ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހި ވަންނާނެ ތަނެއް ނެތިފައި ތިބި މީހުންގެ ތެރެއިން މިހާރު ވަގުތީ ހިޔާގައި ތިބީ އެއް އާއިލާއެއްގެ 13 މީހެއް ކަމަށާއި، އެ އާއިލާއިން ކަންކަން އަމިއްލައަށް ހަމަޖައްސަން ޖެންޑާ މިނިސްޓްރީން އަންގާފައިވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅިގެން، މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން އަސާސީ ޙައްޤުތަކުން (ކާބޯތަކެތި، އަންނައުނު، ބޯހިޔާވަހިކަން) މަޙްރޫމުވެފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ އަދި އިންސާނީ ޙައްޤުތައް ކަށަވަރު ކުރުުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދު ފުރަބަންދުކުރުމާ ގުޅިގެން 253 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެއީ 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއްމަސް ނުފުރޭ 6 ތުއްތު ކުދިންނެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތްތައް ނިސްބަތްވާ ރަށްރަށަށް ދިއުމަށް ނުވަތަ އެ ފަރާތްތައް އަމިއްލައަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްކަން އެ ފަރާތްތަކަށް ކުރިން އެންގުމަށް ފަހު ކަަމަށެވެ.

އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ އެ ފަރާތެއް ނިސްބަތްވާ ރަށަށް ދިއުމަށް ކޮންމެ ފަރާތަކުން ވެސް އެއްބަސްވުމުން ކަމަށާއި، މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު 13 ފަރާތެއް ފިޔަވައި އެހެން ހުރިހައި ފަރާތެއް ހޯމް ކަރަންޓީނުވުމަށް އެ ފަރާތް ނިސްބަތްވާ ރަށެއްގައި ނުވަތަ ދާއިމީ ހިޔާވައްސެއްގައި އިންތިޒާމުކުރެވިފައިވާ ކަމަށެވެ.

އަދި ވަގުތީ ހިޔާތަކުން ދެމުންގެދިޔަ ޚިދުމަތްތަކަށް ނިމުމެއް ގެނައުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށާއި، ނަމަވެސް ވަގުތީ ހިޔާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ޢާއިލާތައް ތިބުމާއެކު، އެ ފަރާތްތައް ނިސްބަތްވާ ރަށަށް ދިއުމަށް އެދޭ ނަމަ، އެ ކަންކަން މިނިސްޓްރީން ހަމަޖައްސައިދޭނޭކަމަށް ވިދާޅުވިއެވެ. އެ ނޫން ގޮތެއް ހަމަޖެއްސުމަށް ބޭނުންވާ ނަމަ، އެ ނޫން އިންތިޒާމެއް ހަމަޖެއްސުމުގެ ފުރުޞަތު މިއަދާ ހަމައަށް ވެސް އެ ފަރާތްތަކަށް ދީފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މިހާރު ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ "ޖޮބް ޕޯޓަލް"ގައި ރަޖިސްޓްރީކޮށް، އެ މިނިސްޓްރީން އެހީތެރިކަން ހޯދުމަށް އަންގާފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ

"މީގެ އިތުރުން، ދިގުމުއްދަތެއް ވަންދެން މާލެގައި ދިރިއުޅުން ބިނާކޮށްފައިވާ ޢާއިލާތައް އެނބުރި ރަށަށް ދިއުމަށް އުޒުރުވެރިވާތީ، އެ ފަރާތްތަކަށް ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވި، އެ ޢާއިލާތަކަށް ފޯރުކޮށްދެވޭނޭ އެހީތެރިކަމާމެދު ގޮތްތަކެއް ނިންމުމުގެ މަސައްކަތް ވެސް މިނިސްޓްރީން ކުރަމުން ގެންދަމެވެ". އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ވިދާޅުވީ، މި ވަގުތު ވަގުތީހިޔާގައި ތިބީ އެއް ޢާއިލާއަކަށް ނިސްބަތްވާ 13 މީހުން ކަމަށެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.

"އަދި 13 މީހުންނަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓްތަކަށް ރިޢާޔަތްކުރާއިރު، މި ފަރާތްތަކުގެ އިޤުތިސާދީ ޙާލަތު ބަދަލުވެފައިވާތީއާއި ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމައިފައިވުމުން، މި ފަރާތްތައް ރަށަށް ދިއުމަށް އުޒުރުވެރިވުމުން، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް މިނިސްޓްރީން އެތައް ފަހަރެއްގެ މަތިން ވަނީ އެ ފަރާތްތަކަށް އަންގާފައި".ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއަށް ދެއްވައިފައިވާ ޢިމާރާތް އެ މިނިސްޓްރީއަށް އަނބުރާ ޙަވާލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބީރުމީހާ

    ބަލަ ގާ ކޮށީގައި ތިބި މީހުން ވަރަށް އަރާމުގަ ތިބީ

  2. ާފާލި

    ބަލަ ގާ ކޮށީގައި ތިބި މީހުން ވަރަށް އަރާމުގަ ތިބީ

  3. ސަޓޯ

    ފުރީ ލޯރޑާރްސް... ޕިސް ޕިސް ޕިސް

    • ޜޯމަން

      ޜަށަ ނުދާންދޯ.
      ޢެކަމަކުވާ.

  4. ދިދަ ދަނޑި

    ނުވާވަރު ކަންތައް ކުރަން ނޫޅެބަލަ.. އެއްކަމެއްވެސް ނުވިއެއްނު.. ހުރިހާ ކަމެއް ފެއިލް..

  5. އޮޅުވާލި ވޯޓު

    ހާލުގަޖެހިފަ ތިބިބަޔަކައް އެކާތިކޮޅުދޭންވީމަވެސް ބޮޑުކަމަކައްހަދާލީ އޯގާތެރި ނަހަލާލުސަރުކާރުން