ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ތާރީޚީ ފޮތެއް ކަމަށްވާ "ދެ ރަދުން" ނަމަކަށް ކިޔާ ފޮތުގައި ސައްހަ ނޫން، ކުށް މައުލޫމާތު އެބަހުރި ކަމަށް ރާއްޖޭގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އަހްމަދު އަލާ ދީދީ ވިދާޅުވެއްޖެއެވެ.

އަހްމަދު އަލާ "މިހާރު" ނޫހުގައި ރައީސް ނަޝީދުގެ ފޮތާއި ގުޅޭ ގޮތުން ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ ފޮތުގެ 53 ވަނަ ސަފުހާގައި ކޮރުބަންޑާރައިންގެ އާއިލާ އާއި ގުޅޭ ގޮތުން ހުރި މައުލޫމާތުތައް ސައްހަ ނޫން ކަމަށެވެ.

"މި ޕެރެގްރާފުގައި ވަރަށް މައްސަލަ އެބަ އުޅެ އެވެ. ކޮރުބަންޑާރައިންގެ މަންމާފުޅަކީ ފަސްމަންދޫ ހަކުރާތަކުރުފާނުގެ "އަތިރީކަމަނާގެ" ބޭފުޅެކެވެ. ދެން އޮތް ޖުމްލައިގެ ރަނގަޅު ގޮތަކީ، ނޮޅިވަރަމް ބޮޑު ހަނދޭގިރިތަކުރުފާނަކީ އިބްރާހިމް ރަސްގެފާނާއި ކޮރުބަންޑާރައިންގެ ބޮޑުބޭބޭފުޅުކަމުގައި ބަޔާންކުރުމެވެ. މިއީ ތިން ބޭން ކަމުގައެއް ނުވެ އެވެ. ދެން އޭގެ ފަހުން އޮތް "ދޮންބީނާގޭ އައިމިނަތުދީދީގެ ބައްޕައަކީ ފަސްމަންދޫ ހަކުރާތަކުރުފާނަށް މުނިކާފަ ވިދާޅުވާ ފަސްމަންދޫ އަލީ ދޮށިމޭނާމަނިކުފާނު" ކަމުގައި ބަޔާންކުރައްވާފައިވާއިރު، ފަސްމަންދޫ ހަކުރާތަކުރުފާނަކީ މި އަލީ ދޮށިމޭނާމަނިކުފާނުގެ ކާފަ އެވެ. މުނިކާފައެއް ނޫނެވެ. އަދި މާންދޫގޭ ދީދީގެ ކާފަކަމުގައި އެ ވިދާޅުވާ ޚަތީބު މުހައްމަދު މަނިކުފާނާއި ދޮންބީނާގޭ އައިމިނާދީދިއާ އެއްބަފާ ކަމެއް އެނގޭކަށް ނެތެވެ." އަހްމަދު އަލާ ލިޔުއްވާފައި ވެއެވެ.

ކުށްތަކުގެ ސަބަބުން، ލިޔުންތެރިޔާގެ މައިގަނޑު ބަހުސް ކަމަށްވާ، މާންދޫގޭ ދީދީއަކީ ފަސްމަންދޫ އާއިލާއާ ގުޅިފައިވާ ބޭފުޅެއްކަން، މި މައިގަނޑު ޕޮއިންޓަކަށް ޝުބުހާއެއް ނާންނަ ކަމަށް ވެސް އަހްމަދު އަލާ ލިޔުއްވާފައި ވެއެވެ.

"ދެ ރަދުން" ފޮތަކީ އިލްމީ އެތައް ދާއިރާތަކަކާ ގުޅިފައިވާ ފޮތެއް ކަމަށާއި ޕޮލިޓިކަލް ސައިންސާއި އިންޓަނޭޝަނަލް ރިލޭޝަންސް، އިކޮނޮމިކްސް އަދި ސޯޝިއޮލޮޖީ ފަދަ ދާއިރާތަކުން ކުރިޔަށްދާން އެދޭ ކޮންމެ މީހަކަށްމެ އެމީހެއްގެ ދާއިރާއާ ގުޅޭ ގޮތުން ދިރާސާކުރުމަށް ހެޔޮ މަންޒަރެއް ދައްކުވައިދޭނެ އަދި އެތައް މައުލޫމާތެއް ލިއްބައިދޭނެ ފޮތެއްކަމުގައި މިފޮތް ވާނެ ކަމަށް ވެސް އަހްމަދު އަލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޑަރޭ

