އިންޑިއާއިން ރާއްޖެ ހިފާނަމަ އެކަން އޮންނާނީ އެތައް ގަރުނެއް ކުރިން ކޮށް ނިންމާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ފައްޔާޒް ވިދާޅުވީ، އިންޑިއާއަކީ ރާއްޖެ އާއި އެންމެ އެކުވެރި ގައުމު ކަމަށާއި އިދިކޮޅު ފަރާތްތަކުން އިންޑިއާ އަށް ފާޑު ކިޔަނީ ރައްޔިތުންނާއި ސަރުކާރާއި ދެމެދުގައި ފިތުނަ އުފެއްދުމަށް ބަހަނާއެއްގެ ގޮތުގައި ކަމަށެވެ.

އަދި ރާއްޖޭގައި އިންޑިއާ އަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ހިނގައިގެން ނުވާނޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

"އެކަމަކު އަޅުގަނޑުމެން ގަބޫލުުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެންނަށް މިގައުމުގައި އެއްވެސް ކަމެއް ހިންގައިގެން ނުވާނެއޭ އިންޑިއާގެ ސަލާމަތަށް ގެއްލުންވާ ފަދަ،" ފައްޔާޒު ވިދާޅުވިއެވެ.

ޗައިނާ މެދުވެރިކޮށް ލޯންތަކަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ، ޗައިނާ އިން ލޯނު ނަގައިގެން ބައެއް ގައުމުތަކަށް އެކަމުގެ ހިތި ނަތީޖާ ފެނިފައިވާ ކަމަށެވެ. އެގޮތުން ލަންކާ ބަނދަރުގެ 99 އިންސައްތަ ޗައިނާ ސަރުކާރުން ނަގާފައިވާ ކަމަށާއި، އަދި އެފްރިކާގެ ބައެއް ގައުމުތަކުގެ ބިންތައްވެސް އެގައުމުން މިލްކުކޮށްފައިވާކަން މިނިސްޓަރު ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ނަގާފައިވާ ލޯނުތަކަކީ ލުއި ލޯނުތަކެއް ކަމަށެވެ. އެގޮތުން އިންޑިއާއިން ނަގައިފައިވާ ލޯނުތަކަކީވެސް އެއްވެސް ތަނެއް ނުވަތަ އެއްޗެއް އެގައުމަށް މިލްކު ވާނޭ ގޮތަށް ނަގާފައިވާ ލޯނު ނޫން ކަމަށާއި، އެ ލޯނުތަކަކީ އެންމެ އިންޓްރެސްޓް ރޭޓު ކުޑަކޮށް ނަގާފައިވާ ލޯނުތަކެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

ދާދި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިވެސް މެމްބަރުން ވަނީ ޗައިނާ މެދުވެރިކޮށް ރާއްޖެ އިން ގިނަ އަދަދެއްގެ ލޯން ނަގާފައިވާތީ އެއީ ރާއްޖެ އަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރީގެ ސަރުކާރުން ކޮށްފައިވާ ކަމެއް ކަަމަށް އެމްޑީޕީގެ މެންބަރުން ވަނީ ތުހުމަތު ކުރައްވައިފައެވެ. މިކަމަށް ރައްދު ދެއްވައި އިދިކޮޅު މެންބަރުން ވަނީ ލޯނު ނެގި އިރު، އެ ލޯނުތައް އަނބުރައި ދައްކާނެ ހަރުދަނާ އުސޫލުތަކެއް އޮތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ސަގަރު

    ކޮންމެމީހަކު ބުންޔަސް މީ ވަ.ރަގަޅު ވާހަކައެއް

    6
    125
    • ކޮރޯނާ

      މި ބުރާންޗަކަށް ނޭނގޭތަ ޤައުމެއް އިސްތިއުމާރު ކުރެވޭ ބައިވަރު ގޮތް ހުންނަކަމެއް؟

      91
      3
    • ބޯހަލާކު

      ދެންކީއްކުރައްވަންތޯ ރާއްޖޭގެ އެކިސަރަހައްދުތަކުގަ އިންޑިޔާސިފައިންބައިތިއްބާފައެތިބީ..؟! ދިޔަރެސް ނޫހުންމިސުވާލު މާރިޔާ ޑިފެންސްމިނިސްޓަރާ ކުރުމުން ކީއްވެތޯ ޖަވާބެއްނުދެވުނީ.!؟އިންޑިޔާ ފެނައްދިރިގެން އުޅެންފެށިތާ އަދިމިވީ 30އަހަފު.! ޢެހެންގައުމުތައް ކޮންޕިއުޓަރުތައްބަހައްޓައިގެން ކަންތައްތައްކުރިއިރުުވެސް މިމީހުންއުޅުނީ ބޮޑެތި މޮނީޓަރުފޮތުގަލިޔެގެން (އެސްބީއައި) ރާއްޖޭގަހުއްނަ އިންޑިޔާ ބޭންކައް އޭރުބަލާލު
      މުންފެއްނާނެ.؟! ނަޝީދުރުއްސަން ރައްޔިތުން ގުނބޯނަހައްދާ...އިނޑިޔާއަކީ ރާއްޖެއަށް ހުރި ބިރެއް މިހާރު...ރވިސްނާތު ފުންކޮއް.

