ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިވެ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން ޖެންޑަ މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ވަގުތީ ހިޔާތަކެއް ގާއިމްކޮށްފައެވެ. އެގޮތުން ހާލުގައި ޖެހުނު އާއިލާތަކަށް އެ ހިޔާތަކުގައި ނިދުމާއި، ކެއުމާއި، ބުއިމާއިި، އެ ނޫންވެސް ޒަރޫރީ ބޭނުންތައް ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ.

އެ ހިޔާގައި އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި، މާލެ ސަރަހައްދުން ކޮވިޑް-19 ފެނުުމުން، މާލެ ފުރަބަންދުކުރުމުން މާލޭގައި ތާށިވި މީހުންނާއި، އިގްތިސާދަށް އައި ހީނަރުކަމުގެ އަސަރުކޮށް، މާލީ ތަނަވަސްކަން ނެތުމުން ބޯހިޔާވަހިކަން ގެއްލުނު މީހުން ހިމެނެއެވެ.

އެ އެހީތެރިކަމަކީ ހާލުގައި ޖެހުނު މީހުންނަށް އަމިއްލަ ރަށަށް ދެވެންދެން ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށް ޖެންޑަ މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އެހެންކަމުން މާލެއިން ރަށްރަށަށް މީހުންނަށް ދެވޭނެ އިންތިޒާމް އަލުން ހަމަޖެހުނުތާ ދުވަސްކޮޅެއް ފަހުން، ވަގުތީ ހިޔާގައި ތިބި މީހުންނަށް އެހެން ގޮތެއް ހޯދުމަށް ޖެންޑަ މިނިސްޓްރީއިން ވަނީ އަންގާފައެވެ.

އެގޮތުން އެ ވުޒާރާއިން ވަގުތީ ހިޔާ ހުސްކުރަން ދިން މުއްދަތު މިދިޔަ ޖުލައި މަހުގެ 28 އަށް ވަނީ ހަމަވެފައެވެ. އެ ވުޒާރާއިން ދިން މުއްދަތު ހަމަވި އިރުވެސް ވަގުތީ ހިޔާގައި ތިބި އެއް އާއިލާގެ ހާލަތު ރަނގަޅުވުމުންވެސް އެތަނުން ނުކުންނަން ދެކޮޅު ހަދާތީ، އެ ހިޔާ ބަންދުނުކުރެވިވާ ކަމަށް ޖެންޑަ އިން ވިދާޅުވެއެވެ.

އެ އާއިލާގެ މީހަކު "ވަގުތަށް" ބުނީ އެތަނުގައި މިހާރު ތިބި އެންމެންނަކީ އެއް އާއިލާއެއްގެ ބައެއް ކަމަށެވެ. ހިޔާގައި ތިބި 13 މީހުންގެ ތެރޭގައި ހިމެނެނީ ވަކި ވަކިން އުޅުނު 3 އާއިލާއެއްގެ މީހުން ކަމަށާއި އެ އާއިލާގައި 5 ކުޑަކުދިންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މީހުންނަށް ރަށަށް ދެވޭނެ މަގު ހަމަޖެހުނު ކަމަށް ޖެންޑަ މިނިސްޓްރީން ވިދާޅުވި ނަމަވެސް، ރަށަށް ގޮސް ރަށުގައި އުޅެވެން އާއިލާ އަށް ނެތް ކަމަށް އެމީހާ ބުންޏެވެ.

އަދި މާލީގޮތުން އެ އާއިލާތަކަށް ދިމާވި ދަތިކަމުން އަރައިގަންނާނެ ގޮތެއް ފެނިފައި ނުވާއިރު، އެ މީހުންގެ ހާލަތު ރަނގަޅުވި ކަމަށް ޖެންޑަ މިނިސްޓްރީއިން ބަލަނީ ކޮން އުސޫލަކުންކަން ސާފު ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.

