އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އޭނާގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ މަޖިލީސް މެންބަަރަކު "ވަގުތު" އަށް ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން އުޅެނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށާއި އެކަމުގައި އޭނާ އަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އެހީތެރިވެދެއްވާ ކަމަށެވެ.

ފައްޔާޒު އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާ މައްސަލައާ ގުޅިގެން ރޮޒެއިނާ "ވަގުުތު"އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެއްވެސް ވަޒީރެއްގެ ނޯ ކޮންފިޑެންސްއަކު އޭނާ ސޮއި ނުކުރާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ރޮޒެއިނާ އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރ ފައްޔާޒްއަކީ މި ސަރުކާރުގެ އެންމެ ހީވާގި އެއް ވަޒީރު ކަމަށެވެ. އަދި އޭނާގެ ފުރިހަމަ އިތުބާރު ފައްޔާޒްއަށް އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒް "ވަގުތު"އަށް ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާކަން އެނގިވަޑައިގެންނެވީ މިއަދު މެންދުރު ކަމަށެވެ. އަދި އެފަދަ ވޯޓެއް ނަގަންވީ ސަބަބެއް އެއްގޮތަކަށް ވެސް ވިސްނިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަސައްކަތް ކޮށްފައި ވެއެވެ. އަދި ދާދި ފަހުން އުވާލި ހައުސިންގ މިނިސްޓްރީގެ މިނިސްޓަރ އާތިފާ ޝުކޫރު މަގާމުން ވަކި ކުރުމަށް މަސައްކަތް ކުރުމަށްވެސް އުޅެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދައުލަތުގެ ގެރި ކޮށި

    ފައްޔާޒު އާދެބަލަ އަހަރެމެން ގެޔައް ގަދިޔަ އާ ބަތާ ކާން ލުނބޯ ފިތާލައިގެން ތިޔަ ޖަނަވާރު ކޮށިން ނުކުމެގެން.

    8
    1
  2. މާމީ

    ސޯލިހު ފެކުޝަންވީމަ ދޯ

  3. މެންބަރުން

    ބޯގަންވިލާ އިން ލާރި ގަނޑެއްދިނީ ދޯ ރޮޒޭ