މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައި އެއަށް އަމަލުކުރަން އެމްއެމްއޭ އިން ފެށުމަކީ ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް މި ސަރުކާރުން ރާވައިގެން ކުރަމުންގެންދާ އެކި އެކި މަސައްކަތުގެ ދަށުން ކުރިކަމެއް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ބުނެފިއެވެ.

ޕީޕީއެމް އާއި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްއޭ އިން އަމަލު ކުރަން ފެށި ޤަވައިދަކީ ސީދާ ރައީސް ޔާމީންގެ ގެކޮޅާއި މުދާ ދައުލަތައް ނެގުމުގެ މަޤްޞަދު ޙާސިލް ކުރުމަށްޓަކައި ސަރުކާރުގެ މަކަރާއި ޙީލަތްތެރި ރޭވުމެއްގެ ދަށުން އަމަލު ކުރަން ފެށި ޤަވައިދެއް ކަމަށެވެ.

"މީހުންގެ އަމިއްލަ މުދާ މިފަދަގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ހިންގާ ވަރަށް ނާތަހުޒީބު ޢަމަލެކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ އެމްއެމްއޭގެ ޤަވައިދަކީ މިސަރުކާރު ބަލިކަށިވެ ތާއީދު ކުޑަވަމުންދާއިރު، ރައީސް ޔާމީންގެ އިތުރުން މި ކޯލިޝަންގެ އެކި އެކި ފަރާތްތަކާ، މިސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތަކަށްވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމަށެވެ.

"އެހެންކަމުން ސަރުކާރު ފެއިލްވެ، ގޮތްހުސްވެގެން ހިންގާ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކަކީ މުސްތަޤްބަލުގައި އެފަރާތްތަކަށްވެސް ކުރިމަތި ލާންޖެހިދާނެ ކަމެއްކަން ސަރުކާރަށް ހަނދާންކޮށްދެމެވެ. އަދި ރައީސް ޔާމީނަށް ނުޙައްޤުން ދެމުންދާ އަނިޔާ ހުއްޓާލާ އެމަނިކުފާނު މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ހުކުމެއް އައިސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ. އެފަދަ މައްސަލައެއްގައި އަދި ރާއްޖޭގައި އެހެން މީހެއްގެ މައްޗަށް ޙުކުމެއް އައިކަން އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. ބޯކިބާ

  ރައްޔިތުންގެ މުދާ ވަގަށްނަގާމީހުންގެ ހުރިހާ މުދަލެއް ރައްޔިތުންނަށް ނަގަންވީ. އަދި ބޭރުގައުމުތަކުގަ ފޮރުވައިގެންއުޅޭ ފައިސާވެސް އަތުލަންވީ އަވަހަށް.

  13
  33
  • Anonymous

   ރައްޔިތުންގެ މުދާ ވަގަށް ނެގިކަން ކޯޓަކަށް ސާބިތުކޮށް ނުދެވުނު އިރު އެމުދަލަކީ ވަގުމުދަލެކޭ ނުވަތަ އެމީހާއަކީ ވަގެކޭ ބުނާ މީހާ ﷲ ގެ ހަޟްރަތުގައި އެކަން ޘާބިތުކޮށްދޭންޖެހޭނެ

   14
  • Anonymous

   ހާދަ ބިރެކޭދޯ މި މޑޕ ގުންޑާއިން ރައީސް ޔާމީން ދެކެ މިގަންނަނީ. 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕޕމ އިން. މިގައުމަށް އަންނަ ފާގަތިކަން ދެކެ ދެން ރުޅިގަނޑު ފަޅައިގެންދާން ތައްޔާރަށް ތިބޭ.