" މިތަނުގައި އެކަކީ އެކަނިވެރި މައެއް. އަނެއް އާއިލާ އުޅުނީ އަމިއްލަ މަސައްކަތުން. 16 ވަަަރަކަށް އަހަރު ވެއްޖެ އަޅުގަނޑުމެންވެސް މާލޭގައި އުޅޭތާ. ދެން ރަށަށް ގޮސް ރަށުގައި އުޅޭނެ ތަނެއް ނެތް. އުޅެވޭނެ ގޮތެއް ނެތް. ކިހިނެތްތޯ ނިންމީ އަޅުގަނޑުމެންގެ ހާލަތު ރަނގަޅު ކަމަށް. އަޅުގަނޑުމެން ކައިރީ އެ މީހުން ބުނަނީ ނުކުންނާށޭ. އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ ވަކި." އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ތަނުން ނުކުތުމަށް ބައެއް ލިޔެކިޔުންތަކުގައި ސޮއި ކުރަން ޖެންޑަ މިނިސްޓްރީއިން އެ އާއިލާތަކަށް ބާރު އަޅާ ކަމަށެވެ. އަދި އެތަނުން ނުނުކުމެއްޖެ ނަމަ ކުޑަކުދިން ޖެންޑަ އަށް ނަގާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށް އޭނާ ބުންޏެވެ.

" އެ މީހުން ބުނަނީ ކުޑަކުދިން ނަގާނީ އޭ ޖެންޑަ އަށް. ޖެންޑަ އަށް ނަގާފަ ބޮޑު މީހުން ދޫކޮށްލާނީ އޭ. ދެން އަޅުގަނޑުގެ ވެސް ކުއްޖާއަކީ ތެރަޕީ ނަގާ ކުއްޖެއް. އެހެންވެ މިތާމި އުޅުނީ. އެކަންވެސް އެ މިނިސްޓްރީއާ ހިއްސާކޮށްފަ ވާނީ. ދެން ރަށުން އެ ތެރަޕީވެސް ނުލިބޭކަން އެނގޭނެ. ދެން އަޅުގަނޑު ބުނިން މަގުމައްޗަށް ނެރެލާށޭ ދެން. އެއީއޭ އަޅުގަނޑުމެންނަށް އޮތް ގޮތަކީ." އެ އާއިލާގެ ކަންބޮޑުވުންތައް ކިޔައިދިނެވެ.

އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ފާތުމަތު ޔުމްނާ ވިދާޅުވީ، އެ މީހުން ތިބި އެ އިމާރާތަކީ މިހާރު އެ މިނިސްޓްރީގެ ހަވާލުގައި ހުރި އިމާރާތެއް ނޫން ކަމަށެވެ. އަދި އެތަނުގައި މިހާރު ތިބި މީހުންގެ ހާލަތު އެއިރުވެސް ބަލައި، އެ މީހުންނަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދިންއިރު، މިހާރުގެ ހާލަތަށް ބަލާއިރު، އެ މީހުންގެ ހާލަތު ރަނގަޅުކަން އެނގެމުން ދާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

"މީގެ ތެރެއިން ބައެއް ފަރާތްތަކަކީ ވަޒީފާއިން ކަނޑާނުލާ މަހު މުސާރަ ލިބެމުންދާ ފަރާތްތައް، އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އިނގޭ އެ ފަރާތްތައް، ފަގީރު ހާލަތަށް ގޮސްގެން، މީހަކަށް ކުލި ނުދެއްކިގެން ދާނެ ފަރާތްތަކާއި". މިނިސްޓަރ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ، މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ފާހަގަވާގޮތުގައި، އެ އާއިލާ މިހާރުގެ ހާލަތު ރަނގަޅު ކަމަށާއި، އެ ކަންކަން ކަށަވަރުވެސް ކޮށްފައިވާނެ ކަމަށެވެ.

