ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރަން ޖެހި، އެތައް ދުވަހަކު ކިޔަވައި ނުދެވި ދިއުމުން އެކެޑެމިކް ކަލަންޑަރަށް ބަދަލުތައް ގެނެސް މި އަހަރު ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީން ޖޫންއަށް ކުރިއަށް ގެންދަން ތާވަލްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދި އާންމު ކުރި އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގަ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށެެވެ.
އަދި އަންނަ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް ކަލަންޑަރުގައި ބުނެފައި ވެއެވެ.
ކަލަންޑަރު ބުނާ ގޮތުން މިއަހަރުގެ ދެވަނަ ޓާމްގެ މިޑްޓާމް ޗުއްޓީ އަންނާނީ އަންނަ އަހަރުގެ މާޗް 07 އިން 11 އަށެވެ. ގްރޭޑް 10 އާއި 12 ގެ ދަރިވަރުންނަށް މޮކް އެގްޒާމް އޮންނާނީ މާޗް 21 އިން އޭޕްރީލް 01 އަށެވެ.
މިއަހަރު އޯލެވެލް އަދި އޭލެވެލް ހަދަން ކުރިން ތައްޔާރު ވަމުން އައި ދަރިވަރުންނަށް އިމްތިހާން އޮންނާނީ އަންނަ އަހަރުގެ މެއި މަހުއެވެ.
އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއިން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންނާއި ބެލެނިވެރިންގެ ހިޔާލު ހޯދާފައެވެ.
Academic Calendar 2020 (Revised on 13th August) pic.twitter.com/5KihnBhdyk
— Ministry of Education (@MoEdumv) August 13, 2020
ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ކުރީކޮޅުން ފެށިގެން ދެތިން މަސް ދުވަހަށް ސްކޫލްތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ މަހު އެވެ. އަތޮޅުތެރޭގެ ހުރިހާ ސްކޫލެއްގައި ކިޔެވުން ކުރިއަށް ގެންދިޔަ ނަމަވެސް މާލޭގެ ދަށް ގްރޭޑްތަކުގެ ކިޔެވުން އަދި ނުފަށައެވެ. މަތީ ގްރޭޑްތަކުގެ ކިޔެވުން މާލޭ ސްކޫލްތަކުގައި ފެށި ނަމަވެސް މާލޭގައި ކޮވިޑް-19 ފެތުރުން އިތުރު ވެފައި ވާތީ މިހާރު ވަނީ އަނެއްކާވެސް ސްކޫލްތައް ބަންދު ކޮށްފައެވެ.
ދެރަވެއްޖެ ކަމެއް. ސުކޫލު ބަންދު ވިޔަސް ކުދިންނަށް ޓެލިކްލާސް އާއި ގޫގުލް ކްލާސްތައް މެދު ނުކެނޑި ކުރިއަށް ދޭ. ކުދިންނަށް ބްރޭކެއް ނެތި ކިޔަވައިދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
ތީ މާ ކުރިން ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް. ބޭނުމަ ކީ ބޮޑުންނާއި، މުއްސަނދިން އަގުހެޔޮ ކޮށް ރިސޯޓްތަ ކުގައި ޗުއްޓީ ހޭދަ ކުރުމަށް މަގުފަހި ކުރުން. ޖޫން، ޖުލައި މިއީ ރާއްޖެއަށް އެންމެ ވިއްސާ ދުވަސްވަރު ކަމަށްވާތީ ދެރަ ނި ކަމެތިންނަށް މި ޗުއްޓީން ކުރެވޭނެ އެއްވެސް ބޭނުމެއް ނޯންނާނެ. އެއްވެސް ތާ ކަށް ނުގޮސް ތިބިތަނެއްގައި ބަންދުވެގެން ތިބުންނޫން އެހެންގޮތެއް ނޯންނާނެ.
ޢިސްކަންދްރު ސްކޫލްގެ ޓީޗަރުންނަށް މިހާރު ރަހަލާނެ
ސަރވޭއެކޭ ކިޔައިގެން ކޮން އަނގައެއްތެޅީ. މާކުރިން ތހިގޮތަށް އޮތީ ނިންމާފަ.!
