ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ކަރަންޓު ގޮސްފައި ވަނީ ހުޅުމާލޭގައި ކޮރަލް ވިލް ފްލެޓުތައް ހިމެނޭ ސަރަހައްދުންނެވެ. ސްޓެލްކޯ އިން ވިދާޅުވީ އެ ސަރަހައްދުން ކަރަންޓު ގޮސްފައި ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން ހައްލު ކުރަމުންދާ ކަމަށެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ސަރަހައްދުން ކަރަންޓު ދިޔަތާ ގާތްގަނޑަކަށް އެއް ގަޑިއިރުވެއްޖެއެވެ.

ނޯޓު:

ކަރަންޓު ކެނޑުނުތާ އެއް ގަޑިއިރު ފަހުން، ކަރަންޓު ވަނީ ލިބިފައެވެ.