   11
  • Anonymous

   ރައީސް ޔާމީންވަރުގެ ވެރިއަކު ދިވެހި ގައުމު ނުދެކޭ. އެންމެ ކަމަކަށް ބަލާއިރު، "ވެމްކޯ" ކިތައް ނިކަމެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ފަހިވެގެންދިޔަ. މާރުކޭޓް ބުޑުގައި ސަލާމް ޖަހަން ތިބި އެންމެން ވަޒީފާ ލިބި މަހަކު މަދުވެގެން 7000 ރުފިޔާގެ މުސާރަ ލިބެމުން އަދިވެސް އެދަނީ. މިސަރުކާރަށް އެކަހަލަ މޮޅުކަމެއް ކޮށްލެވުނުތަ؟

   13
  • Anonymous

   ރައީސް ޔާމީންގެ އަތުގައި ހުރި ފައިސާ ކޮޅު ހޯދަން ތިއުޅެނީ ދައުލަތް ހިންގަން ނޭނގޭ ބަޔަކާ ދައުލަތް ހަވާލުވެ ރައްޔިތުން ބަނޑަށް ޖެހެމުންދާތީ

   13
  • ހއހދ

   ގައުމު ހުއްޓި ޕްރޮޖެކްޓެއް ނުހިނގާތީ މޑޕ ގެ ގުންޑާއިންނަށް ރިޝްވަތު ނުކެވޭތީ ދެރަވެގެން ހަދާފަ ނުހާދެނެގޮތެއް ނޭނގިގެން މޮޔަވަނީ. ހަހަހަހަހަހަ. އަދި މިކޮޅުމަތި، ދިވެހިންގެ ތެރެއިން މޑޕ ގެ ސަޕޯޓަރުންކަމުގައިވާ ނުކިޔަވާ ތިބި ވަޒީފާއެއް ނޭތް ބައިގަނޑު ބަނޑަށް ޖެހިގެންދާތަން ދާދި އަވަހަށް ފެންނާނެ.

   12
  • Anonymous

   މިގައުމުގެ ރައްޔިތުންގެ ހަޔާތްކުޑަކަމާއި ޝުކުރުވެރިނުވާމިންވަރު. މިގައުމުގެ މިނިވަންކަން ޖީއެމްއާރް ކިޔާ ކުންފުންޏެއް، އައިސް އިންޑިޔާގެ ބާރުގެ ދަށަށް ގެންދަން ކުރި މަސައްކަތުން މިގައުމު ސަލާމަތް ކޮށްދިނީ ރައީސް ޔާމީން. 256 މިލިއަން ޑޮލަރު ޖމރ އަށް ދައްކާ އެމީހުން އެތަނުން ފޮނުވާލުމުން މިއަދު އެ އެއަރޕޯޓް ގަނޑު އެއޮތީ. މިހާރު ގައުމަށް ފައިސާ ވަންނަ ހަމައެކަނި ތަނަކީ އެ އެއާޕޯޓް އެތަން ބޭރު ބައެއްގެ އަތްދަށުގައި އޮތްނަމަ މިއަދު ދިވެހިންނަށް ބޭރު ފައިސާ ލިބޭނެ އެއްވެސް މަގެއް ނޯންނާނެ. މަސްކޮޅު ވިއްކާލަން ފޮނުވަނީ ފްލައިޓް ތަކުގައި. އިންޑިޔާގެ އަތްދަށުގައި އޮތްނަމަ އެމީހުން ބޭނުން ފްލައިޓެއް ޖެއްސުމުގެ ހުއްދަވެސްދޭނީ. އެއީ އެ އެއްބަސްވުމުގައި އޮތްގޮތް. ދިވެހިންނަކީ ވިޔާނުދާ ގޮތެއްފޮތެއްނެތް ޖާހިލުންތަކެކޭ މަބުނަނީ އެހެންވެ. ހެވެއް ނުބައެއްވެސް އެނގޭވަރުގެ ބުއްދިއެއްވެސް ނުވާ ޖަނަވާރުންތަކެއްފަދަ ބައެއް.

   14
 2. އަލްޖިބްރާ

  ''ސައްދާދުގެ ސުވަރުގެ'' ޔާމީނު ހަދަމުންގެންދަނީ ކޮންތާކުން ހޯދިފައިސާއަކުންތަ ؟ ވެރިކަމަށް ސަވާރުވުމުގެ ކުރިން " ސައްދާދުގެ ސުވަރުގެ " ނުހެދީ ކީއްވެތަ ؟ އެތަން ހަދަމުންދަނީ ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްގެން ! އޭނާގެ ގެދޮރު ސަރުކާރަށް ނަގާފަ ޝަރީއަތުން ސަރުކާރަށް ދައްކަން އެންގި ފައިސާ އަތުލާ !

