މިސަރުކާރަށް އަދި އެންމެ ހައުސިން މަޝްރޫޢެއްގައި ވެސް ސޮއި ނުކުރެވޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެންމެ ހައުސިން މަޝްރޫޢެއްގައި ވެސް ސޮއި ނުކުރެވޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވެވީ އެމްޑީޕީގެ ގައުމި މަޖިލިސް މެންބަރުން ތިއްބަވާ "ވަޓްސްއެޕް" ގްރޫޕެއްގައެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތް ފެއްޓެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ފައްޔާޒުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި "ވަޓްސްއެޕް" ގްރޫޕްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދޮޅު އަހަރު ވެގެން ދިޔައިރު އެންމެ ހައުސިން ޕްރޮޖެކްޓެއްގައި ވެސް ސޮއި ނުކުރެވުނު ކަމަށެވެ.

"އެންމެ އަންސޮލިސިޓެޑް ޕްރޮޖެކްޓެއް ވެސް އެވޯޑް ކުރެވިފައި ނެތް. ގުޅީފަޅު ޑިޒައިން ކުރީ މާލޭގައި ދިރިއުޅޭ މީހުންނަށް ނުވާ ގޮތައް. ރައްޔިތުންނާއި ޕާޓީ އަދި ސަރުކާރު ދުރުވާތަން މިފެންނަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި 20000 ހައުސިން ޔުނިޓް އެޅުމަކީ އެމަނިކުފާނުގެ ވައުދެކެވެ. ނަމަވެސް އަދި މިހާތަނަށް މަސައްކަތް ފެށިކަން އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފައިނޭންސް ހަމަޖެހި ކޮންޓެކްޓްގައި ސޮއި ކޮށްފައި އޮތް ހައުސިން މަޝްރޫޢެއްގެ މަސައްކަތް އެކަންޏެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި ނިމުމަކާއި ހަމައަށް ގޮސްފައިވާ 7000 ހައުސިން ޔުނިޓް ހަވާލު ކުރުން ލަސްވަމުން ދާތީ ވެސް ރައީސް ޞާލިހްގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޢަފްލާ

    ނަޝީދު ވިޔަސް ތެދެއް ބުނީމަ ވާނ ހަމަ ތެދަކަށް

    122
    7
    • ޒަބާދުކުޑޭ

      ދޮގެއްނޫނީ ނުބުނާނެ.

      41
      12
    • ބޭބެ

      ކިހާ ބޮޑު ކަމެއް!! ކަލޭމެން ގައުމު ހަލާކުނުކޮށް އިސްތިއުފާދީފަ ރައްކާވޭ!! މިގައުމު ވިއްކާލާ ދަރުވާލައިފި!! ލޯނު ނުނަގާނަމޭ ބުނެ އައި ޕާޓީއަކުން މިހާރު 1000 މިލިއަން ޑޮލަރަށްވުރެން ގިނަ ލޯނު މި ދެ އަހަރުތެރޭ ނަގައިފި!! އޭގެތެރޭ މިއަދު އިންޑިޔާއިން ދޭން ނިންމެ 500 މިލިއަން ޑޮލަރުގެ ލޯނާއި ބަޖެޓް ސަޕޯޓަށް ދޭން ނިންމި 250 މިލިއަން ޑޮލަރުވެސް ހިމަނައިގެން!! ރައްޔިތުން ހަމަ މިހާރުން މިހާރަށް މަގުމައްޗަށް ނިކުންނަންވީ!! މިއީ ހަމަ އެކަނި އިދިކޮޅުގައި މިއުޅޭ ހައެއްކަ މީހުންނަށް އެކަނި ދޫކޮށްލައިގެން ތިބޭވަރުގެ ކަމެއްނޫން!! ގައުމު މިހާރު މިއޮތްގޮތަށް ކުރިއަށް ޖީލަށް ދަރިންގެ ދަރީންނަށް ގެންގޮސް ދޭން ބޭނުންވާނަމަ ހަމަ މިހާރު ނިކުންނަވާ!! ކޮވިޑަށްވުރެން ގައުމު މުހިންމު!! ކޮވިޑްގެ ނަމުގައި ރައްޔިތުން ބަދެފަ ބައިތިއްވާފަ މިމީހުން މިގައުމު ވިއްކާ ހުސްކުރަން ދިވެހި ލޮބުވެތި ރައްޔިތުން ކުޑަވެސް ޖާގަ ދީގެންނުވާނެ!! ޣާފިލުކަމުން ހޭލޭ ދިވެހި ރައްޔިތުންނޭ!! މިއޮތީ ނުބައި ނުލަފާ ނާގާބިލް ސަރުކާރެއް މިގައުމުގައި!!