      72
      1
    • ޙައްގުބަސް

      ކޮންމެ މީހަކު ރަގަނޅު ވާހަކައެއް ބުންޏަސް ހަމަ ރަގަނޅު ވާނެ!! އެކަމަކު ފައްޔާޒު މިދައްކަނީ އަދި މުޅިން ރަގަނޅު ވާހަކައެއްނޫން!! އިންޑިޔާއިން ބޭނުންނަމަ މިގައުމު ކީއްކުރަން އިންޑިޔާގެ ވަށައިގެން ހުރި ކުދި ގައުމުތަކަށް އަރާ ހިފިދާނެ!! އެކަމަކު ދުނިޔޭގެ ގާނޫނު ބުނާގޮތަކުން އެއްވެސް ގައުމަކުން އަނެއް ގައުމަކަށް މިލިޓަރީން އަރާ އަމިއްލައަކަށް ނުހިފޭނެ!! އެހެން ގައުމަކަށް އަރާ ޙާސިލްކުރަން ބޭނުންވާ ކަމެއް ޙާސިލްކުރެވެނީ އދ.ގެ ނިންމުންތަކާއެކު! އެނޫން ގޮތަކަށް އެކަން ނުކުރެވޭނެ!! ދެން ފައްޔާޒު މިކިޔަނީ އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންދޭގޮތަށް މިގައުމުގައި ކަންތައްތަކެއް ނުކުރެވޭނެޔޭ!! ރަގަނޅު ވާހަކައެއް!! އިންޑިޔާއަށް ގެއްލުންވާގޮތަށް މިގައުމުން ކުރީ ކޮންކަމެއްް!! ޗައިނާއާއެކު ގުޅުން ގާއިމުކޮށް އެގުޅުމުގެތެރެއިން މިގައުމު ބިނާކޮށް ތަރައްގީކުރަން މަސައްކަތްކުރުމަކީ އިންޑިޔާއަށް ނުރައްކާކުރުން ކަމަށް ދެކޭނަމަ އެއީ ގޯހެއް!! އިންޑިޔާއިން މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭގޮތަށް އަދި މިގައުމުގެ އިގްތިސާދަށް ސީދާކޮށް އެމީހުން ބަސްބުނެ ބާރު ހިންގޭ ގޮތަށް ކަންކަން ކުރަން މަސައްކަތްކުރަމުންދާ ކަމީ ޙަގީގަތެއް!! މިގައުމުމަށް ލިބޭހާ ފައިސާ އެމީހުން ގެންދާގޮތަށް ކަންކަން ބައްޓަން ކުރުމަކީ އަޅުވެތި ނޫން ދެންކޮންކަމެއް؟ ނިކަން ބަލާ ހެލިކަޮޕްޓަރ ދިނީޔޭ ބުނެ އެގައުމުގެ ސިފައިން މިގައުމުގެ ސްރެޖިކް ތިން ލޮކޭޝަނެއްގައި ބައިތިއްބާ ގޮތަށް އެއްބަސްވުން ހެދުމަކީ މިނިވަންކަމަށް އަރައިގަތުން!! ލ.ކައްދޫ، އައްޑުއަތޮޅު ގަން އަދި މިހާރު ހދ.ހަނިމާދޫ މިތިންތާ އެމީހުންގެ ސިފައިން އެތިބީ!! ޗައިނާއިން ލޯނެއް ދޭއިރު މިފަދައިން ކަންކަން ޝަރުޠުކޮށްފައިވޭތަ؟ ނުވޭ!! ދެން މިހާރު މިއަޑު އިވެނީ ގުޅިފަޅު ޕޯޓް ހާބަރު ހެދުމާއި ދިގު މުއްދަތަށް އެމީހުން އެތަން ހިންގަން ޙަވާލުކޮށްގެން އުޅޭ ވާހަކަ!! މިއީ ރާއްޖޭގެ އިގްތިސޯދު މައިނާރެއް ކޮންޓްރޯލް ނެގުން ނޫންތޯ ފައްޔާޒު!! ކަނޑި ބަޑި ހިފައިގެން އައިސް މިގައުމު ނުހިފިއެއްކަމަކު މިހިރަ ކަންތައްތައް މިހެން ހުރުމުން ހަމަ މިނިވަންކަން ގެއްލުން ނޫން ދެން ކޮންކަމެއްތޯ އޮތީ؟ މިނާޒުގެ ދަނޑިވަޅުގެ ބޭނުން އިންޑިޔާއިން ހިފައިގެން މިގައުމު ހިންގަން ތިބި މީހުންނަށް ރިޝްވަތު ދީގެން ބޮޑު ތަނުން ގައުމު ދަރުވާލުމުގެ ބޭނުން އެތައް ސަތޭކަ މިލިއަން ޑޮލަރު އިންޑިޔާއިން އެކި ނަންނަމުގަ އެދެނީ!! މިކަން މިކުރަނީވެސް އެމީހުން ބޭނުންވާގޮތަށް އެގްރިމަންޓްތައް ބައްޓަންކޮށްގެން އޭގައި ސޮއިކުރުވައިގެން!! މިސަރުކާރު އައިފަހުން އިންޑިޔާއާއެކު ހަދާފައިވާ އެގްރިމަންޓްތައް ނިކަން ރައްޔިތުންނަށް ދައްކާލަބަލަ! އޭރުން އެގޭނެ ގައުމު އޮތް ޙާލަތު!!

      72
    • އަސްލުހާލަތު

      ވާނުވާ ނޭނގޭ މީހުންނަށް ރަނގަޅުވާނެ.. ބޯގަންވިލާ މީހަކު ދައްކާނެތަ ސަހަލުވާހަކައެއް؟؟ ބަލަ ތިޔަ ބުނާ އިންޑިއާ އަކީ އިހަށްދުވަހު ވުޖޫދުވި ޤައުމެއް، އިނގެރޭސިން ފައިބައިގެންދަމުން އެތާނގަ އޮތް އިސްލާމީ ވެރިކަމުގެ ބާރު ކަނޑުވާލާފަ ހޭވި ހަޑިއެއް.. އެތުރުކަރައިގަ (މިހާރުގެ އިންޑިއާގަ) އޭރު އެކި ސަރަހަށްތަކުގަ އެކި ވެރިކަންތަށް ކުރަމުން އައީ މުގަލް އެމްޕަޔަރ ފަދަ ރަސްކަންތަކުން.. މަޝްހޫރު ހޮޅިންނާ މަލަބާރުން ނަކީވެސް ތިޔަ ބުނާ އިންޑިޔާ އެތަށް ދުއްދުރާތަކެއްކޮށް ރާއްޖެ އަޅުވެތިވެސް ކުރި، ކަންނަން ނޫރު އަލީރާޖާގެ ދުއްތުވާވެސް އެހާބޮޑު ރާއްޖޭގެ ރަދުން ބަނދެގެން ގެންގޮސް ދެ ލޯ ކޮނެލި. އޭރުން ސުރެއް މި ދަޢުލަތަށް ފެން ބޮވައިގަނެފަ ތިބޭ ބައެއް.. ތިޔަ އިންޑިއާ އުދެފުނު އިރު ކަނޑިބަޑި ހިފައިގެން އަރާ އަޅުވެތިކުރުމުގެ ޒަމާން ގޮއްސައޮތީ. އދ ފަދަ ބައިނަލް އަގުވާމީ ޖަމާއަތްތައް އުފެދި ބައިނަލްއަޤުވާމީ ޤާނޫނުތައް ހެދިފަ. އެހެންވީމަ ހަމަ ޓަސްލާފަ އަރާ ޤައުމެއް އަޅުވެތި ނުކުރެވޭނެ. މިހާރު އެބައިމީހުން އެކަން ކުރަނީ ފިކުރީ ގޮތުން މަކަރުވެރި ރޭވުންތަކާއެކު ޤައުމުތައް އިޤްތިސޯދީގޮތުން އަޅުވެތިކޮށް ދަރަނިވެރިކޮށް ދަރަނި ނުދެއްކުމުގެ ބަދަލެއްގެ ގޮތުން ޤައުމުގެ އެކިބައިތަށް އަތްދަށުލަމުންގޮސް ވެރިވެ ގަންނަ ގޮތަށް އެ ދަޢުރު އެބައިމީހުން އެބަކުޅޭ.. ހާއްސަކޮށް ހިންދޫ މަކަރުވެރި ފާސިދު ބީޖޭޕީގެ ވެރިކަންތަކުގަ..

