އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއީލްގެ ފޭސްބުކް އެކައުންޓް ހެކުކޮށް، އެ އެކައުންޓު މެދުވެރިކޮށް ޕޯސްޓު ކުރަމުންދިޔަ "ހެކަރު" އަތުލައިގަނެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ފައްޔާޒް މިކަން ހާމަކުރައްވަމުން މިރޭ ފޭސްބުކުގައި ވިދާޅުވެފައި ވަނީ، އެކައުންޓް ހެކް ކުރުމުގެ ސަބަބުން ތަފާތު އެކި ޕޯސްޓުތައް ފެނިފައިވުން އެކަށީގެންވާ ކަމަށެވެ. އެކަމަށްޓަކައި ފޭސްބުކް ރަހުމަތްތެރީންގެ ކިބައިން މަޢާފަށް އެދޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިކަމާއި ގުޅިގެން އޮތް އުފާވެރި ޚަބަރަކީ، "ހެކަރު އަތުލައިގަނެވިފައި" ވުން ކަމަށެވެ. އަދި އައިޑީ ހެކު ކޮށްފައިވަނީ އެމަނިކުފާނުގެ އުމުރުން ހަތަރު އަހަރުގެ ދަރިކަލުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެކައުންޓް ހެކްކުރުމުގެ ސަބަބުން ތަފާތު ޕޯސްޓުތައް ފެނިފައިވުން އެކަށީގެންވޭ. އެކަމަށްޓަކައި މަޢާފަށް އެދެން. އުފާވެރި ޚަބަރަކީ މިހާރު ހެކަރު އަތުލައިގަނެވިފައި ވާކަން. އެއީ އަޅުގަނޑުގެ އުމުރުން ހަތަރު އަހަރުގެ ދަފިރުޅު ނޫން އިތުރު މީހެއް ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.

މިކަން މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވާއިރު، އެފަރާތްތަކުން އަންނަނީ މިނިސްޓަރ ފައްޔާޒުގެ ދަރިކަލުންނަށް ތަޢުރީފު ކުރަމުންނެވެ.

ރާއްޖޭގައި ބައެއް މަޝްހޫރު ފަރާތްތަކާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ މީސްމީޑިއާ އެކައުންޓުތައް ހެކު ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިއީ މިހާތަނަށް އިސް ބޭފުޅެއްގެ އެކައުންޓު ހެކު ކުރި ފަރާތް ދެނެގަނެވުނު މަދު ފަހަރުތަކުން ފަހަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކެނެރީގެ ވަގު

    މިވެސް ހަބަރެއް؟ ފައްޔާޒް މަޝްހޫރުވާން ދެއްކި ހިމަނުޖެހޭ ވާހަކައެއް.

    65
  2. ފާއިޒު

    އެ ދަރިފުޅަށްވެސް ތައުރީފު ކުރާނެ ކަމެއް ނެތް. ތިއީ ފައްޔާޒުއަށް ވާނުވާގެ ތެރޭގައި ވެފައިވާ ކަމެއް. ޢެންމެފަހުން ލަދުން ރެ ކެންވެގެން 4އަހަރުގެ ދަރިފުޅުގެ ބޮލަށް ކަނޑާލީ.
    ޙުއްޖަތް:
    1-ޢޭރުން ނޫނެ, ކޭބުނާނެ އެހެން ޢާއިލާއެއް ނޯންނާނެތާ.
    2- އެ ދަރިފުޅުގެ އަމިއްލަ މޯބައިލް ނުވަތައެނޫންވެސް ޑިވައިސް އެއް. ޢަދި އިންޓަރނެޓް ދީފައިވާނަމަ އޭގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ހަމަ ފައްޔާޒު.
    3- ޢާއިލާއިން ދަރިފުޅަށް އިހުމާލުވި ކަަމަށް އަމިއްލައަށް އިޢްތިރާފުވުން.

  3. 04 އަހަރުގެ ބޮޑުދޮގު

    ހެހެެހެހެހެ ހަމަހިނި އަންނަނީ، 04 އަހަރުގެ ދަރިފުޅު ބައްޕަގެ އެފް.ބީ އެކައުންޓް ހެކްކުރުމުގެ ބޭނުމަކީ ކޮބާ؟ އެވިސްނުން އޭނާއަށް އައީ ކީއްވެ؟؟ އެކަން އޭނާ ކުރިކަން އަތުލައިގަތީ ކިހިނެތް؟؟؟ ފޭކް ވާހަކަ ނުދައްކާ، އަމިއްލައަށް އެފް.ބީ އަށް އެކިވައްތަރުގެ ޕޯސްޓްތައް ކުރުމަށްފަހު 04 އަހަރުގެ ކުޑަ ދަރި ބޮލަށް ކަނޑާލީ، އަދި ތިއީ އަމިއްލަ މޮޅުކަމުގެ ވާހަކަ ދައްކަން ކުރި ބޮޑު ބުހުތާނެއް

    12
  4. އިބްރާޙީމް

    ދަރިންނަށް ޝޯޝަލް މީޑިއާ ގެ ނުރައްކާ ކިޔައި ދެއްވާ ވަޒީރު. ދަރިފުޅު ތިއޮތީ ވައްކަން ކޮށްފައި. ދަސްކޮށްދެއްވާ ބައްޕަގެ މުދާ ވަގަށް ނެގިފަޔޭ ތިއޮތީ.

