ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންތަކެއް އިސްވެ ތިބެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާކަން އެނގިވަޑައިގެންނެވީ މިއަދު މެންދުރު ކަމަށާއި އެފަދަ ވޯޓެއް ނަގަންވީ ސަބަބެއް އެއްގޮތަކަށް ވެސް ވިސްނިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފައްޔާޒް "ވަގުތަށް" ވިދާޅުވީ، އެފަދަ ކަމެއް ހިނގާކަން އެނގިވަޑައިގަތީ ބައެއް މެމްބަރުން އެމަނިކުފާނަށް ގުޅުއްވާފައި، އެފަދަ މައްސަަލައެއް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަމާއި، އެ މައްސަލަ ހުށަހަޅަން އެ މެމްބަރުން ސޮއި ނުކުރައްވާކަން ހާމަކުރެއްވި ހިސާބުންނެވެ.

ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ އާއި އެހެން ޕާޓީއެއްގެ މެމްބަރަކު ވެސް އެމަނިކުފާނާއި ބައްދަލުކުރަން އެދިފައި ނުވާ ކަމަށާއި، އެއްވެސް ކަމެއް ނުހިނގައިގެން ނޫނީ ނުވެެގެން އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާކުރައްވާފައި ނުވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"11 ޖަހާކަށް ހާއިރު އަޅުގަނޑަށް އެނގުނީ. ކުރިން އަޅުގަނޑަކަށް އިޝާރާތެއް ވެސް ނުވޭ. ވިސްނާ ވިސްނާވެސް ނޭނގެ ނޯކޮންފިޑެންސް ވޯޓަކަށް ދާން ޖެހުނު ސަބަބެއް. އަޅުގަނޑަށް ވިސްނައިގެން މި ހުންނަނީ އަޅުގަނޑުގެ ޖުމްލަ މަސައްކަތް މުޅިއަކުން ގޯހެއް ނޫނޭ. ރައީސުލްޖުމްހޫރިިއްޔާ ހަވާލުރެއްވި މަސްޢޫލިއްޔަތު އަދާކުރުމުގައި، އަޅުގަނޑުމެންނަށް ފެންނަ އެންމެ ރަނގަޅު ގޮތަށް މަސައްކަތް ކުރުމުގައި އަޅުގަނޑު 24 ގަޑި އިރު މި ހުރީ." އޭނާ ވިދާޅުވިއެވެ.

ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތެރެއިން ކާމިޔާބު ކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭތޯ ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ، އެމަނިކުފާނު މަޤާމުން ވަކިކޮށްފާނެތީ ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީސް މެންބަރުން ރައްޔިތުން ހޮވަނީ އެ ބޭފުޅުންނަށް ފެންނަ ގޮތަކަށް ރައްޔިތުންގެ ކަންކަން ނިންމުމަށް ކަމަށް ވާއިރު މަޖިލީހުން އެ މަނިކުފާނު މަޤާމުން ވަކިކުރަން ނިންމާނަމަ އެކަން ޤަބޫލުކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަދި ޑިމޮކްރަސީއެއްގައި އެފަދަ ކަންކަން ހިނގާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފައްޔާޒްގެ ނޯކޮންފިޑެންސް ވޯޓުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް ބައެއް މެމްބަރުން ވިދާޅުވާތީ، އެކަމާއި މެދު ފައްޔާޒް ދެކޭގޮތްވެސް ފައްޔާޒު ހާމަކުރެއްވިއެވެ.

