއްގަ ޖެހޭ އެއްޗެއް އަބަދުވެސް. އެހެންބައްޔެއްގަ މީހަކު މަރުވިޔަސް ނަންވަނީ ކޮވިޑަށް

    9
    2
  2. މަރޮށި

    ޝެ ގައުމަށް ވާ ގުރުބާން

    6
    2
    • މަޖޯ

      ށަވިޔަންޏަކުން ފަށަމާ

      6
      3
  3. އަބްޔަޟު

    ވޭނާއި ކެކުޅުމުގައި ބަރުޒަހުގެ އާލަމަށް އެމީހާ ދަތުރު ކުރުމުގެ ސަބަބެއްކަމުގައި ވީ މިނުރައްކާތެރި ބަލިމަޑުކަން. ކޮންމެ ބޭފުޅަކުވެސް ތިމާގެ އާއިލާ މިކަމުން ސަލާމަތް ކުރުމަށް ސަބަބުތަކުގައި ހިފައި މަސައްކަތް އިތުރު ކުރަންޖެހޭ. އެންމެހާ ބޭފުޅުންނަށް ފުރިހަމަ ސިއްހަތެއް ދެއްވާށި.

  4. ރޯދަ މުބާރިކް

    އިންނާލިއްލާހި ވައިންނާ އިލަހި ރާޖިއޫން! އެޗްޕީއޭގެ ޓުވިޓަރ މެސެޖްގަ އެއިން 'ހިމް' 'ހިޒް' އަށް ބަދަލުކޮށްލާ!

  5. މާރިޔާ

    ކިހިނެއް އިނގުނީ ކޮވިޑް މަރެއްކަން...؟؟

    9
    1