ރާއްޖޭގެ ބޭރުގެ ދަރަންޏާއި ގުޅޭ ގޮތުން މާލީ ވަޒީރުން ދެއްކެވި ވާހަކައިން ޔަގީންވެގެން ދިޔައީ ދަރަނީގެ ކަންކަން ރަނގަޅަށް ނުބެލެހެއްޓޭކަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާތީ އެކަން ސާފުކުރުމުގެ ގޮތުން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ރާއްޖެ ސޮވެރިން ޑެޓަކަށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދުގެ ކޮމެޓީގައި ވަނީ ވިދާޅުވެފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން، އަމީރު ވިދާޅުވީ ދައުލަތް ދަރަނިވެރިވާ މިންވަރު އޮޅުން ނުފިލާ ނުވާނެ ކަމަށާއި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއަށް ދާނީ ރަނގަޅަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ދަރަނީގެ މައުލޫމާތު ބެލެެހެއްޓުމާ ގުޅޭ ކަންކަމާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާއި މާލިއްޔަތު ގާނޫނާ ޚިލާފަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ސަރުކާރުގެ މާލީ ޚަރަދުތަކުގެ ތަފްސީލްތައް ގަވާއިދުން އާންމުކުރަމުންދާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މުޅި މަޖިލީހުގެ ކޮމެޓީ ނިންމާލައްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރުގެ މާލީ ވަޒީރާއި ކުރީގެ މާލީ ވަޒީރުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުގެ ވެރިން ދެއްކެވި ވާހަކަތަކަށް ބެލުމަށްފަހު ޔަގީންވެގެން ދިޔައީ ދަރަނީގެ ކަންކަން ރަނގަޅަށް ނުބެހެލެއްޓޭކަން ކަމަށެވެ.

"މިއަދުގެ ބައްދަލުވުމުން އަޅުގަނޑުމެންނަށް ޔަގީން ވެގެން ދިޔަ ކަމަކީ ޑެޓް މެނޭޖްމަންޓްގެ ކަންކަން ރަނގަޅަށް ބެލެހެއްޓެމުން ނުދާ ކަން. އަޅުގަނޑަކީ ކުރީގެ ރައީސެއް. އަދި އަޅުގަނޑަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑަށް އެ ކަން ވަރަށް ސާފުކޮށް ފެނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހަފްތާގައި ޕްރައިވެޓް ސެކްޓަރަށް ދީފައި އޮތް ސޮވެރިން ގެރެންޓީއެއް ނުދެއްކިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ގެރެންޓީ ދީފައި އޮތް ފަރާތުން ރާއްޖެއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. މިއީ މިއިން ދުވަހަކުވެސް ރާއްޖޭގައި ކަން ހިނގާފައި އޮތް ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެ 10 މިލިއަން ޑޮލަރު އަޅުގަނޑު މިހާރު އަޑުއަހާފައި އޮތް ގޮތުގައި ސަރުކާރުން ބާރު އަޅައިގެން ދަރަނިވެރިވެފައި އޮތް ފަރާތަކަށް އަނެއްކާ ދަރަނި ނަގައިދިނީ ބޭންކް އޮފް މޯލްޑިވްސް އިން،" ނުރުހުންވެ އިންނަވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މައްސަލަ ދިމާވެގެން އުޅެނީ މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް އިތުބާރު ނުކުރައްވާ މައްސަލައެއް ނޫން ކަމަށެވެ. މައްސަލައަކީ ދަރަނި ރަނގަޅަށް ނުބެލެހެއްޓޭ މައްސަލަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސަންޑުރާ

    ދެންމޮޅުމީހާ ކީއްވެތަ ވެރިކަން ނުބެލެހެއްޓި ފައިބައިގެން ދިޔައީ ތިޔައީއުޑެއް ބުޑެއްނުދަންނަ ޖާހިލެއް ތަބަކަށްލާފަ ދިނީމަ ތިތާވެސް ތިޔަހުރެވެނީ .

    28
  2. ގައިދުރު

    ދަރަނި ބެލޭ! ދަރަނި ނުބެލޭ! މަޖްލިސް ރައީސް! ބޯހަލާކު

    36
  3. އޮޅުވާލި ވޯޓު

    ކަލެޔަކާކޮންބެހޭކަމެތަ ކަލެޔަކީތީ މަދުބަޔަކުހޮވާފަހުރި މެމްބަރެ ކަލެތަކީ ގައުމުގެ ރައީސެނުން މަތިންބައިންޖެހިގެންތިއުޅެނީ

    29
  4. ދަރިގެ ދަރި

    އެހެން މީހުން ގޯސްކޮށްފަ ތިމާރަނގަޅުކަމަށް ދަކަން ތި އުޅެނީ.... ތީ މަރު މޯލެއް

    36
    • ހަޔަސިންތް

      ޔަގީން

      19
  5. ކަނަމަނަ

    ތީމާރަގަޅައް ދަރަނިބަލަހައްޓަން އެގޭމީހެއްނުން ދެންއަމިއްލައައް ބަލަހައްޓަންވީނުން ތިޔަފުއްނާބު އުސްމަޖިލިހުން

    26
  6. މާމީ

    އަވަހައް މަޖިހައް ފިނޭސްމިނިސްޓަރީ ބަދަލުކުރޭ...

