ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައު ކޮށްދީފިއިވާކަން އަންގައިފިއެވެ.

މިކަން އަންގާފައި ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރުއެވެ. އޭނާ ވަނީ މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލު ކުރައްވާ ވާހަކަދައްކާވަފައެވެ.

ކާބޯތަކެތީގެ ޒަރޫރީ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމިގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް ވަނީ އައު ކޮށްދީފައެވެ.

ކޯޓާ އައުކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތައް
1. ހަނޑޫ
2. ހަކުރު
3. ފުށް
4. ފިޔާ
5. ބިސް
6. އަލުވި
7. މުގު
ކޯޓާ އައު ކޮށްދީފައިވާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު
1. ހިލަ
2. ހިލަވެލި

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެކަމަށާއި، މިކަމުގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ ޝާހިދު ވިަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އައު ކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ޚާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވީތި އެކަންވެސް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ

ކޮވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޑުއަހާނީތަ ނޫނީ ދެލޯކޮނެލާފަ މަސްތަކަށް ކާންދޭންވީތަ

    ބަދަލުގައި ރާއްޖެއިން ބިންދޭގޮތަށްއިންޑިޔާސިފައިން ރާއްޖޭގައި ގަދަފައި ވިއްދާފައި ވަޒަންވެރިވެގެން ތިބެވޭގޮތަށް އިންޑިޔާއިން ދޭއެވެސްއެއްޗެއް ބޭނު މެއްނޫން ކަންފަތަށްއަޑުނީވެއްޏާ ރައްޔިތުން ނިކު މެ ފިސާރިބާރަށް ކަންފަތުގައި ހިފަންޖެހިދާނެ!