"މިސާލަކަށް ވަޒީފާގައި ތިބި ފަރާތްތަކުން ވަޒީފާއިން ކަނޑާނުލާކަން، މުސާރަ މަހުން މަހަށް ލިބޭކަން ނޫނިއްޔާ ރަށުގެ ގެދޮރު ހުރިކަން ކައުންސިލް ތްރޫކޮށްވެސް ކަށަވަރުކޮށްފައިވާނީ، އެހެންވީމަ އަޅުގަނޑުމެންގެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށިއިރުވެސް، އެ ފަރާތްތަކަށް އަންގާފައި އޮންނާނެ، މިއީ ވަގުތީ ތަނެއްކަން، އަދި ރަށަށް ދިއުމުގެ ކަންތައް އަޅުގަނޑުމެންގެ އެހީތެރިކަމާއެކު އެ ބޭފުޅުންނަށް ފޯރުކޮށްދޭނެކަން". ޔުމްނާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީ އިން މީގެ ކުރިން ވިދާޅުވީ ފުރަބަންދަށް ލުއިތައް ދިނުމާ އެކު ވަގުތީ ހިޔާގެ ހިދުމަތް ހުއްޓާލަން ނިންމި ނަމަވެސް ހިޔާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ އާއިލާތައް ތިބުމުން ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިން ކަމަށެވެ.

އަދި އޭގެ ތެރެއިން ވަޒީފާ ނެތް މީހުންނަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވެ އެހީ ހޯދުމަށް ލަފާ ދިން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވުމަށް އުފެއްދި ހިޔާތަކުގައި 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއް މަސް ނުފުރޭ ހަ ކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ބ.ގޮއިދޫ ކިންގް

    ރަށަށް ދޭބަލަ. ނެތް ފެންވަރުންވެސް އުޅެންވާނީ މާލޭގަ. ޙިތް މޮޅު ވިޔަސް ބޮޑުވަރު. ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

    50
    40
  2. ބަލަދު

    ލިބޭހާ ލާރި ކުއްޔަށްދީގެން ރަށުންވެސް ވަދެލާނެ ގެއެއް ހެދިފަ ނެތުމަކީ ދެރަކަމެއް.
    މިހާލަތުގައިވެސް ދެންވެސް ބޮޑާކަމާ ކިބުރުވެރިކަން ދޫކޮށް އާއިލާ މީހުންގާތަށް ވީހާލެއްގަވާން ރަށަށްދޭ...

    މާ މާލެވެފަ ރަށަށް ނުދާން ހުންނާނެކަމެއް ނެތް.

    33
    3
  3. ީއިބްރާ

    މޮޅޫވާހަކަނުދައްކާ އާއިލާމީހުން. ރަށަށްގޮސް ނޫޅެވެންޏާ މާލޭގައި އުޅެންތިވިސްނަނީ ސަރުކާރުން، ހަރަދުކުރުވައިގެން އުޅޭގޮތައްތަ؟ ވަރަށް ލަދުކުޑަގޮތަކަށް ތިއުޅެނީ!!

    37
    4
    • ނަސީރު

      ހަމަގައިމުވެސް އެތަނުގައި ތިބި ދުވަސް ތަކުގައި ލިބުނު ފައިސާ ކޮބައިބާ ،އެދުވަސް ތަކުގއި ނުޖެހޭނެ ދޯ ހަރަދެއް ކުރާކައް

  4. ކުއްޅަވަފަލު ރާނީ

    ތީ ކޮންރަށެއްގެ ބައެއްކަން އިއުލާން ކޮށްބަލަ.

    ސައިޒު އޮޅިގެން އުޅޭހެން ހީވަނީ... 16 އަހަރު މާލޭގަ އުޅުނަސް ރަށަށް ދޭ..

    24
    2
  5. ރިޝްމމމ

    ތީދެން ވަރަށް ހެއްވާކަމެއް. މާލެގައި އުޅެން ބޭނުމީޔާ ޖެހޭނީ އުޅެވޭނެ ގޮތެއް ހޯދަން ތާ އަބަދަށް ސަރުކާރަކަށް ނުބެލޭނެ! މަކަރުވެރި ބައެއް!

    29
    2
  6. ޙައްގު

    ޣޮއްހުސްވެ މާޔޫސްވާކަްއްނުޖެހޭ
    ޢަވަހަހް ތައްމަތިބަދެގެންގޮސް
    ޜައީސްއޮފީސްދޮރުމަތީގައަޅާ.

