ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އައިސޮލޭޝަން ގެންދަން ގުޅުނީތީ އެޗްޕީއޭ އިން މާފަށް އެދިއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވި މީހަކު އިއްޔެ ނިޔާވެގެން ޖަނާޒާގެ ކަންކަން ކުރިޔަށް ދަނިކޮށް އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައި ވެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ޖަނާޒާ ކުރިއަށް ދަނިކޮށް މީހަކު އައިސޮލޭޝަނަށް ގެންދަން ގުޅުނީތީ މާފަށް އެދޭކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ނިޔާވި މީހާ އައިސޮލޭޝަނަށް ގެންނަން ގުޅުނީ އޭނާ އައިޖީއެމްއެޗްގައި އޭގެ ކުރީ ދުވަހުން ފެށިގެން އެޑްމިޓް ކޮށްފައި އޮތް މީހެއް ކަމަށާއި ނަމަވެސް އެޗްޕީއޭގެ ސިސްޓަމުން އެމައުލޫމާތު ލިބެން ނެތް ކަމަށެވެ. އެހެންކަމުން ސިސްޓަމްތައް އަޕްޑޭޓް ކުރުމަށް ހާއްސަ ސަމާލުކަމެއްދީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތައް ކަންކަން ރާވަމުންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 21 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

ނިޔާވި ފަހުން ޖަނާޒާއަށް ގެންދަން ގުޅީ އުމުރުން 67 އަހަރުގެ ނިޔާވިތާ 30 ވަރަކަށް މިނެޓް ފަހުންނެވެ.

ބަލީގައި މީހަކު ނިޔާވިކަން އެންގުމަށް އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓަށް ފާޑުކިޔައި ނިޔާވި މީހާގެ އާއިލާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ނިޔާވި މީހާގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދަނިކޮށް އެޗްޕީއޭ އިން އެމީހާ އައިސޮލޭޝަން ފެސިލިޓީ އަކަށް ގެންދިއުމަށް ގުޅާފައިވާ ކަމަށެވެ. އޭނާ ވަނީ މުއާމަލާތު ކުރުމުގައި އެޗްޕީއޭ ފެއިލްވުމުން އާއްމު ރައްޔިތުން އެޗްޕީއޭ އަށް ބޯލަނބާނެ ކަމަށް އުއްމީދު ކުރަނީތޯ ސުވާލު އުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސާބަސް

    މީދެން ހާދަ ތަނެއްދޮރެއް ނުދަންނަ ސަރުކާރެކޭ ތިވަރުން ދަންޏާ ވަޅުލާފައޮއްވާވެސް އައިސޮލޭޝަންއައް ގެންދަންގުޅާނެ

    24
  2. ދަރަނި ދަންތުރަ

    މިސަރުކާރަށް ވާނީ ހަމަ ތިޔަވަރު ސާބަސް

    19
  3. މަބޭ

    މާފައް އެދުނަސްކަމަކުނުދާނެ ކަންކަންރަނގަޅުކުރަންވީ ފެސިލިޓީއެއްގަ އޮންނަމީހަކު އޮތްކަމެއްނެއްކަމެއް އެތަންބަލަހައްޓަންތިބޭބަޔަކައްނޭންގެ ބިލިމީހާއައްގުޅައިގެން އޮތްވޯޑަކާ ބެޑްނަންބަރު އޮޅުންފިލުވަން ޖެހުމަކީ އެއްގޮތަކައްވެސް ބަލައިގަނެވޭނެ ކަ މެއްނޫން

  4. ނުރަބޯ

    މާފަށް އެދެން ކެރުންކަންވެސް ތީ ވަރަށް ބޮޑުވަރު

    23
  5. ނާޥިދާ

    އެހެއްވީރުމި ކަބުލޮ ހުންނަން ޖެހޭނީ އަބަދު އަބަދި މާފަން އެދި އެދި މުޅިންވެސް ހަދަނީ މަކަރުާ ހީލަން

    18
  6. ބަނބުރޫކް

    ސާބަހޭ، އެޗްޕީއޭ އޮވެގެން ވާ ފައިދާއެއް، ވާކަމެއް ހަރާން..
    ދެން މެސެޖެއް ފޮނުވާ އަތްދޮންނާށޭ ކިއާފަ، އޭރުން ކަލޭމެން ކަންތައް ހަމަވީ...

    19
  7. ެފެއިލްއެޗްޕީ

    ބަރުބޫކް މިހާރް ނުފެންނަނީ، ކޮވިޑް ޖެހުނީތަ ؟؟
    އަތް ނުދޮންނާތީ ކަންނެނގެ، މިއޮތީވާ ކަމެއް

    10
    4
  8. މީރާއަލިފް

    ހެހެހެ ރައީސް ހިންނަވަރު އުތޭމާ ތިކަބަރު ލިބުނީމާ ޔަގީން ރޯނެ... ދެން ބުނާނެ މަމިހިރީ ނިޔާވި މީހާ އެކުއެކީގަޔޯލަ. އަދި ބުނާނެ މަ މަރެއް ނުވާނަމޯލަ