ދައުލަތުގެ ބަންޑާރަ ނާއިބު އުޅެނީ ސިޔާސީ ގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ބިރު ދެއްކުމަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިފަދައިން ބުނެފައި މިވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ދައުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ ދައުލަތުގެ ފަރާތުން އެ ފައިސާ ހޯދުމަށް މީރާ އަށް އަންގާފައިވާތީ އެކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޢާއްމު އުޞޫލުން ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފަށް އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ޙައްޤާއި ޚިލާފަށް ޢަދި ޢަދުލު އިންސާފުގެ ހަމަތަކާ ވެސް ޚިލާފަށް ރައީސް ޔާމީނާ މެދު ވަކި ޚާއްޞަ ޢިޖުރާޢަތެއްގެ ދަށުން ތަފާތުކުރެވިގެން ޢަމަލު ކުރެވިގެން ދިއުމަކީ ދައުލަތުން ރާވައިގެން ސީދާ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ޢާއިލާ އަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހިންގާ ޤާނޫނާ ޚިލާފު އަދި ލާއިންސާނީ ޢަމަލެއް ކަމަށެވެ.

ޤާނޫނީ ނިޒާމުގެ ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ޒާތީވުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ލިބިގެން ނުވާއިރު ދައުލަތުގެ ބަންޑާރަނައިބުގެ އެ އަމަލަކީ، ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ޖިނާއީ ޢަމަލެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީހިނދު، އެއާއި ޚިލާފަށް އަދި، ޖިނާއީ މައްސަލަތަކުގައި ބަންޑާރަނާއިބުގެ ދައުރު އޮންނަ މިންވަރާއިމެދު ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންތަކާއި މިންތަކުގެ ބޭރުން ބަންޑާރަނާއިބު ޢަމަލުކުރައްވަމުން ގެންދިއުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ބާރު ނެގެހެއްޓުމުގައި މިއަދުގެ ސަރުކާރު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއް ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ،

ބަންޑާރަ ނާއިބު އޮފީހުގެ ފަރާތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައި 6 މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގެތެރޭގައި ރައީސް ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާ ނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދައުވާ ލިބޭ ފަރާތް ޖޫރިމަނާކޮށް ހުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާ ނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ހޯދާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެއްކަމުގައި ވާތީ، އެކަން އެ އިދާރާއާ ހިއްސާކުރެވިފައިވާ ކަމަށްވެސް ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މި ސަރުކާރު މަތީ ފަޑީގެ ތިބި ހުރިހާއެންމެން ސިކުނޑި ސުމެކަށް ގޮއް ސި، އަތުން ފައިން ހެދެނީ ކިހިނެއްކަމެއްވެ ސް ނޭނގޭ ހާލުގަތިބީ

    21
    3
  2. މެޑަމް ފާތު

    އޭ ބަލަ މިސްކިތު ހުޅުޖެހިމީހާއަށްނުވެބަލަ! މަށޭ އެބަކިޔާތަ؟

    7
    1
  3. އީސާ ތައްކާނު ބޭ

    ބިރު ގަންނަ ނަމަ މި ދުވަސް ކޮޅު ހަދަންވާ ގޮތަކީ ރުގިއްޔާ ކިޔަވައިގެން މަޑު މަޑުން ތިބުން އެނގިއްޖެ!

    7
    1
  4. އިސްތިއުފާ

    ކޮވިޑު ސަރުކާރު އިސްތިއުފާ

    1
    1
  5. ލަލަލާ

    ރައީސް ޔާމީން ހުޅުމާލޭގަ އަޅުއްވަން ފެއްޓެވި ބްރިޖް ނިމޭތަން ފެނި ހިތައްއަސަރު ކޮއްފިދޯ ކިތައްމެއަސަރެއްކުރިޔަސް އެފެންވަރުގެ ބްރިޖެއް ކޮވިޑު ސަރކާރަކައް ނޭޅޭނެ ދެން ލަލަލާ

    2
    1
  6. ގައްޑާ

    މަހިތައްއްރަނީ މިދިވެހިރާއްޖޭގެ ދިވެހިވަންތްކަމާ ގައުމިއްޔަތުގެ ފުރިހަމަކަން. ރ ޔާމީން ފްސްމިލިއަން އިޓަލިއަން ލީރާއިންޖުރިމަނާ ނުކުރީ ކިޔްވެބާ ؟ ނޫނީ ޕައުންޑުން ޖުތިމަނާ ނުކުރީކީތްވެބާ.؟ މިވެސްދުވަހެއް. މާދަމާ ކިހިނެއްވާނެބާ؟

    2
    1
  7. ސަޒާ

    ކޮންމެ ވެރިކަމެއްގައިވެސް މިކަލޭގެ އުޅެނީ އެ އެއިރެއްގައި އޮންނަ ވެރިކަމާ ދެކޮޅަށް. ދެން ކިހާ ދެރެކަމެއް. މީނައަށް ރަގަޅު އެއްވެސް ވެރިކަމެއް އައިސްފިތަ