ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ ގައުމުގެ އިންވެސްޓްމަންޓްތަކަށް ރާއްޖެ އިން މަރުހަބާ ކިޔާ ކަމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިއާއެކޭ އެއްގޮތަށް ޗައިނާ އިން ވެސް ލޯން ނަންގަވާނެ ކަމަށެވެ. އެކަމަކު ޗައިނާގެ ލޯނުތަކަށް ވުރެ އިންޑިއާގެ ލޯންތަކުގެ އިންޓަރެސްޓް ކުޑަ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ޗައިނާ އިން ލޯނު ނަގާފައި ވަނީ ވަރަށް ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ކަމަށެވެ.

ޗައިނާއާ މެދުގައި އެއްވެސް މައްސަލައެއް ނެތް އިރު، އިންޑިއާ އާއި ސްރީ ލަންކާ ފަދަ އަވަށްޓެރި ގައުމުތަކުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ރާއްޖެ އިން ނުކުރާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އިންޑިއާ އާއި ސްރީ ލަންކާއަކީ ރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް ދެ އެކުވެރިންނެވެ.

"އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ އެތައް ގަރުނެއް ކުރިން އޮންނާނީ ހިފާ ނިމިފައި. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އަޅުގަނޑުމެންނެއް މި ގައުމުގައި އެއްވެސް ކަމެއް ހިނގައިގެން ނުވާނޭ އިންޑިއާގެ ސެކިއުރިޓީއަށް ގެއްލުމެއް ވާ ފަދަ،" ފައްޔާޒް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެ ހިފަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ފާޑުގެ ވާހަކަދައްކަނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ސަރުކާރާ ރައްޔިތުންނާ ދޭތެރޭގައި ފިތުނަ އުފެއްދުމަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ގާތް ގުޅުމެއް ޗައިނާއާ އެކު ކުރިއަށް ގެންދެވޭ. ސިޔާސީ ގޮތުން ދިމާވާ ކަންކަމުގައި ނުތަނަވަސްކަމެއް ބައެއް ފަހަރު އެއް ބައި ގައުމުތަކުގައި ހުރެދާނެ. އެކަމަކު އަޅުގަނޑުމެންގެ އޮތީ ވަރަށް ވައިބްރޭޓް ޑިމޮކްރަޓިކް މުޖުތަމައުއެއް،" ފައްޔާޒް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެ އިން އިސްކަން ދޭން ވާނީ ސަަރަހައްދީ ގައުމުތަކަށާއި އެކުވެރި ގައުމުތަކަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަކީ ނޭނގޭ ކަމެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"އެހެންވީމަ މިސާލަކަށް އިންޑިއާ ނޫނީ ސިލޯނުގެ ސެކިއުރިޓީ އަށް ތްރެޓަށް ދެކެވޭ ބައެއް ކަންކަމުގައި އަޅުގަނޑުމެން އެއަށް ބަލާލަން ޖެހޭނެ. އެގޮތުން އަޅުގަނޑުމެން މި ދަންނަވަނީ. އަޅުގަނޑުމެން ޗައިނާ އަތުން ލޯން ވެސް ނަގާނަން،" ފައްޔާޒް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އަވަށްޓެރި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. އަދި އިންޑިއާ އިން ވަނީ ރާއްޖެ އަށް މިހާތަނަށް އައިއިރު ބޮޑެތި އެހީތަކެއް ދީފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ކުރީގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވީ ޗައިނާއާއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ޗައިނާ އިން ހިންގިއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ކަނަމަނަ

    ފައްޔާޒް އަކައްއެއްކަމެއްވެސްނުކުރެވޭނެ މިފަހަރުބޭރުވެސް ކުރާނެ ކިތައްމެ ގޯހަސް މިފަހަރު ރ ނަޝީދު އެޖަހަނީރަގަޅު ލަވަޔަކައްވެދާނެ، ރައްޔަތުންނޭ ފުންކޮއްވިސްނާ ވަރައްހުށިޔާރުކަމާއިއެކް މިހާރު ހިގަމުންމިދާ ކަންތަކައް ލޯހުޅުވައިގެންތިބޭ

    23
    1
    • ޖަރީމާރާއްޖެ

      ކޮންތާކު،ހަމަ ދެބޯގެރި ދުއްވަނީ

      9
      1
    • ސީލާވަތީ

      ކޮލޮލެއް ހުޅުވޭނީ. ކުރީ ފަހަރު ވެރި ކަން ދިނީތީ ކުރި ފަސާދަ ހަދާން ނެތިގެން ދެވަނަ ފަހަރަށް ވެރި ކަމަށް ގެނެސް. ސުޕަމެޖޯރިޓީ ދީ. ދިވެހިންނަ ކީ މުނާފިގުން