      6
      1
  2. ޑޮންޑޮން

    ޕާޓީގެ ހަލާކު

    85
    8
  3. ހަނި

    ނަސީދު އެބުނީތެދެކެވެމިސަރުކާރަށްއެތްްވެސްކަމެތްނުކުރޭޭވޭ

    92
    5
  4. ކުދުވާނޑި މުހުންމާ

    ބަލަ މިސަރުކާރަކަށް އަދި މަނިކުފާނަކަށްވެސް އެއްކަމެއްވެސް ނުކުރެވޭނެ، ސަބަބަކީ މަނިކުފާނުމެންގެ ބައިވެރިޔާއަކީ މުޅިދުނިޔޭގައިވެސް އޮތް އެންމެ މަކަރުވެރި އެއްގައުމު ކަމަށްވާ އިންޑިޔާ ކަމަށްވީތީވެ. އެވެރިންނާއި ބައިރިކޮށްގެން ކުރާކަމެއް ދާނީ ފިނިހަކަ ސްޕީޑްގައި.
    މިހާރުވެސް އިންޑިޔާ ދޫކޮށް ތަރައްގީގައި ޗައިނާ އާކީ ބައިވެރިޔަކަށް ހަދާބަލަ ފަޓާސް ބަރިއެއްގެން ކަންކަން ނިމިގެންދާނެ.
    ގެރިމޯދީ އުނގަށްވެއްޓިގަތީމައިވާނެ ހައެތިވެފައި ތިޔާތިބީ.

    137
    1
  5. ޙެެހެ

    މި ސަރުކާރުގެ ފުރަތަމަ އަހަރު އައްޑޫ އިން ގޯތި ދޫކުރުމަށް ނިންމާފައިވާކަން ކައުންސިލުން އިއުލާންކުރުމާއެކު ފޯމުތައް ހުށަހެޅިތާ އަހަރެއްވާން ކައިރިވެފައިވާއިރު ގޯއްޗަށް އެދި ހުށަހެޅި މީހުންވަނީ މާޔޫސްވެފައެވެ.

    49
  6. އެމަންޖެ

    މިސަރުކާރަކައް ވެރިކަމައް އަންނަންވީ އެއްވެސް ވައުދެއް ނުފުއްދެޔޭ ބުނެބަލަ ، މިއުޅެނީ ގުނަންފެށި 100 ކަވެސް ހަމަނުވެގެން.

    65
    4
  7. ހަސީ

    މީނަސީދު އިންޑިޔާމީހުންނަށް ކަންކަންކޮންދޭންވެގެން ދިވެހިންގެ ބުލަށްސަވާރުވާންދައްކާވާހަކަ. މީނަދައްކާވާހަކައިގެ މާނަވަރަށް ބަދަލުވެފައިންނާނީ. މީނަދައްކާވާހަކައާއި ކުރަންއުޅޭކަމާދިމަލެއްނުވާނެ. ރަތްޔަތުންނަށްނުވިސްނޭދޯ. ކޮންމެކަމަކީޥެސް އިންޑިޔާއަށްކޮންމެވެސްކަމެއްކޮށްދިނުމަށް ކުރާކަމެެއް. މަޖުލިސްތެރޭންނާއި ބޭރުންވެސް

    46
  8. ރަބަރޭ

    ކުރިޔަށް ކުރިޔަށް ދެފުށުއެޅޭ ހާލު ނިކަމެތިވެފާ ވާ ބޮޑުމަންޒަރު ފެންނާކަށް މާގިނަދުވަހެއް ނެތް

    40
    1
  9. ރާމޯސް

    އަންނިބުނި އަނދިރިދައުލަތް އަދިކިރިޔާ ފާޅުވާން މިފެށީ އަނދިރިދައުލަތުން އެއްކަމެއްވެސް ރަށްޔަތުންނަށް ޓަކާ ނުކޮށްދޭ ހަމަމިހާރު އަނދިރިދައުލަތް އިތުބާރުނެއްކަމުގެ ވޯޓެއްނަގައި އުވާލުމަށް އަންނިއަށް ގޮވާލަން.

    32
    6
  10. ފިލްވ

    މިފަހަރު ރައީސް ނަޝީދު އެ ވިދާޅުވީ ތެދެެއް.

    32
    2
  11. ހަޔަސިންތް

    ސަރުކާރަކީ ކޮބާކަން ރަޔިތުންނަ އޮޅުވާނުލާ އަވަހަށް އިސްތިއުފާދީ އެއިރުން ސަރުކާރުގެ ސްޕީޑް ފެންނާނެ

    41
    3
  12. ޢަލީކޮއި

    ތިމާމެ ންގެ ސަރުކާރަށް ކަމެއް ނުކުރެވުމަކީ ތިމާމެ ންގެ ފެއިލްވު ން، އަމިއްލައަށް އެއްބަސްވެސްވީ. ތިޔަ އޮތީ ހެޔޮވެރިކަ ން ކުރެވިފަ. ދެ ން ފައިބާ.