މީވަރަށް ދެރަކަމެއް! މަދުބަކު ބޭނުންވެގެން މިއޮތީ ވަޢުދު ފުއްދާފައި!
ޓާމް ފެށުނަސް ނުފެށުނަސް ޕަރައިވެޓް ހުރިހާ ތަނަކަށް ބަރާބަރަަށް ފީ ދައްކަންޖެހޭ. މިކަން ބަލާނެ ފަރާތެއްވެސް މިގައުމުގަނެތް. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
މިއީ ރަނގަޅު ބަދަލެއް ކަމުގައި ލައްވާށި. އާމީން
ދިވެހިރާއްޖޭގައި ކުރިއަރަމުން ދިޔަތައުލީމީ ޔަހާތް ނެތިފަނާވަމުން ދާމަންޒަރު މިއަދުފެންނަމުންމިދަނީ ކިޔަވަންފުސަތެއް ލިބުނު ކަމުގައި ވިނަމަވެސް ކުރިޔަށް ދެވޭނެމަގު މިއަދުމިވަނީ ބަންދުވެފަ މިއަދު ގެއިންބޭރަށް ދިއުމަށްވުރެ ރައް ކާތެރި ކަން ބޮޑީ ގޭގައިތިބުން ފާއިތުވި ފަސްއަހަތުގެ އުފާވެ ކަމާއި ހިތްހަހަމަޖެހުމާއި ކުޅިވަރާއި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުފަލާއި މަޖަލުގައި ކުޅިވަރުތައް ކުޅެ ކިޔަވާނެ ފުރުސަތު ތަނަވަސްވެ މުޅިރާއްޖެ ވިދާބަބުޅަމުން ދިޔަހަނދާންމިއަދުގެ ހާލާއިމެއް ވިސްނާލުމު ގިސްލާރޮވޭވަރުވެއެވެ.
ޓީޗަރުންނަކީ ސިވިލް ސާވިސް މުއައްޒަފުން - ސިވިލްސާވިސް ގާނޫނުގައި ބުނާގޮތުން އަހަރީ ޗުއްޓީއަށް 30 ދުވަސް ލިބެން ޖެހޭ އެކަމަކު މީގައިވާގޮތުން މިލިބެނީ 21 ދުވަސް. ޓީޗަރުން މީ އެޑިކޭޝަން އިން ކުޅެން ތިބޭ ބައެއްނުން. މިހެން ވާތީ ޓީޗަރުކަން ކުރާނެ ބައެއް ނުވަނީ.
ލިބޭ ކުޑަމުސާރަކޮޅުން ނުވީތާކަށް އޮންލައިން ކްލާސް ނަގަން ޚަރަދު ކުރަންޖެހޭ
ޢެޑިއުކޭޝަން މިނިސްޓްރީ ފެއިލް - ކީއްކުރަން ނަމެއްގަ ފޯމް ތަކުން ހޯދި މައުލޫމާތުތަކެއް
ޙަމަ ގައިމުވެސް އެއްވެސް ޓީޗަރެއް ހިތްހަމަޖެހިގެން މިހާރު މަސައްކަތެއް ނުކުރޭ
މިމީހުނަނަށް ހީވަނީ ޓީޗަރުންނަކީ މިމީހުންގެ ޕަޕެޓްސްތަކެއް ކަމަށް
މި ނުބައި ސަރުކާރުން ޓީޗަރުންނަށް ކަންތައް ކުރަނީ އަޅުން ހެން
ޕްރައިވެޓް ސްކޫލުތަކަށް ދެއްކޭނީ 12 މަސްދުވަހުގެ ފީ!
12 މަހަށްވުރެ އިތުރަށް ދައްކާނެ ފީއެއް ނޯންނާނެ! 1 އަހަރަށް ފޭތޭވަރަށް ކިޔަވައިދެއްވާ! އިތުރު ބުރައެއް ނުއުފުލޭނެ!