ކޯލިޝަނެއްގެ ތެރެއިން ވެރިކަންކުރާ މި ސަރުކާރުގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި ދެކޮޅަށް ނިކުންނަވައިގެން ނާކާމިޔާބުވުން ވާނީ ލަދުވެތި ކަމަކަށް ކަމަށް ކަމަށް، މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫނާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

މޫސަ މިގޮތަށް ވިދާޅުވެފައި ވަނީ ދެ ރައީސުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަމުގެ އަޑުތަކެއް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި މޫސަ ރައީސް ނަޝީދަށް އިޝާރާތްކުރައްވަމުން ވިދާޅުވީ، ޕާޓީގެ ރައީސް، ޕާޓީގެ އުސޫލުތަކާއި ޚިލާފުވެގެން ވަކި ކުރުމަށްވުރެ، ރައީސް ސޯލިހާއި ދެކޮޅަށް ނިކުމެ ނާކާމިޔާބާއި ކުރިމަތިލާން ޖެހިއްޖެނަމަ އެއީ މާ ލަދުވެތި ކަމަކަށް ވާނެ ކަމަށެވެ. އެހެންކަމުން އެހެން ވެއްޖެނަމަ އެންމެ ބުއްދިވެރި ގޮތަކީ އަމިއްލަފުޅަށް ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދިނުން ކަމަށް މޫސަ ވިދާޅުވިއެވެ.

"ޕާޓީގެ އުސޫލުތަކާއި ޚިލާފުވެގެން ޕާޓީން ވަކިކުރުމަށްވުރެ ލަދުވެތި ކަމަކަށްވާނެ ޕާޓީގެ ރައީސަކަށް ހުރެ، ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް ނިކުމެ ނާކާމިޔާބުވުން! އެހެންވެއްޖެ ނަމަ ޕާޓީގެ ރައީސްކަމުން އަމިއްލައަށް އިސްތިއުފާ ދިނުން ބުއްދިވެރި ގޮތަކީ،" މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހޫނުވެފައި މިވަނީ، ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް، ނަޝީދު އިސްވެ ހުންނަވައިގެން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ސޮއި ހޯދިއިރު އެންމެ ފުރަތަމަވެސް ސޮއި ކުރެއްވީ ވެސް ރައީސް ނަޝީދު ކަމަށް ވެއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އަންނަނީ ފާޅުގައި އެ ނިންމުމާއި ދެކޮޅު ހައްދަވައި މީސްމީޑީއާގައި އަޑު އުފުލަމުންނެވެ. އަދި މިނިސްޓަރ ފައްޔާޒުގެ ދިފާޢުގައި އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ވާހަކަ ދައްކަމުންނެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާއިރު މީގެކުރިން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށްވެސް އެމްޑީޕީގެ ތެރެއިން މަސައްކަތް ކޮށްފައި ވެއެވެ. އެކަމާއި ވެސް ޕާޓީގެ ގިނަ މެމްބަރު ވަނީ ދެކޮޅުކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޭޗާރާ

    ރައްޔިތުން ތަބަކަކަށް ލާފައި ގައުމުގެ ވެރިކަން ކުރަން ދިނީމާ ގަމާރުކަމުން ވެރިކަންކުރަން ނޭނގިގެން މަޖިލީހުން ކެބިނެޓާ ބެހެނިއްޔޯލައޭ ކިޔާފައި އެއްފަރާ ކެބިނެޓް ލައްވައި އިސްތިއުފާ ދީފައި، އެވަރުން ނުފުދިގެން ބޯބުރާންތިވެފައި ހުރެގެން އަމިއްލައަށް އިސްތިއުފާ ދިނީ. މިފަހަރުވެސް ރައްޔިތުން ތަބަކަކަށް ލާފައި މަޖިލީހުގެ ރައީސްކަން ދިނީމާ، އެގޮނޑީގައިވެސް ކަހައިގަނެގެން ހިރުވާވަރުން ނީދެވިގެން ތުންފިއްތަމުން ތުންއަބުރަމުން ދުވެނަގަންފެށީ. ތިޔަ ވޯޓެއް ނުނެގިއްޖިއްޔާ ގާނޫނުއަސާސީގައި ނެތް ނަމަވެސް އަމިއްލަފުޅަށް ބޮޑުވަޒީރުކަމުގެ ހުވައެއް ލިޔެގެން ގޮނޑީގައި ވެޑުވިގެން އިދެ ލާދީނީ އިލްމުވެރިޔާ އީވާ ލައްވައި ހުވާލައިދީގެން ބޮޑުވަޒީރުކަމުގެ ހުވާ ނުކޮށްފިއްޔާ އެ މަނިއްޕުޅަށް އާންމުން އެކިޔާ ނަމެއް ނުކިޔާނެ.