  2. ހަނި

    ދުވަ ކުވެސް އިންޑިޔާ ނެދެނެ ކުދިގައުމު ތަށް ކުރިއަރާގެންދާާ ކަށް އަޅުވެތި ކުރަށްއުޅެނީ ވަރަށް މަ ކަރުވާނެެ އަދިއުޅެންޖެހެނީ ސާހަބުު ކިޔާގެން ވަަރަށްބޮޑާވާނެ

    34
    • ޙައްގުބަސް

      ހަގީގަތަކީ އިންޑިޔާއިން ބޭނުމެއްނުވޭ މިގައުމުވެސް ތަރައްގީވެ އަމިއްލަ ފައިމައްޗަށް ތެދުވެ ޙަރާކާތްތެރިވާތަން ދެކެން!! ނިކަން ބަލާ ބޫޓާން، ނޭޕާލްއަށް ހަދާފައިވާގޮތް!! އިންޑިޔާއިން ދިނީމަ ކައިގެން ބޮޔެގެން އެއުޅެނީ!! އެއްވެސް ކަމެއް އެގައުމުތަކުން ނުކުރެވޭ އިންޑިޔާ އެދޭގޮތަކަށް ނޫނީ!! އެގައުމުތައް ތަރައްގީވިޔަ ނުދީ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެގައުމުތަކުގެ ކަރަށް ފައިން އަރައިގެން އެއުޅެނީ!! ދެން އެމީހުން ބޭނުންވޭ ލަންކާއަށްވެސް ހަމަ އެގޮތް ހަދަން!! ރާޖަޕަކްސަގެ ސަރުކާރު މީގެކުރުން އެގައުމުގައި އޮތްއިރު އެމީހުން ބޭނުންވީ ޗައިނާއާއި ގުޅުިގެން ލޯނު ނަގައިގެން އެގައުމުގެ އެހީތެރިކަމާއެކު ގައުމު ތަރައްގީކޮށް ގައުމުގެ އިގްތިސޯދު ވަރުގަދަކުރަން!! އެމަސައްކަތް ފަށައިގަނެ އެގަމުގައި ހައިވޭތަކާއި ބިން ހިއްކައިގެން ޕޯޓްތަކާއި އެއަރޕޯޓްތައް ހަދާ ބާރު ސްޕީޑުގައި ކުރިއަށްދާތަން އިންޑިޔާއަށް ފެނި އެގައުމުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެގައުމުގެ އެޖެންޓުން ލައްކާއަށް ފޮނުވާ ފައިސާ އިދިކޮޅަށް ދީ އެމީހުން ލައްވާ ދޮގާއިމަކަރު ހަދުވައިގެން ރައްޔިތުން ހައްލުވާލައިގެން ވެރިކަމުން ރާޖަޕަކްސަ ދުރުކުރީ!! ކިހިނެތްތޯވީ؟ ގައުމުގެ އިގްތިސޯދު ދަށަށްގޮސް ފައިސާގެ އަގުވެއްޓުނީ!! އިންޑިޔާއިން ބޭނުންވީ ޗައިނާގެ އެހީތެރިކަމާއެކު ހަދާފައިވާ ހަމްބަންޓޯޓާ ވައިގެ ބަދަރު ހޯދުމާއި ހިއްކައިގެން ހަދާ ޕޯޓުން ބައެއް ހޯދުން!! އެކަމަކު މިމީހުންގެ އެހީތެރިކަމާއެކު ގެނައި ސަރުކާރުންވެސް އިންޑިޔާއިން ބޭނުންވިހާ ގޮތަކަށް ކަންކަން ކޮށެއް ނުދިން!! ކީއްވެ ގައުމަށް ގެއްލުންވާނެތީ!! ފަހުން ރައްޔިތުންނަށް ވިސްނުނީ މިހެދުނީ ގޯހެއްކަން އެހެންކަމުން މިހާރު އަނެއްކާ އެއޮތީ ރާޖަޕަކްސައަށް އަނެއްކާ އަލުން ވެރިކަން ޙަވާލުކޮށްފަ!! މިގައުމަށްވެސް އިންޑިޔާ މިހެދީ ހަމަ މިހެން!! ރައިސް ޔާމީންގެ ވެރިކަން ވެއްޓީ އިންޑިޔާއިން އިދިކޮޅަށް މާލީގޮތުން ބޮޑެތި އެހީތަށް ދީގެން އެމީހުން ލައްވާ ދޮގު ހައްދައިގެން ރައްޔިތުން އެއަވާގައި ޖައްސައިގެން!! ކިހިނެތްތޯ މިވީ؟ ގައުމު މިއޮތީ ހުއްޓިފަ!! އިގްތިސޯދު ފުންވަޅުގަނޑަކަށް ވެއްޓިފަ!! އިންޑިޔާގެ ދަލުގައި މިވެރިން ނިކަން ރަގަނޅަށް ޖައްސުވާ މިގައުމުގެ މިނިވަންކަން ގެއްލޭފަދަ އެތައް އެއްބަސްވުންތަކުގައި ސޮއިކުރުވައިގެން އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ބޮޑެތި ލޯނުތައް ދީ ގައުމު ދަރަނިވެރިކުރުވައިފި!! މިއީ ދިވެހިން ވިސްނަންޖެހޭ ކަމެއް!! އަމިއްލަ ނޭފަތުކުރިއަށްވުރެން ދުރަށްވިސްނާ މިގައުމު މިއަނދަވަޅުން ސަލާމަތްކުރަން އެކައްޗެއް ކިޔައިގެން ނިކުންނަންޖެހޭ!!