    28
    • ހަޔަސިންތް

      ވަރައްބޮޑަލަފާކުރެވޭ

  7. ޙުސޭނު

    މަޖިލީހަށް ގޮސް އަމީރު އެހާ ތަފުޞީލުކޮށް ކިޔާދިނީމަވެސް ނޭގުނު ދޯ. ދަރަނި ބެލެހެއްޓޭކަން. ހުރިހާ ވާހަކައެއް ކިޔާދިނީމަވެސް ޔަގީންވީ ނުބެލެހެއްޓޭކަން ދޯ.. ބު.ރާ.ން..

    28
    • މުގުރާން

      ބުރާންޗެއް

    • އަމީރުގެ ތިމާގެ މީހެއް

      ޢަމީރު ކިޔައިދިން އެއްޗެއްވިސްނޭވަރުގެ ތެތްކަމެއް ބްރާންތިއަކު ނެތް....ތެތްކަން ހުންންނީ ހަމައެކަނި އޭނާގެ އަނގައިގަ... ޢެހެންވެ އެވަރަށް ފައިބަނީ.......

    • އައިއއޭމް

      ވާނުވާ ނޭންގޭ މީހަކަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް ނޭންގޭނެ އެކީ ކީކޭ ކަމެއް.. ދައްކާ ވާހަކަ އަންޑަސްޓޭންޑް ވާނީ ކޮންމެސް ވަރަކަށް އެކަމުގެ އިލްމު ހުރިއްޔާ.. އެކަމު ނޭންގޭކަމަށް އެއްބަސް ވާކަށް ބޭނުމެއްނޫން.. އެހެންވެ މިނިސްޓަރުންތައް ހުރިހާ އެއްޗެއް އެހާ ތަފްސީލުކޮށް ކިޔައިދީ ނިމުނީމަވެސް، މާ އެގޭ މީހަކަށް ވެގެން މިބުނަނީ ޔަގީންވީ ދަރަނި ތައް ނުބެލެހެއްޓޭ ކަމޯ.. ވާންޗޯ ބުރާންޗޯ

  8. ޔައުބެ

    މީ ކިހިނެއް ނިންމާ މީހެއް. ހިސާބުތައް ބަލަހައްޓާ ވާހަކަ ތިން މިނިސްޓަރުން ބުނީމަވެސް މީނަ މި ބުނަނީ ޔަގީންވީ ނުބަލަހައްޓާ ކަމަށޭ. ހެހެހެ.

    29
  9. ޢަލަނާސި

    ރީތިކޮށް ބުނަންޏާ ތީ މިގައުމަށްޖެހިފައިވާ ކޮވިޑަށްވުރެވެސް ބޮޑު ވަބާއެއް.. މީނާ ފޮނިވެފައި މީކުރީގެރައީސެކޭ ބުނި އިރު މީނާގެ 3 އަހަރުވެރިކަން ކުރުމަށް ފަހު އެކަން ނުކުރެވިގެން އިސްތިއުފާ ދިން އިރު 24.5ބިލިޔަން ރުފިޔާއަށް ޤައުމު ދަރުވާލި...
    ކޮބާ ލަދު...
    ޔާމީނު 5 އަހަރު ހަމަކޮށް ގައުމު ފަންސަވީސް ބުރިޔަށް ހިއްލާލި....ދެރީ. 16.5 ބިލިޔަން..... ދެން އިނދޭ ދެމިޔަކަނުން ސޮނިބާލަން ތިގޮނޑި ފޭރިގެން...

  10. މަހުމާ

    ކޮބާ ޖީއެމްއާރުންދިން ޑޮލަރުތައް ބަޑުލީ ނަޝީދެއްނޫންތަ! ހަދާހުރި ނުބަޔެއް ގެއްލޭ ފައިސާވެސް ބަޑުނީ ނަޝީދެއްނޫންތަ

  11. އަދުލު

    ބަލަ ނަޝީދޫ މާރަގަޅުވާނެ ނަޝީދުގެ ސަރުކާުގެ ވަޒީރުން ޔޫތްމިނިސްޓަރ ކުޑަ ހަސަން ދިރުވާލި 200މިލިޔަން-އަސްލަމު ދިރުވާލި 700 މިލިޔަން އަދި އެހެންވާޒީރުން ދިރުވާލި ފައިސާއަށްވީގޮތް ހޯދަން އުޅެނިއްޔާ

  12. އަނިޔާ

    އަބަދުވެސް ކަލެޔައް ވިސްނެނީ އެހެންމޫހުނާއި ދިމާއިދިކޮޅައް. ރޯނުއެދުރު އއނ. .....