އަބަދުވެސް އަޑުއިވޭ ވާހަކައެއް އޮވެއެވެ. 19 ވަނަ ރައްޔިތުން މަޖިލިސް ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންގެ މެދުގައި ދެ ފެކްޝަނެއް އޮންނަ ވާހަކައެވެ. ނަމަވެސް އެކަން މިއަދާ ހަމައަށް ވެސް މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދެވީ ދޮގު ކުރައްވަމުންނެވެ. އަބަދުވެސް ވިދާޅުވަމުން ގެންދެވީ މިއީ ޑިމޮކްރަޓިކް ވެރިކަމެއް ކަމަށެވެ. މިފަދަ ވެރިކަމެއްގައި ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ވެސް އަންނާނެ ކަމަށެވެ. އެމްޑީޕީ އަކީ އަބަދުވެސް ކަންކަމުގައި ހިޔާލުތަފާތުވާ ޕާޓީއެއް ކަމަށާއި ނަމަވެސް އެއީ ޕާޓީ ބައިބައިވެގެން ދާނެ ވަރުގެ ކަމެއް ނޫން ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ ވަޒީރުންގެ ތެރޭގައި ތިއްބެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް ސޮއި ހަމަ ކުރުމުގެ މަސައްކަތް ފެށިއްޖެ ކަމަށްބުނެ ބައެއް މީޑިއާތަކުގައި ސުރުހީ އަޅާލުމާއި އަދި އެކަމާއި ގުޅިގެން މިނިސްޓަރު ފައްޔާޒުގެ ވާހަކަތައް މީޑިއާގައި ތިލަވުމާއި އެކުގައި ހަގީގަތުގައިވެސް އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތް މިންވަރު ސާފުވެއްޖެއެވެ. އެހާ ބުރަ މަސައްކަތުން ރައްޔިތުންނަށް އެތަކެއް ވިސްނުންތަކެއް ވިސްނައި ދީގެން ގެނައި ސަރުކާރު ރައްޔިތުން ކުރިިމަތީގައި ބަލިކަށި ނުކުރުމަށް ދެ ފެކްޝަނެއް ނެތްކަން ހާމަކުރިކަން ވެސް މިއަދު ހާމަވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ސޮއި ހޯދިއިރު އެންމެ ފުރަތަމަވެސް ސޮއި ކުރެއްވީ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކަމަށްވެއެވެ. އަދި އެ މަސައްކަތުގައި އިސްކޮށް ވެސް އުޅުއްވަނީ ރައީސް ނަޝީދު ކަމަށާއި ރައީސް ނަޝީދަށް ވާގިވެރިވެ އެކަމުގައި އެހީތެރިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށްވެސްވެއެވެ. އެކަމާއި ގުޅިގެން ތަކުރާރުކޮށް އަލީ އާޒިމް އަށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިސް މެންބަރަކު "ވަގުތު" އަށް މިއަދު ވިދާޅުވީ މަޖިލިސް ތެރެއިން ރައީސް ނަޝީދަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ.

އެއަށްފަހު ދެން ފެނިގެން ދިޔައީ ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާޒުގެ ދިފާއުގައި ތެދުވި މަންޒަރެވެ. މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި ނިކުމެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުންނެވި އެންމެ ހީވާގީ އެއް ވަޒީރު ކަމަށެވެ. އަދި އޭނާގެ ފުރިހަމަ ތާއީދު މިނިސްޓަރު ފައްޔާޒަށް އެބައޮތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އަދި ރޮޒައިނާގެ ފިރިކަލުން ވިދާޅުވީ މިނިސްޓަރު ފައްޔާޒަށް އިތުބާރު އެބައޮތް ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

 

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުވެސް ވަނީ އޭނާގެ ފުރިހަމަ އިތުބާރު މިނިސްޓަރު ފައްޔާޒަށް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒު ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މި ސަރުކާރާއި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް (ސަމްޕަތު) ވިދާޅުވީ މިނިސްޓަރު ފައްޔާޒު ގެންދަވަނީ ނަތީޖާ ސައްތައިން ސައްތަ ދައްކަވަމުން ކަމަށެވެ. އަދި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މިނިސްޓަރު ފައްޔާޒަށް އޭނާގެ އިތުބާރު އެބައޮތް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވެސް ވަނީ އޭނާ އަށް މިނިސްޓަރު ފައްޔާޒުގެ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ ހީވާގީ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ގާބިލު ބޭފުޅެއް ކަމަށެވެ.