      59
    • ދދދދދދ

      އެސޮރު ކަހަލަ ބުރާންޗެއްތާ ކަލެއަކީވެސް

  2. އަޑަފި

    ތިހެންވިއްޔާ ޗައިނާއިންވެސް އޮންނާ ހިފާފައެއްނު އެމީހުން ބޭނުންނަމަ.

    89
    1
    • އަލިބެއްޔާ

      ޗައިނާ އަކީ ވަރަށް އާދައިގެ ކައްޕަޅި ބައެއްކަމަށް ބައެއް މީހުން ހީކުރޭ..

  3. އިންޑިޔާ

    އެތައް ގަރުނެއް ކުރިން އިންޑިޔާ ކިޔާ ގައުމެއް ނެތް.

    86
    2
    • ބޯގަނޑުވިލާ

      އެހެން އޭރުވެސް އެބައިމީހުން ރާއްޖެ އަޅުވެތިކޮށް ދުއްތުރާކުރި. ބޯގަންވިލާ މީހުންގެ ލާދީނީކަމުގެ އިތުރަށް ގައުމިއްޔަތެއް ނުދަންނާތީ މަލަބާރީންނާ (ހޮޅިން) ކަންނަންނޫރު އަލީރާޖާގެ ވާހަކަ މިރާއްޖޭގެ ތާރީހުގަ ލިޔެވިފަ އޮތް ގޮތެއް ނޭނގޭނެ.. ބަލަ އެއީ އޭރު ތިޔަބުނާ އިންޑިޔާ މީހުންނަކީ އެމީހުން މިތަން އަޅުވެތިކޮށް އެތަށް ދިއްތުރާތަކެއްކުރި ދިވެހި އަބުތޯލުންގެ މިންނެއް މަސައްކަތާ ހިކުމަތު ޢަމަލީގެ މޮޅުކަމުން ﷲތަޢާލާގެ ވާގިފުޅާއެކު މިނިވަންކަން އަނބުރާ ހޯދީ..

      57
      2
  4. ބަހުބަރު

    ފައްޔާޒަށް އޮޅިގެން ތިއުޅޭނީއްވެތަ! އެތައްގަރުނެއްކުރިން އިންޑިޔާއިން ރާއްޖެ ހިފަން އުޅުކަން ނޭގެނީތަ! އެވަރުވެސް ނޭގޭނަމަ އަގަނުތަޅާ މަޑުން ހުރެވޭތޯބަލާ!

    57
    1
  5. އާދަނު

    ނުހިފޭނެ! އަހަރެމެން ފުރާނަ ހުރިހައި ހުނދަކު ނުހިފޭނެ! އެމީހުން މިތަން ހިފަން އުޅެ ނުހިފިގެން ތިކަހަލަ ގަމާރުންނަށް ފައިސާ ދީގެން މިޒަމާނުގައި އަޅުވެތިކުރާ އުސޫލުން އެހީއޭ ލޯނޭ ޑިޕްލޮމެސީއޭ ކިޔައިގެން ދިވެހިންގެ މައްޗަށް އަތްގަދަކުރަން އެ އުޅެނީ! މަލަބާރުންނާއި ޕޯޗުގީޒުންނަށް ރާއްޖެ ހިފުނީ ތިކަހަލަ ގައްދާރަކު މިބުމުން ފާޅުވުމުން!

    48
    1
  6. ބައްޕަ

    އިންޑިއާޔާއަށް ކުރިޔަ ކުން ނޭގެ އޭ މި ކުޑަ ކުޑަ ދިވެހި ރާއްޖޭން ކިހާ ބޮޑު ފައިދާ އެއް ނެގި ދާނެ ކަމެއް ، އެވަރު ނޭގުނު ދޯ މަނި ކު ފާނަ ކަށް، ނޫނީ އިނގެން ބޭނުން ނުވާ ނީ ދެއްތޮ؟

    41
    1
  7. ޖިހާދު

    އިދިކޮޅުގަ އުޅެނީ ބޯބުރާންތިން

    6
    48
    • Anonymous

      ބޯބުެާންތިންނަށް ނޭނގޭނެ ގައުމުތައް އިސްތިއުމާރުކުރެވޭނަމަ އިންޑިޔާވުރެ 100 ހުނަބާތުގަދަ ޗައިނާއިން ނުވަތަ އިނގިރޭސިންވެސް ބޭނުން ގައުމެއް ގައުމެއް ހިފާނެކަން.

