ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ ހިސާބުތައް ސައްހަ ކަމަށާއި ސިއްހީ ވުޒާރާ އިން އެކަމުގައި އެއްވެސް ވަރަކަށް އޮޅުވާލާފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއްތޯ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލިހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތަކަކީ ސައްހަ އަދި ރަނގަޅު ނަންބަރުތަކެއް ކަމަށެވެ. އަދި އަމީންގެ ވާހަކަތަކަށް ރައީސް ނަޝީދު ވެސް ތާއީދު ކުރެއްވެވިއެވެ.

"އަޅުގަނޑަށް ސަތޭކަ އިން ސަތޭކަ ޔަގީން، މިނިސްޓަރުގެ ހިސާބު އެއީ މި ފަހަކުން އައިސް، ނުނިކުންނަހާ ސައްހަ ހިސާބެއް،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު، އަމީނަށް ތައުރީފް ކުރައްވައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހިސާބުތަކަކީ ސިޔާސީ އެއްވެސް ފަރާތެއްގެ ބެހުމެއް ނެތި، ސީދާ އިޖުރާއުތަކަކުން ނުކުންނަ ހިސާބުތަކެކެވެ. އަދި އެކަމުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އެއީ ގުނުމުގައި އޮޅުވައިނުލާ ތިބުމަކީ ބައެއް ކަހަލަ ބޭފުޅުންނަށް ވަރަށް އުނދަގޫ ކަމެއް. ނަމަވެސް ހިތްވަރާ އެކީގައި މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެބަ ގެންދަވާ ގުނުމުގައި ގަސްދުގައި އޮޅުވާނުލައްވާ ކެތް ކުރައްވައިގެން ރަނގަޅަށް އެކަން ކުރައްވަމުން،" ނަޝީދު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ބޭރުގައި އުޅުން މަނާ ކުރީ ކީއްވެތޯ މެމްބަރު ނަޝީދު ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެކިއެކި ފިޔަވަޅުތައް އަޅަނީ ބަލި ފެތުރެމުންދާ ސްޕީޑް ލަސް ކުރުމުގެ ބޭނުމުގައި ކަމަށެވެ. ބަލިން މީހުންގެ ފުރާނަ ސަލާމާތް ކުރަން ކުރެވޭ މަސައްކަތްތައް ހުންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ވަކި ގަޑިއެއްގައި މީހުން ނުކުމެ އުޅޭ ގަޑިއަށް ބަދަލު ގެނައުމުގެ ސަބަބުން ބަލި ފެތުރޭ ނިސްބަތް ލަސް ކުރެވޭނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ފުރާނަ ގެއްލޭ މީހުންގެ އަދަދު މަދުވުމާއި އެޑްމިޓް ކުރާ މީހުން މަދުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ބައްޔަކީ ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ނޫނެވެ.

އަމީންގެ މި ޖަވާބާ ގުޅިގެން ނަޝީދު ވިދާޅުވީ "ވަޒީރުގެ ކޮންޓެކްޓް ޓްރޭސިން ޑިޕާޓްމަންޓުން" ރޭގަނޑު ކޮންޓެކްޓްވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ރޭގަނޑު ވަކި ވަގުތެއްގައި ބޭރަށް ނުކުތުން ކަނޑައެޅިފައި ވަނީ ސައިންޓިފިކް މައުލޫމާތަށް ބިނާކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރު ކުރުމާއި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރު ތެރޭގައި އުޅުން ވަނީ މަނާކޮށްފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5،223 އަށް އަރައިފައެވެ. މި ބަލީގައި 21 މީހަކު ނިޔާވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 2،849 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އެޖެންޑާ ޖޫރިމަނާ ކާފަ

  ރައްޔިތުން ފެލާ ސަރުކާރު އިސްތިއުފާ

  32
  2
 2. ގޭދޮށު ގަރުދިޔަ ފެކްޓަރީ

  ނެތްތަ ޕާކިން ސްޓިކާގަނޑެއް

  28
  1
 3. ގޭދޮށު ގަރުދިޔަ ސްޓިކާ ފެކްޓަރީ

  ރައްޔިތުން ފެލާ ނޮޅާކާ ނާގާބިލް ސަރުކާރު

  32
  1
 4. ނަޝީދު

  ބުނަން މަޖިލީހުގައި ތެދުވެރިކަމާއެކު މިސަރުކާރު މީހަކު ޖަވާބުދިނުމުން އިއްޔަވެސް ލޯއެޅިަން ފެނުނީ ދޮގުހަދާތި

  20
  1
 5. ޙަސަނުބެ

  ދުނިޔޭގެ ތާރީޚްގައިވެސް ފެނުނު އެންމެ ތާކުންތާކު ނުޖެހޭ މަޖިސް ރައީސް.

