ދިވެއްސަކު މީސްމީޑިއާގައި އޭނާގެ އަނބިމީހާ ވަރިކޮށްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފޭސްބުކް މެދުވެރިކޮށް ޝާއިއު ކުރި ޕޯސްޓެއްގައި ވަރިކޮށްފައި ވަނީ އުތުރުގެ ރަށެއްގެ އަންހެނެކެވެ. އެ ޕޯސްޓްގައި ވަނީ އަންހެން މީހާ މިއަދުން ފެށިގެން އެއީ އޭނާގެ އަންބެއް ނޫން ކަމަށް އިއުލާންކޮށްފައެވެ.

އެ ފޭސްބުކް ޕޯސްޓްގައި އަންހެން މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު ވެސް ވަނީ ޕޯސްޓްކޮށްފައެވެ.

ފޭސްބުކް ޕޯސްޓް ނިންމާލަމުން "ޝުކުރިއްޔާ" މިހެން ވެސް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާ އޭނާ ކައިރިން ވަރިވާން ވެގެން ކޯޓަށް ގޮސް އުޅޭތާ ވަރަށް ގިނަ ޒަމާންވެއްޖެއެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް ކޯޓުން އެމީހާ ވަރިކޮށްދީފައި ނުވާ ކަމަށްވެއެވެ.

އެ ދެމަފިރިންގެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާ ކަން ވެސް އެނގިފައިވެއެވެ.

ދެ މަފިރިން ކުރިން އުޅުނީ ފ. ނިލަންދޫގައެވެ. އެކަމަކު، ފިރިމީހާ ހަރަދު ނުކުރާ ކަމުގެ ޝަކުވާ އަންހެން މިހާ ކުރާ ކަމަށްވެއެވެ.

ރާއްޖޭގެ ވަރީގެ ނިސްބަތް 2018 ވަނަ އަހަރާ އަޅާ ބަލާ އިރު، މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. ރާއްޖޭގައި ކުރާ ކައިވެންޏާއި ވަރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރު ކޮށްފައި ވަނީ 3166 ވަރިއެވެ. އަދި 2019 ވަނަ އަހަރު 5117 ވަރިކޮށްފައިވެއެވެ.

ހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރު ކުރީ 5290 ކައިވެންޏެވެ. އަދި 2019 ވަނަ އަަހަރު ކޮށްފައި ވަނީ، 6509 ކައިވެންޏެވެ.

ދުނިޔޭގައި ވަރި ގިނަ ގައުމުތަކުގެ ލިސްޓްގެ ކުރީގައި ރާއްޖެ އުޅޭކަން ފާހަގަކޮށްލެވެއެވެ. އެހެން ގައުމުތަަކަށް ބަލާއިރު، ޕެނަމާ، ޕޯޓޮރިކޯ، ޔޫކްރެއިން، ކިއުބާ، އެސްޓޯނިއާ، ރަޝިއާ އަދި އެންޓިގުއާ އަދި ބާބުޑާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކުކުޅޭ

    ފިރިހެން މީހާ ރުޅި މަޑު ދޯ؟ އަންހެން މީހާ އަށް ފޭސް ބުކަށް ވަދެވުނީމާ ވަރި ސާބިތުވާނީ

    35
    11
  2. ހަނާ

    އަޅެ ދެލޯފުޅާ، މަ ވަރިކޮށްފަ މިހިރީ ތިންއަހަރު ކުރިން ވަޓެސްއަޕް އިން، ވަރި ސާބިތު ކުރަން ލީމަ މަށައް ވުރެ ނުބައި މީހެއް ދުނިޔޭގަނެއް ކަމަށް ހަދަނީ، ހުރި އެންމެ ދަރި އޭނަޔާ ވައްތަރު ނޫން ނަމަ ޔަގީން ބުނާނެ ނަހަލާލު ދަރިޔެކޭ. ދުނިޔެއަކީ އިމްތިހާނެށް، ތިމާ ކުރިމަސައްކަތާއި އާދޭސް އިންސާނެއްބަލައި ގަންނާނެ ކަމަކަށް ނޫޅެތި، ތިބި ދަރިންކޮޅު ރަނގަޅަށް ތަރުބީޔަތު ކުރާތި، ސަލާމް

    136
    2
  3. ޢަލާ

    4 ކުދިން

    42
    1
  4. Anonymous

    ދިރިއުޅުމުގެ ހުރިހާކަމެއް މީސް މީޑިއާގައި ހިއްސާކުރާއިރު ގަދަވެގެންވާ އަހުދެއް ތިދެމީހުންގެ މެދުގައި ވަނީ ކުރެވިފައި ބަދަލު ކޮށްނުލެވޭނެ ސާފުތެދު3 ހަގީގަތެއް ވަނީ ތި ދެމީހުންގެ މެދުގައިހިގައި ނިމިފައި އޭގެ ދިރިތިބި ހެކި އެތިބީ ފެންނަން އެކުދިންގެ މުސްތަގުބަލަށްޓަކައި އުޑާ ބިން ކަރުނަ އަޅަނީ އެރޮނީ އިންސާނާގެ އަމިއްލަ އެދުންބޮޑުކަމާ ޖާހިލުކަމަށްޓަކާ ދަރިން ހޯދަނީ ގަނަ ތަޅުވަންދޯ ތިހާ ޖާހިލުވާން ހެޔޮނުވާނެ

    67
    4
    • ސެން

      އަންހެން މީހަ އެވަރަށް ވަރިޔަށް އެދެންޏާ ވަރި ކުރުން ދޯ އޮންނާނީ. ފިރިމީހަ ކިތަންމެ ވަރި ނުކުރަން ހިފިޔަސް އެވަރަށް ވަރިޔަށް ގޮވަންޏާ ވަރިކޮށްފީމެ ކަނބުލޭގެ.

