އދ. މަހިބަދޫން މާލެ ގެނައި ފަހުންް ކޮވިޑް-19 އަށް ޓެސްޓުކޮށް ފުރަތަަމަ ސުންކު (ސާމްޕަލް) ކޮވިޑް-19 އަށް ފައްސިވި މީހާގެ ދެވަނަ ސުންކު ނައްސި ވެއްޖެއެވެ.

އެ މީހާއަކީ އުމުރުން 80 އަހަރުން މަތީގެ އަންހެނެކެވެ.

އެ މީހާ އެ ރަށު ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ފޮނުވާލީ މާލެއަށެވެ. އެ މީހާ މާލެ ގެންގޮސް ފުރަތަމަ ޓެސްޓު ހެދުމުން ކޮވިޑް-19 އަށް ޓެސްޓު ހެދިއެވެ. އެއިރު އެ މީހާ ބައްޔަށް ފައްސިވުމުން އިތުރު ޓެސްޓެއް ވަނީ ހަދާފައެވެ.

މަހިބަދޫ ހޮސްޕިޓަލްގެ މެނޭޖަރ ބުންޔާމީން ހަސަން "ވަގުތު"އަށް ވިދާޅުވީ، އެ މިހާއަކީ ސީޓީ ސްކޭނެއް ހެދުމަށް އޭޑީކޭއަށް ގެންދިޔަ މީހެއް ކަމަށެވެ. އަދި މިހާރު އެ މީހާއަށް ފަރުވާދެމުން ދަނީ ސީޓީ ސްކޭން ހަދައިގެން، ދެނެގަނެވުނު ބައްޔަށް ކަމަށް ބުންޔާމީން ވިދާޅުވިއެވެ.

އޭނާ ވަނީ އެ މީހާގެ ފަހުން ހެދި ޓެސްޓު ކޮވިޑް-19 އަށް ނައްސިކަމަށްވެސް ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ޓްރެެޗެލް ހިސްޓްރީއެއް ނެތް ބައެއް މީހުން މާލެ ގެންނަ ފަހުން ނަގާ ފުރަތަމަ ޓެސްޓުން ކޮވިޑް-19 އަށް ފައްސި ވެއެވެ. ނަމަވެސް އިތުރު ޓެސްޓެއް ހަދާ، އެކަން ކަށަވަރު ކުރެއެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 5,157 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު