އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހަތް މަހުގެ ކުއްޖަކާއި، އެއް އަހަރުގެ ތިން ކުދިން ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޭޝްބޯޑުން ދައްކައިފިއެވެ.

އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 128 މީހެކެވެ. މީގެ ތެރޭގައި 83 މީހުންނަކީ ދިވެހިންނެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކާގޮތުގައި، އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ހިމެނެއެވެ. އެގޮތުން 10 އަހަރުން ދަށުގެ 11 ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މީގެ ތެރޭގައި އެއް އަހަރުގެ ތިން ކުދިންނާއި، ހަތް މަހުގެ ކުއްޖަކު ހިމެނެއެވެ.

ރާއްޖެއިން މިހާރަނަށް 10 އަހަރުން ދަށުގެ 331 ކުޑަ ކުއްޖަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން ބައެއް ކުދިން ވަނީ ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 5,494 އަށް އަރާފައެވެ. މީގެ ތެރެއިން 3,026 މީހުންނަކީ ދިވެހިންނެވެ. މި ބަލީގައި ރާއްޖެއިން 22މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު