މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި އިތުރު ދެ ދަޢުވާއެއް ތާވަލްކޮށްފި އެވެ.

މި ދެ ދަޢުވާ މިހާރު ވަނީ އޮގަސްޓު 16 ވާ އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ.

އެ ކޯޓުން ބުނެފައިވާ ގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާ އަކީ ރިޝްވަތް ޤަބޫލުކުރުމުގެ ދަޢުވާ އާއި މަނީލޯންޑްރިންގެ ދަޢުވާއެކެވެ.

މިދައުވާތައް ރައީސް ޔާމީންގެ މައްޗަށް ކުރަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި އަދި އެފައިސާ ލޯންޑާ ކުރި ކަމަށް ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދަޢުވާ އުފުލާފައި ވަނީ، މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުން ކުރި އެ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފްކޮށްފައިވާ އިރު، އެ މައްސަލައާއި ގުޅިގެން ދެން އޮންނާނީ އެންމެ ފަހު އަޑުއެހުމެވެ. މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ.

މީގެކުރިންވެސް އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތް ކުރުމަށް އެމަނިކުފާނަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ފައިސާ އަކީ ކޮންތަނަކުން ލިބިވަޑައިގެންނެވި ފައިސާއެއް ކަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީން އެ ދުވަހު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލުމާއި ހަމައިން ވެސް އެފައިސާ ހުންނެވީ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ އަތްޕުޅުގައި ކަމަށެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަން

    ޢަދިވެސް އެއުޅެ ނީ ރައީސް ޔާމީ ން އި ން ނުނނނ ނެއްޓިގެ ން. މިގައުމު ގެ ތަރައްގީގެ ބާ ނީ އައްކުރާ އަ ނިޔާ ހުއްޓާލާ

    40
    2
    • ޙައްގުބަސް

      މިއީ އިންޑިޔާ ސަރުކާރުގެ ފިއްތުމާއެކު ކުރަމުންދާކަމެއް!! އިންޑިޔާއަށް އެނގޭ ރައިސް ޔާމީން ޖަލަށް ލައިގެން ބާއްވައިގެންކަން އެމީހުންނަށް މިގައު އެއްކޮށް ހިސާރުކޮށް ނިންމާލެވޭނީ!! މިގައުމު ދަރުވާލާ ވަރަށް ބޮޑެތި ލޯނުތައް މިސަރުކާރަށް ދީގެން މިދަނޑިވަޅުގެ ނާޖާއިޒް ފައިދާ ނަގައިގެން މިގައުމުގެ ތަންތަން ހިސާރު ކުރަމުން އެގެންދަނީ!! މިހާރު އިންޑިޔާއިން އެކި ކަންކަމަށް އެއްބިލިއަން ޑޮލަރުގެ ލޯނު މިސަރުކާރުން މިނެގީ!! އޭގެތެރޭ ބުރިޖް އަޅަން 500 މިލިއަން ޑޮލަރަކާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން 250 މިލިޔަން ޑޮލަރުވެސް ހިމަނައިގެން!! މިލޯނު މިނަގަނީ ނުވަތަ މިދެނީ އިންޑިޔާ ބޭނުންވާގޮތަށް އެކިއެކި ބޮޑެތި އެއްބަސްވުންތައް އެކުލަވާލައިގެން!! ދިވެހި ރައްޔިތުންނަށް ހާމަކުރަންޖެހޭ މިހެން ކުރެވޭ ހުރިހާ އެއްބަސްވުމެއްގެ މަޢުލޫމާތުތައް!! އަދި މަޢުލޫމާތު ހޯދާ ލިބިދިނުމުގެ ގާނޫނުގެ ދަށުން އިންޑިޔާއާއެކު އެކުލަވާލެވޭ އެއްބަސްވުންތަކުގެ މަޢުލޫމާތު ހޯދަންވެސްޖެހޭ!! މިއީ ނުރައްކާތެރިކަމެއް!! އިންޑިޔާއިން ބުނާހާގޮތަކަށް އިބްރާހިމް މުޙައްމަދު ސާލިޙް ޢަމަލުކުރަމުން ގެންދާތަން ފެންނަނީ!! މަޖްލީހުގެ ރައިސްވެސް ޢަމަލުކުރަމުންދަނީ ހަމަ އެހެން!! ރައްޔިތުން ނިކުމެ މިކަން ހުއްޓުވަންޖެހޭ!! މަޑުންތެބެގެންވާކަށް ނެތް!! މިގައުމުގައި އަހަރެމެންގެ ކާބަފައިންވިފަދަ ގުރުބާނީއެއް މިގައުމުގެ މިހާރު މިތިބަ ޒުވާނުންނާ ރައްޔިތުންކުރަންޖެހޭ ވަގުތު މިއޮތީ އައިސްފަ!!

  2. ދަރުމަ

    ކިތަންމެވަރަކަށް ދައުވާއުފުލިއަސް ކަލޭމެންނަކަށް ދެނެއްސަލާމަތެއްނުވެވޭނެ ވަގުތުކައިރިވަނީ ރައީސްޔާމީނަށް ކުރާ ދައުވާއެއް މިހާރުކުރޭ އެއަށްފަހު ކަލޭމެން އުމުރަށް ޖަލަށް....
    !!!!!!!!!؟

    40
    1
    • Anonymous

      މިމީހު ން މަރަށް ތެޅެ ނީ

  3. Anonymous

    ޔާﷲ، ޔާﷲ، ޔާﷲ، ޔާﷲ، ޔާﷲ، މި ޖައްބާރު ންގެ ކިބައި ން މިގައުމު ސަލާމަތްކޮށް ދެއްވާށި، އާމީ ން.