"އަޅުގަނޑާ ރައީސް ނަޝީދާއި އެއްވެސް މައްސަައެއް ޖެހިގެންނެއް ނޫޅެން. އަޅުގަނޑާ ރައީސް ނަޝީދާ އެއްވެސް ގޮތަކަށް ޒާތީކަމެއްވެސް ނެތް. އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ ރައީސް ނަޝީދު އާއި މައްސަލައެއް ޖެހޭވަރު ކަމެއް ވެފައިވާ ކަމަކަށް. އެފަދަ މަައްސަލަތަކެއް އުޅޭ ކަމަށް ޤަބޫލު ނުކުރެވޭ. ރައީސް ނަޝީދު އެފަދަ ކަމެއް ކުރައްވާފާނެ ކަމަށް ލަފައެއް ނުކުރެވޭ،" ފައްޔާޒް ވިދާޅުވިއެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ އެމްޑީޕީގެ މަޖިލިސް މެންބަރަކު "ވަގުތު" އަށް ވަނީ ފައްޔާޒް މަޤާމުން ވަކިކުރުމުގެ މަސައްކަތް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފަށައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމުގައި އިސްކޮށް އުޅުނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދަން މަސައްކަތް ކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށާއި އެކަމުގައި އޭނާ އަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އެހީތެރިވެދެއްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ކަމާއި ގުޅޭގޮޮތުން އާޒިމްގެ ބަހެއް ހޯދުމަށް އޭނާ އާއި ގުޅުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ރަސާދު

    ކަލެއަށް ވާވަރު މިހާރު ވެއްޖެ ޔޯ

    26
    • ބޯހަލާކު

      ތީއެއްމެންރޭވިގެން ރައްޔިތުންނައްދައްކާދަޅައެއް..!! ދައުލެއް ކައިހުސްވެއްޖެއެއްނު...؟! ދެންއެއްމެން ބައިއަޅާލާފަ އެހެންމީހަކު މިނިސްޓަރުކަމަށްލާފަ އޭރުން ފައްޔާޒު އަދި އަލީވަހީދުވެސް ހުދުކާފޫރައްވެ ހަނުތިބޭނެ...ޚޮބާ ކަރާމިހާރު..!؟ ރައްޔިތުންވިސްނާތި މިޑްރާމާތަކަށް..

      15
  2. އިބްރާޙީމް

    ޢިތުބާރު ނެތްކަމުގެ ވޯޓުނަގަނީ ދަންވަރު ގ. ހުމަށިގަ އުޅޭ އަދީބުގެ އެޕާރޓުމަންޓައް ވަންނާތީ. ސާފުވެއްޖެތަ

    27
    2
  3. ހަލީމާ ފުޅު

    މިހާރުތާ މިއިނގެނީ ކޮވިޑް ތެރޭގަ ރައްތަކެއް ވިއކާލައިގެން ނަފާ ތަކެއް ނެގިވާހަކަ ޖަންގަލް ޕީޕީ ރޭޑިއޯއިން އެކިޔާ ޙަބަރު ސައްހަވާކަން މީނާޔައް 3 މިލިޔަން ޑޮލަރ އެއް ހުށަ އެޅިގެން ރައްތަކެއް ވިއްކާލި ވާހަކަތަކެއް ދެއްކި ކަމުގެ ހެއްކެއް ކަމައް ލަފާ ކުރެވެނީ ނަންވާނީ ހައިވަކަރ އޮޑިއޭ މުސްކުޅިނަ ބުނޭ މިހާރު މިއިނގެނީ ހުސް ހައިވަކަރ އޮޑިކަން މުޅިގައުމުގަ

    13
  4. ގޮހޮރޭ

    ތިދާނީ ތޮޅިޔައް ނަޝީދު އުޅުއްވަނީ ބޫޓުސައިޒު އޮޅިވަޑާގެން ނަޝީދުގެ ސިޔާސީ މަސައްކަތް ފެށުނީތްސުރެން އަބަދުވެސް ކޮންމެވެސް ޖަރީމާއެއް ހިންގޭތޯ އުޅޭނީ

