ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެމީހާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ކޮވިޑް-19 މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެމީހާއަކީ ފުއްޕާމޭގެ މައްސަލަ އާއި ހަކުރު ބަލި ހުންނަ އުމުރުން ގާތްގަނޑަކަށް 77 އަހަރުގެ މީހެކެވެ.

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވިކަން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި 21 ވަނަ މީހާއެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިޔާވި ދެވަނަ މީހާއެވެ.

ހައި ރިސްކް މީހުންގެ ގޮތުގައި ބެލެވިފައިވާ އެމީހާ އަށް ކޮވިޑް-19 ޖެހުނު ކަން އެނގުނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އަދި ނިޔާވި އަންހެން މީހާގެ ފިރިމީހާ އާއި ދަރިން ހިމެނޭ ގޮތަށް އެ އާއިލާގެ ބައެއް މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 5،223 އަށް މީހުން ފައްސިވިއެވެ. ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 2855 ދިވެހިންނާއި 2368 ބިދޭސީންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 ގައި ނިޔާވި، މީހުންގެ ތެރޭގައި އިއްޔެ ނިޔާވި އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނެއެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ. މީގެއިތުރުން ރާއްޖޭގައި ސިއްހީ އެހެން ހާލަތްތަކުގައި ނިޔާވި ހަތަރު މީހަކުވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެކަމަކު އެ ހަތަރު މީހުން ނިޔާވީ ކޮވިޑް-19 ބަލީގައި ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 2،849 މީހެކެވެ. އޭގެ ތެރޭގައި އިއްޔެ ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 14 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ﷲނިޔަވި އުޚްތާ އަށް ރަހްމަތް ލައްވާށި އޭ އެންމެހާ ދިވެހިންނޭވެ ރައްކާތެރިކަމަކީﷲދެއްވާއެއްޗެއް އަސްތަޣްފާރުކުރުން ގިނަކުރައްވާ ﷲއަށް އެހީއަށް އެދި ދުއާކުރައްވާ ފުރާނަޔަކީ އެފަރާތުގެ މިލުކެއް

    66
    1
  2. ސަލީމް

    އެޗްޕީއިން ގުޅާނެ މި އަންނަ ހަފްތާގަ ސުންކު ނަގަން..
    ލަދުން ބޯހަލާކް،..

    35
    10
    • މުހައްމަދު

      ސާމްޕަލް ނަގަން އެޗްޕީއޭގެ ގުޅާފަ މީހާ އާސުމާނުގަ ހުރެ ވާހަކަ ދެއްކީމަ ލަސްވާނެ. އެހެން ކަންނޭގެ ތިވަނީ. އެމީހުންވެސް ދުވާލުދާ ހަތަރުދަމު ކުރަމުންދާ މަސައްކަތަކީ ކިހާވަރެއްގެ އަގުހުރި މަސައްކަތްތަކެއްކަން ދެނެގަނެ ތައުރީފް ހައްގު. ސަރުކާރުން މުސާރަ ކޮޅު ނުދިނަސް ޝަކުވާއެއް ކުރުމެއްނެތި ހިއްވަރު ކުރަނީ ހަމަ އަހަރެމެންނަޓަކައި. މިކަން ބަލައިގަންނަން އެބަ ޖެހޭ.

      45
      11
      • އަރީ

        އެމީހުން އެކުރާ މަސައްކަތަކީ ދައުލަތުގެ ބަޖެޓް ފޫދުއްވާލަން ކުރާ ބޭކާރު މަސައްކަތެއް. އެމީހުނަށް އެކަން ރާވާ ހިންގާކަށް ނޭނގޭ

        7
        7
      • ޕޮލިސް ކޮންސްޓަބަލް

        ކަލޭގެ ލަދު ޙަޔާތް ކޮބާ؟؟؟ ފުރަތަމަ ޒިންމާ ނަގަން ދަސްކުރަން ވީނު.. ކަލޭމެންގެ އިހުމާލުން ނިޔާވި ކިތައްވަނަ މީހާ؟ ކަލޭމެން ބިޒީ ވެގެން ކުރާކަމެއް ބުނެބަލަ.. ކަލޭމެން ތިތާ ތެރޭ ތިބެގެން ޖަހާ ސަކަރާތް ވަރަށް ގާތުން ބަލަމުން މިދަނީ...

        9
        1
  3. މުހައްމަދު

    ތީ ދޮގެއް. އަހަރެން އިއްޔެ ގުޅީ އަލާމާތްތައް ފެންނަށް ފެށީމަ ރިޕޯޓް ކު ރަން. ރޭގަ ސާމްޕަލް ނަގަން އައި. ތަޖުރިބާ ކޮށްފައި މިބުނީ. އެޗްޕީއޭގެ މުއައްޒަފުން ވާހަކަ ދެއްކުމާ މި ހުރިހާ ކަމަކަށް ޝުކުރުއަދާކުރަން ބެހެއްޓި އޯގާތެރި ކަމައްޓަކައި. މި ކަމަކީ ވަކި ފަރުދުންގެ ޒިންމާއެއްނޫން. ހުރިހާ އެއްމެން ވެސް އެއްބާރުލުން ދީގެން މިބަލި ކޮންޓްރޯލް ކުރެވޭނި.

    4
    8
  4. އަރީ

    ކިހިނެއް އިގެނީ ކޮވިޑް ޖެހިގެން ކަމެއް؟ ތިޔަބުނީ ވިއްޔާ އެއީ ކޮވިޑް ދުނިޔެއަށް އުފަންނުވަނީސްސުރެން ފުއްޕާމޭގެ ބަލިހުންނަ ، ހަކުރުބަލި ހުންނަ އުމުރުން ދުވަސްވީ އަންހެނެކޭ. ތިޔަވެދާނެ އެއްނޫން ގުދުރަތީ މަރަކަށްވެސް. ކޮވިޑް ޖެހެޔޭ ބުނާ %99 މީހުންގެ އެއްވެސް އަލާމާތެއް ނުހުރޭ ވިއްޔާ. ތިމީހާގެވެސް ތިހުރި އަލާމާތްތަކަކީ ކޮވިޑް ދުނިޔެއަށް އުފަންނުވަނީސް ހުރި އަލާމާތްތަކެއް ވިއްޔާ. ކޮވިޑަކާ އެކަމަކާ މިއަދު ނުގުޅުވޭނެ ދޯ.

    6
    1