ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުވައްޒަފު އޭނާގެ ފޭސުބުކްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މައްސަލާގައި އޭނާގެ ވަޒީފާ އަލުން އަނބުރާ ދިނުމަށް ހުކުމް ކޮށްފިއެވެ.

ވަޒީފާއިން ވަކި ކޮށްފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޔުއުކޭޝަންގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އެފިސަރެއްގެ މަގާމުގައި ހުރި މީހެކެވެ. އޭނާ ކުރި ޕޯސްޓަކާއި ގުޅިގެން 2018ވަނަ އަހަރުގެ ޖެނުއަރީ މަހު އެއްވެސް ނޯޓިސް އަކާއި ނުލާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ވެސް ހުށަހެޅިއެވެ. ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅީ 2018ވަނަ އަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ. އެ މައްސަލާގައި ޓްރައިބިއުނަލް އިން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެ މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، އެސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އަގު ވެއްޓޭ ގޮތަށް ފާޑު ކިޔައި ޙަޤީޤަތް އޮޅޭ ގޮތަށް މީސްމީޑިއާގައި ޕޯސްޓް ކުރަމުންދާތީ ކަމަށެވެ.

ޓްރައިބިއުނަލް އިން ވެސް އޭނާގެ ވަޒީފާ އަނބުރާ ދިނުމަށް ހުކުމް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޓްރައިބިއުނަލް އިން ވަނީ 21،000 ރުފިޔާ ދިނުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް ވަޒީފާ ގެއްލުނު ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުންވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށް އޭނާއަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަ ޖެހޭ ދުވަހާއި އެމަޤާމުގައި ހުރިނަމަ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭނެ ފައިސާ އޭނާއަށް ދިނުމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންވަނީ ހުކުމްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏަމް

    އަނެއްކާވެސް އަނެއްލާރިގަނޑު ބަދަލުގެގޮތުގައި ދެނީ ބަދަލުދޭ ސަރުކާރު ހާދަހެޔޮފުޅޭ.

    13
    1
  2. އޮޅުވާލި ވޯޓު

    ޔަގީންތިވާނީ މިސަރުކާރުންބަލަދުއަރާފަހުރިމީހަކައް ދެންއަވަހައް ޗާޕުކުރިފައިސާކޮޅު ބަދަލުގެނަމުގަ ދީ ގޭމުޖައްސަންމިވަރެނޯންނާނެ

    4
    1