      19
      1
  8. މާލެ ބޭބެ

    ޤައުމުގެ މިނިސްޓަރ އަކަށްހުރެ ކޮސް ވާހަކަ ނުދައްކާ...ޤައުމުތައް މިއަދު ހިފަނީ ފިކުރީގޮތުން ތަޅުއަޅުވައިގެން 600 މިލިއަން މީހުންނަށް ކަރަންޓާއި ފާޚާނަ ނެތް ޤައުމެއްގައި އެހެން ޤައުމަކަށް 1 ބިލިއަން ޑޮލަރ ދޭނީ ވަރުގަދަ ތަޅެއް އަޅުވާފަ... އަދި އިންޑިއާއިން ދޭނީ ހިލަ، ވެލި، ސިމެންތި، ދަގަޑު ބޮޑް އަގުގަ... އެއީ ތިލޯަނަކީ... ދިވެހިންނަށް އުއްމީދުތައްދީފަ އެއްވެސް ވައުދެއް އަދި ނުފުއްދޭ...ވައްކަން ކުރަނީ... އެސް އެމް އީ.. ބެންކޭ ކިޔާ ފައިސާ ރައްޓެހިންނަށް ބަހަނީ... ކުރި ހޯދާނީ ރ ނަޝީދު ... ފެއިލްވާނީ އިބޫ ކޮޅު...2023 ރާއްޖޭގެ އިންތިޚާބީ ރައީސަކީ ރ ޔާމިން... ރައްޔިތުން ރަތަށް އަރާ ނުކުންނާނެ... ކޮބާ 20000 ފުލެޓް.. މާލޭ ރައްޔިތުންނަށް 6.6 ކިލޯ މީޓަރ ބުރިޖަކަށްވުރެ މުހިންމީ ބޯހިޔާ ވަހިކަން..

    37
    1
  9. އާދިލްސަލީމް

    ބައްލަވާ މަނިކުފާނު. އެމީހުންއަތުން ރިޝްވަތު ނަގާ އެމީހުން މިތަނަށް ދަހިވެތިކިރުވަނީ މަނިކުފާނުމެން. އެހެންވީމާ މިވެސް ކުރެވޭ ކަމެއްކަން އެމީހުނަށްވެސް އެނގުނީ. ތިޔަ ފަރާތުގެ މީހުން ބޭނުންވަނީ ގައުމު ވުއްކާލައޮގެންވެސް ވެރިކަމާ މުދަލާ ފައިސާ. ގައުމަށް ކޮންމެ ގޮތެއްވިޔަސް އޯކޭ ކަމަށް ބަލައިގެން

    32
    1
  10. ސަނީ

    ފައްޔާޒަކީ ދޮގުހަދާ މީހެއް..

    39
    1
  11. ނ

    ތާރީޚް އެނގިވަޑައި ނުގަންނަވަނީ...ހޮޅިން މަލާބާރިން
    ޙޮޅިން ރާއްޖެ ނުހިފާތޯ...ޕިޗޯރިން ވެސް ވެރިވެގަންނަން ނޫޅޭތޯ....3 ނޮވެމްބަރ އިންޑިޔާ އަޑީގައި އޮވެހިންގި ކަންތަށް
    މި ކަހަލަ ވަހ ަ
    ވާހަ ކަ ދައް ކާނީ ގައުމަށް ގައްދާރު ވާ މީހުން

    39
    1
  12. Anonymous

    އިނޑިޔާއިން ރާއްޖެ ހިފި. ދޮންބާޑަރައިން އެންމެފަހުން އިނޑިޔާގެ މަލަބާރުން ފައްސާލީ.

    43
    1
  13. Anonymous

    ދިވެހި ގައުމުގެ ރަސްގެފާނު ޣިޔާސުއްދީންއާއި ރަސްގެފާނުގެ ދަރިކަލުން ވަގަށްނަގއިގެންގެންގޮސް ދެލޯކޮނެލީވެސް ތި ނުބައި އިނޑިޔާމީހުން.

    46
  14. ޢަހުރނ

    ދުނިޔެ ދައުރުވޭ.. އިއްޔެ ވެރިކަން ކުރި މީހުންނެއްނުން މިއަދު ކުރަނީކީ..ދާދި މިދާކަށްދުވަހު އިރާގައް ބަޔަކު އެ އެރީ.. މިއޮތް ހުރިހާ ގަރުނަކު ނާރާ.. މިގޮތައް ރައްޔިތުންނަށް ވިނައި ދިނުމުގެ ވ ނުބައ ބޭނުމެއް އޮންނާނެ

    36
  15. ޢީސަ

    މަުމޫނު އާދޭސް ކޮށް ގެން 1988 ގައިވެސް އިންޑިޔާމީހުން ރާއްޖެއިން ފޭބީ..

    37
    • އަލިބެއްޔާ

      އެމީހުން ހިނގި އޮޕަރޭޝަންގެ ބަދަލުގައި ހުރިހާ ޚަރަދެއްގެ އިތުރަށް 2 މިލިއަން ރުފިޔާ ދިންކަމަށްވޭ.. ހިލޭ ސާބަހަށް ކުރި ކަމެއްނޫން.. ބާޣީން މަނަވަރުގައި ގެންދިޔަ ދިވެހިން ގަޔަށް ބަޑި ޖެހީ އިންޑިއާ މީހުން ގަސްތުގައި.. އިންޑިއާގެ އަޅުވެތި ކަމުގައި އުޅެން ޖެހިފަ މިއޮތީ..

      20
      • ޒިމްޒިމް

        އަދި ބަދަލެއްގެ ގޮތުން ރަށެއްދޭންވެސް އެދުނު.. ރައީސް މައުމޫނުގެ ޙިކުމަތު އަމަލީ ބޭނުންކޮއްގެން ފައިސާދީފަ އެމީހުން ރާއްޖެއިން ފައްސާލީ.. މިހާރު މިތިބަ މީހުން އިންޑިޔާގެ ވެރިކަމުގައި އެދުވަހު ތިބިނަމަ.. ރާއްޖެދޫކޮށެއްނުދިޔައިސްކަން ޔަޤީން..

