ގައުމެއްގެ ވެރިކަން އެއް ފަހަރާ ދެ މީހުންނަށް ނުކުރެވޭނެ ކަމަށާއި އެކަން ކުރަން އުޅޭ ކަމަށްވާ ނަމަ ނިކުންނާނީ ހުސް ގޯސް ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އޭނާއަކީ އެމްޑީޕީ "ފުނޑަން" މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި އަދި ޕާޓީ "ފުނޑަން" އޭނާ ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އޭނާ ކަހަލަ ނިކަމެއްޗަކަށް ޕާޓީ "ނުފުނޑޭނެ" ކަމަށާއި އެކަން ކުރެވޭނީ ބޮޑުންނަށް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްޗެއް ބުނާއިރަށް ޑީއާރްޕީގައި އޭނާ އުޅުނު ވާހަކަތައް ކިޔާނެ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ހުދު އޭނާވެސް އެމްޑީޕީ ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ކަމަށާއި ވާރެއާ އަވީގައި އެ މަސައްކަތް އޭނާ ކޮށްފައިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ އެޕާޓީގެ ހުރިހާ މެންބަރުންގެ ވެސް ޕާޓީ އެއް ކަމަށާއި ޕާޓީގައި ހިނގާ ކަންކަމަށް ހުރިހާ މެންބަރުންނަށް ވެސް ގޮތް ކިޔޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ބައެއް މީހުންނަށް އެމްޑީޕީ އަކީ ވަކި މީހެއް ނުވަތަ ވަކި އާއިލާއެއްގެ އެއްޗެއް ގޮތަށް ސިފަވާ ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީއެއް އެގޮތަށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައި ނޯންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެޕާޓީގެ ކޮންމެ މެންބަރަކަށްވެސް ހައްގުތަކެއް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބަޔަކު ކިތަންމެ ރުޅި އައި ނަމަވެސް އެ ހައްގުތަކުގެ ބޭނުން ކުރާނަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ އަސާސީ ގަވާއިދުން އެމްޑީޕީގެ ލީޑަރު ވަރަށް ސާފު. އެމްޑީޕީގެ ޕީޖީ ގަވާއިދުން ޕީޖީ ލީޑަރު އަމަލުކުރަންވީ ގޮތް ވަރަށް ސާފު. ޕާޓީގެ ނިންމުންތައް ނިންމަންޖެހޭ ގޮތް ލިޔެފައި އޮވޭ. އަޅުގަނޑެއް މަސައްކަތެއް ނުކުރާނަން ރައްޔިތުންނަށް ގެއްލުންވާ ގޮތަކަށް. އަދި މީހަކު ބުނާހާ ގޮތަކަށްވެސް. ބަޔަކަށް އެހެން ބަލައި ނުގަނެވުނަސް ހެޔޮ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަކީ މިގައުމަށް ވާނެ އެއްޗެއް ވާން ދޫކޮށްލައިގެން ހުންނެވި ބޭފުޅެއްތޯ ސުވާލު ކުރައްވާފައެވެ. ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަކީ މިގައުމު ހިންގުމުގެ ގާބިލުކަން ނެތް ބޭފުޅެއްތޯ ވެސް ރޮޒައިނާ ވަނީ ސުވާލު ކުރައްވާފައެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރާ ކަމަށް ބުނެ އެ މައްސަލާގައި އިސްކޮށް އުޅުއްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ރޮޒައިނާ ނިކުތުމުން ބައެއް އެމްޑީޕީގެ މެންބަރުންގެ ފާޑު ކިޔުންތައް އަމާޒުވުމުންނެވެ. ނަމަވެސް ރޮޒައިނާ ވަނީ އޭނާގެ އިތުބާރު މިނިސްޓަރު ފައްޔާޒަށް އެބައޮތް ކަމަށް ވިދާޅުވެ ފައްޔާޒު ދިފާއު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހުމަދު

    އެޓަމިކް ބޮމެއް ގޮވަން އުޅެނީހެން ހީވަނީ. ގޮވައިފިތަ! ހަމަރަނގަޅަށްވެސް ހަމަޔަށް ދެބައިވާނެ.

    40
    1
  2. ޏަމް

    ރޮޒައިނާވެސް ތިހުރީ ފައްޔާޒުގެ އަތުން ކޮންމެވެސް އެއްޗެއް ހޯދަާފަ އެހެންނޫނީ ފަށްޔާޒުދިފާއުކުރަން ނުފޯރާފޮތިން ފުލެއްނުގަޅާނެ..

    26
    19
  3. ފިލްވ

    މި ޑީއާރުޕީ އިން މިތަނަށް އައި މީހުންނާ ހުރެ އެމްޑީޕީ ނިކަމެތި އާއްމު މެންބަރުން ލަދުގަންނަ މިންވަރަށް ކަންކަން ގޮސްފި. ފެއްސޭ. މިތަނުން ނުކުމޭ!

