ޔޫރަޕްގެ ފެންވަރު ރަނގަޅު މުދާ ރާއްޖެއަށް ގެނެސް ވިއްކަމުން އަންނަ އެޗްއެސްސީ ޔޫރޯގެ އާ ޝޯރޫމެއް މާލޭގައި ހުޅުވައިފިއެވެ.

މި ޝޯރޫމް ހުންނާނީ މަޖީދީ މަގު ހީނާމާގެ ޕާކިންގ ޒޯންކުރިމަތީގައެވެ.

އެޗްއެސްސީން ބުނީ، މިއަދު ހުޅުވި މި ޝޯރޫމުން އެޗްއެސްސީން ވިއްކަމުން އަންނަ "ބާކޮފީ 2000، މަލީޒިއާ، މިލްމިލް، ބްރީޒް، އިންޓެސާ، ބެނެފިޓް، ޑިޕްލޯ ސޮލިއުޝަން، ވާޑޭ އަދި ސަންފްލާވާ އޮއިލް ފަދަ އެކި ކަހަލަ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ އެކި ކަހަލަ ތަކެތި ލިބިގެން ދާނެ ކަމަަށެވެ.

އެޗްއެސްސީ ޝޯރޫމުން ވިއްކަން ހުންނަ ބައެއް ތަކެތި

ދެ ފަންގިފިލާއަށް ހަދާފައިވާ މި ޝޯރޫމްގެ ފުރަތަމަ ފަންގިފިލާއިން ކޮފީ މެޝިނުގެ އިތުރުން އެކި ވައްތަރުތަކުގެ ކޮފީއާއި ބެހޭ އެހެނިހެން ތަކެތި ލިބެން ހުންނާނެއެވެ.

އެޗްއެސްސީ ޝޯރޫމުން ވިއްކަން ހުންނަ ބައެއް ތަކެތި

އެޗްއެޗްސީން ބުނީ، އާ ޝޯރޫމުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަ ކަމާއި އެކު އެތަނުން ވިއްކާ ޕްރޮޑަކްޓަށް ބަލާލުމުގެ އިތުރުން ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އެޗްއެސްސީން ބުނީ، މިދަނޑިވަޅަކީ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ ދަނޑިވަޅެއް ކަމުން ޝޯރޫމަށް ވަންނަ ފަރާތްތަކުން ވަނުމާއި އެކީ ސެނިޓައިޒާ ބޭނުން ކުރުމަށާއި މާސްކު އަދި އިޖުތިމާއީ ގައިދުރުކަން އިސްކުރަން ޖެހޭނެ ކަމަށެވެ.