ބިދޭސީން ގެންނަން މިހާރު ދޫކޮށްފައި ހުރި ހުރިހާ ކޯޓާތަކެއް އާކުރަން ޖެހޭ ގޮތަށް ހަމަޖައްސައި، ކޮންމެ ކޯޓާއެއް އަހަރަކު 2000ރ. އަށް ވިއްކާ ގޮތަށް ހަދައި، ބިދޭސީން ވަޒީފާ އަދާ ކުރުމާ ބެހޭ އާ ގަވާއިދު ގެޒެޓް ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ގެޒެޓުކުރި ގަވައިދުގައި ބުނެފައި ވަނީ ބިދޭސީއަކު ވަޒީފާއަށް ހޮވަން ވާނީ ވަޒީފާ އާ ބެހޭ ގާނޫނާއި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދާ ހިލާފު ނުވާނެ ގޮތުގެ މަތިން ކަމަށެވެ.

އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެވޭނީ، ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހުގައި ކަަަމަށް ބުނެފައި ވެއެވެ.

އަދި ބިދޭސީން ގެނައުމުގެ ކުރިން އޭނާ އަށް ވަޒީފާދިން ކަމުގެ ލިޔުމުގެ ގޮތުގައި، "ލެޓާ އޮފް އެޕޮއިންޓްމެންޓް" ހަވާލު ކުރަންވާނެ ކަމަށާއި މިއީ ބިދޭސީ މީހާ އާއި ވަޒީފާދޭ ފަރާތާމެދު ސޮއިކުރާ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަންދެން ވަޒީފާގެ އެއްބަސްވުންކަމުގައި ބެލެވޭނެ ކަމަށް ބުނެފައިވެއެވެ. މި ގަވައިދުގައި ބުނާ ހުއްދަތައް ނެގުމަށް ހުށަހަޅަން ޖެހޭނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.

ބިދޭސީން ގެންނަން ޖެހޭ ކޯޓާ އާ ކުރާ ގޮތަށް ހަމަ ޖެއްސުމުން ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީން އަލުން ކޯޓާ ނަގަން ޖެހޭނެއެވެ. އަދި ކުރިއަށް އޮތްތާނގައި ނަގާ ހުރިހާ ކޯޓާއެއް 2000ރ. ގެ މަގުން ވިއްކާ ގޮތަށް ވަނީ ހަދާފައެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބޭނުންކުރެވޭނީ މިއަދުން ފެށިގެން ތިން މަސް ދުވަސްވަންދެނެވެ.

ގަވާއިދުގައި ބުނީ، އެ ގަވައިދުގެ ދަށުން ދޫކޮށްފައިވާ ކޯޓާގެ އިތުރަށް ނުވަތަ ކޯޓާ ހޯދުމެއް ނެތި، ގަވައިދާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން ބިދޭސީއަކު ވަޒީފާދޭ ފަރާތަށް ފިލައިފި ނަމަ، ނުވަތަ އޭނާ ގެއްލިއްޖެ ނަމަ، އެކަން އެންގުމަށް ކަނޑައަޅައިފައިވާ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އިދާރާއަކަށް، ވަޒީފާދޭ ފަރާތުން އަންގަންވާނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިދޭސީ މުވައްޒަފުން ރާއްޖެ އައުމުން އެ މިހަކު ރާއްޖެ އެތެރެވާ ބަނދަރަކަށް ވަޒީފާ ދޭ ފަރާތުން ގޮސް އެ މުވައްޒަފާ ހަވާލުވާން ޖެހޭނެ ކަމަށާއި ވަޒީފާދޭ ފަރާތުން އެމީހަކަށް އެކޮމޮޑޭޝަން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު ނީޒް

    ލަ ސްވެއްޖެ އިތުބާރު ވޯޓް ނެގުން. ކޯޓާ ގަނެގެން ހޯދާ މީހާ ފިލާފި ނަަމަ އެގެއްލުނީ އަނެއް ލާރި ގަނޑު. ދިވެހިން ހަލާކު ވެ ދަނީ. އެއްވެ ސް ބިދޭ ސީ އަކަށް ފިޔަވަޅެއް ނޭޅޭ. ކޮން އިން ސާފެއް.

    28
  2. ޙަލީލް99

    އިމިގްރޭޝަންގައި އުޅޭމީހުންނައް ވައްކަންކުރާނެ އިތުރުފުސަތެއް ހަދާދިނީ ދޯ އެވެސްބައިއެޅޭގޮތަށް ކަލޭމެނަށްހަލާކުހުރި

    27
  3. ސޮފްވާން

    އެޖެންސީން ތަކުން މަގިމައްޗަށް ދޫކޮށްލާ މީހުންނަށް ކިހިނެއްވާނެބާ. މިހާރުވެސް މިއުޅުނީ އެޖެންސީ ތަކުން ދޫކުރި މީހުން . އަދިވެސް އެޖެންސީތައް މުއްސަދިވާނެގޮތެއް. މަގުމަތީ އުޅޭމީހުން ގެނައި އެޖެންސީ މިހާރުވެސް އިމިގުރޭސަންއަށް ބެލޭނެ. ނިކަން ކެރެންޏާ ކޮއްލަބަލަ. ބަލާފަ އެބަޔަކު ހިމެނޭ އެޖެންސީއެއް ބޮޑުއަދަދުން ޖޫރިމާނާކޮށް 10 އަހަރުދުވަހު އެބައެއްގެ ލައިސަންސް ހިފައްހައްޓާލަބަލަ. ކަން ހައްލުވީ .ވައުދު ފުދުނީ .

    24
    3
  4. މިއަދު

    މިހާރު ކޯޓާގައިތިބި ސައްޙަމީހުންވެސް 2000 ދީފައި އައުކޯޓާއަށް ބަދަލުވެގެންދާއިރު އެމީހުނައްވެސް 8000ރގެ ޑިޕޮސިޑް ވެސް ބަހައްޓާގޮތަށްޙައއދަވާ އެއިރުންތަ ރަޢިއްޔަތުން މިހާރުތިބި ނިކަމެތިހާލުން އިތުރަށް މީހުން ނިކަމެވާނީ

    12
    1
  5. ކައްބެ

    ރަށްޔަތުން ފެލާސަރުކާރު ހުދުމުހުތާރު ސަރުކާރު އިންޑިއާއަށް ކޮފޭ،