    6
    18
  4. ކައްބެ

    ދެންމިއޮށް ހުރިހާދުވަހު އެއްެުއުރައެއްގައި ދެކަނޑި އޮތްވާހަނުބުނެ މިހާރު ތިޔަފަޅާއަރުވާލީ ކޮންހައިސިއްޔަތަކުން ހަމަޔަގީން ކަމަނާވެސް ކޮންމެވެސްކަހަލަ ޒާތީކަމެއް އެބައޮތް.

    11
    5
  5. އައްޑޫމޕރޗ

    އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
    މި ސަރުކާރުގެ ފުރަތަމަ އަހަރު އައްޑޫ އިން ގޯތި ދޫކުރުމަށް ނިންމާފައިވާކަން ކައުންސިލުން އިއުލާންކުރުމާއެކު ފޯމުތައް ހުށަހެޅިތާ އަހަރެއްވާން ކައިރިވެފައިވާއިރު ގޯއްޗަށް އެދި ހުށަހެޅި މީހުންވަނީ މާޔޫސްވެފައެވެ.

  6. ކަމަނަ

    މިޤައުމުގައި އަބަދުވެސް ހަމަނުޖެހުން އުފައްދާމީހަކި އަންނި އަވަހަށް ދުރުކުރެވެން އޮތްގޮތަކަށް ދުރުކުރަމާ އޭރުން ރަނގަޅަށް އިންސާފުންކަންކަން ކުރެވޭނީ

    22
    2
  7. އެމަންޖެ

    މަންޖޭ މިހާރުވެސް ދެމީހުނޭ ވެރިކަން ކުރަމުން ދަނީ ކަލެޔާ ކަލޭގެ ފިރި.

    10
    7
  8. Anonymous

    ސަތޭކައިގެ ވާހަކައެއް!

    8
    2
  9. ރަބަރޭ

    ހިލެނީ ހިލެނީ ކުަލިގަނޑު ހިލެނީ މަންޒަރު ފިސާރި ރީތިވާނެ

    8
    1
  10. ޙަސަނާ

    ކިހާބޮޑު އުދަގުލެއްމީ މިހާރު އެމްޑީޕީ ކޮންޓުރޯލު ކުރަނީ ޑީ އާރު ޕީ ގުރޫޕު 1 އަލީ އާޒިމް 2.ރޮޒޭނާ 3.މަހުލޫފު 4.ސާހިދު 5 ނާސިޒު 6 މަރަދޫ ސަރީފު މިވަރު މަދުތަ ެކަމަކު ހުރިހާ ނުބައެއް ރާވަނީ ނަސީދު އާއި އަދުންހުސޭނު ބެ

    3
    2
  11. އުތީމު ތަކުރު

    ކަމަނާއަށް އެނގިނުލައްވާތޯ އިބޫ އަކީ ހަމަ ކިހާފެންވަރެއްގެ ކާކުކަން ، ނޫނީ އެނގިހުރެ މަލާމާތް ކުރައްވަނީތޯ.

  12. ާައަހުމަދު

    އެއުޅެނީ އެމްއެމްޕީރސީ މައްސަލަ ބަލާފާނެތީ

  13. ަލީ

    ކިހާ ބޮޑު އުދަގުލެއް. ކަލޭމެން ކުރިން އުޅުނީ ރައްޔިތުންގެ މަޖުލިސް ނުހިގަގެން. މިހާރު ކޮންކަމެއް ނުވެގެން ތި ތެޅިބާލަނީ. އަންނި ހަދަނީ ރަގަޅަށް. މާބޮޑަށް އެމްޑީޕީ ވެގެން ހުސް އަގަތަޅަން ނުތިބެވޭނެކަން މިހަރުއެގޭނެ. ފައްޔަޒަކަސް ރޮޒެއިނާކަސް ވަކި ހިސާބެއްގަ އުޅެވޭނީ. އެމްޑީޕީ ނިވާ ފައްގަޑަހަދައިގެން މަގާމުގެ މަސްއޫލިއްޔަތު ނުއުފުލާ ނުތިބެވޭނެ. ވަރައް ސާފުކޮށް އަންނީ އެބުނަނީ އެންމެ ހައުސިން ޕްރޮޖެކްޓެއްވެސް ނުގެނެވެއޭ. އެކަމަކު ހަމަ މަގާމުގަ ތިބެންޖެހޭތަ. ކަން ނުކުރެވެންޏާ މޫނަކަށް ބެލޭކަށް ނޮއޮންނާނެ. އަންނި ވަރެއް ނެތް.

    1
    2