    18
    1
  7. ޗަކޮއެ ބ. އަތޮޅު

    ރަށުގޯތީގައި ފަނުން ވަގުތީގެއެއްއަޅައިގެން ރަށަށް ބަދަލުވޭ. ދެންރަށުގައި އެހެންމީހުންވެސް އާމްދަނީހޯދަން ކުރާމަސައްކަތްކުރާނީ. އަދި ފަހަށްރައްކާކުރަމުން ފައިސާއެއްކުރަމުން ބޮޑުގެއެއް ހަދަމުން ގެންދާނީ. އަހުންރަށުގައި ރިހާކުރުވިއްކައި ފަންގިވިދެ ރޯނުވަށައި މަދުފަޅައިގެން އަންހެންވެރިން ހާދަލާރިއެއް ހޯދައޭ.

    28
  8. ައާންމުން

    ފުލުހުން މެފުވެރިކޮށް ނެރެންވީ، ނޯވޭ ރަނގަޅަކަށްވެސް ކަމެއް ކޮއްދެވޭކަށް

    33
    4
  9. ދިވެހި

    ދިވެހި ދައުލަތަ ކީ ރައްޔިތުންގެ ބެލެނެވެރި ފަރާތް..ދައުލަތަ ކީ ވަ ކިބަޔަ ކު ކައިހުސް ކުރަން އޮންނަތަނެންނޫން...ރައްޔިތުންނަށް ދިމާވާ ދަތި ކަންތައްތަ ކުގަ އެހީ ވާންޖެހޭނީ ދައުލަތުން..

    21
    6
  10. Shyamalަޮn

    ދެންތި ދެރަ ކަމެ އް. މިހާރު ގޮތެއްހޯދޭހާ ދުވަސްވެއްޖެ

    27
    2
  11. ސޮނިފުހޭ

    ޢަސާސީ ހިދުމަތްތައް ރާއްޖެ ތެރެއިން ނުލިބެންޏާ މާލެއަންނަންޖެހޭނެ ފުރިހަމަ ތައުލީމާ ވަޒީފާގެ ފުރުސަތާ ސިއްޚީ ހިދުމަތް ހޯދަން ޖެހޭ ތިމާޔަށް ތިމާއޮޅި ޢޮޅި ކުއްޅަވަށްފަލު ރަނި ހެދޭ ގިނަ މީހުންނަކީ ހަތަރު ކަށިމަތި ރާއްޖެ ތެރޭމީހުން އެކަމަކު ފައިސާކޮޅެއް ލިބޭއިރަށް މާބޮޑަށް މަވެތިވެގެން މީހުން ކަންބޮޑުވެ ހިތްދަތިވެފަ ތިބޭ ވަގުތު ހިތުހުރިހާ އެއްޗެއް ގޮވާ ބޮޑާ ބަސް ގޮވަނީ ވިސްނާލަބަލަ ހޮދު ތިމާމެންގެ ދަރިން ސްކޫލްތަކުން ކަނޑައިލާގެންފުރަން ޖެހިއްޖިއްޔާ ވާނެ ދެރަ ބޮޑާވިޔަސް ހިޖުރަ އޮޅުނަސް ފުކެއް ބޮޑުވަރު

    11
    2
  12. އަބްދުﷲ

    ސުނާމީ ކާރިސާގައި ހުޅުމާލެ ވަގުތީ ހިޔާތަކަށް ބަދަލުކުރި ގިނަބަޔަކު އެތަންތަނުން ނިކުމެގެންދާން ދެކޮޅުހަދައި ވަރަށް ވަރު އަރުވާލި. މިފަހަރުވެސް ތިވީ އެކަހަލަ ގޮތެއް. ރަށުގައި ހުންނާނެ ހުސް ގެތައްވެސް. އެކަހަލަތަނެއް ހޯދައިގެން ފުރަތަމަ އުޅެންފަށައިގެން ކުރިއަށް ދިޔައިމަ އިންޝާﷲ ރަނގަޅުވާނެ. ސަރުކާރަކަށް ވަކިބަޔަކަށް ހަރަދުކޮށްގެން ނުބެލޭނެ ކަން ގަބޫލުކުރަންވާނެ.