        24
  16. ބަލަ

    ތިޔަހެން އެކަމެއްވެސް ނުކުރެވޭނެދޯ؟ އެއީ ރައިސް މައުމޫނު ދައުރުގައިވެސް އެމީހުން 3 ނޮވެމްބަރުގައި އައިސް ނުފައިބަން ވަރަށްވާހަކަދެއްކި އެކަމަކު މައުމޫން ގެ ވިސްނުން ފުޅާއި އެއިރު އެމެރިކާ އިނގިރޭސިންނާއި އޮތް ގާތްގުޅުމުގެ ސަބަބުން އެމީހުންނަށް ތިބެވޭގޮތް ނުވި. އަދި އިންދިރާގާންދީގެ ޒަމާނުއްސުރެ އެމީހުންގެ ޗާޓުގައި ދިވެހިރާއްޖެއަޚީ އިންޑިޔާގެ ތަނެއް ކަމުގައި ބުނެފައިވޭ

    32
  17. Anonymous

    މީ ކަނަޑަ އެޅިގެން ދޮގެއް. ޕޯޗްގީޒުން ފިޔަވައި ދެވެހި ގައުމާ ކުޅުނު ބަޔަކކީ ހަައެކަނި އިންޑިޔާމީހުން. 1919 ވަނައަހރު ފުރަތަމަ ބޮދުހަނގުރާމަ ނިމި ލީގްއޮފް ނޭޝަންސްއުފެދުމާއެކުބއިސްތިއުމާރު ނިމުމަކށްއައި. އެއީ ގައުމަކަށް އަރާއެތަން ހިފައިފިނަމަ އެހެންގައުމުތަކުން އިސްތިއުމާރު ގައުމާދެކޮޅަށް ހަނގުރާމަކުރާނެކަމަށް ހުރިހާ ގައުމަކުން އެއްބަސްވެފައިވާތީ. އޭގެކުރިން އިނޑިޔާއަކީ އެތަށްވެެިކމެއްގެމައްޗަށްހިމެނުނު ގައުމެއް. 20 ވަނަގރުނުބއިނޑިޔާގެ ރާޖާމަހާރާޖާއިންގެ ވެރިކަން ނިމުމަކަށް ގެނައީ އިނގިރޭސިން އެގައުމުން ފޭބުމާއެކު 1968 ގަ. ދިވެހި ގައުމުގެ މައްޗަށް ބާރުފޯރުވުމަކީ އެމީހުނގެ ޑްރީމް. ފައްޔާޒުމެން މިގައުމުގެ ގައްދާރުން އެކަން އެކުރަނީ.

    38
  18. Anonymous

    ފައްޔާޒު މޮޔަވީތަ. ތި އިނޑިޔާގެ ވެރިކަމެއް އުފެދުނީ 1945 ގައި ޔޫއެންއުފެދި އިނގިރޭސިންގެ އިސްތިއުމާރުން އިންޑިޔާ ސަލާމަތްވުމަށްފަހު. އޭގެކުރިން އިންޑިޔައަކީ ރާޖާއިންގެ ސަރަހައްދީވެރިކަންތަކެއްކުރި ތަނެއް. ޔޫއެންއަށްފަހު އިސްތިއުމާރެއް ނުކުރެވޭނެ. ޔޫއެން ޗާޓަރގައި ބުނެފައި އޮންނާނެ އެހެންގައުމކަށް އަރައިފިނަމަ އެރިގައުމާދެކޮޅަށް ބާރުގެ ބެނުންކުެާނެކަމަށް. އެހެންވީމަ މިހާރު އިސްތިއުމާރުކު ކުރާގޮތަކީ ގައުމުގެ ގައްދާރުންލައްވާ ގައުމުގެ ވެރިކަން ކޮންޓްރަޮލްކޮށް ގައުމުގައި ބޭރުގެ އާބާދީ އިތުރުކުރަނީ.

    35
  19. ަައާވިމް

    ފައްޔާޒޫ އެތައް ގަރުނެއް ކުރިން މިގައުމު އޮތީ މުހިމު ތަނެއްގެ ގޮތުގައެއް ނޫން. ހާދަ ކަމެއް ނޭގޭ ބޭފުޅެކޭ ދެއްތޯ؟އެތައް ގަރުނެއް ކުރިން ބުރިޖު ނޭޅީ ކީއްވެބާ؟

    32
  20. މަކަރުން އެދަނީ އަތްގަދަ ކުރަމުން

    މިހާރުވެސް މަޑުމަޑުން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރަމުންނޫންތޯ މިދަނީ. އިންޑިއާގެ ނުފޫޒު މިހާރު ރާއްޖޭގެ ވެެރިކަމާ ރިޔާސީ އިންތިޙާބަށް ވެސް ވަނީ ފޯރާފައި.

    34
  21. ހަަނި

    ފަޔާޒު މޮޔަަފުޅުވިތޯ އެެގޮތަށް ހިފޭނަމަ ކުދި އެތްވެސްގައުމެތް ނޯނާާނެ ނޫތޯ ؟

    35
  22. ނަފީސާ

    އިތުބާރު ނެތް ކަމުގެ ވޯޓް ނަގާފަ ބޭރުކޮށްލާނެކަމަށް ބިރުން ރ.ނަޝީދު ރުއްސަން ދައްކާ ވާހަކަތައް.

    31
  23. ޖަރީމާރާއްޖެ

    1988 ނޮވެމްބަރު 3ގަ ރަޖީވް ގާންދީގެ ޕްލޮޓްއާއަ ގުޅިގެން ސިއްކަ އަދި ބޯގަންވިލާ އިސްމާއިލު ނަސީރުމެންގެ ފިލްމެކޭ އެއްފަދައިން އުނތަ؟

    24
  24. Anonymous

    އިނޑިޔާއިން ބޭނުން. ބައިނަލްއަގުވަމީ ގާނޫނުތަކުން މަނާކަމެއްވީމަ ނުކުރެވެނީ. ތި އިނޑިޔާ ވުޖޫދުވިތާވެސް އަދިމިވީ 54 އަހރު. އޭގެ ކުރިންއޮތީ ހިންދުސްތާނު. ހިންދުސްތާނަކީ ކުދިކުދި ވެރިކަންތަކެއް ރާޖާއިން ކުތި ތަނެއް. ގަރުނު ކިޔަނީ ފައްޔާޒުމެން ރައްޔިތުންނަށް އޮޅުވާލަން.