    42
    1
  5. ޅަތީފާ

    ޢަދިވެ ސް އެލާދީނީ ވަގު ނަ ސީދުގެ ފަހަތުގަ ދުވެވަލަ

    44
    2
  6. ބަދަލު

    ބަދަލުގެ ގޮތުގައި މަނިކުފާނާއި މަނިކުފާނުގެ އާއިލީ މަސްލަހަތު އޮތް ބިޒްނަސް އިމޭޖް ގްރޫޕަށް މިހާރުވެސް 30 މިލިއަން ރުފިޔާ ދީފި ނުކުރާ ޚަރަދަކަށް ނުކުރާ މަސައްކަތަކަށް. އިބްރާހިމް އިސްމާޢީލް އެ އުޅެނީ އެމްއީއެސް އިމާރާތް ސަރުކާރުން އަނބުރާ ހޯދީމައި ބަދަލުގެ ގޮތުގައި 300 މިލިއަން ރުފިޔާ ހޯދަން. ދީބާޖާ އަށް 325 މިލިއަން ރުފިޔާ ދިނުމަށް ބާރުއަޅައި ލޮބީކުރާ މީހުންގެ ތެރޭގައި މަނިކުފާނު ހިމެނޭ. ތީ ބާޖާގެ ކުރީގެ ލޯޔަރު. އަދި ވެސް އެތައް ބަދަލެއް ބިޒްނަސް އިމޭޖް ގްރޫޕޫން ހޯދަން އެބައުޅޭ މާލެ ރީތި ކުރުމުގެ ޕްރޮޖެކްޓް ގެއްލުނޭ ކިޔައިގެން.

    12
  7. ނިސާލް

    ކޮންޗެކޭ ކިޔާކަށް. ޜައްޓެހިންނާއި ގާތްމިހުނަށް މަންފާވާގޮތަށް ގަވާއިދުތައް ބަދަލުކުރަމުން ދިޔައީ ރައްޔިތުންނަށް ދޮންކަޅުވެ ސް އަންގާނުލާ. ޢައްޑޫ އަދި ފުއައްމުލަކުގެ ގެސްޓް ހައުަް ބިމުކުލި ކުޑަކުރީ ރައްޓެހިމީހާގެ ޕެބަސލްސް އައްޑޫގަ ހުންނާތީ. ޏ ޢަތޮޅުން ކުޑަކުޜީ އެތާ ގެސްޓް ހައުސް އަޅަން ސެޓް ވީމަ. މަ ބުނީމެއްނު ދުވަހެއް އަންނާނެޔޭ. ޢިންޝާ ﷲ. ޢަދި ކޮބާ "ބިގް" އަށް ޕީއެސްއެމް އިން ދޭން ޖެހުނޭ ބުނި ބަދަލު؟ މިލިއަނުން ދިނީ ހަމަ ތި ފައްޔާޒު!!! ޗީ.

    11
    1
  8. ވަހީދު

    މިހެންވެ ނަގާ ވޯޓެއް ފައްޔާޒު. މިއީ މިސަރުކާރަށް ނިމިދިޔަ ސަރުކާރާ ގާތައްވެސް ކަންކަން ނުކުރެވުމުން ދުރާލާ ރާވާގެން ޖައްސާހާ ސްޓަންޓް. ބޭނުމަކީ އިބޫ ރައީސަކާއި ނަޝީދު ރައީސެއް ތިބީމާ ކަމެއް ކޮށްދެން އުދަގޫވީ ކަމަށް ބުނެ ރައްޔިތުންނަށް އުޒުރު ދައްކާ ގަދީމީ އެމްޑީޕީ ސަޕޯޓަރުންނާ ޕަޕެޓުންގެ ތާއީދުވެސް ގެއްލޭތީ ދެމީހުން ތިބީ ޖެހިފައިކަން މީހުންނަށް ދެއްކުން. 2023 ގެ އިންތިހާބު އަތުނުވާނެކަން ކަށަވަރާ ގާތަށް އެގުނީމާ އެގޭމް ފޯރި ގަދަކުރާތަން މިފެންނަނީ. ކިތައްމެ ގޭމެއް ޖެއްސިޔަސް ނަޝީދާ އިބޫ އަދި އިންޑިޔާ މިއީ އެއްލައިނެއްގައި ތިބި ބައެއް

    17
  9. Anonymous

    ތީޔައީމިހަކުތިޔަ ތިޔަހާ ވަރަށް ނުވިސްނިޔަސް އެނގޭނެ ކަމެއް. ނަޝީދު ބޭނުންފުޅު ވާ މީހަކަށް މިނިސްޓަރު ކަން ދޭންވީމަ

    9
    1
  10. ވާންޗޯރ

    ކަލެއަށް އެއްވެސް ނަތީޖަ ނުނެރެވުނު، ކޮބާ ބަންގާލިންތައް، ކޮބާ ކަނަޑައެޅި އެންމެ ދަށް މުސާރަ. ކޮބާ ވަޒީފައިން ވަކިކުރިހާ ޒުވާނުން.. ޗޮކުހުން ޗޮކުހަށް ދިޔައީ. ހައްތަހާވެސް ޖެހީ ޖަމަލު ފޮޑި. ނުވިކަމަށް އަދި ނުކުރެވުނުކަމަށް ޤަބޫލުކުރިއްޔާ މާ ތާހިރު ވާނެ.

