ކޮވިޑް-19 އަށް ފައްސިވި މީހަކާ ބައްދަލުވެފައި ވާތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ.ނަޒްލާ ރަފީގު މިއަދު ކަރަންޓީންކޮށްފިއެވެ.

ނަޒްލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވި އޭނާގެ އާއިލާގެ މީހަކާ ބައްދަލުވެ، ކޮންޓެކްޓްވުމުގެ ސަބަބުން އެ އިދާރާގެ އުސޫލުތަކުގެ ދަށުން އޭނާ ގޭގައި ކަރަންޓީގައި މަޑުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އޭނާގެ ހާލު އަދި ރަނގަޅު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެކަމަކު، އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގޭގައި ހުންނަވައިގެން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާއަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުނީއްސުރެ، ސިއްހީ ދާއިރާގެ އެކިކަންކަމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެވެ. ނަޒްލާ ވަނީ ކޮވިޑް-19 އާ ގުޅިގެން ބޭއްވި ގިނަ އަދަދެއްގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުނުތާ ކުރީކޮޅު ނަޒްލާ އުޅުއްވީ ކޮންޓެކްޓް ޓްރޭސިން މަސައްކަތުގައެވެ. ކޮވިޑް-19 ގެ ހާލަތު ދިރާސާކޮށް، ރާއްޖޭގައި އަޅަން ފެންނަ ފިޔަވަޅުތަކާ ބެހޭ ގޮތުގައި ލަފާ ދެއްވުމުގައި ނަޒްލާގެ ދައުރު ވަރަށް ބޮޑެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އުފެއްދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ނަޒްލާ ވަނީ އިސް ދައުރެއް އަދާ ކުރައްވައިފައެވެ. އެ ތަން އުވާލުމާ އެކު، ދެން އުފެއްދި އެޗްއީއޯސީގެ ތަރުޖަމާނަކަށް ނަޒްލާ ހަމަޖެއްސީ މިދިޔަ މަހުއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުން އަންނާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާސްކް އެޅުން މަޖުބޫރު ކުރުމާއި ވަކި ގަޑިތަކެއްގައި ބޭރުގައި އުޅުން މަނާ ކުރުން ހިމެނެއެވެ. މި އެންގުންތަކާ ހިލާފުވާ މީހުންނަށް ނަސޭހަތްދީ، ޖޫރިމަނާ ކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އިން މިހާތަނަށް 5،500 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، 22 މީހަކު ވަނީ ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލިބެއްޔާ

    އެކްސްކިއުޒްމީ..

    27
    4
    • lmfao

      ޔޫ ހޭވް ބީން އެކްސްކިއުޒްޑް

      10
  2. ހަގީގަތް

    ޑރ ނަޒުލާއަކީ ބަލި މީހުން ބަލާ ޑޮކްޓަރެއް ނޫން . އެއީ ޕަބްލިކް ހެލްޓު. އެބޭފުޅުން ބަލި މީހުންނެއް ނުބަލާނެ. ހަގީގީ ފުރަންޓުލައިނެއް ނޫން އެއީ . ހަގީގީ ފުރަންޓުލައިން އަކީ ސީދާ ބަލިމީހުން ބަލާ މީޙުން

    21
  3. ާއެހެންވާނީ

    މިބޭފުޅުން މާސްކް ނާޅާ މައިކް އަނގަޔާއި ކައި ރި. ޕް ރޮޓެކޮތޯ ؟ޕޮ ރޮޓެކް ވުމަށް އާމުންނައް ނަސޭހަތް ތެ ރިވާ ބޭފުޅުންގެ ފެންވަ ރު ތި ފޮޓޯ އިން ވެސް ވަ ރަށް ސާފުނޫންތޯ؟??

    12
    5
  4. އެހެންވާނީ

    މިބޭފުޅުން މާސްކް ނާޅާ މައިކް އަނގަޔާއި ކައި ރި. ޕް ރޮޓެކޮތޯ ؟ޕޮ ރޮޓެކް ވުމަށް އާމުންނައް ނަސޭހަތް ތެ ރިވާ ބޭފުޅުންގެ ފެންވަ ރު ތި ފޮޓޯ އިން ވެސް ވަ ރަށް ސާފުނޫންތޯ؟??

    8
    4
  5. ސޭމް

    ކޮންތާުކުޫ ގޭގަތަ ހުނަނީ

    9
    1
  6. ޢަދުރޭ

    ޢެޗް ޕީ އޭ އިން އަންގާ އެންގުންތަކަށް ކިއަމަން ނުވަންޏާ ޑޮކްޓަރެއް ކަމަކު ކަރަންޓީނު ކުރާނެ

    10
    7
  7. ސަނާހް

    ބަނބުރޫކް އައްވީވެސް ތިހިން، ހަހަހަހަހަހާ...
    އެޗްޕީއޭ މައިފޫޓް..

    8
    4
  8. ޔޫތު

    Heyo haalugai lawwaashi

  9. ދާޯނިބެ

    ޑރ.ނަޒްލާ ކަރަންޓީންކޮށްފި ނޫނީ ރެސްޓް ކޮށްލީތަ؟؟ އެމަންޖެ ހަމަނިދި ނުލިބޭތާ ކިތަށް ދުވަސް....

    1
    4
  10. ޝާމް

    މިކަަންވެސް ދެން މިނިމުނީނު..

    2
    1
  11. ޙަސަނާ

    މާތްކަލާކޯ ދިވެހިންނައް ވެފަމިތިބީ ކީއްތޯ މިގައުމުގަ މީހަކައް ދެރަކަމެއްވިއަސް ބަސްމަގު ހުންނަގޮތްދޯ ..ޑރ.ނަޒުލާ ފާހަގަވަނީ މަފުމައިތިރި ކެތްތެރި ކިބުރުވެރިކަމެއް ނެތް ކަބަލެއްގެ ގޮތުގަ .....

    5
    1
  12. Anonymous

    ދެން އެޗްއީއޯސީގެ ތަރުޖަމާނު ކަމައް ކެނެރީގޭ ބުއްޅަބޭ އައްޔަން ކުރޭ ، އޭނަޔައް އެކަނި ދެން ތިޔަކަން ވާނީ...

  13. އަރީ

    އުފާވެއްޖެ. އަދިވެސް އަހަރުމެނަށް ވުރެވޭ އިހުސާސް ނަޒުލާއަކަށް ނުކުރެވޭނެ. ނަޒުލާމެން ގޭގަތިއްބަސް ލާރިގަނޑު އެކައުންޓަށް ޖަމާވާނެ ވިއްޔާ.

    3
    2
  14. އަޙްމަދް

    އެޗްޕީއޭ ވަނީ އެޖެންޑަ 19 އަށް ފައްސިވެފައެވެ.
    ފަރުވާއަކީ ހުރިހާކެމެއް ބަލަ ބޮޑު މަޖްލީހުގެ ވެންޓިލޭޓަރަށް ލުމެވެ.