  12
  43
  • Anonymous

   ކަލެއަށް އެނގޭތަ ޔާމީނަކީ ކާކުކަން؟ އެއީ، ކާމިނީގީ ސީދީގެ ބޭފުޅެއް. ސީދީއަކީ މިގައުމުގައި އެންމެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި އިލްމުވެރިބޭފުޅުންގެ ތެރެއިން އެކަކު. 1970 އިން ފެށިގެން ދައުލަތުގެ މަތީ މަގާމުތައް ފުރުއްވި ބޭފުޅެއް ޔާމީނަކީ. 30 އަހަރު މަޖްލީޙުގެ މެންބަރުކަން ކުރެއްވި. އަނބިކަނބަލުންނަކީ، ދިވެހިރާއްޖޭގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކަކުގެ ދަރިއެއް. ތިކަހަލަ ތަންތާނގަ ތިބޭ 5 ކުޅަނދު މަދުމީހުންނަކަށް ނޭނގޭނެ.

   13
   1
   • ކުޅަނދު

    ފަނޑިޔާރުގެ ދަރި މައުމޫނު ރިސްވަތު ދޭތީޔޭ ކިޔައިފަ ތިޔަ ބުނާ ފަނޑިޔާރުގެ ދެން ހުރި ދަރި ޔާމީނު ދޯ މައުމޫނު ޖަލަށްލީ. ވިކަމުން އެނގެނީ ކޮން އެއްޗެއް. ދެން ފަނޑިޔާރުގެ ދަރިއަކު ވައަކަން ނުކުރާނެ ކަމަށް ނިންމި ދާނެތަ؟ އޮވޭ ދޯ 3 ގާޒީން 2 ގާޒީ ދާނީ ނަރަކަޔަށޭ. އެހެންވީމާ 5 ކުޅަނދު މަދީ ކާކުގެ؟

  • ހައްމާދު

   ހާދަ ހަސަދައެކޭދޯ؟ ހަމަ އަސަރެއް ކުރާނީ. ރައީސް ޔާމީންގެ މުއްސަނދިކަން ބޭނުންވީތަ؟ ފުރަތަމަ ކިޔަވައިގެން މޮޅުމީހަކަށްވެ ވަޒީފާއެއް އަދާކުރޭ. ތިހެން މަގުމަތީ ލާޗާރު ބިޗާރަށް އެނބުރޭ މީހުންނަކީ ދުނިޔޭގައި އުޅެފައިދާ މީހުންކަންވެސް ފަހުތިބީންނަށް ނޭނގޭނެ.

   11
  • ހުސްނުސޫދު

   އިންސާނާގެ ހުރިހާ ހެޔޮއަމަލެއް ކައި/އަނދާ ހުސްކޮށްލާ އެއްޗަކީ ހަސަދަވެރިކަން. މޑޕ އާއި މޑޕ ގެ ސަޕޯޓަރުންނަކީ ހަސަދައިގެ އަލިފާނުން އަނދައަނދާ ތިބި ބައެއް. ދާދިއަވަހަށް ތި މީހުންގެ ކަންކަން ނިމި ހިނގައިދާނެ. އިންޝާﷲ.

   14
  • Anonymous

   މީސްމީހުންނަށް ﷲ ދެއްވާފައިވާ ނިއުމަތްތަކަށް އެންމެ ހަސަދަވާނީ ﷲ އަށް ބިރުވެތިނުވާ ނުބައި މީޙުން. ހަސަދަވެރިކަން އަންނަނީ ޝައިޠާނާ އެމީހެއްގެ މައްޗަށް ގަދަވެގަތުމުން. މި މޑޕ ގަ އުޅޭ ގިނަމީހުންނަކީ ތަނެއް ދޮރެއްނުދަންނަ ޖާހިލުން. ލޮލަށް ފެންނަ އެއްޗެއް އެކަނި އެމީހުންނަށް އެނގޭނީވެސް. އިލްމީގޮތުން ހަމަ ސުމެއް.

