އިންޑިއާއަކީ ހަމަޖެހުމާއި ކުރިއެރުން އޮތް އުންމީދީ ގައުމެއްކަމަށް ރައީސް އިިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވިއެވެ.

އިންޑިއާގެ 74 ވަނަ މިނިވަން ދުވަހާ ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާޢި ތަހުނިޔާ އިންޑިއާގެ ރައްޔިތުންނަށާއި ރައީސް ރާމްނާތު ކޮވިންދު އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އަރިސް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އިންޑިއާ ގައުމެއްގެ ގޮތުގައި ކުރިއަށްދާން ފެށިތާ 73 އަހަރުވެފައިވާ ކަމަށާއި އޭރުއްސުރެ އިންޑިއާއިން މަސައްކަތް ކުރަނީ ހަަޖެހުމާއި ކުރިއރެރުމާއެކު ކަމަށެވެ.

އަދި އިންޑއިއާގެ ދީމުގްރާތީ އުސޫލުތައް ވަރުގަދަކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ކޮވިންދަށާއި ބޮޑުވަޒީރު މޯދީ އަށް ފޮނުއްވާ ކަމަށެވެ. އަދި އެ ގައުމަކީ އަބަދުވެސް މިނިވަން އަދި ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދާދިފަހުން އިންޑިއާ އިން ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ވަނީ ދީފައެވެ. އަދި މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ވެސް އެ ގައުމުން ވަނީ ރާއްޖެއަށް ދީފައެވެ.

އިންޑިއާ އިން ދިން މި އެހީއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު މޯދީ އާއި އިންޑިއާ ރައްޔިތުން ރާއްޖެއާ ދޭތެރޭގައި ބަހައްޓަމުން އަންނަ ގާތް ކަމަށް ޝުކުރު ދަންނަވާ ކަމަށް ރައީސް ސޯލިހް ވަނީ ކުރިން ވިދާޅުވެފައެވެ.

މީގެއިތުރުން ވެސް އިންޑިއާ އިން ވަނީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދިނުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި މާލެ، ވިލިމާކެ، ތިލަފުށި އަދި ގުޅީފަޅު ގުޅާވާލައި ބްރިޖުގެ މަސައްކަތަށް އިންޑިއާ އިން ދިން އެހީ ވެސް ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ވިދާޅުވި ގޮތުގައި 6،695 ކިލޯ މީޓަރުގެ ބްރިޖުތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށީ އަދި ގުޅީފަޅު ގުޅާލުމަށް ތިން ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

"ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރައްވައެވެ. ބްރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބީރުމީހާ

    އުއްމީދީ ކަމުން ޓްރިވެންޑްރަމް އާއި ކޮޗިންގެ ޑރ ނާއި އާއްމުން ކައިބޮއި ހަަދަނީ ފިވެހިން ފެލަިގެން އާސަންދައިންދޭ ލާިކޮޅުން

    46
  2. ކާނިވާއިން

    ވ ސަކަރަތްވީ. ކަޝްމީރު ހިޞޯރުކޮށްފައި އޮންނަތާ އެއްއަހަރުވަނީ.. ސޯލިހަށްވެސް ތާއީދެއްނެތް

    36
  3. ކޮވިޑް

    ތިޔަ ކިޔާ ބުރިޖަކީވެސް ރ.ޔާމިން ހުރިހާކަމެއް ނިންމާ ފަށަން ތައްޔާރުކޮށްފައިވާ ކަމެއް. ތިމީހުންނަކަށް އާކަމެއް ނުކުރެވެ.

    34
  4. ހުސޭނުބޭ

    އަނެއްކާ މިއަދު އިރުއެރިއިރު ބެރޭކްފަސްޓަށް އިންޑިޔާގެ ނެޝެނަލް ޑްރިންކް ބޮއިގެން މީނަ ހުރި ދުވަހެއްބާ؟

    32
  5. ފައްޔާޒު

    އިންޑިއާއަކީ ހަމަޖެހުމާއި ކުރިއެރުން އޮތް އުންމީދީ ގައުމެއްކަމަށް ރައީސް އިިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވިއެވެ. ކިހިނެއްތޯ ތިޔަހެން ވާނީ އެތާ އުޅޭ މުސްލިމުން މަރަމުން އެމީހުންގެ މަސްކެއުން ވޭތޯ އެއްވެސް ގޮތަކުން ހަމަޖެހޭ ކަމަކައް ، ދެންކުރިއެރުން ލިބިދާނެ ރާއްޖޭގަ ދިރިއުޅޭހާ ބަޔަކު ބޭސްކުރަން އިނޑިޔާއައް ފޮނުވީމަ.