      27
      1
  5. ސާބިތުވެއްޖެ!

    އެއީ އެއްވެސް އަންހެނަކު ކައިވެނި ކުރަންވާވަރުގެ ފިރިހެނެއް ނޫންކަން، އޭނަގެ ޢަމަލުން މާރަނގަޅަށް ވެސް ސާބިތު ވެއްޖެ އެވެ. އެކަހަލަ ބަފަޔަކު 3 ދަރިންނަށް އެކަށީގެންވާ ޚަރަދެއް ނުކުރާނެކަން އަންހެންމީހާ ހަނދާނުގައި ބަހައްޓައްޗެވެ! އަދި އެގޮތަށް ޢަމަލު ކޮށްފިނަމަ، ކޮންމެސް ކުދިންނަށް އިހުމާލު ނުވައްޗެވެ! ކުދިންކޮޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރައްޗެވެ! އެއީ ތިބާގެ ބަނޑުންވިހޭ ދަރިންނެވެ. ގައިމުވެސް އޭގެން ކޮންމެ ކުއްޖަކު ވެސް، ބައްޕައަށް ފެނުމުގެ، އަދި ދުނިޔެއަށް އުފަން ވުމުގެކުރިން ވާނީ، ތިބާއާއި އުކު ހުރިހައި ވަޤުތަކު 9 މަސް ދުވަސް ހޭދަކޮށްފަ އެވެ.

    33
    4
  6. ފާއިޒް

    ދުނިޔޭގެ ވަރިގިނަ ގައުމުތަކުގެ ކުރީގައި ރާއަޖެ އުޅެނީ ކައިވެނިމކުރާތީ ކާފަރުންނަކީ ކައޮވެނިނުކޮށް ހަރާން ދަރިން ހޯދާބައެއް އެހެންވީމާ ވަރިއެއް ނުވެވޭނެތާ

    67
    2
  7. ކުރަނޑި

    ތަފާތު

    8
    1
  8. ނޮންނި

    ކައިވެނި ކުރާ ގައުމުތަކުގަތާ ވަރިވެސް ކުރެވޭނީ

    30
    2
  9. ޢަދުރޭ

    ފިރިމީހާ އޭނާގެ އަނބި ބަދުނާމު ކުރަން ކުރި ޢަމމލެއް ކަން ސާބިތުވެއްޖިއްޔާ ޤާނޫނީ ގޮތުން ކުއްވެރިވާނެ ކަމެއް މީ

    47
    1
  10. ކައިޖީން

    އެހެން ގިނަ ގައުމުތަކުގައި ކައިވެންޏަކީ ނިސްބަތުން ވަރަށް މަދު ބަޔަކު ކުރާ އެއްޗެއް. ދަރިން ލިބި އެކުދިން ފުރާވަރަށް އަޅާ ފަހުން ކައިވެނި ކުރާ މީހުން ގިނަ ވާނީ.

    31
    1
  11. މޮހޮނާ

    ދިވެހި ރާއްޖޭގް ވަރިގިނަވާކަމަށް ދައްކާ ސަބަބު ނޫސްވެރިން ބަލައިދީބަލަ، ފަރަންޖީން އެއީ ކައިވެނިކުރަންޖެހޭ ބައެއްނޫން ދެމީހުން އެްކޮށްއުޅެ ދަރިން ހޯދަނީ ނަހަލާލަށް، އެވެރިންތެރޭ ގިނައީ ކައިވެނިން ބޭރުން ހޯދާ ބަފާ ކަށަވަރުނުވާ ދަރިން، ވަރިކުރެވޭނީ ކައިވެނިކުރާ ބަޔަކަށްކަމެއް ތިޔަ ރިކޯޑުފޮތު ލިޔާ ބަޔަކަށް ނޭގޭތަ

    55
    2
  12. Anonymous

    މި ކަހަލަ ކަންތައްތައް ހުއްޓުވަންޖެހޭ ނުވަތަ ހުރިހާ ހެޔޮކަމެއް މިގައުމުން ފިލައިދާނެ!

  13. ޢަބުޅޮ

    ތިން ދަރިންނަށް ހަރަދު ނުކޮށް އުޅޭ މީހަކު ވަރި ނުކުރެވިގެން އުޅެންޖެހި އެތައް ތަކުލީފެއް ތަހައްމަލު ކުރަން އެޖެހުނީ. އެކުދިން އެތަށް ހާލަކުން ބަލާ ހަރަދުކޮށް ހަދާ ވަރިއަށް އެތައް އަހަރެއް ވަންދެން އާދޭސް ކުރުން ނުފުދެނީތޯ. އެކަމަކު އެމީހާ ހިތަށް އެރީ ފޭސްބުކު ޕޯސްޓެއްކޮށްލީ ނިމުނީ. މީ ކަމާބެހޭ ފަރާތަކުން މިކަމުގައި ގެންގުޅޭސިސްޓަމްތޯ؟