    14
  13. ފައްޔާޒު

    މާލޭގަ އުޅެވޭނީ އުޅޭތާ ކުއްޔައް މަދުވެެގެން 20000 ދައްކައިގެން ބަނޑައް ކުޅެއް ޖަހައިގެން ، މީ މިއުޅޭ އަންނި ގެނެސްދިން ކުރި އެރުމަކީ.

    9
    1
  14. ލިޓުލް ބަނގުލާ

    ޤަވާއިދާޚިލާފަށް އުޅޭބަނގުލަދޭޝް މީހުންހުޅުމާލޭގަ ކާންދީބަލަހަށްޓާ ސަރުކާރުން. ދިވެއްސަކުވިއްޔާ ހުޅުމާލޭގައެއްކޮޓަރިވެސް ކުއްޔައްހިފެނީ 8000 ރުފިޔާޔައް. ދިވެހިން ކުދިންބައިތިއްބާތަންތާގައުޅެނީ ތޮއްޖެހިގެން. ބޭރުމީހުންތޮއްޖެހުނީމަ ހަމައެކަނިމައްސަލަޔަކަށްވަނީ. ބޭރުމީހުންނަށް ކާންދޭންވީމަ ރެޑްކުރެސެންޓު މެދުވެރިކޮށް ސަރުކާރުންއެހީވޭ. އާންމުދިވެހިން އިނަސާނުންނަށް ނުވަނީތަ

    11
    2
  15. މަރީ

    ތި ތާނގަ އުޅޭ މީހެއްގެ އޮވޭ ޕްރައިވެޓް ކާރެއް، އަމިއްލަ ފިހާރައެއް ހުރޭ ހުޅުމާލޭގަ، މަހުން މަހަށް މުސާރަ ހިގާ ވަޒީފާ އެއް ގަ މިހާރު ވެސް އުޅެނީ. އަދި ވެސް ހަބަރު ތަކުގަ ދޮގު މައުލޫމާތު ދޭތި. އެވަރަށް ލާރި ލިބޭ އިރުވެސް އެބުނަނީ ހަމަ އެއް ގޮތެއް ވެސް ނެތޯ. މަޑަވެލި ބައެއް އެއީ.. އަމިއްލަ ރަށުގައި ގެދޮރު އެބަހުރި.

    10
  16. މުހައްމދު

    މާލޭގައި އުޅެއްޏާ އަމިއްލައަށް ކޮންމެވެސް ގޮތެއް ހޯދާ ސަރުކާރުން ނުޖެހޭނެ އަބަދު ހަރަދު ކުރާކަށް

    11
  17. ހަނާ

    މަރީގެ ކޮމެންޓަށް ބުނެލާނީ މިތާ މިއުޅޭ މީިިީހާގެ އަމިއްލަ ކާރަކާ ފިހާރައެއް ހިންގާކަން ސާބިތު ކޮށްދީބަލަ.. ނޭގޭ ކަންތަކުގެ ވާހަކަ ނުދައްކާ ތިބެބަލަ. ރަށުގަ އުޅެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެބޮޑުވި ތަން ނެތް އެއްވެސް މީހަކު ނުހުންނާނެ. އެ އެންމެންވެސް ދާންވީނުން ރަށަށް...

    2
    2
  18. ނަސީރު

    އަތުން ފައިން މަސައްކަތެއް ނުކޮއްވީ ސަރުކާރު ހަރަދުކުރާނެކަމައް ތިބެން ، ހަމަ ބުހުތާނު ދޮގު ،ރަށުގައި ބިން އެބައޮއް ،ރަށައް ގިސް ފަނުންވިޔަސް ތަނެއް ހަދައިގެން އެތާ އުޅެވޭނެ.

