22:29

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 35 މީހަކު ބަލިން ރަނގަޅުވެއްޖެ.

22:23

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު އައިސީޔޫގައި ދިހަ މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށާއި އޭގެ ތެރެއިން ދެމީހަކަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެ.

22:16

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 150 އަށް އަރައިފި.

22:13

ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އައިސޮލޭޝަން ގެންދަން ގުޅުނީތީ އެޗްޕީއޭ އިން މާފަށް އެދިއްޖެ.

22:12

އިތުރު 143 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:35

ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރުމަށްފަހު އަލުން ހުޅުވައި ހިދުމަތް ދެމުންދާ ރިސޯޓުތަކުގެ ތެރެއިން ކޮވިޑް-19ގެ ސުންކު (ސާމްޕަލް) ނުނެގޭނެ އެއްވެސް ރިސޯޓެއް މިވަގުތު ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި.

19:14

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ތެރެއިން މިވަގުތު ދަތުރުފަތުރު ކުރުން ރައްކާތެރި ގައުމުތަކަށް ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕަށް ރާއްޖެވެސް ޝަރުތު ފުރިހަމަވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި.

18:42

ކޮވިޑް-19 އާއި ބެހޭ ދޮގު މައުލޫމާތު ގެނެސްދީ، އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އާންމު ކޮށްފައިވާ ހަތް މިލިއަން ޕޯސްޓެއް ފޭސްބުކުން ރިމޫވް ކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފި.

16:47

ޗައިނާގެ ސިޓީއެއް ކަމަށްވާ ޖިންގޒޫ ސިޓީގައި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ ބައެއް އަންހެނަކު ދެވަނަ ފަހަރަށް ބަލި ޖެހިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަ ކޮށްފި.

13:32

މެކްސިކޯގައި އިތުރު 926 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 53،929 އަށް އަރައިފި. އަދި އިތުރު 6،686 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 492،522 އަށް އަރާފައި.

 

13:31

ރަޝިއާ އިން އިތުރު 129 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 15،260 އަށް އަރައިފި. އަދި އިތުރު 5،102 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 902،701 އަށް އަރާފައި.

 

13:30

އިންޑިއާ އިން އިތުރު 28 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 46،216 އަށް އަރައިފި. އަދި އިތުރު 4،503 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2،332،908 އަށް އަރާފައި.

 

13:30

ޕާކިސްތާންގައި އިތުރު 17 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 6،129 އަށް އަރައިފި. އަދި އިތުރު 730 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 285،921 އަށް އަރާފައި.

 

13:29

ބޮލީވިއާ އިން އިތުރު 49 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 3،761 އަށް އަރައިފި. އަދި އިތުރު 1،693 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 93،328 އަށް އަރާފައި.

 

13:29

ޔޫކްރެއިން އިން އިތުރު 19 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،970 އަށް އަރައިފި. އަދި އިތުރު 1،433 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 84،548 އަށް އަރާފައި.

 

13:28

އިސްރާއީލުން އިތުރު 366 މީހުން ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 86،959 އަށް އަރައިފި. މިހާތަނަށް މަރުވީ 622 މީހުން.

 

13:27

ޗައިނާ އިން އިތުރު 25 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 84،737 އަށް އަރައިފި. މިހާތަނަށް މަރުވީ 4،634 މީހުން.

 

13:27

ކަޒަކިސްތާންގައި އިތުރު 691 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 100،855 އަށް އަރައިފި. މިހާތަނަށް މަރުވީ 1،269 މީހުން.

 

13:26

ބެލްޖިއަމުން އިތުރު ހަ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 9،885 އަށް އަރައިފި. އަދި އިތުރު 388 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 75،008 އަށް އަރާފައި.

 

13:25

ހޮންޑޫރާސް އިން އިތުރު ނުވަ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،515 އަށް އަރައިފި. އަދި އިތުރު 531 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 48،403 އަށް އަރާފައި.

 

13:24

އަރްމޭނިއާ އިން އިތުރު ތިން މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 806 އަށް އަރައިފި. އަދި އިތުރު 201 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40،794 އަށް އަރާފައި.

 

13:24

ކިރިގިސްތާންގައި އިތުރު ހަ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،484 އަށް އަރައިފި. އިތުރު 304 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40،759 އަށް އަރާފައި.

 

13:23

އަފްގާނިސްތާންގައި އިތުރު 10 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،354 އަށް އަރައިފި. އަދި އިތުރު 76 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 37،345 އަށް އަރާފައި.

