މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ދައުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ ދައުލަތުގެ ފަރާތުން އެ ފައިސާ ހޯދުމަށް މީރާ އަށް އަންގައިފިއެވެ.

ބަންޑާރަ ނާއިބު އޮފީހުގެ ފަރާތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައި 6 މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގެތެރޭގައި ރައީސް ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާ ނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދައުވާ ލިބޭ ފަރާތް ޖޫރިމަނާކޮށް ހުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާ ނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ހޯދާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެއްކަމުގައި ވާތީ، އެކަން އެ އިދާރާއާ ހިއްސާކުރެވިފައިވާ ކަމަށްވެސް ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ފައިސާ ހޯދަން މީގެކުރިން ބަންޑާރަ ނާއިބު އޮފީހުން ވަނީ ސިވިލް ކޯޓުގައި ދައުވާ ކުރާނެ ކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅޭ ތައްޔާރީތައް ބަންޑާރަ ނާއިބު އޮފީހުން ވަމުންދާ ކަމަށްވެސް މީގެކުރިން އެ އޮފީހުން ބުނެފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި މިހާރު އެ މައްސަލާގައި ވެސް އޮތީ ހުކުމް ކުރުމުގެ މަރުހަލާއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސޭކްސްތާން

    ނުހައްގުން ކޮށްފައި އޮތް ހުކުމަކަށް ތިޔަ ބުނާ ފައިސާއެއް ދައްކަންޖެހޭ ސަބަބެއް ނުވިސްނޭ. ރައްޔިތުން ގޮވަނީ ހުކުމްކުރީ އިންސާފުން ބޭރުން ނުފޫޒު ފޯރުވައިގެން ސަރުކަރު ހިންގަން ފައިސާ ނެތީމަ ރައްޔިތުން ފެލައިގެން ލާރިތައް ޕަކަޅާ ކުރަމުންގޮސްް 5 މިލިޔަން ޑޮލަރުގެ ބޭނުމުގައި މިހާރު މިދިމާކުރީ ރައީސް ޔާމީނާ. އެމަނިކުފާނުގެ ގެކޮޅުވެސް ސަރުކާރަށް ދަމައިގަނެ ދުވަސް ދުއްވާލަން. ތިހެދެނީ ނުބައި އެއްޗެއް. ތިކަމުގެ ނަތީޖާ ސަރުކާރުން ދެކޭނެކަަން ފޯމިއުލާތަކުން ދައްކަނީ.

  2. މަބޫ

    ހުކުމާއެއްގޮތަށް ފާސާދަށްކަވާ. ނަފްސު އިސްލާހުކުރައްވާ. ކޮވިޑުން ސަލާމަތްވަމާ.

    10
    35
  3. އަބްދޫ

    އެއީ ކޮށްފާ އޮތް ޖުރްމާނާ އެއީ މަނިލޯންޑްރިން ފައިސާއެއް ނޫން މިހާރު މައްސަލަ އިސްތިއުނާފްގާ އޮތުމުން ޖުރުމާނާ އެއްވެސް އަތުނުލެވޭނެ.ނުނިމި އޮތް ސަރީއަތެއްގެ ޖުރްމާނާ ކުރިން ނުހޯދޭނެ. ގާނޫނުއަސާސީގެ 40 ވަނަ މާއްދާގަ ބުނާފަދަ މަނީލޯންޑްރިން އަކަށް އެފައިސާ ނުވޭ.އަދި 40 ވަނަ މާއްދާގެ ރ ބުނޣޮތުން އެއްވެސް މީހަކު ކޮށްފައިވާ ޖިނާއީ ކުށެެއްގެ ބަދަލުގާ އެއްވެސްމީހެއްގެ މިލްކިއްޔާތު ނުހިފޭނެ.ދަވްލަތުން ކެރަފާސައްތާރުގެ މައިޓް ހިޔާނާތުގެ ފައިސާ ހޯދުމަށް ސައްތާރުގެ ގެދޮރު ވިއްކާލިހެނެއް މިހާރުގެ ގާނޫނުއަސާސީ ބުނާގޮތުން އެކަން އެގޮތަކަށް ނުކުެވޭނެ.

  4. ނިޒްރާ

    ތި ފައިސާ ދައްކާނެ. 5 މިލިއަން ޑޮލަރު އެއީ އެއްޗެއްތަ؟ އިސްތިއުނާފް މަރުހަލާ ނިމެންދެން މަޑުކޮށްލާ! ކައިކައި ބައިތުލްމާލް ފޫ ދިޔަެީދޯ!!

