ރައްޔިތުން މަޖިލިސް ތެރެއިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބެއް ނުލިބޭނެ ކަމަށް ރައްޔިތުން މަޖިލީހަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިސް މެންބަރަކު ވިދާޅުވީ ރައީސް ނަޝީދު ބޭނުންވާ ގޮތަކަށް މަޖިލިސް ތެރެއިން ކަންކަން ނުވާނެ ކަމަށާއި އަދި މަޖިލިސް ތެރެއިން ނަޝީދަށް ކާމިޔާބެއް ވެސް ނުލިބޭނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންތަކެއް އިސްވެ ތިބެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ހުންނަވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އަޑުތައް ފެތުރިފައިވާ ވަގުތެއްގައެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އެ މަސައްކަތް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފަށައިގެންފައިވާ ކަމަށެވެ.

އެކަމުގައި ރައީސް ނަޝީދާ އެކުގައި އިސްކޮށް އުޅުއްވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދަން މަސައްކަތް ކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް 20 މެންބަރަކު އޭގައި ސޮއިކޮށްފައިވާ ކަމަށެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ނޭނގެއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާއިރު މީގެކުރިން މަހްލޫފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އަލީ އާޒިމް މަސައްކަތް ކުރެއްވި ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ޔަގީން ކޮށްދީފައެވެ. ނަމަވެސް ފަހު ވަގުތު އަލީ އާޒިމް ވަނީ އެ މަސައްކަތް އޭނާ ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ކޮންމެ އެއްޗެކޭ ކިޔަސް ރައްޔިތުން މި އަނިޔާވެރި ރައްޔިތުން ފެލާ ސަރުކާރަށްވުރެ ރައްޔިތުން ލޯބިވަނީ ރައީސް ޔާމީންދެކެ.. މި ސަރުކާރުގެ ނާގާބިލުކަން އެއީ ރައީސް ޔާމީން މައްސަލައެއް ނޫން

    118
    13
    • އެހެނާ

      އެހެން ވަނޫ. ގޭދޮށު ފަހަރުވަ ފެކްޓަރީ

      29
      4
  2. ާއަލީ

    ނަޝީދު ހަވާލެއްނުވާނެ ފަހުވަގުތު ކަލޭމެން އަމިއްލައައް ކުރިކަމެއް. ކަލޭމެން ހެޔޮނުވާނެ ނަޝީދު ތިކޮށިގަނޑުން ބޭރުކޮއްބަލަ.

    116
    2
  3. އަހްމަދު

    ވަރަށްވެސް އުފާވެރި ޙަބަރެއް!

    80
    4
  4. ހުދުކާފޫރު.

    "ރައީސް ނަޝީދަށް މަޖިލިސް ތެރެއިން ކާމިޔާބެއް ނުލިބޭނެ" ތިހެން ކަލޭ 150 ފަހަރު ލިޔެބަލަ.

    39
  5. ވަސް

    ހާދަ ޑްރާމާއޭ. ޙާާާާާދަ ޑްރާމާއޭ

    41
    1
  6. ައަހުމަދު

    ނަޝީދު ރަނަގަޅީކީއެއްނޫން އެކަމަކު ތިފައްޔާޒް އަކީ މިހާރުވެސް ބޭރުކުރަންވެފައި ހުރި މީހެއް ތީއެއްވެސް ކަމެއްވާމީހެއްނޫން ރައްޔިތުންނަށް ޖެއްސުންނޫން އެހެންކަމެއް ތިކަލޭގެ ނުުކުރޭ.