 

13:22

އުޒްބަކިސްތާންގައި އިތުރު ހަތަރު މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 208 އަށް އަރައިފި. އަދި އިތުރު 468 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 32،215 އަށް އަރާފައި.

 

13:22

އޮސްޓްރޭލިއާ އިން އިތުރު 21 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 352 އަށް އަރައިފި. އަދި އިތުރު 414 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 22،127 އަށް އަރާފައި.

 

13:21

އެލް ސަލްވާޑޯ އިން އިތުރު ހަތް މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 577 އަށް އަރައިފި. މިހާތަނަށް މަރުވީ 21،269 މީހުން.

13:20

ދެކުނު ކޮރެއާ އިން އިތުރު 54 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 14،714 އަށް އަރައިފި. މިހާތަނަށް މަރުވީ 305 މީހުން.

 

13:20

ހަންގޭރީން އިތުރު 22 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 4،768 އަށް އަރައިފި. މިހާތަނަށް މަރުވީ 605 މީހުން.

 

13:19

ހޮންކޮންގް އިން އިތުރު ތިން މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 61 އަށް އަރައިފި. މިހާތަނަށް ފައްސިވީ 4،182 އަށް އަރައިފި.

 

13:19

ތައިލެންޑުން އިތުރު ފަސް މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 3،357 އަށް އަރައިފި. މިހާތަނަށް މަރުވީ 58 މީހުން.

 

13:18

ލެޓްވިއާ އިން އިތުރު 10 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 1،303 އަށް އަރައިފި. މިހާތަނަށް މަރުވީ 32 މީހުން.

 

13:17

ޖަމައިކާ އިން އިތުރު 16 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 1،047 އަށް އަރައިފި. މިހާތަނަށް މަރުވީ 14 މީހުން.

 

13:17

ވިއެޓްނާމުން އިތުރު އެކަކު މަރުވެ، މަރުވި މީހުންގެ އަދަދު 17 އަށް އަރައިފި. މިހާތަނަށް ފައްސިވީ 866 މީހުން.

 

13:16

ޓައިވާނުން އިތުރު އެކަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 481 އަށް އަރައިފި. މިހާތަނަށް ހަތް މީހުން މަރުވި.

 

13:16

ކެމްބޯޑިއާ އިން އިތުރު ދެ މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 268 އަށް އަރައިފި. މިހާތަނަށް މީހަކު މަރެއް ނުވޭ.

 

13:15

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން 900 އަށްވުރެ ގިނަ މީހުން މަރުވެއްޖެ.

12:54

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ ހިސާބުތައް ސައްހަ ކަމަށާއި ސިއްހީ ވުޒާރާ އިން އެކަމުގައި އެއްވެސް ވަރަކަށް އޮޅުވާލާފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ.

11:14

އިމާރާތެއްގެ އެތެރޭގައި ކޮވިޑް-19 ހަފޫޓް ދުރަށް ވެސް ވާސިލް ވެދާނެ ކަމަށް އެމެރިކާ ބައެއް ސައިންސްވެރިން ލަފާކޮށްފި.

10:57

ޔޫތު މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެ، މިނިސްޓްރީ ޑިސްއިންފެކްޓް ކުރަން މިއަދު ބަންދުކޮށްފި.

10:42

ޅ. ނައިފަރު ބޯޓެއްގެ ބިދޭސީ ފަޅުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

10:35

ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެ.

09:23

މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރު ކުރީ ރާއްޖެ އަލުން ފުރަބަންދަކަށް ދާން ބޭނުން ނުވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ރައްޔިތުންގެ މަޖިލިހުގައި ދެންމެ ވިދާޅުވެއްޖެ.

06:00

05:40

05:25

އިންޑިއާ އިން އިތުރު 61252 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 835 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2328405 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 46188 މީހަކު ވަނީ މަރުވެފައި.

05:25

ބްރެޒިލް އިން އިތުރު 54923 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1242 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3112393 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 103099 މީހަކު ވަނީ މަރުވެފައި.

05:24

އެމެރިކާއިން އިތުރު 52539 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1370 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5303977 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 167562 މީހަކު ވަނީ މަރުވެފައި.

05:24

ކޮލަމްބިއާ އިން އިތުރު 12830 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 321 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 410453 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 13475 މީހަކު ވަނީ މަރުވެފައި.

05:24

އާޖެންޓީނާ އިން އިތުރު 7043 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 240 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 260911 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5004 މީހަކު ވަނީ މަރުވެފައި.

