މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 143 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 87 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ފައްސިވެފައި ވަނީ ބަންގްލަދޭޝްގެ 40 މީހުންނާއި އިންޑިއާގެ ދިހަ މީހުންނާއި ނޭޕާލްގެ ތިން މީހުންނާއި ލަންކާގެ ދެމީހުންނާއި މިސްރު މީހެކެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 140 މީހުން ފައްސިވީ މާލެ އިންނެވެ. ތިން މީހުން ފައްސިވީ އަތޮޅުތަކުންނެވެ.

ރާއްޖެ އިން މިހާތަނަށް 5366 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެ ތެރެއިން 2884 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 2461 މީހުން އެބަތިއްބެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 150 އަށް މިހާރު ވަނީ އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 21 މީހަކު ވަނީ ނިޔާވެފައެވެ.

މާލޭގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވުމުން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަނީ މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ. ނަމަވެސް މާސްކް އެޅުން މަޖުބޫރު ކުރުމުން ބަލި ފެތުރުން އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނު ކަމެއް އަދި ތަފާސް ހިސާބުތަކުން ފާހަގައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    އަދިވެސް މިނިސްޓަރު އަމީނު ނޫޅޭ ރަސިޔާގެ ވެކްސިން ގެންނާކައް. ވެކްސިން ގެނެސް ދިވެހިންގެ ގަޔައް ޖަހާ ބަލަ. ބޭރުމީހުންގެ ގަޔައް ލާރިއަށް ޖަހާންޖެހޭނީ.

  2. ބުއްޅަ އެކްސް

    ލުބޯކޮޅެއް މިރުސްކޮޅެއް ފިޔާކޮޅެއް ލޮނުކޮޅެއް މިގޮތަށް ކޮންމެ ރެއަކުވެސް މީ އަޖައިބެއް ކަހަލަ ކަމެއް ދިވެހިން ކޮޅެއް ބަގަލަދޭސްބޭފުޅުންކޮޅެއް އިންޑިޔާ ކުދިން ކޮޅެއް އެއް ވާނަކަށް މިހާރު ހިނިވެސް އަންނަށް ފަށައިފި ހީވަނީ ގުދަނަކުން ނަ ގާ އިސްޓޮކެއް ހެން???

  3. އަރީ

    އިންޝާﷲ މިއަންނަ ހަފަތާ ރަނގަޅުވާނެ. ބަލަންތިބެމާ ދޯ.

  4. ކަނބާ

    ބޮޑުބަޒީރުކަން ލިބޭވަރަށް ވޯޓު ހަ މަވޭތޯ ބަލާލަނީ