      26
  3. ޅޮލް

    މި ނަސީދު މިއުޅެނީ ބޮޑުވަޒީރަށް ހެދިގެން ތޯޗެއް.. މީނަވީ މި ގައުމުން ބޭރުކުރަން.

    33
  4. ދިސްޓައިމް

    ވޯޓާ ގުޅިފައި ވަނީ ފައްޔާޒު "ބްރޯ"އަކަށް ވުމުގެ ބިރު ކަމަށް މަޖްލީހުގެ ރައީސް ވިދާޅުވާނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ

    12
  5. ޖަރީމާރާއްޖެ

    ޗައިނާއިން ބުނީ މި ސަރުކާރު ލަލަލަ ޔޯ. ފައްޔާޒު، ޝާހިދު، ނަޝީދު، އިބުރިހިން ބެއްޔަ ޝާމިލުކޮށް ބާރަށް ބައްދާށޯ ގެރީގަ. ދެންވީ ހޭރެންށޯ

    26
  6. އަހުމަދުކަލޯ

    ސާބަހޭ އެކޮނޯ މިނިސްޓަރ ކުރިއަށް ވަޑިއިގަންނަވާ ރައްޔިތުން މަކުފާނުގެ ފަހަތުގަ މިތިބީ މީ ހަމައެކަނި މައުމޫނާ ނަޝީދާ ޔާމީނާ ގާސިމާ ކާސިމަކާ ޗަންޕާޕޫލްއަކާ ޔުނިވާރސަލް އެންޓަރޓެއިންމަންޓް އަކާ ސަންފުލާވާ ގެ އެކަނި ގައުމެއް ނޫން ތިތިބީ ހަމަ ފަހުގެ ކިޔާވައިގެން ތިބި ޅަޒުވާނުން ކުރިއަށް ވަޑައިގަންނަވާ ފަހުގެ ޖީލް ގައުމާ ގައުމުގެ ކަންކަމާ ހަވާލުވެވަޑައިގަންނަވާ

    3
    21
  7. ކަޓްޖައްސާދޯ

    ޗައިނާގެ ލޯނުތަކަށް ވުރެ އިންޑިއާގެ ލޯނުތައް ލުއިވާނެ ކަމަށް ބުނަން ޖެހޭނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ނޫނޭ އެވާހަކަ ދައްކަން ޖެހޭނީ އެއީ ރާއްޖޭގެ ފިނޭންސް މިނިސްޓަރޭ މިހާރު މިފެނިގެން ދަނީ މިސަރުކާރުގެ ބްރޯ ގެ މަގާމް އަދާ ކުރަނީ އެއީ އިކޮން މިނިސްޓަރު ފައްޔާޒު ކަމަށް ދެން އިކޮން މިނިސްޓްރީ އަކީ އެއީ ޓެކްނިކަލް އަދި އިންޖިނިއަރިންގްގެ އަލިފުބާ ވެސް ދަންނަ ބަޔަކު ތިބި ތަނެއް ޚުދު ފައްޔާޒު ވެސް އެއީ ޓެކްނިކަލް ބެކްގްރައުންޑެއް ނޫން ދެން ކިއެއްްވެތޭ ބްރިޖްގެ މަސައްކަތުގެ ތެރެއަށް އިކޮން މިނިސްޓަރު ބޭނިގަނެގެން އުޅެނީ އެއީ އިބްރާހިމް ހުސެއިން ޒަކީ ޕްލޭނިންގް މިނިސްޓަރު ކަމުގައި އޭނާ އައްޑޫ ގެ ލިންކް ރޯޑް ތެރެއަށް ބޭނިގަނެގެން އެއިން ލާރޖް ކޮށް ކަޓް ޖެއްސި ގޮތަށް ކަޓް ޖައްސަން ވެގެން ކުރި ކަމެއް ނޫންތޭ...

