ޑރ.އިޔާޒް – ފޮޓޯ: އަދާލަތު
ޑރ.އިޔާޒް – ފޮޓޯ: އަދާލަތު

ކޯޓުތަކުގައި މިހާރު ހިނގާ ޝަރީއަތްތަކުގައި ގިނަ ފަހަރަށް ސިއްރުން ހެކި ބަސް ދެނީ ދޮގު ހެކި ދޭން ވެގެން ކަމަށް ވިދާޅުވެ އެތަށް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ޝައިހް ޑރ.މުހައްމަދު އިޔާޒު ކުރައްވައިފިއެވެ.

ޑރ.އިޔާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރީއަތްތަށް ކުރިއަށްދާ ގޮތަށް ބަލާއިރު ގިނަ ފަހަރަށް ސިއްރުން ހެކި ދެނީ ދޮގު ހެކި ދިނުމަށް ކަމަށެވެ. އަދި ދޮގު ހެދުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.

ޑރ.އިޔާޒު އެހެން ވިދާޅުވެފައިވާ އިރު ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ފުލުހުން ހިންގި ތަހުގީގަށް ނަގާފައިވާ ސިއްރު ބައެއް ބަޔާންތައް ވަނީ ލީކުކޮށްލާފައެވެ. އެ ބަޔާންތައް ލީކުވުމުން ލީކުވެފައި ހުރި ބަޔާންތަކުގައި ހުރި ބައެއް ވާހަކަތައް ނުދައްކާ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިޔާޒް މިހެން ވިދާޅުވިއިރު ބައެއް މައްސަލަތަކުގައި ފާޅުގައި ހެކިބަސް ދޭ މީހުންނަށް މީގެކުރިން އިންޒާރުތަކާއި ހަމަލާތައް ވެސް ވަނީ ދީފައެވެ. އެގޮތުން ބޮޑެތި މައްސަލަތަކުގައި ފާޅުގައި ހެކިބަސް ދިނުމަށް ގިނަ ބަޔަކު ޖެހިލުން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތަމެން މަހަށް ދޭބަލަ ތިޔާއީ ފުޅަކާ ދަންނަ ބޭކަލުންނޭ މަމެން ބުނަން ނެތީމު ދޯ.

  2. އޭނަގެ ވާހަކަ އެހުރީ ވަކި ގައުމަކަށް ނުވަތަ ވަކި ޤަބީލާއަކަށް ނޫން. އެއީ ޖެނެރަލް ކޮށް ބުނި ބަހެއް، ހެކިދޭން ޖެހެނީ ﷲ އަށްޓަކައި މީސްތަކުންގެ ހައްޤު ހިމާޔަތް ކުރުމަށް. އެއްވެސް ހާލަތެއްގައި މީހަކަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައެއް ނޫން. އެހެންކަމުން އެމަޤުޞަދުގަ ހެކިދޭމީހާ ފަހެއްނުޖެހޭނެ.

  3. ތިޔައީ އެއްޗެއްދަންނަމީހެއްނޫން ބޭނުމީހަމަފައިސާ ބޯހަލާކް

  4. މިއީ ޝެއިހެކޭކިޔާ ސޭކެއް

    • ދޮންފުތާ ތަމެން ބޭނުން ބަޔަކު ޖަލަށްލާ ދިރުވާލާ މަރާލާ ގެއްލުވާލާ ޑޮލަރުބަހާލާ ހަދަން މަފަތުވާދެން. މަށަކީ ރޯނުއެދުރަކަސް މިސްޓޭޓް މެންޓަށް ބިނާކޮށް ތަމެން މަށާގަޔާވާނެ ކަމާމެދު ސައްކުކުރާކަށްނެތިން.

  5. ކޮންމެހެން ޕޯޑިއަމަކަށް އަރައެއްނޫން ހެކިދޭންޖެހެނީކީ

  6. ތިމީހުންގެ ނިޔަތާމެދު ސުވަލުއުފެދޭ،
    ޜިޝްވަތުހިފިމީހުން ވާހަކައެއް ނުދައްކާ، ވެރިކަން ވައްޓައިލަން ރިޝްވަތު ދިންމީހުންގެ ވާހަކައެއް ނދައްކާ ، އެމީހުން ބަންދުކުރީމާ އެކަމާ ދެރަވެގެން އުޅެނީ؟؟؟؟؟؟؟؟؟؟؟؟

  7. އިންސާފުން ޝަރިއްޔަތް ނުދަންޏާ އަންނަވީނު އެކަމާހަވާލުވެގެން އިންސާފުޤާއިމުކުރަން،
    ނުކެރޭ ދުގައިތިބެގެން އަޑުލައްވަނީ!

  8. ދުވަހަކުވެސް އަޑު އެހީމުތަ ރަސޫލު ޒަމާނުގައި މީހުން ސިއްރުން ހެކިބަސް ދިންކަމަށް ބަޔަކު ބުނާއަޑު.. ސިއްރު ހެކި ބަހަކީ ގައުމު ފަސާދަ ކުރަން ދޭ ހެކި ބަހެއް.. ފާޅުގައި ތެދުބަހުން ހެކިބަސް ދިނުމަކީ ﷲގެ މަގުގައި ޖިހާދު ކުރުން ފަދަ ކަމެއް.. ވަﷲ ޢައުލަމް..

  9. އާލް ސެއިޙް

    ގުޑް ބޯއީ!