    10
    1
  11. މޫސާ އިބުރާހިމް

    ތިކަމެއް ނުވާނެ އަންނި ފެކުސަން ވޯޓް ހަމައެއް ނުވާނެ 20 މީގުން ތިބޭނި ނަސަކީ އެމްޑާޕީ ހާޓުކޯ މީހެއް

    9
    1
  12. ާއެންދު

    މަގްސަދު ވަރަށްވެސް ސާފު ! ބޭނުމަކީ ނަސީދުގެ އަޑެއް އިއްވާލުން.
    ޢަދި އިބޫސޯލިހް ފެއިލްކޮއްލުން.
    ތިތަނުން އޭނަ ނެޜޭ ޥަގުތުން ވަގުތައް.

    9
    1
  13. ބުލް ބުލް

    ގުލްޒާރުގާނަޔާމަގޭނޫރާނިމާ ފޮޅޭނެޔޭ ބުލްބުލް ކޮކާތަކާ ފަރިވާއިރުން އުޅޭނެ!

  14. ޒޫނާ

    އެކަން ކުރަނީ މިހާރު ވަޒީފާ ގެއްލިފަވާ މީހުންނާ ވަޒީފާއަށް އަސަރު ކޮއްފައިވާ މީހުންނަށް ފައްޔާޒު އިސްވެ ހުރެ މިދޭ ލާރި ދިނުން ހުއްޓުވުމުގެ ބޭނުމުގަ. މިކަމަކީ ނަޝީދު މާ ހިއްޕުޅާވާ ކަމަކަށް ނޫވޭ. ވަރަށް އިތުބާރު ކުރެވޭ ފަރާތަކުން މި މަޢުލޫމާތު ލިބުނީ. ނަޝީދު ގަބޫލު ކުރާގޮތުގައި އެއީ ސަރުކާރުން ދޭންޖެހޭ އެއްޗެއްނޫން.

  15. ބޭރުކުރޭ

    ފައްޔާޒުގެ ނާގާބިލު ކަމުން ރި ސޯޓު މުވައްޒަފުން ހާލުގަ ޖެހުނުދުވަހުވެ ސް ޕެންޝަން ފަންޑުގަ ހުރި އެމީހުންގެ ލާރިން %50 ދޭންނޭނގުނު އިކޮނަމި ސްޓެއް ބޭނުމެއްނޫން

    5
    1
  16. ކާފަބޭ2020

    ބޭނުންވާމިސްރާބަކަށް ބައެއްކަންތައްގެންދެވުނީމަ ހަދިޔާ ދޭންޖެހޭނެނޫންތޯ؟ އެކަކުސްޕްރީމަށްއަނެކަކުއިކޮނޮމިކްސްއަށް ދެބޭފުޅުންނަކީވެސް ވަރަށްޤާބިލުދެބޭފުޅުން ފައްޔާޒުކަހަލަ ކުރިމަތީގަބަސްނުބުނެވިދާޅުވިގޮތަށް ކަންތަކުގެމިސްރާބުތައް ބަދަލުކޮށް ބޭނުންވާދިމަދިމާލުގަ"މަޅިތައް" ޖަހައިދިނީމަ އިނާމުދޭން ފައްޔާޒުޤުރުބާންކުރަންޖެހޭނެތާ! ތިޔަމަޤާމަށް......

  17. މަސްނުވީ ހަމަހަމަކަން

    ނަޝީދަކީ އޯޓިސްޓިކް ބޭފުޅެކޭ ވިދާޅުވީމެންނޫންތޯ...

    އެބޭޅާއަށް އެތަންކޮޅު ހަޖަމްނުވެގެން ޖާބިރުލައްވާ ކުޅުއްވާ ގޭމެއް މީ..

  18. ޅަށިމަޖާ

    ނޭންގޭ ބުނީމާ އެނިމުނީ ފައްޔަ މިހާރު މުޅި ދައުލަތް ތި ދަވާލަނީ