   10
 3. ހަމްދު

  ދެންއަންނާނީ ޔާމީނުގެ ވެރިކަން. ހެދި ގޮތެއް ހަދާލާނަން. އެންމެ މުދާގިނައީ ލާދީނީ މީހުން އަތުގައި

  69
  14
  • Anonymous

   އިންޝާﷲ. އަހަރެމެން ދަމުނަމާދުގައި ކުރާ ދުޢާއެއް ތިއީ. މިގައުމު ސަލާމަތްވާނެ ދެވަނަ ގޮތެއްނެތް. މިހާރު މިދަނީ ފަގިރުކަމާއި ނާމާންކަމުގެ ތެރެއަށް. ކިބަލިމަޑުކަމުގައި ކިތައްމީހުންކަން މަރުވގެންދާނީ ނޭނގެ. ސަރުކާރުގައި ޗަސްޕެއްނެތް. ބަލިވާމީހެއް ބަލިނޫން މީހެއް ނޭނގޭ. މީހުން މަރުވެގެންދާފަހުން އައިސޮލޭޝަނަށް ގެންދަން ގޮވާލެވޭވަރުވަނީ. އެއްވެސްކަމެއް ކުރަން ނޭނގެ.

   12
  • ގާދިރު

   ތިމައުމޫނަކީ މިގައުމުގާ ހުރި އެންމެ ނުބާ ނުލަފާ ޖައްބާރު މިހާރު މިއޮއް ގޮތެއް ފޮތެއް ނެއް މަކަރާ ދުނިޔެ ލެއްވިހާ ނުބާ ކުއްތަކަށް އަރާގަނެ ދީނަށްވފުރައްސާކުރުމުގާ ޕީއެޗްޑީ ހަދާގެންތިބި ގައްދާރުންބމިތިބީ ވެރިކަަށް އައިސް ދިވެހިރައް ޔިތުން މިހާލަތަަސް ވެއްޓެންމަޖުބޫރު ކުރުވީ މި ނުބާ ނުލަފާ ހަދަވެރިކަމާ އަމިއްލަ އެދުމުން ފޯވެފަ ހުރި މައުމޫނުގެ ސަބަބުން މިސަރުކަރަކީ ކޮކަޑި ކައިގެން މަރަށް ތެޅެމުންދިޔަ ބައެއް ވާރޭފެން ބޮޔެގެން ދިރޭހެން އެހަލަތު ގަ އޮއް ބައިގަނޑެއް ދިވެހިން މި ތަހަންމަލް ކުރަމުންދާ ނިކަމެތިކަމުގެ ޒިންމާ މައުމުނު ނަގންޖެހޭނެ ޖަލުގެ ތޭރިތަކުގަ

   11
 4. Anonymous

  ކުރީފަހަރު ވެރިކަން ބީވެގެން ދިޔައީ ހަމައިން ނެއްޓި، ބުއްދި ޢާފިލުވެފަ ހުރި ވަގުތެއްގަ، މިފަހަރު ވެރިކަން ނިމިގެންދާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

  73
  2
 5. ފރހތ

  ޔާނު ގެއާ އެކު މުއިއްޒުގެ ހަވޭލީ ތައް ވެސް ނަގަންވީ އޭ ދޯ

  14
  60
 6. ދަވާލި19

  ކެނެރީގޭ ނަށީދު ދައުލަތުގެ މުދަލުން ވައްކަން ކޮށްގެން ހުކުމްކޮށް ޖަލައްވެސް ލެވުނު 30 އަހަރުގެބާނީ ރިށްވަތުދީގެން ޖަލައްލެވުނު ދެއަހަރުބައިގެ ރައީސު ފަނޑިއާރަކު ވަގައްނަގައިގެން ޖަލައްލެވުނު މީގައުމުގެ ހާލަތު ވެރިކަން ކޮށްފިއްޔާ ޖަލައްލާން ލާޒިމު ދެއްތޯ

  49
  4
  • ޢިސްލާހު

   އެހެންވެދާނެ 3 އެތިން 2 ނަރަކަޔަށް ވަންނައިރު ގިނަވާނީ އެކަހަލަ ކަންކަން. މީގެންވެސް އެނގޭ އެއްޗަކީ ތަހުގީގު ކުރާ މީހުން އަދި ފަނޑިޔާރުން އިސްލާހު ނުވާކަން.

