ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެބިނެޓަށް ފުރިހަމަ އިތުބާރުއެބައޮތްކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ބައެއް މެންބަރުންގެ ސޮއި ހޯދަން ފެށުމާއި ގުޅިގެން ޖުމްހޫރީ ޕާޓީން މިކަމާމެދު ދެކޭގޮތާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ޢަލީ ޞާލީޙް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރަނީ ރައީސް ޞާލިޙްގެ ވެރިކަން ދަމަހައްޓަންކަމަށެވެ. އަދި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ރައީސް ޞާލިޙް ކުރައްވަމުންގެންދަވާ މަސައްކަތަކަށް ޖުމުހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖޭޕީގެ އެއްވެސް ލެވެލްއެއްގައި މިހާތަނަށް މަޝްވަރާކޮށްފައެއް ނުވެ އެވެ. އެ ކަމުގައި ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބަހެއް އޮތްނަމަ އެކަން ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އޮވޭ. ކަމެއް ގޯހިއްޔާ އެކަމެއް އަބަދު ވެސް ހާމަކުރާނަން،" އަލީ ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ އެންމެ އަރިސް ވަޒީރުގެ ގޮތުގައި ފާހަގަ ކުރެވޭ ފައްޔާޒް މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ބައެއް ކަންކަމުގައި ރައީސް ނަޝީދުގެ ޚިޔާލާއި ދެކޮޅަށް ވާހަކަދައްކަވާ އެމްޑީޕީގެ މަޖިލިސް މެންބަރުން މިހާރު ވެސް ވަނީ ފައްޔާޒުގެ ދިފާޢުގައި ނިކުންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ގާސިމު، ކަލޭމެންގެ ކަނޑުފެތުނަސް މިސަ ރުކާ ރު ދިފާޢު ކު ރެވޭތޯ ބަލާތި، މިދުނިޔެމަތިން ކަލޭމެންނަށް ތިނޫން ގޮތެއްނެތް.

    15
    1
  2. މާމީ

    ޖޭޕީ އިން ތާއީދު ނުކޮއް ކުރާނެ ކަމެއްނެއް ކިރިއާވެސް އެއްޗެއް ބުނީ އައިޝާ ވަކިކޮއްލީ ތިއޮތީ 2 ފަރާތުން ފިތިފަ.

  3. އަލީ

    ދިވެހި ރާއްޖެ ހަލާކު ކޮއްލި 3 ބަދަވީން ގެވާހަކަ އަޑު އެހިންތަ؟

  4. ގލޅ

    ނަސީދު މަޖިލީހުން ބޭރރ ރުކު ރަންތާއީދުކު ރ ރަމެވެ.