ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންތަކެއް އިސްވެ ތިބެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ހުންނަވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މި މައްސަލާގައި އުޅޭ އެމްޑީޕީގެ މެންބަރެއް ވަނީ މިކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަން ހާމަ ކުރަން ބޭނުން ނުވާ އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އެ މަސައްކަތް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފަށައިގެންފައިވާ ކަމަށެވެ.

އެކަމުގައި ރައީސް ނަޝީދާ އެކުގައި އިސްކޮށް އުޅުއްވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދަން މަސައްކަތް ކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް 20 މެންބަރަކު އޭގައި ސޮއިކޮށްފައިވާ ކަމަށެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ނޭނގެއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާއިރު މީގެކުރިން މަހްލޫފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އަލީ އާޒިމް މަސައްކަތް ކުރެއްވި ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ޔަގީން ކޮށްދީފައެވެ. ނަމަވެސް ފަހު ވަގުތު އަލީ އާޒިމް ވަނީ އެ މަސައްކަތް އޭނާ ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

  ރައްޔިތުން ފެލާ ސަރުކާރު އައި ފަހުން ރައްޔިތުމީހާ ބިކަވެއްޖެ.. ކޮންމެ އެއްޗެކޭ ކިޔަސް ރައްޔިތުން މި އަނިޔާވެރި ރައްޔިތުން ފެލާ ސަރުކާރަށްވުރެ ރައްޔިތުން ލޯބިވަނީ ރައީސް ޔާމީންދެކެ.. މި ސަރުކާރުގެ ނާގާބިލުކަން އެއީ ރައީސް ޔާމީން މައްސަލައެއް ނޫން

  117
  3
 2. މާމީ

  ދިވެހި ރައްޔިތުންނައް މިވަރުގެ ބަލާއެއް އަލުން ނުޖެއްސެވިއްޔާ ރަގަޅު. ޢަހަރެމެން އުފާކުރަން މީނަ ބޭރުކުރަން ނަޝީދު އުޅޭކަމުގެ ޚަބަރު ލިބުމުން ޔާގޫތުގެއިން ނަޝީދުވެސް ބޭރުކުރި ޚަބަރައްވެސް އުފާކުރި.....

  78
  1
 3. އަދިއްޔު

  އިކޮނޮމީ ނޭންްގޭ މީހެއް މިފަދަ މަގާމަކަށް އެއްގޮތަކަށްވެސް ކަމަކު ނުދާނެ. ބުނާތީ އަޑުއިވޭ ފައްޔާޒަކީ މިސަރުކާރުގެ ބުރޯއޭ. މިދެން ލައްކަ ވާހަކަ

  116
  1
 4. އަހްމަދު

  މާހީހީ ޙަލާކުވެއްޖެ!

  54
  2
 5. އަހްމަދު

  އެންމެފުރަތަމަ އިބޫގެއިތުބާރުނެތްކަމަށްނިންމާ އޭގެފަހުންފައްޔާޒުގައިގައަތްލެވޭނީ ފައްޔާޒަކީ އިބޫގެއިތުބާރުއޮތްމިނިސްޓަރެއް ތިޔަކޯޅުންގަނޑަކީ މިވެރިކަމުގެނިމުންކަންނޭގެ އެކަމުމިވެރިކަންވައްޓާލާބަޔަކު އިންތިހާބަކަށް ކުރަންޖެހޭހުރިހާ ޚަރަދަކާ ޒިންމާވާންޖެހޭނެ ރައްޔިތުންގެ ޓެކްސް ފައިސާއިން އެޚަރަދުކޮށްގެންނުވާނެ

  11
 6. ައަހުމަދު

  ކޮންމެމީހަކުކުރިޔަސް ތިކަލޭގެ ވަކިކުރަން މާލަސްވެސްވެއްޖެ ތީމާމަތީގައި އިޅުއްވާ ބޭކަލެއް.

  2
  4
 7. ދޮހުއްތު

  ކުރަން ދިމާކުރި އެއްވެސްކަމެއް ނުކުރެވުނު މިނިސްޓަރެއް މި ނޫނިއްޔަކާ ނުހުންނާނެ. އެއްކަލަ ބަންގާޅިންތައް ކޮބަޔޯ؟ މިނިވަން ވޭޖް ކަނޑައެޅުން ކޮބަޔޯ؟ ވަޒީފާ ގެއްލުނު ޒުވާނުންތައް ކޮބަޔޯ؟ މިއިން އެއްވެސް ކަމެއް ނުވިތާ ކަމެއްގެ ވާނުވާވެސް ނޭގުނު. އެކަމުގެ ޒިންމާ އެމްޑީޕީ ނަގާން ޖެހޭނީ ކީއްވެ. ބޮޑު މުސާރަ ދީފަފައްޔާޒު ބަހައްޓައިހެން ވީކަމެއް ހަރާމުން ހަރާން. އެ ޒިންމާ ނަގަން ޖެހޭނީ ފައްޔާޒު. އެމްޑީޕީގެ ޒިންމާއަކީ އޭނަ ބޭރުކުރުން.

  6
  2
 8. ނ

  ޜޫޅުމުގެ ހުޅުފަޅަނީ.،..ބޯގަންވިލާ ފެކްޝަން
  ކެނެރީ ފެކްޝާން....މިއީ ވަރަށް ވާހަކަ

  16
 9. ހަކުޅި

  ބޮޑު ކަންތައްގަނޑެއް ހިންގާލަން ވެގެން އަރުވާލި އަޑެއްތީ ރައްޔިތުން ވިނާތިބޭތި!

  35
  1
 10. ޏަމް

  ސަރުކާރެއް ބަނގުރޫޓު ވެއްޖެ ދެން ރަށްޔަތުން ކުޅިބަލަން މިހެން ތިބެންވީތަ ސޮޓެއްޖަހާފަ ބޭރުކުރަން ނިކުންނަންވެއްޖެއެއްނު..،

  28
  1
 11. ދޮނާ

  ރައީސް އަށް ބިރެއް ނުދެއްކޭނެ! ރައީސް ސޯލިހްގެ ސަޕޯޓަރުން ގިނަވާނެ! ބޮޑުވަޒީރު ދާންޖެހޭނީ މަހަށް!

  26
  2
 12. ރަމްޒީ

  މިރާއްޖޭ ގައިގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ، ނުރުހުމު ގައި، ފޮނުވާލާ މައްސަލައި ގައި ނަޝީދު، ފައްޔާޒް ދެކެ ރުޅި އަންނަނީ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ނަޝީދު ބުނެފާ ވެއެވެ.

  12
  1
 13. ޢަލީ

  މި ނަޝީދަކީ އަބަދުވެ ސް ގަޑުބަޑު އުފަންދަން އުޅޭ ބޭކާރު މީހެއް. އެމްޑީޕީ މެންބަރުން މީނާއަށް ނޫނެކޭ ބުނުމުން ނޫނީ މި ގައުމަށް ހަމަޖެހުމެއް ނުލިބޭނެ. ގައުމަށް ޖެހިފައި އޮތް ބޮޑު އާފާތެއް މިކަލޭގެއަކީ

  39
 14. ކެނެރީ

  އިރާދަކުރެއްވިއްޔާ މި ސަރުކާރު އަދި ކެނެރީގެ ޖާހިލު ނިކަމެތި ކުރައްވާ މޯނަގެ ނުބާ ނުލަފާކަމުން މި ޤއުމު ސަލާމަތް ކޮންދެއްވާފާންދޭވެ