އާސަންދަގެ ހަވާލުގައި އިންޑިއާއަށް ބޭސް ފަރުވާއަށް ފޮނުވި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ނިޔާވެފައި ވަނީ 25 އަހަރުގެ އަންހެނެކެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ނިޔާވެފައި ވަނީ ފުރަތަމަ ބެޗްގައި އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ މީހެއް ކަމަށެވެ.

"އެއީ ވަރަށް ބަލި މީހެެއް. ކޮވިޑް-19 އާ ގުޅުން ހުރި ކަމެއްގައެއް ނޫން ނިޔާވީ" އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ފެށުމުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހި، ބޭރަށް ނުދެވިފައި ތިބި ގިނަ އަދަދެއްގެ ބަޔަކު އާސަންދަ އެހީގައި ދަނީ އިންޑިއާއަށް ފޮނުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ޚާއްސަ ހުއްދައިގެ ދަށުން އިންޑިއާއަށް މީގެ ކުރިން ހަތަރު ބެޗެއް ފޮނުވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިޔުންތެރިޔާ1

    މަރުހޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވައި މިފަދަ ނުރައްކާތެރި ބަލިތަކުން އަޅަމެން އެންމެން ރައްކައުތެރި ކުރައްވާށި! އާމީން

    119
    1
  2. އެމީ

    އާމީން

    36
  3. ރޭޕިސްތާނު ސުބްރަމާނިއަން

    ދިވެހިންވީމަ ގަސްތުގައި މަރަނީތަ؟

    23
    7
    • ޝިއުނާ މޮރިޝަސް 2

      ނޫން. އިންޑިޔާއަށް ގެންދިޔައިފުވެސް މި މީހުންގެ އުންމީދު ކަނޑާ ލާފައި ވަނީ.

      7
      1
  4. ސޭކްސްތާން

    ވަރުގަދަ އިންޑިއާއެއްތާ. އިންޑިއާ އާ ނުލާ މިހާރު މި މީހުންނަށް ފޮޑިއެެއްވެސް. ޖެހޭކަމަށް ނުވޭ. މިގޮތަށް ކިތަށް މީހުންގެ ދުވަސް ދުއްވާލަންތަ މިއުޅެނީ.

    25
    9
  5. ރާއްޖެތެރޭ މީހާ

    އިންޑިޔާއަށްދާ ބަލިމީހުން އެ ގައުމުގާ މަރުވަނީ މިހާރު އެކަނިތަ؟ މި ނޫހުން ކޮންމެވެސް ސިޔާސީ ކުޅިއެއް ހަމަ ކުޅެލަނީ! މީދެން ހަބަރެއްތަ؟

    1
    2
  6. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރަށްދޭ

    މޮޅަށްދެނެވޮޑިގެންވަނީ ޙާލިގުވަންތަށް ކުޅަދުންވަންތަށް ﷲސުބްޙާނަހޫވަތައާލާ މުސްލިމުންނަ ކަށް ކާފަރުންގެހިތުތެރޭ ރަހުމު ކުރުމަ ކީވަރަށް ދުރު ކަމެއް ތިމާއަށްބަލަދުއަރާފަތިބޭ ފަރާއްތަ ކަށް އިހުމާލުވާތަންނުފެނޭތޯ ދެން ކިހެނެއް އެހެންމީހުންނައް ރަގަޅުވެވޭނީ

  7. މަރުދުރު

    ތިޔަހެން މަރާމަރާ ހުސްކޮށްލީމާ އެވެރިންނަށް ފަސޭހައިން މިތަން މިލްކުވާނީ.

    6
    3
  8. ރައްޔިތުމީހުން

    އެކްސްޕެރިމަންޓް ކުރަން ގެންދަނީ ތަ؟

    7
    2