    19
  25. ތުނޑުހަސަނު

    މީގެ އެތައް ގަރުނެއްކުރިން އިންޑިޔާއިން ރާއްޖެ ހިފިކަން ފައްޔާޒަށް ނެގުނުދޯ؟ އޭރުގެ ހިތްވަރުގަދަ ބަތަލުންގެ ސަބަބުން ފައިހަރުކޮށްގެން ނުތިބެވުނީ. އޭރަށްވުރެ މިހާރު ރާއްޖޭގެ ބޭނުންތެރިކަން އިންޑިޔާއަށް މާބޮޑު. މިރާއްޖެހިފަން ބޭނުންވޭ. ކަލޭމެންނާ ގުޅިގެން އެކަންވޭތޯ އެބަލަނީ. ހަމަހިލާ އެކަމެއް ވިޔަކަ ނުދޭނަށް. ދެންއަންނަ ސަރުކާރަކުން އިންޑިޔާގެ ހުރިހާ ސިފައިން މިގައުމުން ބާލާނަށް . ދުނިޔެ އުމުރަށް ފައްޔާޒުމެންނަށް ވެރިކަމުގައި ތިބެވޭނެކަމަށް ދޯ ހީވަނީ. ﷲ އިރާދަފުޅު ކުރެއްވިއްޔާ މާގިނަދުވަހެއްނުވެ މިވެރިކަން ބަދަލުވާނެ.

    21
  26. ޞަހީފާ

    ކަލޯ! މަލާބާރީންނާ ހޮޅިން އެއީ ފަލަސްޠީނު ބައެއްތަ؟ ގަމާރުވިޔަސް ބޮޑުވަރު

    19
  27. ާައަސްލުއިސްމާއީލު

    ރާއްޖެ އެއް ނުހިފޭނެ، ގައުމަށް ގައްދާރުވެފަ ހުރި ބޮޑު ބާއީ އެއްމީ، މި ކަލޭގެ ހައްޔަރު ކުރަންޖެހޭ، މާބޮޑު މިނިސްޓަރަ ކަށް ވެެގެން ހިތުހުރިހާ އެއްޗެއް ނު ކިޔޭނެ..

    18
  28. ޖުހާގެބޭބެވުހާ

    ޝަހިންދާ އަ ކީވެސް ހައްދު ފަހަނަޅާފަހުރި މީހެއް ދައް ކާނީވެސް އެ ކަހަަލަ ވާހަ ކަ، މި ކަލޭގެ އިސްވެހުރެ ޝަހިންދާ ފުރުވާލީ، މީނަ މި އުޅެނީ މިގައުމުގެ ދުވަސްދުއްވާލެވޭތޯ.

    18
  29. ބީތާ

    މި ބްރާންޗަށް ނޭނގެނީތަ އެތައް ފަހަރަކު މަލާބާރިންނާއި އެތައް އެތައް އިންޑިއާ ބަޔަކު އައިސް މި ގައުމު ހިފިކަން. މިތާ ތިބި ބަޔަކު ޝަހީދުވެ ޖިހާދު ކުރިކަން. އެމްޑީޕީގެ އިސް ސަފުގައި ތިބީ މުޅިންވެސް ޤައުމަށް ޣައްދާރުވެފައި ތިބި ޚާއިނުުންނާއި އެމީހުންގެ އާއިިލާ މީހުން. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިިޔޭގައި ހަަމަތަކެއް ޤާއިމް ކުރީމައި ކުރިން އެރިހެން އަރައި ގަންނަން އުނދަގޫވާނެތީ އެހެން ގޮތްގޮތުން މި ގައުމުގެ އަމިއްލަ ބާރު ދުއްވާލަން އިންޑިއާ ކެނޑިނޭޅި މަސައްކަތްކުރާކަން ނޭނގެނީތައް. ނޫނީ އެނގިގެންވެސް އެމީހުންގެ ބާރުގައި ވެރިކަމުގައި ތިބެން ވިސްނަނީތަ. ބޫޓާން ނޭޕާލް ބައްލަވާ ހެކި ފެންނާނެ. ދިވެހިން ހޭ އަރާ

    20
  30. ކަޅުބެ

    ހިސްޓުރީ ބަލާލަބަލަ ފަށްޔާޒަށް އިކޮނޮމީވެސް އަދި ހިސްޓުރީވެސް ކިޔަވައިދޭން މިޖެހެނީ ރަށްޔަތުންނަށް އިންޑިއާގެ ވޯރާވިޔަފާރިވެރިންނޭ ކިޔާއަޑު އެހިންތަ ނޫނީ ބޮންބޭމިސްކިތް ނުވަތަދިވެހިން ކިޔާއުޅޭ ބުންބާމިސްކިތޭ ކިޔާއުޅޭއަޑު އެހިންތަ އެއީ އަތްގަދަކުރަންއުޅުނު އިންޑިއާ މީހުން .

    18
  31. ޢަލިބެ

    މާޒީގެ ތާރީޚްގައި އެންމެގިނައިން ރާއްޖެއަށް އައިސް ދިވެހިންނަށް އެކިކަހަލަ ގޯނާކުރަމުންދިޔައީ އިންޑިއާމީހުން. ހޮޅިންނަކީވެސް އިންޑިއާ ބައެއް. މަލާބާރީންނަކީވެސް އިންޑިއާބައެއް. ޗޯޅާއިންނަކީވެސް އިންޑިއާ ބައެއް. މީ ޙަޤީޤަތް.

    21
  32. ޒިމްޒިމް

    އަދި ބަދަލެއްގެ ގޮތުން ރަށެއްދޭންވެސް އެދުނު.. ރައީސް މައުމޫނުގެ ޙިކުމަތު އަމަލީ ބޭނުންކޮއްގެން ފައިސާދީފަ އެމީހުން ރާއްޖެއިން ފައްސާލީ.. މިހާރު މިތިބަ މީހުން އިންޑިޔާގެ ވެރިކަމުގައި އެދުވަހު ތިބިނަމަ.. ރާއްޖެދޫކޮށެއްނުދިޔައިސްކަން ޔަޤީން.. މި ބުރާންޗަކަށް މިވަރުވެސް ނޭނގޭދޯ

    16
  33. އައިއޭ

    ނުހިފޭނެ މީ އަޅެ ހަމަ މީހެއްތަ

    10
  34. ބިންގޯ

    އެތައް ގަރުނެއް ކުރިން މި ރާއްޖޭން ލިބިދާނެ ފައިދާއެއް އިންޑިޔާ އަކަށް ނޭގެޔޭ.