    33
    1
  6. ޢލަި

    އިބްރާހިމް ކިތަންމެ ވަރަކައް ތިހެން ބުންޏަސް ތކަހަލަ ވާހަކަ ކިޔަވާގެން ތިބި ދިރާސާ ކުރާމީހުނއ ތިކަހަލަ ފޮލޯކް ގަބޫލެއްނުކުރާނެ އަދި ތީ އިންޑިޔާ ހައްދާގެން ފައިސާހޯދަން ފަލަ ސުރުހީ އައް އަރުވާ ވާހަކަ

    31
  7. ނޯނޯ

    އޭ ބަލަ މިހިރަ ގަމާރާ.. ކޮންތަނެއް އުންމީދީ ވެގެން ތިއުޅެނީ..ރޭޕިސްތާން ދިފާއު ކުރަނީ ހަމަ ކަލޭ.އިންޑިޔާ އަކީ ކާފަރު ގައުމެއް.. ނަމަ ނަމަ މަގޭ މުސްލިމް ގައުމު ހަލާކު ނުކުރާތި!!!

    29
  8. ކުނިތް

    ދިވެހިން އަޅުވެތި ކުރުމަށް ޖެހި ލޯނުދަންތުރަޔަ ކަށް އިންޑިޔާއިންދިން އެހީއޭ ކިޔާ އަދިވެސް ދިވެހިންނަށް އޮޅުވާލަން ނޫސްވެރިން ވެސް ތި ކުރަމުންދާ މަސައް ކަތް ހުއްޓާލާނީ މިގައުމުގެ ރައްޔިތުން މިބިމުގަ އިންޑިޔާގެ އަޅުންގެ ގޮތުގަ އުޅެން ޖެހުނީމަބާ؟ ވަގުތު ނޫސްވެސް މިސަރު ކާރުން ގަނެލީބާ އަނެއް ކާ؟ ހުރިހިތާމަ އެއްގެ ބޮޑު ކަމާ

    23
  9. ޖަޒީރާވަންތަ ވަސްގަދަ ފިނިހަކަ

    ނެތްތަ އުއްމީދީ ޕާކިން ސްޓިކާގަނޑެއް

    24
  10. ފޫކޮޅުން ބަލާމީހާ

    އިންޑިޔާއަށް ލިބިފައޮތް ކުރިއެރުމަ ކީ ބުދު ފައްޅި ގިނަވުން މިސް ކިއްތައް އަންދާމަދު ކުރުން ދުނިޔޭ ފެންވަރުގައި. ކުޑަ ކުދިން ރޭޕު ކޮށް މެރުން މުސްލިމުން މަދު ކުރުމަށް އަނިޔާ ކޮށް ގުނަވަންތައް ބުރިބުރި. ކޮށްއަންދާ ބަޑިޖަހާ މެރުން އިންޑިޔާއަށް ލިބުނު ކުރިއެރުމަ ކީ ދިވެހިރާއްޖޭ ގައިއުޅޭ ލާދީނީ ބައިގަޑެއް ރިޔާސީއިންތިހާބުގައި ރައްޔިތުން ރައީސްޔާމީން އަށްދިން ވޯޓު ބޮޑުތަނުން ވައް ކަން ކޮގެ ވޯޓުތައްވަގަށްނަގައި އަންދާ ލާދީނީ ރީނދޫ ގުންޑާތަ ކެެތް ވެރި ކަން ފޭރިގަނެ އިންޑިޔާ ސިފައިން ރާއްޖޭގައި ވަޒަންވެރި ކުރުވުން އެއީ އެމްޑީޕީ އަށްވެސް އިންޑިޔާ އަށްވެސް ލިބުނު ތިބުނާ ކުރިއެރުން ބަލާނަން ތިހެން. ކިހާދުވަހަ ކު ތިލާދީނީ ބައިގަނޑަށް ތިބެވޭތޯ ތިބައިގަނޑުގެ ނުބައިނުލަފާ ޖާހިލު ކަމުން އަލަށް އާބައްޔެއް މުޅިދުނިޔެއަށް އުފަންވުން އެއީވެސް އަދި އިންޑިޔާއާއި ގުޅިގެން ރާއްޖޭގައި އުޅޭ ލާދީނީ ބައިގަނޑެއް ވައް ކަން ކޮށްގެން އިޑިޔާއާއި ކިނދުލަށް ލިބުނު ކުރިއެރުމެއް ހަމަ އެމްޑީޕީގެ ސަބަބުން މިރާއްޖެއަށް. ކުރިމަތިވި ބޮޑު މުސީބާތެއް އެޖެންޑާ ކޮވިޑް-19

    22
    • ޙުސްނީ

      ހެހެހެހހެ... ތީދެ ބޮޑުވަރު.. ދަށުވިޔަސް ބޮޑުވަރު...??? ކަޝްމީރުގެ ކުށެއްނެއް އެތަށް މުސަލިމުންނެއް މަރާ ނުވިތާކަށް ކާފިޔު ހިންގއިގެން އުޅޭތާ 1 އަހަރަށްވުރެ ގިނަދުވސްވީ.. ފެންނަކަމަށްވެސް ނުވޭ.....

