އިންޑިއާ އިން ރާއްޖެ އަށް ދިން އެހީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އިން ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ. އަދި މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ އިން ދިން މި އެހީއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ރައްޔިތުން ރާއްޖެއާ ދޭތެރޭގައި ބަހައްޓަމުން އަންނަ ގާތް ކަމަށް ޝުކުރު ދަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ވެސް އިންޑިއާ އިން ވަނީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދިނުމަށް ނިންމައިފައެވެ.

ސަރުކާރުން ވިދާޅުވި ގޮތުގައި 6،695 ކިލޯ މީޓަރުގެ ބްރިޖުތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށީ އަދި ގުޅީފަޅު ގުޅާލުމަށް ތިން ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

"ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރައްވައެވެ. ބްރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބުރިޖެއް ނޭޅޭނެ

    ކޮން މެހެ އިންޑިޔާއަށް ރާއްޖެ ވިއްކާފަ އިންޑިޔާގެ އެހީބޭނު މެެެއްނޫ އިންޑިޔާއަށް ރާއްޖެއަކަށް އެހީއެއް ނުވެވޭނެ ފުރަތަ މަ އިންޑިޔާގައި ނިކަ މެތީނަށް އެހީނުވޭވޭއިރު ރާއްޖެއަށްކޮން އެހީއެއްވެވޭނީ ލާދީނީ ރީނދޫ ސަރުކާރު ތިއޮތީ ެެެެެެެެެެެެެެެެެެެެެެެެ އިންޑިޔާއަށް ވިކިހުސްވެފަ ތި މާ މެއް ނަށް ކުރެވޭ ނުކުރެވޭކަ މެއް ނޭގެ ރާއްޖޭ ރައްޔިތުން ބޭނުންވަނީ ެ އިންޑިޔާ ސިފައިން މިހާރުން. މިހާރަށް ރާއްޖެއިން ބޭރުކުރަން ރައީސްޔާ މީން ބުރިޖް އެޅީ ޗައިނާ އަށް ރާއްޖެވިއްކާފައެއްނޫ ޗައިނާ ސިފައިން ރާއްޖެގެނެސް ވަޒަންވެރިއެއްނުކުރުވާ އެކަ މަކު އިންޑިޔާއިން ރައްޔިތުނަށް އެވެސް އެހީއެެއްނުވެ ރައްޔިތުނަށް ފައިދާހުރި އެވެސްކަ މެއްނުކޮށްދީ ރާއްޖޭގެ ހަތަރު ބިތުގައިއިންޑިޔާ ސިފައިން އެ މްޑީޕީގެ އެހީތެރިކަ މާއިއެކު އެއީ ރައްޔިތުން ބޭނުންވިކަ މެއްނޫން އެހެންވީ މާ ދެން މިސަރުކާރުން ދައްކާއެއްވެސް ވާހަކައެއް ރައްޔިތުން އަޑުއަހާކަށް ބޭނު މެއްނޫ ގަބޫލެއްވެސް ނުކުރާނެ ރައްޔިތުން ބޭނު މީ ވީއެން މެ އަވަހަކަށް މިވެރިކަން ބަދަލުކުރަން ބަދަލުކުރާން ރައްޔިތުން ތައްޔާރު!

    16
  2. ކަނަމަނަ

    ކޮބާއެއްކަލަ ކޮންކުރީޓްތަރައްގީއޭކިޔާފަޖެހިލަވަތައް މިހާރުމީ ދަރައްންޏެއްނޫން މީ ބަރަނީ ދޯ ކިތައްމެ ބުރިޖެއްއެޅިޔަސް އިތުރުޓާމެއްނެއްލިބޭކައް، ބުރިޖުވަނީ ސިހުރައް

    14
  3. Anonymous

    ތިޝުކުރުގެ ހިތި ވަަރަށް އަވަހަށް ފެންނާނެ، އިންޝާﷲ

    16
    1
  4. މާމީ

    ސޯލިހު އައް އޮޅުނީތޯ ތިޔަކީ އެހީއެއްނޫން ތިކަމުގެ ހިތިނަތީޖާ މުސްތަގުބަލުގެ ދަރިންނައް ފެންނާނެ . ޓިޔައީ ޖީއެމް އާރު އައް އެއާރޕޯޓު ވިއްކި ގޮތައްވުރެވެސް ނުބާކޮއް ތިވަނީ ސޯލިހު ވަރައްވިސްނާ ތިލާރިއަކައް ބުރިޖެއްވެސް ނޭޅޭނެ ލާރިކޮޅު ހުސްވާނީ ބަދަލުދީ. އެންމެ ފަހުން ފައްޓަރުބާ ވެސް ވިއްކާލާތި ޝާހިދުކާރި ބުނެގެން.

    13
  5. އައްޑޫ މީހާ

    ބަލަ އިންޑިއާއިން ދެނީ އެހީތޯ؟ އެހެންވީމަ ބޭންކުތަކުން ރައްޔިތުންނަށް ހާދަ އެހީއެކޭ މިދެނީ އަނބުރާ ދައްކާގޮތައް ދަރަނިވެރިވެ، ގައިމު މި ރާއްޖޭގައި ނުހުންނާނެ ދަރާ ވިކިފައިނެތް ކުދިބޮޑު އެކަކުވެސް ތިޔަކަހަލަ އެހީތަކާއިހެދި ! ދެން އަނެއްކޮޅުން ބަލާއިރު ޗައިނާއިން އެއްޗެއް ދޭއިރަށް ދަރަންޏަށް ބަދަލުވޭ އިންޑިއާއިން އަނބުރާ ދައްކާގޮތައް ލޯނުދިނަސް އެހީއަށް ބަދަލުވޭ ސަންދޯކު ކޮޅުފިލައޭ ނުކިޔާ ދޭބަލަ ކިޔަވަން ވާނުވާ ،

    14
  6. އޮޅުވާލި ވޯޓު

    އޮޅިގެންވެސް ކަލޭނުކިޔާތި ދިވެހިރައްޔަތުންނޭ އެހެންކިޔާފިއްޔާ އަހަރުމެންގެ ލޭހޫނުވާނެ ރީތިގޮތުގާ ހިންނަވަރު އިބުރާހީމުކާރީބުނެލީ އަހަރުމެން ތިތާތެރެޔައްނުލާށޭ

    13
    1
  7. ގަުއި ރޯނު

    ރާއްޖޭގެ ރިޒާވް 152 މިލިއަން ޑޮލަރަށް ވެއްޓިއްޖެ - އިންޑިއާ އިންް 7.7 ބިލިއަން ރުފިޔާ ދޭން ނިންމައިފި ...ދަރަނި މަށްޗަށް ދަރަނި

  8. މަރީ

    މިހާތަނަށް ގައުމަށްދިމާވާނެ އެންމެބޮޑުގެންލުންމިދިމާވީ. ދިވެހިންގެދުވަސްމިދިޔައީ

  9. ރައްޔިތުން

    ހިލޭ އެހީ އެއްނޫންދިނީ.. 400 މިލިއަން އަނބުރާ ދައްކަންޖެހޭ.. އެއީ ޕްރޮޖެކްޓް ގެ %90

    ޗައިނާއިން ދިން %50 އެއްކޮން ހިލޭ.. ބުރިޖް އަޅަން.

    އިންޑިއާ އަކު ނެތް ލާރިއެއް އެމީހުންވެސް އުޅެނީ ޗައިނާއިން ލޯން ނަގައިގެން