  19. ެއިންސާަފް

    ތިމާަމީހާއަށް، އެމީހުންނަށް ޖެހުނު ހާލުގަޖެހުނުނަމަ ކީކޭތޯ ބުނާނީ!
    ދިވެހިންނަށްވުރެބޮޑަށް ބޭރުމީހުންނަށް ބާރުދޭން ބުނަނީތޯ!

    2
    1
  20. ހައްލު

    ބ،ގޮއިދޫ ކިނގ އަށް ނޭގޭނެ މީހުން ދާންވީތަންބުނަން،އެމީހަކު އުޅެންވީތަނެއް އިގޭނީ އެމީހަކަށް،
    ދިވެހިންގެ ރފ އިން އަޅާފަ ހުރި އިމާރާތެއްގަ އެމީހުންތިބީ

  21. ހައްލު

    ނަސީރު، އެތަނުގަ އުޅުނު އާއިލާތަށް ، ކުޑަކުދިންނަށް ބޭނުންވާ ހުރިހާއެއްޗެއް ގަންނަނ، އެމީހުންގެ ފައިސާއަށް. ދެންކޮން ލާރިއެއް އެމީހުންއަތުގަހުންނާނީ ،އެހުރިހާ އެއްޗެއް ،ބަހާލީނު ، މިނިސްޓްރީގެ،ބޭފުޅުންނަށް

  22. ހެޔޮނުވާނެ

    ނަސީރު، އެތަނުގަ އުޅުނު އާއިލާތަށް ، ކުޑަކުދިންނަށް ބޭނުންވާ ހުރިހާއެއްޗެއް ގަންނަނ، އެމީހުންގެ ފައިސާއަށް. ދެންކޮން ލާރިއެއް އެމީހުންއަތުގަހުންނާނީ ،އެހުރިހާ އެއްޗެއް ،ބަހާލީނު ، މިނިސްޓްރީގެ،ބޭފުޅުންނަށް

  23. މަރީ

    ހަނާ ހުވާ ކޮއްބަލަ އަމިއްލަ ކާރެއް ނޯނަކަމާ ހުޅުމާލޭގަ ހުން ނަ ތިއްތިބެ ޑްރީމް އަކީ ތިތާ ގަ އުޅޭ ތި ފެމެލީގެ މީހެއް ގެ އެއްޗެއް ނޫންކަން. މިއަދު ދޮގު ހަދާފަ ގަޓު ވެފައުޅެ ވިދާނެ. މާދަމާ އެކަން އެންމެންނައް ވެސް އިގޭ ނެ. ހެހެ.

  24. ޒައިން

    ތި ތާގަ އެބައުޅޭ ވިލިގިލީ ގަ އުޅެފަ ތަނައް ކުލި ނުދެއްކުނޭ ކިޔާފަ ނިކިމެގެން ދިޔަބައެއް. އެމީހުން ގެންގުޅުނު ހުރިހާ މުދާބޮޑި މަޑަވެއްޔަ ފޮނުވާލާފަވީ. އެމީހުން ގެ މަންނަ އެތަކެތި ވިއްކުމުގަ އަވަދި ނެތި. މީ ހަމަ އެރަށުގަ ދިރިއުޅޭ މީހެއް. ދެންކިޔާ މިވެސް ދޮގެކޭ. ބޮޑުވަރު ދޯ ދެންތީ .. ކޮބާ ދެން އެ އެއްޗިހި ވިއްކައިގެން ލިބުނު ލާރި.

  25. Anonymous

    ގޮއްހުސް ވެގެނެން ނަމަ ތި ވަގުތީ ހިޔާގެ އާއިލާތަކުގައި ޕްރައިވެޓް ކާރާ އެއްޗެްސް ނުހުންނާނެ. ރަށަށް ގޮސް ރަށުގަ އުޅެބަލަ ނޫޅެވެންޔާމް

  26. ޒުލް

    ފެންވަރު ހުރީމަތާ އަމިއްަލަ ކާރާ އެއްޗެސް އަދި މާލޭގަ ވިޔާފާރި ކޮއަފައިވެ ދައުލަތުގެ ބެލުމުގެ ަރަދހުގަ ދިރިއުޅެމުން މިދަނީ