      12
  11. ކާފަ22

    އާއިލާ އާއި އެކު އިންޑިއާއަށް މަނިކުފާނު ބަދަލުވެފަ ދިވެހިންނަށް ދިވެހި ރާއްޖޭގައި ބަޔަކަށް އަޅުވެތި ނުވެ އުޅެވޭނެ ގޮތް ހަދައިދީ

    24
  12. ޖޫރިމަނާ އެޖެންޑާ 19

    ރައްޔިތުން ފެލާ އަނިޔާވެރި ސަރުކާރު އިސްތިއުފާ. މިހާރު ކުރިން 7ރ އަށް ދޭ މައިލޯ ޕެކެޓުވެސް ލިބެނީ 10ރ އަށް. އަނިޔާވެރިކަމުގެ އިންތިހާ. ކަމެއް ކޮށް ނުދެވޭތާ މުސީބާތް ޖައްސަނީ..

    28
  13. ޢަލިބެ

    އިންޑިއާއިން އެހީވެގެން ހޮވިފަހުރީމަ މިކަހަލަ ގޮތެއްދޯވާނީ.

    27
    • ޙުސްނީ

      ހެހެހެހހެ... ތީދެ ބޮޑުވަރު.. ދަށުވިޔަސް ބޮޑުވަރު...??? ކަޝްމީރުގެ ކުށެއްނެއް އެތަށް މުސަލިމުންނެއް މަރާ ނުވިތާކަށް ކާފިޔު ހިންގއިގެން އުޅޭތާ 1 އަހަރަށްވުރެ ގިނަދުވސްވީ.. ފެންނަކަމަށްވެސް ނުވޭ.....

  14. ޙަމަބުއްދި

    ޙަމަބުއްދިނެއް ކޮއްމެމީހަކުދާނީ ހިތައްއައިހާއެއްޗެއް ގޮވަމުން.ލޮލައް ނުފެއްނަތަނުގަ ކަންފަތައްއަޑުވެސް ނުއިވޭ
    ގަމާޜެއް

  15. ޙުސްނީ

    ހެހެހެހހެ... ތީދެ ބޮޑުވަރު.. ދަށުވިޔަސް ބޮޑުވަރު...??? ކަޝްމީރުގެ ކުށެއްނެއް އެތަށް މުސަލިމުންނެއް މަރާ ނުވިތާކަށް ކާފިޔު ހިންގއިގެން އުޅޭތާ 1 އަހަރަށްވުރެ ގިނަދުވސްވީ.. ފެންނަކަމަށްވެސް ނުވޭ.....

  16. ސޯލިހުބޭ

    ހަކުރުދެންޏާ ބޮޑުބޭބެ. ހަމަޖެހުން ބޮޑުކަމުން ކަޝްމީރުގައިވެސް އަބަދު ތަޅާފޮޅުން. ހަމަޖެހުން ބޮޑުކަމުން އިންޑިޔާގެ މުސްލިމުން ތިބެނީ ގޭން ބޭރަށް ނިކުންނަން ނުކެރިފައި.

    12
  17. އަލިބެއްޔާ

    މި ޤައުމުގެ މިނިވަންކަން ގެއްލުވާލައި މިތާގައި އިންޑިއާ އަދި ބަންގާޅު މީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލި ކަމުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ ވެރިކަމުގައި ތިބި ފަރާތްތައް..

    12
  18. ސްޓިކް ހައުސް ޒަކިއްޓޭ

    އިއްޔެއަކީ ޕާކިސްތާނުގެ މިނިވަން ދުވަސް، ވަރަށް ވާހަކަ މިއީ

  19. މަބޭ

    ޢިންޑިޔާއަކީ އެހެންގައުމުތައް އަޅުވެތިކުރަން މަސްކަތްކުރާބަޔެއް

  20. ބްރިޖް

    ކަލެއަށް އިންޑިއާއިން ޑޮލަރު ބޯންދޭތީ ކިޔާ އެއްޗެއް ތިއީ، އެމީހުންގެ ބޭނުމަކީ ދިވެހިންވެސް ހައްލުވަން.

  21. ވަގު ޖަރީމާސަރުކާރު ރައީސްޔާމީން ދޫކޮށްލާ

    ނުވާނެ ހައްލެއް ލާހިކަ ކުޅަދާނެއް ނޫން ފަސްއަހަރުވަންދެން ރައީސްޔާމީން ޖަލުގައި ބަހައްޓައިގެން ވެ ރިކަން ކު ރާކަށް ވައްޓާލާނަން އެމްއެމްޕީ ރސީއާއި. ރައީސްޔާމީންއާއި އެއްވެސް ގުޅުމެއްނެތް ރައީސްޔާމީން ޖަލަށްލާފައެވަނީ ނުހައްގުން ރައީސްމީން ދޫކޮށްލާ!