    17
  8. ދިވެހިމީހާ

    މީނައާ ނުބެހޭ ކަމެއްވެސް ނޯވޭތަ؟ މިހާރު އެބައެގޭ ނަޝީދު އެބުނަނީ ރަގަޅުވާހަ ކައެއް ކަން.

    11
  9. ނަސީދު

    ޗައިނާމީހުން ބުނީ ނުތެޅެމޯ މިމޯދީ ބައިގަނޑާ އެކު ޑީލް ހަދާކައް

    14
  10. ބޯކިބާ

    އެތައްސަތޭކަ ކިލޯމީޓަރުގެ ބޯޑަރުން އިންޑިއާއާއި ގުޅިފައޮތް ގައުމެއްގެ ނުރައްކަލުން އިންޑިއާއަށް ސެކިއުރިޓީ ދޭންވެގެން މިއުޅެނީ އިންޑިއާކަނޑު މެދުގަ ތިބެގެން.

    17
  11. އިސްތިއުފާ

    އެންމެ ރަނގަޅު ގޮތަކީ އިކޮން މިނިސްޓަރު ގެ މަގާމުން ފައްޔާޒު އިސްތިއުފާ ދިނުމޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    1
    1
  12. ތަމެންދޯ

    ޓީވީއެމް އަކީ އެއީ ސަރުކާރުގެ މީޑިއާ އަދި މާސް މީޑިއާ އަކީ ވެސް އެއީ އެކަމަކު ޓީވީއެމް އަށް ނުގޮސް ރާއްޖެ ޓީވީ ގައި ވާހަކަ ދެއްކުން އެއީ ވެސް މިސަރުކާރުގެ ކެބިނެޓްގެ ނާގާބިލް ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ އެއިރުން ރައްޔިތުންނަށް ހީވާނީ ރައްޔިތުންގެ ވެރިކަމަކަށް ވުރެން ބޮޑަށް ގަބީލާ ސްޓައިލްގެ ވެރިކަމެއް ކަމަށޭ މިކުރަނީ ސަރުކާރުގެ މިނިސްޓަރުން ތިބެނީ ގޭގައޭ ދެން މިނިސްޓްރީ ތަކުގައި ތިބޭ ވަރަށް ޖޫނިއަރ ކުދިން ތަކޭ ރާއްޖެ މިއަދު ޕްރޮގްރާމް ގައި ވާހަކަ ދައްކަނީ ސަރުކާރުގެ ކެބިނެޓް އެއީ ރައްޔިތުންނާއި ވަރަށް ދުރުން މަސައްކަތް ކުރާ ކެބިނެޓް އެކޭ..

  13. ފުނޑިއްޖެދޯ

    ފައްޔާޒާ ދެކޮޅު ވޯޓު ނެގުން އެއީ ޑްރާމާއެއް ނޫން ކަން އިނގޭނީ އަންނަ ސެޕްޓެމްބަރު މަސް ނިމޭ ތަނުންނޭ ދެން ފައްޔާޒު އިކޮނޮމިކް މިނިސްޓަރަކަށް ހުއްޓާ މާލެ ސަރަހައްދުގައި އެތައް ހާސް ފަޅެއް ބޭރުގެ އިންވެސްޓަރުން 100 އަހަރަށް ކުއްޔަށް ގަންނަން ބޭނުންވާ ހިނދު މިދިޔަ ޖެނުއަރީން ފެށިގެން މިއަދާއި ހަމައަށް އައިއިރު މަދުވެގެން މަހަކު 20 ފަޅެއް ފަޅެއް 10 މިލިއަން ޑޮލަރަށް ކުއްޔަށް ދެމުން ދިޔަނަމަ މިއަދު ރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑު ނުވީސް ނޫންތޭ އިގްތިސާދު ފުނޑު ފުނޑު ވެއްޖެއޭ...