 

އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ގާބިލް ކަމާމެދު ސުވާލުކުރުމުގެ ޖާގައެއް އަދި ނެތް ކަމަށެވެ.

"މި އުޅެނީ ކޮންމެވެސް އެހެންކަމެއްހެން ހީވަނީ. ގައުމުގެ އިގްތިސާދު މިހާރު މިއޮތް ހާލަތުގައި ގައުމު އަދި ސަރުކާރު ހަލަބޮލިވާ ޒާތުގެ ކަންކަމުން ދުރުހެލިވެގެން ތިބުން ބުއްދިވެރި." އުޝާމް ވިދާޅުވިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގައި އެންމެ ގާބިލު، އެންމެ ކުޅަދާނަ, އަދި އެންމެ ހިންގުންތެރި އަދި އިތުބާރުހުރި އެއް މިނިސްޓަރު ކަމަށެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވީ މިނިސްޓަރު ފައްޔާޒު ކުރައްވާ ބުރަ މަސައްކަތް އޭނާ ބަލައިގަންނަ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ފުރިހަމަ އިތުބާރު މިނިސްޓަރު ފައްޔާޒަށް އެބައޮތް ކަމަށެވެ.

މިއީ އެމްޑީޕީ މެންބަރުންގެ ތެރެއިން 12 މެންބަރެއްގެ ވާހަކައެވެ. ސަރުކާރު ކޯލިޝަން ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން ކަމަށެވެ. އަދި ގައުމާ ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތަށް ފުރިހަމަ އިތުބާރު ޖޭޕީގެ އެބައޮތް ކަމަށް އެޕާޓީން ބުންޏެވެ. ޖޭޕީން ބުނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިހާތަނަށް އެޕާޓީގެ އެއްވެސް ލެވަލްއެއްގައި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެޕާޓީން ބުނީ ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ކޮންމެއަކަސް މި ދެ ރައީސުންގެ ވާދަވެރިކަން މިވަނީ މި މައްސަލާގައި ފެނިގެން ގޮސްފައެވެ. މިހާތަނަށް ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު ގިނަ މަޖިލިސް މެންބަރުން ތިއްބެވީ ރައީސް ސޯލިހުގެ ފަޅީގައެވެ. ނަމަވެސް އަދިވެސް ރައީސް ސޯލިހުގެ ފެކްޝަނަށް މެންބަރުން ގިނަވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކޮވިޑް

    ކޮންމެހެން ދެބޯގެރިދުއްވާނެކަމެއްނެތް ފެއިލްވީމައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލަށް އުޅޭނެކަމެއްނެތް. މަޖިލިސް ރައީސް ހޮވުމުގައިވެސް ތިޔަ ދެ ގެރި ދުއްވި . އޮޅުވާލަން ނޫޅެ. އެނގޭ ތިޔައީ އެމްޑިޕީކަން . ތެދެއްނަހަދާނެ.

    160
    4
  2. ނަޝީ ދު ފެކުޝަން

    އެ ބޭފުޅާގެ ވަޒީފާގެ ޒިން މާ ސްޕީޑުގައި ނުކުރެވޭ ކަ މަށް ފެންނާތީވެ މަގާ މުން ބޭރުކުރަން ގަސްދު ކުރީ އެވެ@ މި ކަ މަށް ޕުއްޕު ޕާޓީގެ އެހީބޭނުންނުވާ ކަން ވެސް ދަންނަވަން

    17
    80
  3. ތުރާކުނު

    މާތްﷲގެ ހެޔޮރަޙުމަތުން މި ބައިގަޑު ބަލިކުރައްވާ މި މީހުން މިމީހުންނާ ހިފާމަންޒަރު ފިސާރި އަވަހަން ރައްޔަތުންނަން ދައްކަވާފާމްދޭވެ

    162
    7
    • އާމީން އާމީން

      މާތް ރަސްކަލާންގެ ހެޔޮރަޙްމަތުން ކަލެޔާ ޔާމީނާ އަދުރޭ އާ ތިން މީހުން ތިން މީހުންނާ ހިފައިގަނެ އޮޅުލައިގަނެގެން އުޅޭ މަންޒަރު ފިސާރި އަވަހަށް ނުހަނު ގާތުން ރައްޔޮތުންނަށް ދައްކަވާފާނދޭވެ...