    73
    2
  2. އާސިދާ

    އެއްކަލަ މޫސަބޭ ގަނޑު އަނެއްކާ އަނގަފެޅީ މީދެންކާކުތަ ނަސީދޭ ކިޔަން ލަދުކޮބާ..

    3
    49
  3. ނަައީމް

    މީކީ ގައުމުހިންގަން އައި ބައެއްނޫން މީ ރައީސްޔާމީން ސިޔާސީގޮތުން ބަލިކަށިކޮށްލާ ޖަލައްލާ ގެދޮރާއި މުދާ ފޭރިގަތުމަށް ސަރުކާރާއި ހަވާލުވި ބައެއް އެނޫންއެއްވެސް ކަމެއް އެމީހުނެއްނުކުރާނެ ކުރަންނުވެސް އެގޭނެ ގާނޫނާއި ގަވާއިދުތަށް ބަދަލް އެކުރަނީވެސް ޒާތީގޮތުން ވަކިމީހަކު ނިކަމެތިކުރުމަށް އެއަށްފަހު އަނެއްކާ ގާނޫނު ބަދަލްކުރާނެ ރައްޔިތުންނޭ ވިސްނާ ކުރިންވެސް ސަރުކާރާއި ހަވާލުވެ މަސައްކަތްކުރީ ހަމަ މި ބީދައިން ޒާތީ ވުން މުޅިގައުމުގެ ބާރު ބޭރުގެ ބަޔަކާ ހަވާލުކުރުން މި މީހުންގެ ދެވަނަ މިސްރާބަކީ މީ އަންނަން އޮތްޖީލްތަކަށް ދައްކައިދެވޭ ނުރައްކާތެރި ސިގުނަލެއް އެބަޔަކު ބޭނުންވާއިރަށް ގާނޫނު ބަދަލްކޮށްފާ އެކަމެއްހާސިލްވުމުން އަނެއްކާވެސް ގާނޫނު ބަދަލްކުރުން މިކަންވާނެ މުސްތަގުބަލްގާ ކުޅޭ ކުޅިވަރަކަށް މީ ނުރައްތެރިކަމެއް ގައުމަށްދިމާވާނެ މިއަދު މެޖޯރިޓީ އޮތީމާ ބޭނުންގޮތެއް ބޭނުންމީހަކަށް ހަދާލެވިދާނެ މާދަމާ އެހެންބަޔަކުއަރާ ހަމަ ތިކަން ތިއަށް ވުރެ ނުބައިކޮށް ކުރާނެ ކަމާމެދު ވިސްނާށެވެ.

    33
    4
  4. ކޮރަކަލި އީސާ

    ކޮންމެ ކޮޅަކަށް ނިމުނަ ސް ކަލެ އަށް ކޮންމަންފާ އެއް ކުރާނީ؟

    2
    31
  5. ލީލާ

    ބަލަ ނަސީދޫ ކަލޭ ވެއްޖެއެއްނު މިޤައުމު ދޫކޮށްދާން. ރައްޔިތުން މިހާރު ބޭނުންވާ މީހެއް ނޫނޭ ތީ. ތީ ރައްޔިތުންގެ ހަލާކަށް މަޖިލީހަށް ސަވާރުވެގެން އުޅޭ މީހެއް.

    39
    1
  6. މާމީ

    މޫސައަކީ ޕީޕީއެމް ތެރެއައް އައިސް ޖާސޫސުކުރި މީހެއް

  7. ޞިމަނަ

    ކެނެރީގެ ހިސާން

  8. ނުގުޑާ

    މޫސަބުނުއްވީ ތެދުވާހަކައެއް އެކަމަކު ނަޝީދު މިފަހަރު އެކަންކުރާނެ އެއީ އޭނައަށް ފައްޔާޒުގެ މަކަރު ފަޅައި އަރައިފި

    1
    1