  14. ޖެހޭތޭ

    އިކޮނޮމިކް މިނިސްޓަރު ކަމުގައި ފައްޔާޒު ހުންނަން ޖެހޭތޭ މަޖްލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ފައްޔާޒު މަގާމުން ވަކި ކުރަން ހިފާފަިއ ހުންނަ އިރު މަމެންނަށް ހީވަނީ އެއީ ވަރަށް ބޮޑަށް ވިސްނާ ގޮތް ތަކެއް ނިންމަން ޖެހޭނެ ކަމެއް ހެން ފައްޔާޒު އިނގޭތޭ..

  15. ދަންބެރު

    ފަށްޔާޒުގެ ސިކުނޑި ވަރަށްޅަ އިންޑިއާގެ ފަގީރުސިޓީތަކާއި ވިލެޖުތަށް ނާތަހުޒީބުގެ ހާލަތުގައި އޮތްއިރު ރާއްޖެއަށް ތަފާތުއެހީގެސިފައިގާ އިންޓަރެސްޓު ކުޑަކޮށްލޯނުދޭންޖެހޭސަބަބަކީ ކޮބާކަން ފައްޔާޒުއަށް އެނގިނުލެއްވީތީ ހިތާމަކުރަން ދާދިމިދާކަށްދުވަހު އިންޑިއާގެ ޕާލަމެންޓު މެންބަރަކުވެސް ގޮވާލި ރާއްޖެހިފުމަށް އޭގެެކުރިން މާރިޔާވަނީ އިންޑިއާ ރާއްޖެ ހިފުމަށް ހިތްވަރުދޭފަދަ މޭރުމަކުން ވާހަކަ ދަށްކާފަ ހަގީގަތް ހާމަކުރަށްވާ އޮޅުވާ ނުލަށްނުލަށްވާ.

  16. އިނގެންވާނެއޭ

    ޑްރާމް ކުޅުނަސް އަދި ނުކުޅުނަސް މަމެންނަށް އިނގޭ އެއްޗަކީ ރައީސް އިބޫގެ ސަރުކާރަށް ދެ އަހަރު ވާން ކައިރިވާއިރު އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑެތި ވައުދު ތައް ކަމަށްވާ މާލެ ސަރަހައްދުން ގޯތި ދިނުން މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައިވާ ގޮތަށް އެކަން ކުރާނެ ގޮތުގެ ރޯޑް މެޕެއް ދެ އަހަރު ދުވަސް ވާއިރު ކެބިނެޓަށް އެކުލަވާ ނުލެވުން އެއީ އެކަން ނުކުރަން އުޅުމުގެ ސަބަބުން ނުވި ކަމެއްގެ ގޮތުގައޭ މަމެން މިދެކެނީ އިސްތިއުފާ ދެންނާ ދޭންވީ ވަޒީރުން އަމިއްލަ އަށް އިނގެންވާނެއޭ...

  17. ވިސްނާތި

    ޑްރާމާ ނުކުޅޭ ނަމަ އަންނަ ހޯމަ ދުވަހު އިނގޭނެ ތިޔާ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ސޮޔާއި އެކު ވައްދައިފިނަމަ އެހާތަނުން މަމެން އެކަން ޤަބޫލު ކުރާނަމޭ ޔަގީނުންވެސް ޖޭޕީ އިން ފޮނުވާފައިވާ މައުސޫމުގެ ނަން މަޖްލީހުން ފާސް ވާނީ ޖޭޕީގެ މެމްބަރުން މަޖްލީހުގެ ރައީސް އެދޭ ގޮތަށް ވޯޓް ދީގެން ކަން މަމެންްނަށް އިނގެނީ އެގޮތަށް ބްރޯ ހެދިފައި ދެން އެމްޑީޕީގެ ވެރިކަމުގައި މިނިސްޓަރަކު އުޅެފިނަމަ މިގައުމުގެ ދުވަސް ދާނެ މިފަހަރު އިގްތިސާދު އޮތީ ފުނޑިފައި އޮތްވާ ދޯ..

