ރާއްޖެއިން 93 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑް-19 ބަލީގެ އެންމެ ނުރައްކާ ބޮޑު މީހުންނެވެ.

އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 128 މީހުންގެ ތެރޭގައި 50 އަހަރުން މަތީގެ 10 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި 93 އަހަރުގެ މީހަކާއި، 80 އަހަރުން މަތީގެ ދެ މީހަކުވެސް ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވާ ގިނަ މީހުންނަކީވެސް އުމުރުން ދުވަސްވީ މީހުންނެވެ. މިހާރު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 22 އަށް އަރާފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންވެސް ދަނީ މި ބަލީގެ ޝިކާރައަކަށް އުމުރުން ދުވަސްވީ މީހުން ވަމުން ދާތީ އެކަމާއި ކަންބޮޑުވަމުން ފާޅު ކުރަމުންނެވެ. އެއީ އެ މީހުންނަކީ ބަލީގެ ރިސްކު އެންމެ ބޮޑު އެއް ބަޔަކަށް ވާއިރު، އެ މީހުންގެ ތެރެެއިން ގިނަ މީހުންނަށް ބަލި ފެތުރެނީ ގޭގެ ތެރެއިން ކަމަށް ވާތީ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި 50 އަހަރުން މަތީގެ މީހުންގެ އަދަދަކީ 498 އެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. އަދި ބައެއް މީހުން ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސޭނު

    ޝުކުރިއްޔާ
    ޢިބޫ އަށް
    ތިޔަ
    ދެއްވި
    ޙަދިޔާ
    ޢަށް