ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލުމަށްފަހު ގިނަ އަދަދެއްގެ ފައިސާ އޭނާގެ އަތުން ފޭރިގެންފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ މާލޭ އަމީނީމަގު ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ މައްސަލައެއް މިރޭ 22:34 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީ ފޭރިގެންފައި ވަނީ ދެސައިކަލެއްގައި ދިޔަ ބަޔަކު. ހަމަލާ ދިނުމުގެ ސަބަބުން އަނިޔާ ލިބުނު މީހާ އަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އެޖެންޑާ 19 ތަފާތުވާނެ
މިޤައުމުގެ ހާލަތުމިދަނީ ދުވަހެއް ދުވަހެއް ގޯސްވަމުން ، ތިކަހަލަ ނުރައްކާތެރިމީހުން ދޫވެފައި ތިބެސންޏާމުން މިޤައުމެއް އަމާނެއްނުވާނެ .
ދިހައެއްގެފަހުން މަގުމަތީގައިއުޅޭނީ ފުލުހުންދޯ!
އެޖެންޑާ 19 ތަފާތުވާނެ
ތަނެއް ޖަޒީރާވަންތަވާނީ ދެން މިވަރަށް
ފުލުހުންނަކަށް ތިމީހުންނުހޯދޭނެ އިންޗިއެއްވެސް ހަމަނުވާ މިކުޑަ މުޖުތަމައުގައި ހިނގާކަންތަށް ހީވަނީ ބޮޑުބައްރެއްގަ ހިނގާކަންތަށްތަކެއްހެން އެހާނާގާބިލް .