  18. ވިސްނާތި

    މަމެންގެ ދިރާސާ ތައް ދައްކާ ގޮތުން މަޖްލީހުގެ ރައީސް ފައްޔާޒު މިހާރު މަޖްލީހުގެ މެމްބަރުންނަށް ލޮބީ ކޮށްގެން ސަރުކާރުން ހުށައަޅާ ގާނޫނު ތަކަށް ތާއީދު ހޯދަން ނަމުގައި އެކަން ކުރި ނަމަވެސް އެއިން ނުބައެއް ނިކުމެދާނެއޭ ސަބަބަކީ މަޖްލީހުގައި ތިބި އެމްޑިޕީ މެމްބަރުންގެ ކޮންޓްރޯލް ފައްޔާޒަށް ލިބިއްޖެނަމަ އިދިކޮޅު ޕާރޓީ ތަކާއި ކޯލިޝަން ޖޭޕީ އާއި ގުޅިގެން މަޖްލީހުގެ ރަައީސް ކަމުން ކެނެރީގެ ނަޝީދު ވަކި ކުރުމަކީ އެއީ ގާތް ކަމެކޭ މީ ސިޔާސީ ކަންކަން ހިނގާނެ ގޮތްތަކޭ މީ މަޖްލީހުގެ ރައީސް މިހާރުން މިހާރަށް ސަރުކާރުގެ ވަޒީރުންގެ ނުފޫޒުން މަޖްލީހުގައި ތިބި އެމްޑީޕީ މެމްބަރުން އެއް ފަރާތް ކުރަން ޖެހޭ ވަގުތޭ މިވަގުތު އެކަން ނުކޮށްފިނަމަ ދެން އެކަން ނުވާނެއޭ...

  19. ސަލީމް

    ކަލޭމެން ނަށް ދަރންޏަށް ލާރި ދޭނީ ގެރި މޯދީ އޭނާގެ އެޖެންޑާ ހިންގަން. ތިޔައީ މި ގައުމުގެ ޚާއިނުން. ޣައްދާރުން. ދިވެހިންގެ ހިތްވަރުން ކަލޭމެން ތިޔަ ތިބި ގޮޑިން ބާލާނެ. އަދި ނި ކަމެތި ކަމާއެ ކު ކަލޭމެންގެ ކަންތައް ނިމިގެންދާނެ!

  20. ފެނޭދޯ

    ފައްޔާޒާއި ދެކޮޅު ވޯޓް އެއީ ޑްރާމާ އެއް ނޫން އެއީ 2021 ވަނަ އަހަރު މަޖްލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކި ކުރުމުގެ ޕްލޭންސް ތައް މިހާރު ލީކް ވެފައިވާތީވެ އެކަން ހުއްޓުވުމަށް ޓަކައި ކުރެވެމުންދާ ކަންކަމޭ ވަޒީރު ބޭފުޅުން ނަށް ގަބޫލުކުރަން ދަތީއޭ ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރަން ޖެހޭނެ ކަމަށް މަޖްލީހުގެ ރައީސް ވިދާޅުވުމުން ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުން ނުހޮވާ މެމްބަރުން ވަޒީރުންނަށް ނުތިބޭނެ ވިއްޔާ ދޯ...

  21. ކަށަވަރޭ

    ސަރުކާރުން ބޭނުންވާ ކަންކަމުގައި މެމްބަރުންނަށް ގުޅަން، އަދިވެސް ގުޅާނަން ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވާނަމަ އެކަން އެގޮތަށް ކޮށްގެން ނުވާނެއޭ އެއީ ޕްރޮޓޮކޯލްސް ތަކާއި އަދި ޕްރޮސީޖަރސް ތަކާއި ޚިލާފަށް ކުރާ ކަމެކޭ އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރަށް ދަންނަވަން ޖެހޭނީ ސަރުކާރު ބޭނުންވާ ކަންކަން ދެން މަޖްލީހުގެ ރައީސަށް ދަންނަވަން ޖެހޭނީ އެނޫން ނަމަ ރައީސް ޔާމީންގެ ވެރިކަމުގައި ބްރޯ ކަން ކުރި ގޮތަށް މުޅި މަޖްލީސް ފައްޔާޒުގެ އަތް ދަށަށް ގެންދަވާނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ..