 7. އަބްދޫ

  ގާނޫނުއަސާސީގެ 40 ވަނަމާއްދާގެ ރ .ބުނާގޮތުން ޔާމިނުގެ އެއްވެސް މުދަލެއް ދަވްލަތަކަށް ނުނެގޭނެ. ޔާމީނުގެ ޖުރްމާނާ ދަވްލަތަށް ނެގުމަކަށް ގާނޫނުހެދުމުގެ ބާރެއް ގާނޫނުއަސާސީގެ40 ޥަނަމާއްދާއަކު އަދި އެހެން މާއްދާއަކުވެސް ލިބިދީފައެއްނެތް.

  34
  2
 8. މުއްކުރު ބޭ

  ލާރި ކައި ކައި ހުސްވެއްހޖެ!މި ހާރު ގޯއްޗާއި ޖެ ހުނީ@

  34
  1
 9. ވިސްނާލުމަށް އެދެމޭ

  ފުރަތަމަ ނަގަންވާނީ މމއގެ ގަވަރުނަރުގެ މުދަލާ ގެދޮރު...އެއީ އޭނަގެ ސަބަބުން ދިވެހިގައުމަށާ ދިވެހިރައްޔިތުންނަވަނީ އެތަ ކެއް ގެއްލުންވެފަ..ޖީއެމްއާރަށް އެއާރޕޯޓުދިނުމަށް އެއްބަސްވި އެގްރިމަންޓްގަ ބަލާލުމެނެތި ސޮއިޖަހާލުމުން ލިބުނު ގެއްލުމުގެ އަގު ގަވަރުނަރު އަދާ ކުރަންވާނެ..ދެންއޮތީ އޭރުގެ ރައީސް މިހާރު މަޖުލިސްރައީސްގެ މުދަލާ ގެދޮރުނެގުން..އެއީ އޭނަގެ ވެރި ކަމުގަ މާލިއްޔަތު ގާނޫނާޙިލާފަށް ހިންގި ކަންތައްތަ ކުން ލިބުނު ގެއްލުމަށް..ރޔާމީންގެ ހަށި ކޮޅުގަ އަތްލާންވާނީ ހިއްވަރެހުރިނަމަ މި ކަންތައްތަ ދިމާވާނެ ކަންވެސް ހަދާން ކުރަންވާނެ...އިމުރާނުގެ މިލް ކިއްޔާތުވެސް ނި ކަން ބޮޑުވެއްޖެ ކަމަށް އަޑުއިވެނީ އެހެންވީމަ ދައުލަތަށް ލިބޭނެ މުދާ ނި ކަންގިނަ..

  34
  4
  • ވާނުވާ

   ޖީޢެމްއާރު އެގްރިމެންޓް ގޯސްކަމަށް ސާބިތުކުރެވިފައެއް ނޯންނާނެ އެއްވެސް އިރަކު ޔާމީނުގެ 5 އަހަރުވެސް ވަހީދު އިރުވެސް

 10. ހަކީމް

  ބަލަ އެއީ ރައްޔަތުންގެ ހައްގެކޭ...

  6
  25
  • Anonymous

   ރައްޔިތުންގެ ހައްޤެއް ތިމާގެ ހައްގެއްނޭނގޭ ޖާހިލުން އަނގަނުތަޅާ މަޑުން ތިބޭ. ރައްޔިތުންގެ ފައިސާއޭ ތިކިޔާ ފައިސާ އަދިވެސް އެހުރީ "އެކްސްކްރޯ" އެކައުންޓުގައި. އެއީ ދައުލަތަށް އޭގެން ފައިސާ ނެގުމުގެ ބާރު އޮތް އެކައުންޓެއް. ރައީސް ޔާމީނަކީ 1 މިލިއަން ޑޮލަރު ނުލިބިގެން އުޅޭނެ މީހެއްނޫން. އެމަނިކުފާނުގެ ހިއްސާ ވިޔަފާރީގައި އޮތްމިންވަރު އެނގޭތަ؟