    52
    4
  5. ޖޫރިމަނާ އެޖެންޑާ 19

    އެމްޑީޕީ ވެރިކަމެއްގަ ވިއްޔާ އޮންނާނީ ޖޫރިމަނާއާއި ރައްޔިތުންފެލުމާއި އަނިޔާވެރިކަން. ކަމެއް ނުކޮށްދެވޭތާ ރައްުޔިތުން ނޮޅާ ކަނީ

    51
    3
  6. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ރައްޔިތުން ނޮޅާކާ ސަރުކާރު އިސްތިއުފާ

    55
    3
  7. އެޖެންޑާ ކަންނެލި

    އެއްޗެހި އަގު ބޮޑުކޮށް ގައުމު ދަވާލައިފައި ރައީސް ޔާމީންއަށް ވެސް މި މީހުން އަނިޔާކުރަނީ

    50
    4
  8. ކަނަމަނަ

    ބަންޑާރަނައިބު އަމާހޯދަން މީރާއައްފޮނުވަބަލަ ގޯނިބޭ

    54
    3
  9. އުތުރުން

    ރައީ ސް ޔާމީގެ މައްޗަށް އުފުލާފައިވާ ސހުރިހާ ދައުވާތަކަކީ
    ސސ ސިޔާ ސީ ދައުވާތަކެވެ މިދައުވާތައް އަނބުރާގެންދިއުމަށް ކަމާ
    ގުޅޭ ހުރިހާ ފަރާތަކަށް ގޮވާލަމެވެ.

  10. ވަސް

    ގޮތްހުސްވީ ތޯއްޗެއް. މިވެސް މިމީހުންގެ ތެރޭ ވެވިފައޮތް ވައުދެއް. ރޔ. ގެވެސް ނަގަން. ތީ ތިކަމުގެ ފެށުން.

    17
    2
  11. ފާއިޒް

    ގޯތި މީހުން ލައިގެން މައުސޫމް މީހުންނައް ނުހައްގުން ހުކުމް ކޮށް ގެދޮރާއި މުދާ ފޭރޭއިރު މާދަމާ ތިކަމުގެ ހިތި ރަހަ ކަރުގައި ލާނެކަން ދަންނާތި ތީ މި ސަރުކާރުގެ ނިމުން ކަމުގައި ބަލަން ތިބޭ.. މިތިބީ ވާއެއްޗެއް ބަލަން ގޯސްކޮށް ދާނަމަ ނުކުންނާނަން....

  12. ކެޔޮޅު

    ރައީސްޔާމީން ތިލާރި މީރާއަށް ދަށްކާކަށް ނުޖެހޭ ތިލާރި ދަށްކަން ޖެހޭނީ ނާއިންސާފުން ހުކުންކުރި އަލީރަޝީދާއި 5 މިލިޔަންޑޮލަރުން ޖޫރި މަނާކުރުމަށް ސިއްރިޔާތުގައި ބައިވެރިވި ފަނޑިޔާރުން .

  13. ރަބަރޭ

    ސަރުކާރު ބަނގުރޫޓުވެގެން ރައީސްޔާމީން ފެލަނީ ހަމަމިހާރު ބުއްޅަބެޔާއި ކިނބޫ އިސްތިއުފާދިނުމަށް ގޮވާލަން...

    29
    2
  14. އޮޅުވާލި ވޯޓު

    ކާކާބަޑުނުފުރިގެން ހޭބަލިވަނީތަ ބަލަގަ އިސްތިއުނާފުމަރުހަލާގަ ށަރިއައްއޮތީ މަސްސަލަނިމެން ދެކައްވެސް ކެތްނުކުރެވެނީތޯ މަސްސަލަ ނުނިމެނީ އެފާސާދޭކައްނުޖެހޭނެ އަނެއްކާގާނޫނުވެސް ބަދަލުކުރީބާ

    26
    2
  15. ވެރިކަން ވައްޓާނުލަނީސް ރައީސްޔާމީދޫކޮށްލާ

    ރައީ. ސްޔާމީން ނުހައްޤުން ޖަލުގައި ރައީ ސްޔާމީން ދޫކޮށްލާ. މެރިދެލޯ ދާއިރު ކިނބޫއަނިޔާގެ ދަންމަރު ރޯކުރާ ވެރިކަމެއް މިކަހަލަ ދުށީމުތަ ރައްޔަތުން އި
    ދަ ޖައް ސުވާ!

    11
    1
  16. މީރާއަލިފް

    ޖީއެްމް އާރަށް އެއަރުޕޯޓް 70 ރުފިޔާއަށް ވިއްކި މިމާވަގު މިހާރު އެއުޅެނީ ރައީސް ޔާން މީރާއަށް ވިއްކާލަން ތޯއްޗެއް! މީހަމަ ފައްކާވެފަ ހުރި މަރުމޯލެއް ހަލާކުހުރި އާމީން

  17. ލައޮލާ

    ބަންޑާރަ ނައިބު އެއީ ރޯނު އެދުރެއް އެގޭ އެއްކަމެއްވެސްނެތް އެއީ ތަނެއްގަ ހުރި ބޯބުރާންތިއެއް