ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ޑޮލަރު ހުރި މިންވަރު ބޮޑުތަނުން ދަށަށް ވެއްޓިއްޖެއެވެ. އެގޮތުން ޖޫން މަސް ނިމުނުއިރު ހުރީ 152 މިލިއަން ޑޮލަރެވެ.

މިހާ ދަށަށް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ރިޒާވް ދަށަށް ނުދެއެވެ. މިދިޔަ ފަސް އަހަރަށް ބަލާލާއިރު ރާއްޖޭގެ ރިޒާވް އެންމެ ދަށުގައި ހުރީ 2015ވަނަ އަހަރުއެވެ. 199.5 މިލިއަން ޑޮލަރެވެ. ނަމަވެސް އަހަރަކަށްވުރެ އަހަރަށް ރާއްޖޭގެ ރިޒާވް ދިޔައީ މަތިވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި 315 މިލިއަން ޑޮލަރު ހުއްޓެވެ.

މިހާރު ރާއްޖޭގެ ރިޒާވްގައި ހުރީ ދެ މަހުގެ އިމްޕޯޓަށްވާ ވަރަށެވެ. އާއްމު ގޮތެއްގައި ރާއްޖޭގެ ރިޒާވްގައި ތިން މަހުގެ އިމްޕޯޓަށްވާ ވަރު ހުރެއެވެ. ރާއްޖޭގެ ރިޒާވް މިހާ ބޮޑުތަނުން ދަށަށް ގޮސްފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައި ވާތީއެވެ. ހާއްސަކޮށް ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބަހައްޓަން ޖެހުމަކީ ވެސް ރާއްޖޭގެ އިގްތިސޯދަށް ލިބިގެންދިޔަ ވަރަށް ބޮޑު ލޮޅުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވާހަކަދައްކަވަމުން މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ކޮވިޑް-19 ވައިރަހާއި ގުޅިގެން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ މައިނަސް 17.7 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މައިނަސް 9 ޕަސެންޓަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ވެއްޓިދާނެ ކަމަށް ލަފާ ކުރީ މީގެކުރިން ކުރިމަތިވެފައިވާ ގްލޯބަލް ފައިނޭޝަލް ކްރައިސިސްތަކާއި އަޅާ ކިޔުމަށްފަހު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑަށް ރާއްޖޭގެ އިގްތިސޯދަށްވެސް މިފަހަުގެ ތާރީހެއްގައި ބޮޑު އަސަރެއް ކޮށްފައިވަނީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ކަމަށެވެ.

"އެއީ ގާތްގަނޑަކަށް 17.7 ޕަސެންޓް ދަށަށް ދިޔައީ. ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގައި 7.7 ޕަސެންޓް. އެންމެ ގޯސް ސިނާރިއޯގައި 9 ޕަސެންޓު ދަށަށް ދާނެ ކަމަށް ބެލެވެނީ. އެހިސާބަށް ގޮސްފިނަމަ ހާލަތު ވަރަށް ދަށްވާނެ." ގަވަރުނަރު ވިދާޅުވިއެވެ.

އެންމެ ގޯސް ވެދާނެ ހާލަތެއް ކަމަށް ގަވަރުނަރު ފާހަގަކުރެއްވި ހާލަތަކީ ކޮވިޑް-19 ގެ ސަބަބުން އެއްވެސް ފަތުރުވެރިޔަކު ރާއްޖެ ނައުން ނުވަތަ ފަތުރުވެރިން ރާއްޖެއަށް މަދުން އައުމެވެ. ގަވަރުނަރު ވިދާޅުވީ މިހާރަށްވުރެ ބޭރުގެ އެހީއަށް ބަރޯސާވެ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި 150 މިލިއަން ޑޮލަރު ބޭރުގެ އެހީ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އޭގެތެރެއިން މިހާރު ވަނީ 50 މިލިއަން ޑޮލަރު ލިބިފައެވެ ބާކީ ހުރި ފައިސާގެ ތެރެއިން ވެސް ބައެއް ފައިސާ ހަމަޖެހިފައިވާއިރު އެ ފައިސާތައް ހޯދުމުގެ ގޮތުން އެގްރީމަންޓުތަކުގައި ސޮއި ކުރަންޖެހެއެވެ. އެހެންކަމުން މިހާރު އެ ފައިސާތައް ހޯދުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުތައް މެދުކަނޑާލާފައި އޮތުމުން ދިމާވާ ދަތި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އައްޑޫ މީހާ

    ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފާސްނުކުރާވަރުގެ ބިޔަ ބަޖެޓް ފާސްކުރީ 2020 ވަނަ އަހަރަށް ތަރައްގީގެ އެކި މަޝްރޫތައްވެސް ހިމަނައިގެން ނަމަވެސް ދުނިޔެއަށް ކުރިމަތިވި ކޮވިޑް ވައިރަސް ނިވާފަތްގަނޑަކަށް ހަދައި ދިވެހިރާއްޖެއަށް ކޮވިޑް ނުވެސް އަންނަނީސް ބިޔަ ބަޖެޓް ކައި ހަފުސް އަރުވާލި، އަދި ކޮވިޑް ދިވެހިރާއްޖެއަށް އައި ފަހުންވެސް އެކި ގައުމުތަކުން ދިން އެހީގެ އަދަދު ބިލިޔަނުން ގުނާލެވޭ ބިޔަ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އަދި ސިއްހީ ދާއިރާއަށާއި އެކިއެކި ގޮތްގޮތުން ރައްޔިތުންގެ ޒަރޫރީ ކަންތަކަށްވެސް ބަޖެޓްގައި ފައިސާ ހިމަނާފައިވޭ އެހެން ނަމަވެސް މިދެންނެވި ބަޖެޓް ކޮންމެސް ފެސިލިޓީއެއް އަޅަން އެތައް ބިލިޔަނެއް ހަރަދުކޮށްފީމޭބުނެ ސިފައިންނާއި ސަރުކާރުގެ މުވައްޒަފުން ލައްވައި މަސައްކަތްކޮށް ފެސިލިޓީތައް ހަދައި ބިލިޔަނުން ފައިސާ ކައިގެން ތިބި ކިތައް މީހުންތޯ މިސަރުކާރުގައި ތިބީ ދެން އަދި ރިޒާވް ދަށަށްދަމުންގޮސް 0.00 އަކަށްވެސް ވެއްޓޭނެ

    15
    1
    • ބޭބެ

      ކިހާ ބޮޑު އް!! ކަލޭމެން ގައުމު ހަލާކުނުކޮށް އިސްތިއުފާދީފަ ރައްކާވޭ!! މިގައުމު ވިއްކާލާ ދަރުވާލައިފި!! ލޯނު ނުނަގާނަމޭ ބުނެ އައި ޕާޓީއަކުން މިހާރު 1000 މިލިއަން ޑޮލަރަށްވުރެން ގިނަ ލޯނު މި ދެ އަހަރުތެރޭ ނަގައިފި!! އޭގެތެރޭ މިއަދު އިންޑިޔާއިން ދޭން ނިންމެ 500 މިލިއަން ޑޮލަރުގެ ލޯނާއި ބަޖެޓް ސަޕޯޓަށް ދޭން ނިންމި 250 މިލިއަން ޑޮލަރުވެސް ހިމަނައިގެން!! ރައްޔިތުން ހަމަ މިހާރުން މިހާރަށް މަގުމައްޗަށް ނިކުންނަންވީ!! މިއީ ހަމަ އެކަނި އިދިކޮޅުގައި މިއުޅޭ ހައެއްކަ މީހުންނަށް އެކަނި ދޫކޮށްލައިގެން ތިބޭވަރުގެ ކަމެއްނޫން!! ގައުމު މިހާރު މިއޮތްގޮތަށް ކުރިއަށް ޖީލަށް ދަރިންގެ ދަރީންނަށް ގެންގޮސް ދޭން ބޭނުންވާނަމަ ހަމަ މިހާރު ނިކުންނަވާ!! ކޮވިޑަށްވުރެން ގައުމު މުހިންމު!! ކޮވިޑްގެ ނަމުގައި ރައްޔިތުން ބަދެފަ ބައިތިއްވާފަ މިމީހުން މިގައުމު ވިއްކާ ހުސްކުރަން ދިވެހި ލޮބުވެތި ރައްޔިތުން ކުޑަވެސް ޖާގަ ދީގެންނުވާނެ!! ޣާފިލުކަމުން ހޭލޭ ދިވެހި ރައްޔިތުންނޭ!! މިއޮތީ ނުބައި ނުލަފާ ނާގާބިލް ސަރުކާރެއް މިގައުމުގައި!!