    17
    8
  7. ތުމްކިޔާޖާނޯ ނަޝީދު

    މުޅިންވެ ސް ފޭކް ޖައް ސަނީ....ބަލަންތިބޭ ވޯޓަކަށް ގޮ ސްގެން ނަޝީދު ބޭނުން ނުވާގޮތަކަށް ތިއިން އެކަކުވެ ސް ވޯޓެނުދޭނެ....ކިހިނެތް ނަޝީދު ބޭނުންނުވާގޮތަކަށް ޙުދު އިބޫއަށްވެ ސް ބަހެއް ނުބުނެވޭނެ އަދި ފިޔަވަޅެވެ ސް ނޭޅޭނެ..ވީއިރު ތުމްކިޔާ ޗީޒުހޯ ބާއި....ތުމް ސަބްކޯ ނަޝީދުކާ ޗަމްޗަމްހޭ މެރޭ ބާއި..ނަޝީދު ނުރުހޭގޮތަކަށް މަދިރިއެއްވެ ސް ފޮޅާނުލެވޭނެ އެހިއްވަރެ ގަޓެނެތް ފިޑިންތަކެ އަޅުދާ ސްވެފަތިބި އަޅުންތަކެތީ...ހިއްވަރެހުރިނަމަ ނަޝީދު މަޖުލިހު ރައީ ސްކަމުން ބޭރުކުރޭ...ކެރޭނެތަ ކުޑަމިނުން ވޯޓަކަށް އެދެން..ލެޓް ސީ...ވީވިލް ސީ..

  8. ބޯކިބާ

    ރަށްރަށުން ހޮވާފަ ފޮނުވީމަ ތިބެނީ މާލޭގެ އާއިލާތަކު ދަށުވެފަ ގުލާނުކޮށްދޭން. ކުރީގަ ތިބީ ޗޮކުލެޓު ބަންދުކޮށްދޭން، މިހާރު އެހެން ގެއެއްގެ އަންބޮނޑީގަ. ހަމަ އެއްކަމެއްކުރަނީ.

    24
  9. އެލެކްސް

    ނާޝީދައް އެއިނީ ވެލިޒިނީ އައް ޖެހުނު ކަހަލަ ބައްޔެއް ޖެހިފަ.. އެހެންވެ ކިޔޭ ނުކިޔޭ ނޭންގެނީ.

    46
    1
  10. ނުވާނެ ތިޔަހެނެތް

    ގ.ކެނެރީގޭ ނަޝީދު އެއީ އެމްޑީޕީގެ ބޮހަކީވެ ސް ކޮހަކީވެ ސް ޑިމަރަކޮހުގެ އައްޕައަކީވެ ސް އެއީ ތިވޯޓުން ފައްޔާޒު ފެއިލް ނުވެއްޖެނަމަ ބޮ ސްވާނީ ގުޔަށް:

    38
  11. އައިޝާ

    ނަޝީދު މަޖުލީހުން ބޭރުކުރަން ވޯޓް ނަގާފަ ބޭރު ކޮށްދީބަލަ...

    47
    • ހަޔަސިންތް

      ޢެދުވަހަކީގައުމުގެ މުސްތަގުބަލު ފެހިވެ އާރޯވެ އުޖާލާވާނެ ދުވަހެއް ކަމަށްބެލެވޭ

  12. Anonymous

    މަޑުމަޑުން ޢެބަރަނގަޅުވޭ. މިހާރު ތިދަނީ ރަނގަޅު މިސްރާބަށް.

    19
    1
  13. ާައަހުމަދު

    ބަލާލީމަ އެނގޭނީ ތިމެންބަރުންނަކީ ބާރަށް ހަޅޭލަވާފަ އަނެއްކޮޅަށް ވޯޓްލާމީހުން. ފައްޔާޒަކީ ސިޔާސީގޮތުން ކިހާވަރެއްގެ ބޭފުޅެއްފެބާ؟ އެމްޑީޕީގެ ގްރާސްރޫޓް އޮތީ ބަލަން.

  14. ހުއްބުލްވަތަން

    ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވާ
    ވަޒީރެއްގެ އިތުބާރުނެތްކަމަށް މައްސަލަ ވެއްދޭނީ ކިތައް މެމްބަރުންގެ ސޮއި ހޯދައިގެން މިހާރު އޮޅިއްޖެ