    12
  13. 27އަހަރުގެ ވެރިޔާ

    އަންނިއާއި އިބޫ އަކީ ހަމަ އެއް ފިކުރެއްގެ ދެމީހުން ނަޝީދުގެ ދައްކާ އެއްވެސް ވާހަކަ އަކަށް ރައްދު ދޭކަށް އެމްޑީޕީ ލީޑާޝިޕް މީހުންނަކަށް ނުކެރޭނެ ، 27 އަހަރުގެ ސަރުކާރުގައި މައުމޫނަށް ތައުރީފު ކުރި ގޮތަށް ތައުރީފު ކުރަނީ އެމްޑީޕީ ފެށުން އިރު ސަޅި މިހާރު ސުމެއްގެ ބައެއް.

    15
  14. ކަލޯ

    މީނާ ނުތޮޅޭނީ ކާކާ ތަ

    8
    1
  15. އައްޑޫ ލެއި

    ކަލޭގެ ނުހޮރޮއްޕާނާއި ހެދީ ކަމެއް ކުރެވޭތަ ބީތާ

    12
  16. ކެހެރިސޮރު

    އެކަންވެސްކުރެވޭނީ ހަމައެކަނި ރައްޔިތުންގެމަޖިލީހުގެ މެމްބަރު މުހަންމަދު ނަޝީދުއަށް އުތަ ؟؟

  17. ފިއުޗާރ

    އެއްކަމެއް ނުކޮށްދިނަސް ތިޔަ ނަޝީދު އަށްވުރެ ރައީސް އިބޫ ސާލިހް ވެސް އޯކޭ......

    11
    3
  18. ނަގުލު ފިއްތި

    މި ކަލޭގެ އާއި ހެދި ސަރުކާރު ހިންދެމިލާނެ ވަގުތެއް ނުވެގެން އުޅެނީ.

    10
    2
    • ސާމިޔާ

      ތިކަލޭގެތިތަނުންބޭރުކުރަންވެއްޖެނުން ؟؟ ކޮވިޑަށްވުރެބިރުބޮޑު ތިކަލޭގެ !!

  19. މުޙައްމަދު

    އެމް.ޑީޕީގެ ސިޔާސަތު ފެއިލްވެއްޖެކަމުގައި އަމިއްލަޔަށް އިޢުތިރާފްވެ އަތަށްގޮވައިފި.

  20. މިހާރު

    ތިއީ ކުރީ ސަރުކާރު

  21. ރިހި ރާންބާގަސް

    ސަރުކާރު ހިނގާނުގައްނަނީ ކަލޭގެ ސަބަބުން! މަޖުލީހުގެ ރައީސްކަމުގަ ހުރެ މުޅި ސަރުކާރުގެ ތެރެއަށް ކަލޭގެ އޮޓޮކްރަސީ ވަދެގެން ގައުމު މިއޮށްގެން ހަލާކުވަނީ! ހަގީގަތުގަ ކަލޭބުނަންވީ މިހެން "މިސަރުކާރަށް އެއްވެސްކަމެއް ވިޔަނުދީ ހުރަސްއަޅަނީ ތިމަންނަމީހާއޭ"

  22. ބަލަ

    ނަޝީދު ވެރިކަމަށް ނޭރެވިގެން ހަމަ ބޯޑާހާކަނީދޯ؟ ބަލަ ދުނިޔޭގައި މަދި ރާއްޖެއަށް މިވަގުތު ހައުސިންގް ޕްރޮޖެކްޓް ސޮކުރުމަށްވުރެ މުހިންމީ ކޮވިޑްބަލި މިރާއްޖެއިން ނައްތާލާ ޤައުމުގެ ރައިއްޔަތުން މިބަލިން ސަލާމަތް ކުރުމެވެ. ނަޝީދު އިހައްދުވަހުބުނީ ކޮވިޑް ކަަންތަކުގައި ނަޝީދުއާއި މަޖިލީހުގެ މެންބަރުން ނަރުހުން ޑޮކްޓަރުންނެކޭ އެއްފަދައިން ކުރީސަފުގައި މަސައްކަތްކުރާކަމަށް - އިތުރު އެލަވަންސް ނަޝީދަށްވެސް އަދިވެސް ބޭނުންވަނީ. އަބަދުވެސް މަށަށް މަށަށް ބޮޑުބައި އަލާ