  2. ސޮމެޮނެ

    ހޯޕް ހޯޕް!
    ދެން ކޮންއިރަކުން އިންސާފުވެރި ބަދަލުދޭނީ؟

    14
  3. ދަންބެރު

    މިލިއަންޑޮލަރަށްވެސް ވެއްޓޭނެ ވެރިކަންވެސް ވެއްޓޭނެ އިންޑިއާކިތަންމެވަރަކަށް ބަޖެޓުސަޕޯޓުދިނަސް މިގައުމުގެވެރިކަން ނުވެއްޓޭނެ ގޮތެއްނެތް އެހެންނޫނަސް ތިޔަސޯލިހަކީ މިގައުމުގެ ވެރިކަން ކުރާނެސިކުނޑިއެއް ހުރިމީހެއްވެސްނޫން ރަނގަޅީއިސްތިއުފާދީފަ ރައީސްޔާމީނާ ވެރިކަން ހަވާލުކުރުން.

    15
    1
  4. މީރާއަލިފް

    އޭޕާޓް ކައެއަށް އަދި ހިންނަވަރު އަސާސީ މުސްކުޅިޔާ އުތޭމާ އަށް ތިކަމެއް ނުވިއެއްނުންދޯ! ވަގު ސަރުކާރެއެް ވިވުޖޫދުގަ ގަރުބަ ގަތީއްސުރެން ގޮތް ނޭނގޭ ޒާތުގެ ތަންތަނުން ލޯނު ނެގުން ފިޔަވައި ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ހަމަކަށަވަރުން ވޭންދެނިވި ހިތިރަހަ ރާއިބޯ ޕްރެސް އުތޭމާ ކަރުފުޅު ބުޑުން ލާން ގާތްވެއްޖެ ހިނދެވެ. އިންޝަﷲ އާމީން

    12
    1
  5. ބާދުރު

    އިންޑިއާ އިންް 7.7 ބިލިއަން ރުފިޔާ ދޭން ނިންމައިފި... ދަރުވާލަން ދޭ އެހީ ...ކާލާފަ ދެން ވޭނީ

    12
    1
  6. ބީރުމީހާ

    މިހާރު ގޯސް ހަދާފައި މިވަނީ އަލީވަހީދު އަބަދުވެސް މަހާނަ މައްޗަށް މަޑިޔަށްޖެހުން ބަލަ އައްޔަ ކުރި ކަންތަކުގައި ސަރުކާރު ކުއްވެރވާނެ
    އަދީބުމެން ކުރިކަންތަކުގައި ރ ޔާމީން ކުއްވެރިވަންޏާ ރ އިބުރާއިމްވެސް ކުއްވެރިވާނެ މިހާރު ފައްޔާޒު ރައްޖޭގައި ހިންގާ ކޮންމެ ޕްރޮޖެކްޓަކުން ލާރިކާ އިންސާނެއް

  7. ކަމަނަ

    ހާޗިމުވެސް ކިޔާއެއްޗެއް ދިމާނުވޭ ލާތި ނެތްނަމަ ވަރުގަދަ ޕްރޮޖެކެޓްތައް ހިންގާނެތަ ތީހަމަ އިންޑިޔާ ދަށަށްދިއުމަށް ހާވާ ހަޑިއެއް

    5
    1
  8. ނަސީދު

    މިމައުލޫމާތު ދިނީމަނިމުނީތަ މިމީހުންގެ ވަޒީފާ ، އަންތަރީސްވެދާ މިމީހުންނާހެދި އެއްފަހަރު އެކައްޗެއް ނުކިޔާނެ ، މާދަން ފިނެސް މިނިސްޓަރު އަރާ ބުނާނެ އެހެންވާހަކައެއް ބޮޑުމުސާރަނަގައިގެން އެއްވެސް ޕްލޭނޭނެއް ނެތް ގައުމް މީދާ ގޮތައް ދާން ދޫއްކޮއްލާއިފިއްޔާ ރައްއިތުން ބަޑައް ޖެހޭނެ

  9. ދަރަނި ދަންތުރަ

    ސާބަހޭ ސާބަހޭ ސާބަހޭ އިބޫ އަތްއަނބުރާލާފައި ބަހައްޓާ ތިހިރީވާ އޯގާތެރި ހިންގުންތެރި ރައީސެއް ދިވެހިންނަށްލިބިފައި އަލަށް ރަހިމުގައި ގަރުބަ ގައްނަ ކުއްޖާގެ ބޮލުގައިވެސް 1 ބިލިޔަން ޑޮލަރުގެ ދަރަނި އަޅުވާފައި ދައުރު ނިންމާލާ އޭރުން އިބޫއަށް ވޯޓުލީ މީހުންނަށް ހުއްނާނީ ރާކަނި މަސް ކެވިފައި...

    3
    1