  22. ނުވާނެއޭ

    މަޖްލީހުގައި މެޖޯރިޓީ އަދި ވެރިކަން ކުރަނީ އެމްޑީޕީން ދެން ނުޖެހޭނެއޭ ސަރުކާރުގެ ވަކި މިނިސްޓަރަކު ރައީސް އިބޫ ވެސް އައްޔަން ކޮށް އެފަދަ މިނިސްޓަރަކު މަޖްލީހުގެ މެމްބަރުންނަށް ގުޅައިގެން ސަރުކާރުން ބޭނުންވާ ގާނޫނު ތަކަށް ވޯޓް ހޯދަން އެކަން އެގޮތަށް ކޮށްގެން ނުވާނެއޭ ސަބަބަކީ ވެރިކަން ކުރަނީ އެމްޑީޕީން އަދި މަޖްލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި މަޖްލީހުގެ ރައީސް އަކީ އެއީ އެމްޑީޕީގެ ރައީސް އަދި ނައިބް ރައީސް އަކީ އެމްޑީޕީ މެމްބަރެއް ރައީސް އިބޫ ގުޅަން ޖެހޭނީ މަޖްލީހުގެ ރައީސަށް ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގައި މިނިސްޓަރަކު ވަލު ދޮރާށިން މަޖްލީހުގެ މެމްބަރުންނަށް ގުޅައިގެން ނުވާނެއޭ...

  23. ބަގުވާނު

    ޢެހެންތާވާނީ. ޢުސޫލަ ކީ މަމެންނަށް 2 ބޮޑި. ޜައްޔިތުންނަށް 0 ބޮޑި

  24. ނުޖެހޭނެއޭ

    ވަޒީރުންނަކީ އެއީ މަޖްލީހުގެ މެމްބަރުންނަށް ގުޅައިގެން ސަރުކާރުން ބޭނުންވާ ގާނޫނު ތައް ފާސް ކުރަން ޖެހޭނެ ބަޔެއް ނޫނޭ އެކަން ކުރާނީ ވެރިކަން ކުރާ ޕާރޓީންނޭ އެމްޑީޕީން ނަމަ އެކަން ކުރާނީ އެމްޑީޕީގެ ޗެއަރ ޕާރސަން އޭ ޗެއަރ ޕާރސަން އާއި ގުޅުއްވާނެ ރައީސް އޮފީހުން ހަދަން ޖެހޭ ގޮތް ދެން ޗެއަރ ޕާރސަން އާއި ޕީޖީ ގްރޫޕް ލީޑަރާއި މަޝްވަރާ ކުރުމަށް ފަހު އެމްޑީޕީގެ ރައީސަށް އެކަން ހުށައަޅާ އެތިން ފަރާތުގެ ރުހުން އޮވެގެން ދެން ސަރުކާރުން ބޭނުންވާ ކަން ގާނޫނު ތަކަށް ބަދަލު ގެނެވޭނީ ފައްޔާޒު މަޖްލީހުގެ މެމްބަރުންނަށް ގުޅައިގެން ނުޖެހޭނެ ކަންކަން ކުރަން...

  25. ޖެހޭނެއޭ

    ސަރުކާރުގެ ބޭނުމަށް މަޖްލީހުގެ މެމްބަރުންނަށް ސަރުކާރުގެ ވަޒީރަކު ގުޅައިގެން ނުވާނެ ޕާރޓީ ތެރޭން އެގޮތަށް އެކަން އެމްޑީޕީގެ ގައުމީ މަޖްލީހުން ނިންމާފައިނުވާނަމަ އުސޫލެއްގެ ގޮތުން އެމްޑީޕީގެ ސަރުކާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ އުފުލާނީ މަޖްލީހުގެ ރައީސް އަދި ނައިބް ރައީސް އަދި އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރޭ މިފަރާތް ތަކަށް ސަރުކާރުގެ ވަޒީރުން ގުޅަން ޖެހޭނީ މަޖްލީހުން ކުރަން ބޭނުންވާ ކަންކަން ދެން އެމްޑީޕީގެ ޗެއަރ ޕާރސަން ވެސް މީގައި ހިމެނެން ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ...

  26. ވާނެގޮތޭ

    އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މަޖްލީހުގެ މެމްބަރުންނަށް ގުޅުއްވާނަމަ ހުންނާނެ އިދިކޮޅު އެމްޕީން ނަށް ވެސް ގުޅާފައި މީ ވަރަށް ނުރައްކާތެރި ކަމެއް މިކަމަކީ މީ ސީދާ ބްރޯ ދިޔަ މަގުން ފައްޔާޒު މިދަނީ މީ ނުރައްކާތެރި މަގެކޭ ނުރައްކަލޭ ނުރައްކަލޭ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާ ތަން ފެންނާނީ މަޖްލީހުގެ ރައީސް ގެ ނޯ ކޮންފިޑެންސް ވޯޓް ނަގަން ކުއްލި އަކަށް އިދިކޮޅު ޕާރޓީން އިސްނަގާ ތަން ދެން އެއަށް ތާއީދު ކުރާނެ މަޖްލީހުގައި ތިބި އެމްޑީޕީ މެމްބަރުން ވެސް ގަންނާނެއޭ..