  5. ސޮއްބެ

    ގަޅިބޯ މިނިސްޓަރު

    10
  6. ހަރާންކޯރު

    ހެކު ކުރެވޭނެތާ. ފޯނު އޮންނީ ދަރިފުޅުއަތަށް ދީފައި. އޭގައި ޖަހާ ހުރިހާ ޕާސްވޯޑެއްވެސް އޮންނަނީ ދަރިފުޅަށް ލިބިފައި. ވީމާ، މުސްތަޤުބަލުގައި، ޖަހާ ގަޅި ސްޓޭޓަސްތަކުން ރެކިގަންނަށް ކުރިއަށް އެޅި ފުރިހަމަ ވިޔަވަޅެއް. މަކަރުވެރި ރޭވުންތެރިނަކީ މޮޔަބައެއް ނޫނެވެ.

  7. ތުނިޔަ

    ތީހެކް ކުރީކީނޫންދޯ؟ ފޮނި ކަނޑަނީ..

    19
  8. ސަނައްޓޭ

    ތައުރީފް ހައްގެއް ނޫން. ކުޑަކުދިން ފޭސްބުކަށްވައްދާ އެކުދިން ނުރައްކަލަށް ހުށަހެޅުން ނޫން ކަމެއް ނޫން ތިއީ. ފައްޔާޒްގެ މައްސަލަ ބަލަންޖެހޭނެ

    20
  9. ވިސްނާލަބަލަ

    ތީ ވަރަށް ބޮޑު މައްސަލައެއް. ހެކް ކުރީ ޤައުމުގެ މިނިސްޓަރެއްގެ އެކައުންޓްކަމަށް ވަންޏާ އެއީ މައްސަލައެއް. ޤާނޫނީ ބޮޑު ކުށެއް. އެއީ ދަރިޔަކު ކުރިޔަސް އެހެން މީހަކު ކުރިޔައްސް ކުށެއް. އުމުރު ހަމަ ނުވާ ކުއްޖަކު ކުރިއްޔާ އެކުއްޖާގެ ބެލެނިވެރިން ޒިންމާ ނަގަން ޖެހޭނީ... އެއީ އެކުއްޖާގެ ބައްޕަގެ އެކައުންޓްކަމަށް ވާނަމަ މިވާހަކަ ނޫސްތަކުގަ ޖަހާނެކަމެއްނެތް.. އަމިއްލައަށް މިވާހަކަ ދައްކާނީ މަޝްހޫރުވާން... އެކަމަކު މީ ބެލެނިވެރިކަމުގެ ޒިންމާ އަދާނުކުރެވުމުން ވާގޮތް.. ބައްޕައަކަށްވެ ހުރެ މިވާހަކަ ދައްކަން ލަދު ނުގަތްކަން ހީވެ ހައިރާންވެ އަންތަރީސްވެއްޖައިން.

    23
  10. ޖާހިލު ވެރިން އިސްކުރީމާ

    ހެކްކުރުމަކީ ސަޅި ކަމެއްނޫން. އެއީ ވައްކަން ކުރުން. އެހެންވީމަ ތިކުއްޖާ ފަކީރުގެވެސް އަގުއެވެއްޓުނީ. ސަމާލުވެލައްވާ!

  11. ދަރިފަނި

    ޕޮލިހުން ތިކަން ތަހުގީގު ކުރަން ޖެހޭނެ

  12. ދަރަނި ދަންތުރަ

    ބަފާ ވަށްކަންކުރަނީ ސަރުކާރުތެރެއިން ނޮޅާކަނީ ދެން ދަރިންވެސް އެހެންތާ އުޅޭނީ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ ...

  13. ނ

    މިހާކުޑައިރު ބައްޕަ ހިނގާމަގުން ހިނގަން ދަސްކޮށްދެނީ
    ޢަދި ކަޓުނަގަންވެސް ދަސްކޮށްދޭނެ

  14. ސަނދުރަ

    ތިޔަށްކިޔަނީ ހެކުކުރުމެއްނޫން ތިޔައީ ބަށްޕަ ފޭސްބުކުގެ ލޮގުއައުޓު ނުވެ އޮފީހަށްދިޔަވަގުތު ދަރިފުޅު ފެސްބޫކު ބަލާފަ ފޮޓޯކޮޅެއް ފޮނުވާލީ ދަރިފުޅު ހެކަރަކަށް ނުހެދުމަށް ފައްޔާޒަށް ގޮވާލަން.

  15. ދައްކާލި ވާހަކަ

    ދެ މަހުގެ ކުއްޖެކޭ ނުބުނި ކަން ނަސީބު. ތި ހަތަރު އަހަރުގެ ކުއްޖަ އައް ހެކް ކުރަން ވެސް އިނގޭ؟ ޓެކްނޮލޮޖީ ކުރި އަރާ ދިޔަވަރު ދޯ

  16. ޢީސާފުޅު

    އަޅުގަނޑްމެން ދެން ދުވަހަކްވެސް އެބުނާ ދޮގެ ހަދާގެން މިނިސްޓަރުކަން އަތުލާއިގެން މިނިސްޓަރު ކަމާ ހަވާލުވެ އުޅެ މީހަކަށް ތާއީދު ނުކުރާނަން، ރޮޒޭ ކަލޭ އިތުބާރު ކޮށްގެންހުރޭ ތިކަހަލަ ރޮޒޭމެނާހެދި ދުވަހަކްވެސް މިޤައުމު ރަނގަޅު މަގައް ނޭޅޭނެ.

  17. އެއްކަލަ ގޮލާ

    އިމޯޝަނަލް އޭންގަލް އަކުން ތަރުހީބު ހޯދަނީ. ލޮލް.