އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރުމުންދާ މި ދަނޑިވަޅުގައި، "އުފާވާ ބުޅަލަކާއި ރޯން އިންނަ ބުޅަލެއް" ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.
ސަނީފް މިގޮތަށް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތައް އުފެދިފައި ވަނިކޮށް ޕާޓީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގެ ތެރޭގައި "ކޯޅުން" އެންމެ ވަރުގަދަވީ ވަގުތު ދިވެހި ބަހުން ލިޔުއްވާފައި ފޮނުއްވި މެސެޖެއްގައެވެ.
ވަޓްސްއެޕް ގްރޫޕްގައި ދެކެވުނު ވާހަކަތައް ފެންނަ ސްކްރީންޝޮޓްތަކެއް މިހާރު ދައުރުވަމުން ދާއިރު، އެއިން ފެންނަނީ އެމްޑީޕީގެ ބައެއް މެމްބަރުންނާއި ރައީސް ނަޝީދުގެ އިތުރުން މިނިސްޓަރ ފައްޔާޒް އާއި ދެމެދު ޚިޔާލު ތަފާތުވެ ދެކެވިފައިވާ ވާހަކަތަކެވެ. މި ގްރޫޕް ތެރޭގައި މައްސަލަ ގޯސްވެ "ކޯޅުން ބޮޑުވީ، ރައީސް ނަޝީދު، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވުމުގެ ތެރޭގައެވެ.
ވަޓްސްއެޕް ގްރޫޕުތެރޭގައި ރައީސް ނަޝީދު ނުރުހުމުގެ މެސެޖުތައް ފޮނުއްވަމުން ދަނިކޮށް މެމްބަރު ސަނީފް ވިދާޅުވެފައި ވަނީ، "ދެ ބުޅާ ކޯޅުމުން އުފާވާ ބުޅަލަކާއި ރޯން އިންނަ ބުޅަލެއް ފެނޭ (ފެންނަން އޮތްތަނެއް ފެންނާނެ)" ކަމަށެވެ. ނަމަވެސް އޭނާ "ބުޅާ" ނިސްބަތް ކުރެއްވީ ސީދާ ކޮން ފަރާތަކަށް ކަމެއް ވިދާޅެއް ނުވެއެވެ.
ސަނީފްގެ މި މެސެޖަށްފަހު އޭނާ އިތުރު ވާހަކައެއް ގްރޫޕް ތެރޭގައި ދައްކާފައެއް ނުވެއެވެ. އަދި އެ މެސެޖަށް އިތުރު މެމްބަރަކުވެސް ނުވަތަ ރައީސް ނަޝީދު ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ގްރޫޕް ތެރޭގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން އުޅެގެން ނުވާނެ ކަމަށް ވިދާޅުވެ ފައްޔާޒަށް އިންޒާރުވެސް ދެއްވާފައެވެ. އަދި "ފައްޔާޒުގެ އިތުބާރު ނެތް 30 މެމްބަރުން ސޮއި ކުރިކަމަށް ބުނުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނަކާއި ނޫން" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ފާޅުގައި ނިކުންނެވުމާއި އެކު އެމަނިކުފާނަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ރައީސް ޞާލިހަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވި، "ކޯޅުން" އިތުރުވަމުންނެވެ.
އާއިލާ ކުދިންކޮޅަށް ޕާޓީ ދީފައި އެހެންމީހުން ޕާޓީން ބޭރުވާކަށް ނުވޭތަ؟
ދެބުޅަލަކީ ދެ ރައީސުނން؟ އުފާވަނީ ކޯލިޝަން. ރޯން ތިބީ އެމްޑީޕީ ނިކަމެތި މެންބަރުން.
ރައްޔިތުން ފެލާ އަނިޔާވެރި ސަރުކާރު އިސްތިއުފާ
އެކަކީ ދޮން ބުޅަލެއް@ އަނެކަކީ ކަޅު ބުޅަލެއް@ ދެން އޮތީ އެންމެ މުހިއްމު ބުޅާ އެއީ ވަގު ބުޅަ ލެއް
???
?
މީނަ އަށް މިހިރީ ރުގިއްޔާ ކިޔަން ޖެހިފަައި@
ކަމެއް ނުވާތީ ކުޅޭޑްރާމާ...
ދރޯބުޅާ. ރައީސް ޞާލިޙް ވެރިކަންވެއްޓިދާނެތީ ހޭ ބުޅާ ގާސިމް. ޖުމްހޫރީ ޕާޓީއަށް ވެރިކަން ލިބޭނެތީ
ޜޮނީ ސަނީ ބުޅާ ހީކުރިވަރުގެ އާމްދަނީއެއް މަޖުލީހުން މިފަހަރަކު ނުލިބެ ގިސްލަ ގިސްލަފަ ސަނީބުޅާރޮނީ.
ލާދީނީ އިލްމުވެރިޔާ އީވާ މިކަމާމެދު ދެއްވާ ރައުޔެއް އެނގުނީމާ މިކަން އޮތްގޮތް ސާފުވާނީ.
ވައްކަންކޮއް މަލިއްޔަތު ހުސްކުރައްޏާ އެވާހަކަ ދައްކާނެ ޕާޓީމީހަކައްވިޔަސް ބުރޯ ހެދޭއިރު. ބައިލައިގެއް ތިބުމަކީ ގޯހެއް
ޙަމައެކަނި ފައްޔާޒުކުރާކަމެއްއުތަ؟ ާާާާާާާާާ
ވައްކަންކޮއް މަލިއްޔަތު ހުސްކުރައްޏާ
ޢެންމެ މީހެކުރާކަމެެއް ދޯ.
މޑޕ މެމބްރެއް ކަމަކު މިނިވަން ކަމާއި ހިތްވަރާއި އެކު ބުނަންބޭނުްވާ އެއްޗެއް ޖެހިލުމެއްނެތި ބުނާ ހަމަ އެކަނި މަޖިލިސް މެމބަރު.
މިގައުމު އިންޑިޔާއަށް ވިއްކާލާތީ ތިއިން ބުޅަލަކަށް އެކަންބޮޑެއްނުވި.
ތިކަން ތިހެންވީ ކުރީ ސަރުކާރާހުރެ
ބުޅާ ކޯޅެނީކީ ނޫން މީޑްރާމާ. ކަމެއްފޮރުވަން އަރުވާ ގޭސްގަޑެއް
އެއުޅެނީ ބޮޑުވަޒީރުކަން ނުލިބިގެން