މޮރޮކޯއިން ރާއްޖެއަށް ދިން ސްކޮލަރޝިޕް ފުރުސަތުތަަކަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މޮރޮކޯއިން ރާއްޖެއަށް ދީފައި ވަނީ 20 ސްކޮލަރޝިޕް ފުރުސަތެވެ. އޭގެ ތެރޭގައި ހިމެނެނީ ބެޗްލަރސް، މާސްޓަރސް ޑިގްރީ ، ޕީ.އެޗް.ޑީ ފުރުސަތު ތަކެވެ.

އެ އިއުލާނުގައި މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތައް ހިމަނާފައި ވެއެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ ހިލޭ ހަމަޖެހިފައިވާ ކަމަށާއި،. އަދި އެލަވަންސްއެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް ރެޖިސްޓްރޭޝަންފީ، ޓްރާންސްޕޯޓް ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަން ވާނީ ދަރިވަރު އަމިއްލަ އަށް ކަމަށް ބުނެފައި ވެއެވެ. އަދި މި ސްކޮލަރޝިޕް ގެ ދަށުން ދަރިވަރުންނަށް މެޑިކަލް އިންސުއަރެންސް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، މިކޯސްތަކުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކެންޑިޑޭޓުން ހުށައަޅާ ޔުނިވަރސިޓީގެ ފަރާތުން ކަމަށެވެ.އަދި މި ކޯސްތައް ކިޔަވައިދޭން ފެށުމުގެ ކުރިން ފްރެންޗް ބަސް ކިޔަވާދޭނެ ކަމަށާއި. އަދި އެއަށްފަހު ކޯސްތަކުގެ ކިޔެވުން ހަމަޖެހިފައިވަނީ ފްރެންޗް ބަހުން ކަމަށް ބުނެފައި ވެއެވެ.

އަދި އިސްލާމިކް ސްޓަޑީސް ނުވަތަ ޢަރަބި ބަހާއި ލިޓްރޭޗަރ ގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ޢަރަބި ބަސް އެނގުން ލާޒިމް ކަަމަށްވެސް ބުނެފައި ވެއެވެ.

މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި https://www.amci.ma ލިބޭނެއެވެ. އަދި ކޯސް ފުރިހަމަކުރެއްވުމަށްފަހު، ކޯހާއި ގުޅުން ހުރި ސަރުކާރުގެ އިދާރާއަކަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ކޯސްތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ އޮގަސްޓް 16 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.