  27. ދިސްވޭއޭ

    ސަރުކާރުން ބޭނުންވާ ކަންކަމުގައި މެމްބަރުންނަށް ގުޅަން، އަދިވެސް ގުޅާނަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވާނަމަ އެ ޗެލެންޖް ކޮށްލެވެނީ އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރަށް އަދި އެމްޑީޕީގެ ޗެއަރ ޕާރސަން އަށް އަދި އެމްޑީޕީގެ ރައީސަށް އުސޫލު ތައް ހަމަ ޖެހިފައި އޮންނަ ގޮތަށް ބަލާއިރު ރައީސް އިބޫ މަޖްލީހުގެ މެމްބަރުންނާއި ގުޅަން ވަކި ވަޒީރަކު ރަސްމީ ކޮށް ހަމަޖައްސާފައި ނުވާއިރު ސަރުކާރުން މަޖްލީހުގެ ތެރޭން ކުރަން ބޭނުންވާ ކަންކަމުގައި ގުޅަން ޖެހޭނީ މަޖްލީހުގެ ރައީސަށޭ...

  28. ވިސްނާލުމަށް އެދެމޭ

    ކޮބާ ވޯޓުނަގާ ނިމުނީތަ...ކުރިޔަށް ކުރާނެ ކަންތައް ކުގެ ލިސްޓެ އާއްމު ކުރަނީ... ކަލޭމެންނަ ކުރެވޭނެ ކަންތައްތަ ތި ކުރަނީ ނާޗަރަންގީ ކުޅުން...

  29. ކޮބާތޭކޮބާތޭ

    އިކޮން މިނިސްޓަރު ސީދާ މަޖްލީހުގައި ތިބި އެމްޑީޕީ އެމްޕީން ނަށް އަދި ޖޭޕީގެ އެމްޕީން ނަށް ގުޅައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނު ތަކަށް ބަދަލު ގެންނަން ބޭނުންވެގެން ލޮބީ ކުރައްވާއިރު މަޖްލީހުގެ ރައީސް މަޖްލީހުގެ އިދާރާ ގައި ހުންނަ އިރު މިކަން ކަން ނުބަލަނީ ކިއެއްވެތޭ މިކަން ކަން މަޖްލީހުގެ ނައިބް ރައީސް ނުބައްލަވަނީ ކިއެއްވެތޭ މަޖްލީހުގެ ނައިބް ރައީސަށް މަޖްލީހުގެ ރައީސް ބޭނުންވާ ވަރަށް އެއްބާރުލުން ދެވޭތޭ އަދި އެވަރަށް މަސައްކަތް ކުރެވޭތޭ ކޮބާތޭ މަޖްލީހުގެ ނައިބް ރައީސް ކޮބާތޭ ކޮބާތޭ ކޮބާތޭ ކޮބާތޭ ކޮބާތޭ ކޮބާތޭ ކޮބާތޭ ކޮބާތޭ ކޮބާތޭ...

  30. ގޯންސް

    ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅުއްވައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރަން ޖެހޭނެ ކަމެއް މަމެންނަށް ނޭގިގެން އުޅެނީ މަޖްލީހަކީ އެއީ ގާނޫނު ހަދާ ތަނަކަށް ވާއިރު އެކަމުގައި މަޖްލީހުގެ މެމްބަރުންނާއި ގުޅެން ޖެހޭނީ އެއީ އެޓާރނީ ޖެނެރަލް ނޫންތޭ އިކޮން މިނިސްޓަރު މަޖްލީހުގެ މެމްބަރުންނާއި ގުޅުއްވައިގެން ކުރާނީ ކޮން ކަމެއްތޭ އެއީ މަމެންނަށް ނޭގޭ ކަމަކީ ތިޔާއިން އިނގޭ ކަމަކީ މިސަރުކާރުގެ ތެރޭގައި އެއްވެސް ނިޒާމެއް ނެތް ކަން ހުރިހާ ކަންކަން އޮތީ ބޮއްސުން ލައިފައި ކަމަށޭ...

  31. ފީބާރޭޑިއޯގަސްދޮށުގޭ ވަޒީރު

    ލޯނު ނަގާނީ ކަލޭ ދައްކަންޖެހޭ ގޮތަށް އިނގޭ. އަރުމެންނައި ދަރިންގެ ދަރިންގެ ބޮލުގަ ދަރަނި އުވާނެ ކަމެއް ނެތް.