  35. އައްޔު

    ފައްޔާޒޫ ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ހިފަންބޭނުންނަމަ ހިފާނެ އެކަމަކު ފައްޔާޒުގެ އުމުރުގައި ޤައުމެއް ހިފާފައިވޭތޯ؟ ހަމަ ގައިމުވެސް އަހަރެންގެ އުމުރުންވެސް 30އަހަރު ވެއްޖެ ޤައުމެއް ނެތް ހިފާފައި ދެން ރައްޔިތުންވީ އަތްޖަހަންތޯ؟ އިންޑިޔާއިން ބޭނުންވީމާ ހިފިފައި ޗައިނާ އެމެރިކާ ފްރާންސް އިން ބޭނުންވީމާ ނުހިފޭން މީ ނިއުކުލިއަރ ބާރެއްތާ؟ ދައްކާ ވާހަކަ ކަލޯ ހަމަތަ

  36. އަޙްމަދު

    ތީހަމަ، ނެތިގެންދިޔަ ހަޟާރަތްތަކުގައިވެސް ކަންވެގެންދިޔަގޮތް، ވިސްނައިދޭން މަސައްކަތްކުރާނީ ތިގޮތަށް، ދެން ބުނާނެ އެމީހުން މިރާއްޖެއައިސް ތިބިއްޔާ ވާނީ ކީއްހޭ، މިތާ ފައްޅި އެޅިއްޔާ ވާނީ ކިހިނެތްހޭ، އަހަރެމެން އަރާނީ މިސްކިތަކަށް ނޫންހޭ، އެކަމަކު ފުރަތަމަ ދެދުވަހު އެހެން ވެދާނެ އެކަންކަން ފެންނާނީ ޖީލަކަށް ފަހު، އޭރު ފައްޔާޒެއްވެސް އަންނިއެއްވެސް އިބޫއެއްވެސް ނުހުންނާނެ. އޭރު ގިނަވާނީ އެހެންކޮންމެވެސް ބައެއް

    10
  37. ސަލާމްބެ

    ދައުލަތުގެ ވަޒީރެއްގެމަގާމުގަ ހުރެދިވެހިގައުމުގެ މިނިވަންކަމާއިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ބަދަލުގަ އިންޑިއާގެ އުނގައްވެއްޓިގަނެ މިގައުމުގެއަބޮތޯލުންނައް ތިޔަކުރަނީ ފާޅުކަންބޮޑު ފުރައްސާރަ.
    އުޑެއްބުޑެއް ނުދަންނަ ޖާހިލުން ވެރީންނައްވެ އިލްމާއި ހިލްމުހުރި ގާބިލުމީހުން ކުށްވެރީންނައްވެ ދިއުމީވެސް މުސީބާތް. ބޮޑެތިޖަރީމާތައްހިންގާ ބޮޑެތިމުޖުރިމުން އެއީ ލަފާދާރުން ކަމުވެ ހެޔޮލަފާމީހުން ޓެރަރިސްޓުންގެ ނަމުގަ ޖަލުގެތޭރިތަކުގަ ތާށިކުރުމީ ހާކިމުންގެ ތަނަވަސްކަންކަމުގަވުމީ ގާތްކަމެއް. ވަﷲޢަޢްލަމް

    10
  38. ސާހިބު

    މަކަރުހަދައި ރައްޔިތުން ހައްލަން ތަފާތު ޑުރާމާތައް ހަދައި މިހާރު ފައްޔާޒުމެން ދައްކާވާހަކައެއް ރައްޔިތުން ގަބޫލެއް ނުކުރޭ! މީއީދޮގުވާހަކައެއްނޫން ހަގީގަތް އިގޭތޯ އަހަރެން މިއުޅޭ ރަށުގެ އެމްޑީޕީ ފިކުރުގެ މީހުންވެސް މާޔޫސްވެ ޕާޓީ ދޫކުރަންފަށައިފި އެމްޑީޕީ ކަފުންކޮށް ވަޅުލަންޖެހޭ ދުވަސް މާދުރަކުނެތް

  39. Anonymous

    ބީތާ
    އޭރު ރާއްޖޭގަ ކޯއްޗެއް އޮވެގެން ހިފަން އުޅޭނީ.
    މިހާރު ޓޫރިޒަމް އާއި ފަހުން މި އެނގުނީ މިތަނުގެ އަގު، އެހެންވީމާ މިހާރު ހިފަން އުޅޭނެ

  40. ފަސީލް

    ކަލޭތީ މަރުމޯލެއްކަން މިއަދު ހާމަކޮއްތިޔަދިނީ.. ބޮލައް ބޭސްކުރަންދޭ..

  41. ކޮންތާކު

    އޭރަކު މިތާކު ނުހުރޭ ދުނިޔޭގެ ނަންމަސްހޫރު ރިސޯޓް ތަކެއް ބުރޯ

  42. ރަދީފް ހުސެން

    މިޒަމާނުގަ ތަނެއް ހިސޯ ރުކު ރާނީ ކަނޑިޔާ ބަޑިޔަކުން ނޫން. ރާއްޖޭގެ މައިދޮ ރާށި ޖމ ރ ކުއްޔައް ދީފަވެސް އޭ ރު ސަ ރުކާ ރުންދެއްކީ ތިކަހަލަ މޮޅުވާހަކަ. އެތަނައް ބަސްކިޔުމާ އަ ރާ ފޭބުން ބާއްވާ. ކުއްޔައްދީފަ އަދި ޖމ ރ އެއަ ރޕޯޓް ތަ ރައްގީކު ރަން ނެގި ހު ރިހާ ލޯނަކައްއޮތީ ދިވެހި ސަ ރުކާ ރުން ސޮވެ ރަން ގެ ރެންޓީދީފަ. ތެޔޮވިއްކީ އެމީހުން، ޑެޕެލޮޕްމަޓް ޓެކްސް ނެގީ އެމީހުން، ލޯނޖުތަކާ ފިހާ ރަތަކުގެ ކުލިނެގީ އެމީހުން، ކުލިތައް ބޮޑުކޮއް 3 ގުނަ އިތު ރައް ނެގީވެސް އެމީހުން. އެކަމަކު ކޮންމެ އަހަތެއް ނިމޭއި ރު ސަ ރުކާ ރުން ޖެހެނީ ޖމ ރ ލާ ރިދޭން. ޖމ ރ އިން ސަ ރުކާ ރައް ލިބުން އެއްޗެއް ނެތް. ދެން އޮތީ ބޕޓ އެވެސް މިހާ ރުގެ އެޓާނީ އޭ ރުގެ ޖމޜ ދިފާއީ ވަކީލް އެއޮތީ ވަކާލުކޮއްގެން ބޕޓ ވެސް ޖމ ރ އަތުން ދައުލަތައް ނުލިބޭގޮތް ހަދާފަ. ގައުމުގެ ބިމެއް އަތްލުން މަނާ، ބަސްކިޔުން މަނާ، ގޮތްކިޔުން މަނާ، ދައުލަތައް އަދުލުވެ ރި ފައިދާއެއް ނުލިބެ. ދެން އެއީ ބައެއްގެ ބިމެއް ގަދަކަމުން ހިފުން ނޫންކަމައް ވަންޔާ ދެންއެއީ ކޯޗެއްބާ؟

