އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން އުޅެގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އިންޒާރެއް ދެއްވައިފި އެވެ.

ރައީސް ނަޝީދު މިނިސްޓަރ ފައްޔާޒަށް މިފަދަ އިންޒާރެއް ދެއްވީ ފައްޔާޒުގެ އިތުބާރުނެތް ކަމަށް ހުށަހެޅުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވުމާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތައް އުފެދިފައި ވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

އެ ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލައިގައި ސޮއި ކުރެއްވި މަޖިލިސް މެމްބަރުންނާ ދިމާ ނުކުރުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. ހާއްސަކޮށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އާއި ޕީޖީގެ ނައިބު ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އާއި ނުބެހުމަށް ވެސް ރައީސް ނަޝީދު ކުރެއްވި މެސެޖްގައި އަންގާފައި ވެއެވެ.

"ފައްޔާޒުގެ އިތުބާރު ނެތް 30 މެމްބަރުން ސޮއި ކުރިކަމަށް ބުނުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނަކާއި ނޫން. އަޅުގަނޑުވެސް މި ނުކުތީ." ރައިސް ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ފާޅުގައި ނިކުންނެވުމާއި އެކު ރައީސް ނަޝީދަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ރައީސް ޞާލިހަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އެމަންޖެ

  ނަސީދު ވާންވާނެ މި ދިވެހި ގައުމުގެ ބުރޯއައް.

  34
  • ހަޔަސިންތް

   ނަޝީދަކީ މިގައުމަށް ގައްދާރު ވިމީހުންގެ ތެރޭހިމެނޭމީހެއް

   21
   2
 2. ފެކްޓް

  މިއީ މިވެގެން އުޅޭގޮތަކީ. އަންނި ނޫން އެހެން އެވެސް މީހަކަށް އެތާގަ ބުރޯ ވެގެން އުޅެވިގެންނުވޭ!! ޞަޔަކަށް ތާއީދު ލިބޭތަން ދެކެން އަންނޮއަކަށް ނުހުރެވޭކަން އަންނަށް ހެކި ލިބެނީ. ވަރަށް ގޮތް ދޫނުކުރާ ބޯހަރު މީހެއްކަން ފާހަގަ ކުރެވެނީ..

  47
  1
 3. އައްޑޫ މީހާ

  ނަސީދަކީ އެމްޑީޕީގެ ބްރޯ.

  30
  9
 4. ބަޣާވާތް

  މުލު ބާޣީ އަށް އޮންނާނީ އަބަދުވެސް އޮންނަ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުުރުން. އެނޫން ކަމެއް މުލު ބާޣީ ނުދަންނާނެ.

  47
  2
 5. ސްޓާރބަކްސް

  އޯކޭ ބޫމަރ ?

  26
 6. ފެކްޓް

  މޑޕ އަކީ ގ. ކެނަރީގޭ މުޙައްމަދު ނަޝީދުގެ ހަރު މުދާގަނޑެއް ވިއްޔާ އެހެންބަޔަކު ބުރޯ ހެދިގެން އުޅެގެން ނުވާނެތާ!!

  20
 7. ނިޒްރާ

  ކަެުންސިލް އިންތިހާބަށް ވޯޓް ހޯދަން ކުޅޭ ޑްރާމާއެއްކަން އެއްމެނަށްވެސް އިނގޭތީ. ކުރާނެކަމެއް ނޭގނގިތިއްބާ މިއޮށް ޤައުމް ވީރާނާ ވަނީ!

  16
 8. އައްޑޫ ލެއި

  މީ ކިހިނެއް ވެގެން އުޅޭ އެއްޗެއްތަ ކިހާބޮޑު ބއެއް

  12
 9. ލަދު

  މީނާއަށްވުރެ ޑިކްޓޭޓަރެއް މަ ނުދެކެން

  16
 10. ފުކުރޭ

  އަންނި އެބުނާ އެއްޗަކަށް އަހަރެންގެ ފުލް ތާއިދު އެބަ އޮތް އިނ ގޭ

  2
  16
 11. އިދުރީސު

  އމޑޕ އަކީކަލޭގެތަރިކަމު ދާގަނޑެއްތަ؟