  31
  1
 6. މާދު

  މިހާރު ސައްކު އުފެދިއްޖެ.

  24
 7. ބަރަވެލި

  ލާދީނީ މީހުން ތައު ރީފުކު ރާނެ ލާދީނީ ފިކު ރާއި އެއްކޮޅު މީހުނަށް މީނަދެން މިހީކު ރަނީ މީނައަކީ ވަ ރަށް މުހިްމުމީހެ ކޯ!'

  24
 8. ދަރަނި ދަންތުރަ

  މިވެރިކަމުގައި ނޮޅާ އިރާ ވީދާ ކެޔަސް ހިސާބުތަށް ދިމާވާނެ ތިން ފިނޭންސް މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރިއިރު ނަސީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރ ކަންކުރި މީހުން ކީއްވެ ހާޒިރުނުކުރީ ނަސީދުގެ ވެރިކަމުގައި ކުރިވަށްކަން ގިނަކަމުންދޯ ؟

  29
  1
 9. ސަމްކުޅިބޭ

  އަމީނު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އެކިއެކި ފިޔަވަޅުތައް އަޅަނީ ބަލިފެތުރެމުންދާ ސްޕީޑް ލަސްކުރުމުގެ ބޭނުމުގައި ކަމަށެވެ. މީހުން ނުކުމެ އުޅޭގަޑިއަށް ބަދަލު ގެނައުމުގެ ސަބަބުން ބަލިފެތުރޭ ނިސްބަތް ލަސްކުރެވޭނެއެވެ. ނަތީޖާ އަކަށް ވެގެންދާނީ ފުރާނަގެއްލޭ މީހުންގެ އަދަދު މަދުވުމާއި.......؟ ފުރާނަގެއްލޭ މީހުންގެ އަދަދު ކިހާމަދު. 24ގަޑި އިރު ނުވޭ 2މީހުން ގެ ފުރާނަ ގެއްލިއްޖެ. ރޭގަނޑު 10ން ބަންދު ކުރިފަހުން 5މީހުން މަރުވެއްޖެ. ދެން ކޮން ހިސާބެއް ދިމާވަނީ. މިއޮގަސްޓް މަހު ކޮންމެދުވަހަކު 200 އަށްވުރެ ގިނަމީހުން ޕްޒިޓިވް ވާނެކަމަށްބުނީ. އެކަން ތެދު ކުރަންވެގެން 3ދުވަހުންނަގާފާ ހުރި ސާމްޕަލްތައް އެއްކޮށް އޭގެ ނަތީޖާ އެއްދުވަހުން އިއުލާނުކުރީ 200 އަށްވުގެ ގިނަމީހުން އެދުވަހު ޕްޒިޓިވް ވީކަމަށް ހެދީ.

  1
  1
 10. ރާބޯ

  ކާޅު އަނގައޮތީޔަ ކާޅެއް ނުކާނެ!

  14
 11. ޢަލީކޮއި

  ތައުރީފު އޮއް ސާލާ، އޭރުން ކޮވިޑް އެލަވަން ސް ލިބޭނީ. ލާރިގަނޑު ބޭނުންވީމަ ރަގަޅު ގޭމެއް ތިޖެއް ސީ

  13
 12. ކާފަބޭ2020

  ހުރިހާވައްކަމާއި ޚިޔާނާތަކާއި މަރުތަކެއް ހިނގާފަވަނީ 2013 އިން 2019 އާދެމެދުކަމަށް ވަލިއްޔުލްއަމްރުވިދާޅުވެ ތަހުގީގު ފެށީ އެތާރީޚުންނޫންތޯ؟ އެތާރީޚުގެކުރިންއަދިފަހުންވެ ސް އެބާވަތުގެ ކަމެއްނުހިނގާނެކަމުގެ ގެރެންޓީވަނީވަލިއްޔުލްއަމްރު ދެއްވާޤަރާރުކުރަށްވާފައެވެ. ޝުކުރިއްޔާ! ދެއަހަރުގެބަޖެޓާއި ލިބުނުކަމަށްބުނި އެތަކެއްމިލިއަންޑޮލަރު ވީނުވީއެއްނޭނގި ހުލިވީ އެއީ ތިޖޫރީއާބެހޭކަމެކެވެ. އަހަރެނާއިބެހޭކަމެއްނޫނެވެ.

 13. ާއަހުމަދު

  އަމީނުގެ ދުވަސްދާންކާރިވީހެން ހީވަނީ

 14. އަޙްމަދް

  ޑަބްލިޔު އެޗް އޯ ޔޫޓާން ނަގައިފި.

 15. ޖަރީމާ

  މީނާގެ ތަޢުރީފު ލިބޭ މީހަކީ އެއްމެ އަވަހަށް ހަލާކުވެދާ މީހާ ކަމަށް ވެދާނެ