   11
  • Anonymous

   ރައްޔިތުން ހައްޤު ކިޔަމުން ގޮސް މިގައުމުގައި ފޭރޭ ބައިގަނޑެއް އުފައްދާނެ ކަމެއްނެތް. އަހަރެމެންނަށް މިފެންނަނީ އިޒްރޭލުން ފަލަސްތީނަށް އަރާ އެތާނގެ ރައްޔިތުންގެ މުދަލާއި ގެދޮރު ފޭރޭ ގޮތުގެ އަސްލު މަންޒަރުތައްތަ.

   10
  • Anonymous

   ދައުލަތް އެކީ ހުސްވީމަ މީހުންގެ މުދަލާއި ގޮދޮރު ނުހައްގުން ނަގައި މޑޕ ގެ އަމިއްލަ އެއްޗެއްސަށް ހެދުމުގެ ކޮޅުމަތި ފެށުނީ.

   12
  • Anonymous

   ކަލޭ އަތުގައިވެސް ހުރީ ރައްޔިތުންގެ ހައްޤު. ގައުމުގައި އުޅެ އެތަނުގައި ވަޒީފާ އަދާކޮށްގެން ހޯދިތަކެތި. އެހެންވީމަ ދިވެހިންނަށް ކަލޭގެ މުދަލުގެ މައްޗަށްވެސް ހައްޤު އޮންނާނެ. ހަމަ ފޭރި ގަންނަންވީ.

 11. ވަގު

  އެވަގު ކޮންތާކުން ފައިސާހޯދީ

 12. Anonymous

  މޑޕ ގެ ކަންކަން މިހުންނަގޮތަކީ، އިޒްރޭލުމީހުން ފަލަސްތީނު ރައްޔިތުންނާމެދު ކަންކަން ކުރާގޮތަށް. އަނިޔާވެރިކަން ހައްދުން ނެއްޓިފަ. އަނިޔާވެރިންނަކީ ﷲ ތަޢާލާ އެބަޔަކު ހަލާކު ކުރައްވާނެކަމަށް އަންގަވާފައިވާ 3 ބާވަތުގެ މީހުންގެ ތެރެއިން އެއްބާވަތް.

 13. ޢަލީ

  ޢެހެނެކޭ ކިޔައިފަ ޔާމީނު މަރުވަންދެން ގާނޫނު ނަހަދައެއް ނުތިބެވޭނެ ދޯ. ޔާމީނު އައިސް އަންނި ކުއްވެރިވަންޏާ އޭނަގެ އޮތްއެއްޗެއް ނަގާނީ. ހާލަތު ތަންދިންގޮތުން ޔާމީނު ޖަލުގަހުރުން އެއީ އެހެން ކަމެއް

 14. Anonymous

  މިހާރު ދެން ނުވެފަ އޮތް ކަމަކީ ފޭރުން. މިސަރުކާރު އައިތާ ކޮޅުމަތީ މަގުމަތިންނާއި ތިޖޫރީތަކުގައި ހުރި ރައްޔިތުންގެ ފައިސާތައް ވަގަށް ކަމަށް ބުނެ ފޭރުނު. މިހާރު ފައިސާއެއް ދައުލަތުގައި ނެތީމަ ހުރިތަނަކުން ފައިސާ ފޭރުމުގެ މަސައްކަތް ފެށުނީ.

 15. Anonymous

  މިސަރުކާރުން ދިވެހިންގެ އަތުގައި ކިތަންމެ ކުޑައެއްޗެއް އޮތަސް އެއެއްޗެއް ފޭރިގަންނާނެ. ފުރަތަމަ ގިނައިން ހުންނަ މީހުންގެ އަތުން. އެބައި ހުސްވީމަ ދެން ހުރިހާ ރައްޔިތުންގެ އަތުން ފޭރެންފަށަންވީ.

