ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދ މިހާރުގެ ހާލަތަށް ބަލާ އެ ބަޔާންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެއުމަށް މެންބަރުން ހިޔާލު ފާޅު ކުރެއްވިއެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ވާހަކަފުޅު ދައްކަވައި، މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރިއެވެ.

ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފައިވާއިރު ރައްޔިތުން މަޖިލީހުގައި މިހާރު ކުރިޔަށް ގެންދާ އެންމެ ބޮޑު އެއް މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް ދިރާސާ ކުރުމެވެ.

އެކަމާއި ގުޅިގެން މިއަދު ވަނީ ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ނާއިބު ރައީސް އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ މާލީ ވަޒީރު އަބްދުﷲ ޖިހާދާއި ރައީސް ޔާމީން ސަރުކާރުގެ ދެވަނަ އަށް އައްޔަން ކުރެއްވި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންބެ!!

    ވަގުންގެ ސަރުކާރެއް! ލުޓޭރުން!!

    13
  2. މުއްލާ

    އެހެން ވެއްޖެއްޔާމުން ކަލޭ 150 ފަހަރު ތިހެންލިޔޭ!

  3. ކަމަނަ

    ރ. ޔާމީނު ލޯނުތައްނަގައިފައި ހުރިގޮތް ވސާފު ފައިދާ ފެނެންހުއްޓައި މިވެރިންނަށް ލޯނުނަގައި ހެދޭ ނެހެދޭ ނޭގުމުން ދާނެދިމާ ނޭގުނީ