  43. ދދދދދދ

    އެތައް ގަރުނެއް ކުރިން އިންޑިއާ އޮވޭތަ؟ ތަނެއްދޮރެއް ނޭނގުނަސް ފުއްޕާތި.

  44. ކޮކްޓޭލ

    އެހެންވީމަދޯ ބޭރުގައުމުތަކުގެ ކުންފުނިތަކައް 99 އަހަރައް ރައްތައް ދީ ތިޔަހުސްކުރަނީ މިމާލޭގެ އޭރިޔާ އައް ރައްރަށުމީހުން ޖަމާތިޔަ ކުރަނީވެސް ރައްތައް ފަޅުކޮއް ފަޅުރަށެއް ލިބޭއިރައް ބޭރުބަޔަކައް 99 އަހަރައް ނަމުގަ ކުއްޔައް އަސްލު ވިއްކާލަނީ އަނހާ މިބޭފުޅުން ކީއްކުރައްތޯ 3ޖީލް ނެތި ދާއިރުވެސް އޭގެން ރަށެއް ނުލިބޭނެ ފަހުން ނުހުންނާނެ ހަނދާން ހުރިމީހެއްވެސް އެހެންވީމަ ކިހާވަރެއްދައކާލާނެ އިދިކޮޅެއް އަސްލެއް ކިޔާނެކަމެއްނެއް

  45. ސުވާލެއް

    މިހާރުވެސް މިއޮތީ ހިފާފައި ނޫންތޯ، އިންޑިޔާގެ އަސްކަރީ އުޅަނދުތަކާ ސިފައިން މިޤައުމުގައި އެބަތިބި ނޫންތޯ. ފައިބާށެ ގެންދާށޭ ބުނެބުނެ ނުގެންދިޔަ ނޫންތޯ، މިސަރުކާރުގައި މިހާރު ތިޔަތިބީ އިންޑިޔާ ސަރުކާރުގެ ޕަޕެޓުންނެކޭ މަނުބުންޏަކަސް ގިނަމީން ގަބޫލެއްނުކުތާނެ. މިއީ އަ ޅުވެތިކަމުގެ ފެށުން.

  46. އުތީމު ތަކުރު

    ހަމަ ރައްޔިތުންނަށް އޮޅުވާލަނީ އައްޑޫގަ ޓްރޭނިންގ ސްކޫލު ނަމުގަ ތިޔަ ހަދާތަނަކީ ކޮންތަނެއްކަމެއްވެސް އެނގޭ ސިފައިންގެ މީހަކު އަދި ފުލުހެއްވެސް ނޫޅޭ އެގޭ ވަރަކީ އެހަދަނީ ޕޮލިސް ޓްރޭނިންގ ސޮކޫލެކޭ ކިޔާކަން އެސަރަހއްދު މަތިންވެސް މިހާރު ދަތުރުކުރުން މަނާ ދިވެއްސަކަށް އެތެރެ ނުފެނޭ ވަރަށް ރަނގަޅުވާނެ ހަގީގަތް ހާމަކޮށްދެއްވިއްޔާ!! ދިވެހިންނަށް ނުވަދެވޭ ތަނެއް ސަރަހައްދެއް ހުރުމަކީ އަޅުވެތިކަމުގެފެށުން ތިމީހުނަށް ރުފިޔާ ދިންވަރަކަށް މަތިއޮމާން ކުރުމާ އޮޅުވާލަން ލައްކަ ވާހަކަ ދައްކާނެ އިންޑިޔާއަށް ތާއީދުކޮށްފަ ވާހަކަ ދެއްކުމަކުން ރައީސް ނަޝީދުގެ ހިތް ފައްޔާޒުއަށް ބަދަލެއް ވާނެހެނެއް ހިއެއްނުވޭ އެހެނެއް ނޫން ބޮޑުވަޒީރަކަށް ހަދަން މަސައްކަތް ކުރައްވާނަމޭކިޔާ އޭރުން ސަލާމަތް ވެދާނެ.

  47. ނަން ކިޔާތާ

    އެތައް ގަރުނެއް ކުރިން “އިންޑިޔާ” ކިޔާ ގައުމެއް ނޯވެއެވެ. ޢެއީ 20 ވަނަ ގަރުނުނުގެ މެދުތެރޭ އުފެދުނު ދައުލަތެކެއެވެ.

    އޭގެ ކުރިން އިންޑިޔާ ބައްރުގައި އޮތް އެކި ދައުލަތްތަކުން ރާއްޖެ އަޅުވެތިކޮށް އެކި މިންވަރަށް އެކަން ކާމިޔާބުކުރިއެވެ. މިސާލަކަށް ޗޯޅާއިންގެ ދަށަށް އުތުރުގެ ބައެއް އަތޮޅުތައް ދިޔަ ޒަމާނެއްވެއެވެ. އަދި މަލަބާރީންގެ ދަށަށް މަލިކު ދިޔައެވެ. އަދި މާލެވެސް ހިފިޔެވެ.

  48. ހަސަން

    މިނިވންކަމަކީ ﷲ ދެއްވާފައިވާ ނިއުމަތެއް! ރަންގަޅު ނޫން ބައެއްގެ ބާރުގެ ދަށަށް ދިޔުން އެއީ ކޯފާއަކަށް ނުވާނެތޯ؟