 16. Anonymous

  މޑޕ ސަރުކާރު ނުހިންގޭނެ ފައިސާ ނެތިއްޔާ ދިވެހި ރައްޔިތުންގެ ހުރިހާ މުދަލެއް ފޭރެންވެސް މިބައިގަނޑު ފަހަކަށް ނުޖެހޭނެ. ޝަރުޢީ ދާއިރާއެއޮތީ ޖޭއެސްސީ ކިޔާ ބިރުވެރި ޖަމާއަތެއްގެ އަތްދަށުގައި އެމީހުން ބުނެލަންޖެހޭނީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ކުރާށޭ. އެހިސާބުން ދައުވާކޮށް ހުރިހާ ރައްޔިތުންނަކީ މަނީލޯންޑަރ ކުރާ މީހުންގެ ގޮތުގައި ސާބިތުވީ. ރައްޔިތުންގެ ގެދޮރާ މުދާ ސަރުކާރަށް ނަގަންވީ.. އަނިޔާވެރިކަން މިދަނީ އިންތިހާއަށް.

 17. Anonymous

  ގާސިމް އިބްރާހީމާވެސް ޖެހޭނެ. ލާރިއެއް ހުރެއްޖިއްޔާ. ދައުލަތް ހިންގޭނީ ލާރި ލިބިގެން. ގާސިމްގެ މައްސަލަ ކޯޓަށް ވައްޓާލާފަ ބޭނުން ކޮންމެ ކަމަކަށްވެސް ސާބިތުކުރެވޭނެ. މިހާރު ކެތްކެއް ބޭނުމެއް ނުވޭ. ކޯޓަށް ވައްދަނީވެސް ބޭކާރުކޮށް. މަޖްލީހުން ލިސްޓެއް ހަދާލަންވީ މަނީލޯނަޑަރުންނަކީ ކޮބައިކަން. ފައިސާ ހުރި އެންމެން ފުރަތަމަ. ދެން ފައިސާއަށް ބޭނުންޖެހޭ ވަރަކުން ފަހަރަކު ބަޔަކު އިތުރުކުރަމުންގޮސް ގައުމުގައި ތިބި ހުރިހާ ރައްޔިތުންގެ އަތުގައި ހުރި ފައިސާއާ މުދާ ދައުލަތަށް ނެގީމަ އެނިމުނީ. މިހާވެސް ފަސޭހަކަމެއް މިއީ. އަނިޔާވެރި ނުލަފާ ބަޔަކާ މިގައުމު ހަވާލުވެފައި މިއޮތީ.

 18. އަލީ

  ޔާމީންގެ ގެދޮރު ބޭނުން ވެގެން އުޅެނީ އިންޑިޔާއިން. ޗައިނާ އެންބަސީ އެތަނާއި ޖެހިގެން ހުންނާތީވެ އިންޑިޔާގެ ފޭރޭ ގްރޫޕަށް އެގެ ވަރަށް ބޮޑަށް ބޭނުންވާނެތާ

  13
 19. ތިރިބެ

  އަދި އިތުކުރައްފެފެނޭ ޑުރަގުޑީލަރުންގެ މުދާވެސް

 20. ޝާން

  ޔާމީން ގެ ގެއާއި މުދާ ނަގަންޖެހޭ. އެކަމަށް ގާނޫނެއްހަދައިގެން ވިއަސް އެނަގަންޖެހެނީ އެއީ ރައްޔަތުންގެ ފައިސާ ކަމަށްވާތީ

  1
  14
  • Anonymous

   ޔާމީނުގެ އެކަނި ނަގައިގެން ނުވާނެ. "ދިވެހިން" އަންނަ ކޮންމެ މީހެއްގެ މުދާވެސް ނަގަންވީ. ހުސްވަގުން ދިވެހިންނަކީ.

   9
   1
   • ޅޭޅޭ

    ނުފުއްޕައްޗޭ

 21. މީރާއަލިފް

  ނުކޭވައިހުއްޓީ ހިންނަވަރު މުސްކުޅި އުތޭމާއަށް ވަރަށް ވެދުން ސަލާމް އަށް ދަންނަވަމެވެ. ރައީސް ޔާން ދޫއްކޮށްލަންވީ ހަމަ މިހާރު... ނޫނީ ހިތިރަހަ މުސްކުޅި ކަރުބުޑުން ލާފާ ހުއްޓޭ!