05:24

މެކްސިކޯ އިން އިތުރު 5558 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 705 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 485836 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 53003 މީހަކު ވަނީ މަރުވެފައި.

05:23

ރަޝިޔާ އިން އިތުރު 4945 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 130 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 897599 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 15131 މީހަކު ވަނީ މަރުވެފައި.

05:23

ސްޕެއިން އިން އިތުރު 3632 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 373692 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28581 މީހަކު ވަނީ މަރުވެފައި.

05:23

އިރާގުން އިތުރު 3396 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 67 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 156995 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5531 މީހަކު ވަނީ މަރުވެފައި.

05:23

ބަންގްލަދޭޝް އިން އިތުރު 2996 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 33 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 263503 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3471 މީހަކު ވަނީ މަރުވެފައި.

05:22

ފިލިޕީންސުން އިތުރު 2987 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 19 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 139538 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2312 މީހަކު ވަނީ މަރުވެފައި.

05:22

ދެކުނު އެފްރިކާ އިން އިތުރު 2511 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 130 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 566109 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10751 މީހަކު ވަނީ މަރުވެފައި.

05:22

އީރާނުން އިތުރު 2345 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 184 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 331189 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 18800 މީހަކު ވަނީ މަރުވެފައި.

05:22

އިސްރާއީލުން އިތުރު 1871 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 86593 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 622 މީހަކު ވަނީ މަރުވެފައި.

05:21

އިންޑޮނީޝިއާ އިން އިތުރު 1693 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 59 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 128776 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5824 މީހަކު ވަނީ މަރުވެފައި.

05:21

ބޮލީވިއާ އިން އިތުރު 1636 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 72 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 91635 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3712 މީހަކު ވަނީ މަރުވެފައި.

05:21

ޗިލީން އިތުރު 1572 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 39 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 376616 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10178 މީހަކު ވަނީ މަރުވެފައި.

05:21

ސައުދީ އަރަބިއްޔާ އިން އިތުރު 1521 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 34 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 291468 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3233 މީހަކު ވަނީ މަރުވެފައި.

05:20

02:58

01:51

01:17

00:39


ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު ފާއިތުވި ހަފްތާއެއްހައި ދުވަހަށް ބަލާއިރު މަދު ނަމަވެސް ބިރުވެރިކަން އަދިވެސް ވަރަށް ބޮޑެވެ. ކޮވިޑް-19 ކޮންޓްރޯލް ވަމުންދާކަމުގެ ނިޝާނެއް އަދި ނުފެނެއެވެ. މާސްކް އެޅުން ފިޔަވައި އިތުރު ރައްކާތެރިކަމުގެ މާބޮޑު ފިޔަވަޅެއް މާލޭގައި އަޅާފައި ނެތުމުން ބަލި ފެތުރުން ފަސޭހައިން ކޮންޓްރޯލް ކުރެވިދާނެކަމާއި މެދު އާއްމުން ސުވާލު އުފައްދައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނައިރު އެޗްޕީއޭ އިން މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުން އެތައް ބައެއްގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ކޮވިޑް-19 އަށް ފައްސިވި މީހަކާއި ގާތުން ބައްދަލުވި ހައި ރިސްކް މީހަކު އައިސޮލޭޝަނަށް ނުގެންދެވިގެން އުޅެނިކޮށް މިއަދު ވެސް ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުން އަވަހަށް އެކަހެރި ކުރަން ނުގެންދިއުމާއި، ހައި ރިސްކް މީހުން ޓެސްޓް ކުރުން ލަސްވަމުން ދާތީ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމުގެ ޝަކުވާތައް ހުއްޓުމެއް ނެތި ކުރަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ؛'(

    ކީކޭ ބުނާނީ

  2. އެނޮނިމަސް

    މަށައް ރަނގަޅީ މިހާރު ވީހާވެސް ގިނަބަޔަކު މަރުވެއްޖެއްޔާ. އަހަރެންނަށް އަނިޔާވެރިވެ ހައްޔަރުކޮށްގެން ތިހެން ނުބެހެއްޓޭނެ.

    1
    1
  3. މުހައްމަދު

    މީ ވަކި ވަކި ފަރުދުންގެ ޒިންމާއެއްނޫން. ހުރިހާ އެއްމެން ވެސް އެއްބާރުލުން ދީގެން މިބަލި ކޮންޓްރޯލް ވާނީ. މިކަމުގައި އެޗްޕީއޭގެ މުއައްޒަފުން ކުރާ ހިތްވަރަށް ތައުރީފް ކުރަން.