ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާ "ސްކައިޕް" ވެދުވެރިކޮށް ކެމްޕޭން ވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ރައީސް ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ފެއްޓެވުމާއި އެކު އިދިކޮޅު ހުރިހާ ފަރާތްތަކެއް ގަބޫލު ކުރާ އެއް ކެންޑިޑޭޓެއް ނެރުމުގެ އަޑު ވަނީ މަޑުވެފައެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިވަނީ އަނެއްކާވެސް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ވާހަކަ ރޭ ދައްކަވާފައެވެ.

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކެމްޕޭން ނުކުރިޔަސް އިދިކޮޅު ފަރާތްތަކުން ނެރޭ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

ރޮޒައިނާ ވަނީ އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮޅުވާލުމަށް ކުރެވެން ހުރި ހުރިހާކަމެއް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ކުރާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފއައިޑީ ކާޑުތައް އުފެއްދުމާއި، އިތުރަށް ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށެވެ. އަދި އެކަކު ތިން ހަތަރު ފޮއްޓަށް ވޯޓުލުމާއި، ރަޖިސްޓްރޭޝަން ކަންތައްވެސް އޮޅުވާލާނެކަމަށް ގަބޫލުކުރެވޭކަމަށާއި ނަމަވެސް ރައްޔިތުން އެކަތި ގަނޑެއްގެ ގޮތުގައި ތިބިކަމަށްވާނަމަ މެލޭޝިޔާއިން ފެނިގެންދިޔަ ނަތީޖާ ރާއްޖެއިންވެސް ފެނިގެންދާނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރައީސް ނަޝީދު ވަރަށް ފޯރި އާއި އެކު ކުރައްވަމުން ގެންދަވާއިރު އިތުރު ބޭފުޅަކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އަދި އިއުލާނެއް ނުކުރައްވައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން ރައީސް ނަޝީދުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ އިސް ބައެއް އެކްޓިވިސްޓުން އަދި ރައީސް ނަޝީދަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙައްވާ ޢާޤިލާ / މާލެ

    މައުމޫނުކޮށްފަހުރި ކަންތައްތައް އެ ކިޔަނީ! ރޮޒޭނާއަށް އެގޭނެ މައުމޫނުގެ ބޮޑުކާފާ ކުޑަފާފުގެ ޙަޤީޤަތް! އެހެންވީމާ އެ ހީވަނީ އެހެންމީހުންވެސް އެގޮތަށް ހަދާނެކަމަށް! ބަލާންތިބޭތި ރޮޒައިނާމެން އިންޝާއަﷲ ފުރަތަމަ ބުރުން ރައީސް ޔާމީން އިންތިޚާބކުރާނޫ!

  2. ރީޒަން

    ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި، ރޯދަ އިނާޔަތުގެ ފައިސާ ވަގަށް ނަގައިފި ނަމަ ދެން ދަ ރާއްޖެތެރެ ހުންނާނީ ތަރައްގީ ވެފައެވެ. މަމެންގެ ސުވާލަކީ ރޯދަ އިނާޔަތުގެ ފައިސާ ތިޖޫރީގައި ބަހައްޓަން ޖެހޭތޭ ބޭންކެއް ހުންނަ ރަށުގައި އަދި އެންމެންގެ ފައިސާ ބޭންކް އެކައުންޓަށް ޖަމާ ކުރަން އޮންނައިރު އަދިވެސް ދަ ރާއްޖެތެރޭގަައި ބޭންކް ހުންނަ ރަށްރަށުގެ ތިޖޫރީގައި ފައިސާ ބަހައްޓަން ޖެހޭ ސަބަބެއް ނޭގުނެވެ. ތީގައި ކައުންސިލް އިދާރާގެ އަތެއް ވާނެ ކަަމާއި މެދު މަމެން ޝައްކު ކުރަމޭ ތިޔާ ކަން ހިނގާނީ އެތެރޭގެ ބަޔަކާއި ވެސް ގުޅިގެން ކަން އެއީ މަމެންނަށް ޔަގީނާއި ގާތަށް ބުނަން އިނގޭ ކަމެކޭ މަމެން ދަންނަމޭ ދަ ރާއްޖެތެރޭގައި ވައްކަން ކުރާ ގޮތް ވަރަށް ރީއްޗަށް. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެެއަރ...

  3. އަބްދުއްލާ

    ނަސީދު ގެ ރިޔާސީ ޓިކެޓާ އެކު އެމްޑީޕީ އުވިގެން ނުދާނެ ބާ ؟ ރިޔާސީ ޕްރައިމަރީގަ ނަސީދަށް ވާދަކުރުމުގެ ފުރުސަތު ދިނުން ވާނީ ގާނޫނާ ހިލާފު ކަމެއް އެމްޑީޕީން ނ ކުރުމުގެ އިރުން ގާނޫނާ ހިލާފު ކަމެއް ދަވްލަތުން ކުރުވުމަށް ބާރުއެޅުން ކމުގާ.ޕާޓީ ތަކުގެ ގާނޫނުގެ 30 ވަނަ މާއްދާ އަށް ބައްލަވާ.

  4. އަނިޔާ

    އެމް.ޑީ.ޕީ އިން ނެރެނީ ޔަހޫދީ އަންނި ކަމަށްވާނަމަ މިނާއަށް ތާއީދު ކުރަނީވެސް ޔަހޫދީން. މީނާޤަވްމަށް ކޮށްދެއްވީ ކޮންކަމެއްތޯ .ޤަވްމުފަނާ ކުރުންފިޔަވާ އެހެންކަމެއްނުކުރައްވަ . މިވިސްނަންޖެހޭކާމެއް.ޤަވްމު އޮވެގެން އަހަރުމެންގެ މިނިވަންކަން އޮތީ .މިދެންކާކުތޯ މިރަހަބަލާފަވާ މީހެެއް.ވީގޮތްވެސް އެނގޭ އަދިވެސް މިޖައްބާރު ގެންނަން ބޭނުންވަނީ ކީވެތޯ .ވިސްނާލަންޖެހޭ.