      މިހިރަ މިހިރަ ކަންކަމަކީ މި ބައިގަނޑުގެ މީހުންގެ ފެންވަރު ފެންނަމުންދާ ކަންކަމެވެ. ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ފެތުރި ދުނިޔޭގެ އިޤްތިޞާދު މިއިން ގަރުނަކު ނުވެއްޓޭހާ ދަށަށް ދިއުމުންވެސް ހެއްދެވި ފަރާތުގެ ވާތްގަށް އެދެނީ މަރުވުމުގެ ކުރިން ބަޔަކު ހިފައިގަންނަ މަންޒަރު ދެއްކެވުމަށް އެދިއެވެ. ލަދުހަޔާތް ކޮބާބާއެވެ.

      1
      16
  4. ޓާޓާ

    ރައީސް ސޯލިހް ނުފިއްލާވާނެ! އިސްތިޢުފާ ނުދެއްވާނެ! އެމްޑީޕީގެ ތާއީދު އޮތީ ރައީސް ސޯލިހް އަށް! ބިރު ދައްކަން ދުވާލަކު ވަޒީރެއްގެ އިތުބާރު ނަގަން އުޅުނަސް ބޮޑު ތަނުން ވާނީ ފެއިލް!

    8
    4
  5. އައްޗިވެރިކަން

    ކިނބުލުގެ ނިގުލުގައި އޮތީ ގެރިވަވާއައް ސާފައި ކިނބުލަކަށް ފަހަތަކަށް ކުރިޔަކަށް ދެވޭކަށްނެތް ރައްޔިތުން ނިކުމެ އެވާ ކަނޑާލީމަ ހުރިހާ މު ސީބާތަކުން ސަލާމަތްވެވުނީ ޔާﷲ މުނާފިޤުންގެ ކިބައިން ތެދުވެރީންނަށް ނަ ސްރުދެއްވާށި އާމީން

  6. ލޮލާލޯ

    ދެބޯގެރިންގެ އަޅުން!

    48
  7. ާައަހުމަދު

    ތީގަތިބި ބައެއް މެންބަރުންނަ އެމްއެމްޕީރސީގެ ތުހުމަތު ކުރެވެޔޯ ފައްޔާޒާ ހެދި އެމައްސަލަތަށް ނުބެލިހުރި ކަމަށް މީހުން ތުހުމަތު ކުރަނީ އެހެންވީމަ އޭނަޔަށް އިތުބާރު އޮންނާނެޔޯ އެއީ ތެދެއްތޯ؟

  8. ޚާރު

    ފޯކަ ސް އަނބުރާލީ ... ކޮށްމެވެ ސް ވައްކަމެކުން... ފޯކަ ސް އންބުރާފަ

    46
  9. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރައްދޭ

    ކުރާހުރިހާވަ އްކަން ރަ އްޔަތުންނަ އްފޮރުވަން ކުރާކަމެ އްތިޔަ އީ މޮޔަފުޅުވީތޯ ގޮތްހުސްވީތޯ ހޭބު އްދިފިލީތޯ ތިޔަ އީ އާކަށްމެ އްނޫން

  10. އަބްދޫ

    ސާލިހް ފިނޑިނުވޭ މަޖިލީހާ އެމްޑީޕީން ވެސް ދުުކޮށް ރިޒްވާނާ އަފްރާސީމް ގެ މައްސަލާގަ ހައްޔަރުކުރޭ.ގަޓް ހުނނަންވާނެ.

    28
  11. ދަރަނި ދަންތުރަ

    ބޮޑުވަޒީރުކަން ނުލިބިގެން ތެޅިފޮޅެނީ ކަލޭނޭ ކެނެރީގޭ ނަސީދަކީ ހަމަ ފައްކާ ގައްދާރެއް ، ވަހީދަށް ކާޅުކީ ނަސީދަކީ އެއަށްވުރެ މާ ހަޔާތްކުޑަ ޗޯކާޅެއް ދިވެހިންގެ ހަލާކު ، ﷲ އަޅަމެން މިނުލަފާ މީހާގެ ކިބައިން މިންޖުކުރައްވާށީ އާމީން

    15
  12. ބޯޖަލީލު

    ޔާ ﷲ މިނުލަފާ އެމް ޑީ ޕީ ގެ ކިބައިން އަޅަމެން މިންޖުކުރަށްވާދޭވެ ، ކެނެރީގޭ ނަސީދު ނިކަމެތިކޮށް ނެތިކުރައްވާދޭވެ

    54
    1
  13. ޙަސަނާ

    ތީ ކޮންމެހެން ތިކަމެއްގެ ބޭނުމުގަ ކުރާ ކަމެއްނޫން ނަސީދުގެ ރޭވުމެއް ރައްޔިތުން މިދަޑިވަޅުގަ ސަރުކާރާ ދޭތެރޭ ވިސްނަމުންދާގޮތްބަދަލުކޮއްލަން ނުވަތަ ކޯލިސަން ރޫޅާލަން ޖަހަމުންދާ މަޅިފައްޗެއް ނަސީދު އަކީ ބުނާގޮތުން 6ގުނަ 6 ކުޅު ކުރިއައްކުޅެ ރައްޖޭގާ ސިޔާސީ ގޮތުން އެހެންމީހަކު އޭނަގެ މައްޗައްއެރިޔަނުދޭން ވަރައް ކުޅަދާނަ ރޭވުންރާވާ ސޮރެއް ނަސީދު ނުވަތަ ބުއްޅާ އަކީ..

    33
  14. ސާމިޔާ

    މާގިނަދުވަހެއްނުވެ އެގޮނޑީގަ އިންނަވައިގެން ބޮޑުވަޒީރުކަމުގެ ހުވާކުރައްވަފާނެހެންހީވޭ ؟؟

    24
    6
  15. ގޭމް

    ތީ އެމްޑީޕީން ކުޅޭ ގޭމެއް

    21
  16. ޢަފްލާ

    ދެރައީސުންނަށް ބެލިޔަސް ފެންނަނީ އެއް މަންޒަރެއް ކިޔަނީ އެއްލަވައެއް ޖަހަނީ އެއްބެރެއް ނަށަނީ އެއްގޮތކަށް ކުޅެނީ ހަމ އެއް ޑުރާމާއެއް ތަފާތަކީ އިބޫ ސޯލިހް ނަޝީދު މި ދެ ނަމުގަ ތަފާތެއް އުޅޭނީ

  17. ބާޣީ

    އަސްލު ބާޣީއަކީ ކާކުކަން ބަޣާވަތްކުރަނީ ކާކުކަން މިހިރަ ހާމަވަނީ. މައުމޫނުގެ ވެރިކަން ވައްޓާލަން މިނިވަންކަމުގެ ނަމުގައި ޓެރަރިސްޓް ހަމާލާތައް ރާވައި ސިފައިންނާއި ފުލުހުންނާ ހަމަލާދީ ބަޣާވާތްކުރި. ރައްޔިތުން ވެރިކަން ދިނީމާ ރައްޔިތުންގެ ބަހެއް ނެތި ރައްޔިތުންގެ މުދާ ހިތުހުރި ބަޔަކަށް ވިއްކައި ރައްޔިތުންނަށް ބިރު ދައްކައި ބަޣާވާތްކުރި. އަމިއްލަ ޕާޓީ އެމްޑީޕީއަށް ވެރިކަން ދިނީމާ ޕާޓީގެ ފަރާތުން ވެރިއަކަށް ނެރެފައިވާ ބޭފުޅާއާ ދެކޮޅަށް މިހާރު މިއޮތީ އަނެއްކާވެސް ބަޣާވާތެއް ފަށާފައި. ދިވެހިރާއްޖޭގެ އަސްލު މުލު ބާޣީއަކީ ކާކުކަން މިހާރު އެންމެންނަށް އެނގޭވަރަށް މިއޮތީ ތިލަވެ ފެންމަތީގައި.

    10
    1
  18. ބަރުގޮނު

    ނަޝީދަކީ ޤަވްމަށް އަރާ އުޅޭ ގޮށްރާޅެއް. އެމް.ޑީ.ޕީ ގެ ހަލާކު. މިކަލޭގެ އެއުޅެނީ މަކަރާ ހީލަތުން އިބޫ ދުއްވާލަން.

    10
  19. ހަސަދު

    ބައްލަވާ ހީވާގި ވުމާ ގާބިލް ވުމާ އެއީ ދެކަމެއް. އަމިއްލަ އެދުމަށް ހުރިހާ ކަމެއް ކުރެވިގެން ނުވާނެ. ފައްޔާޒަކީ އެކަމަސް އެއްވެސް ވަރަކަށް ގާބިލް މީހެއްނޫން. ހަމަ އެކަނި ގާބިލީ އަގަ. ފައިނޭން ވަޒީރަކީ ދައުލަތެއްގެ އެންމެ މުހިއްމު ވަޒީރު. އެކަމަށް ފައްޔާޒު ލުންވެސް އެއީ ގަބޫލު ކުރެވޭނެ ކަމެއްނޫން. ދިވެހިންގެ ތެރޭގައި އެއަށްވުރެ މާގާބިލް މީހުން އެބަތިބި.

    3
    1
  20. ޓައްޕު

    ތި ދެ ގޮށްރާޅުޑުރާމާ ޖައްސަނީ