    ގަސްދުގަވެސް އޭނާ ބައެއް ކަންތައްތައް އޮޅުވާލާނެ. އޭނަ ދައް ކާވާހަ ކައެއް ލިޔާލިމުމެއް ވަރަށްބޮޑަށް ދިރާސާ ކޮއް ހޯދުމައްފަހުނޫނީ ގަބޫލް ކުރަން ހެޔޮނުވާނެ. " ތިޔަބައި މީހުންގާތައް ހަބަރަ ކާއިގެން ފާސިގަ ކު އަތުވެއްޖެނަމަ އޭ ގެ ދޮގު ތެދު ކަށަވަރު ކުރާށެވެ"

    45
    2
  2. މުވާޠިނު

    ދޮގުހެދުމާއި އޮޅުވާލުމާއި ފިތުނަފަސާދަ އުފެއްދުމަ ކީ ހާދަހާ ބޮޑު ނުބައި ކަންތައް ތަކ ކެވެ.

    41
    2
  3. ޓަކަފިރޯށި

    ތިހެންލިޔާ ލިޔުންތަކުގަ މުޅިންހުންނާނީ ލިޔުންތެރިޔާ ތާއީދުކުރާގޮތް އިހައްދުހުނޫންތޯ ނަޝީދު އިސްތިއުފާދީފަ ވެރިކަން ދޫކޮށްލީ އެކަމަށް ކިތައްފޮތްލިޔެފިތޯ؟ ދެފޮތެއް އެއްގޮތްތޯ؟ ދެން ޒަމާންތަކަށްފަހު އެވާހަކައައް ވާނެގޮތް ތަސައްވަރުކޮއްލާ؟!

    33
    2
  4. ކޮތަރު

    ތިޔައީ ކުށެއްނޫން. ތެދު ނޫން އެއްޗިއްސަށް އަހަރެމެން ކިޔަނީ 'ދޮގު'. އެހެންވީމާ، އެ ފޮތުގައިވެސް އެތަކެއް ދޮގުތަކެއް އެބަ ވޭ. ހަމަކަށަވަރުން އެއީ ހަމަ ދޮގު ހަދާ މީހެކެވެ.

    40
    2
  5. ރީހުއްސޮބާ

    ކެނެރީގޭ ނަޝީދަކީ ދޮގެއް ހެދެން އޮއްވާ ތެދެއް ހަދާނެ މީހެއް ނޫން. ކީއްކުރާނީ. ލާދީނީ މީހުންގެ ގޮތަކީ ދޮގުހެދުމާއި އޮޅުވާލުން.

    37
    1
  6. ޕާކިން ސްޓިކާ

    ޖޫރިމަނާކޮށް އެއްޗެހި އަގުބޮޑުކުރަން އެކަނި އެނގެނީ މިމީހުނަށް

    28
  7. މުގުރާން

    ހަމައިގަތިބޭ މީހުންނަށްތާ ރަންގަޅު އެއްޗެއް ލިޔެވޭނީ ، މީގަދެރައީ މި ކަލޭގެ ލިޔާއެއްޗިހި ކިޔާމީހުން އުޅޭތީ އެއީ ތާ ކު ހުރި ބުރާންޗެއް

    33
    1
  8. ނާޖިހު ދީދީ

    ތި އާލާދީދީއަ ކީ އަދި މާ ފޫހި މީހެއް. ރޯނު އެދުރު ހެދިގެން އުޅޭނީ

    17
    15
    • އަލާ ދީދީ

      މަށަށް ވުރެ އަދި މާ ފޫހި މީހެއް ނާޖިހު ދީދީއަކީ. އަކަޔަންބޯ ހެދިގެން އުޅޭނީ.

      5
      8
  9. ބޯކިބާ

    "ދިވެހި ތާރީހް" އެއީ މާލޭ އެކިގޭގޭމީހުން އެވަގުތަކު ހިތަށްއެރި އެއްޗެއް. ތިކަހަލަ އެއްޗިހި ކިއުމުގެ ބަދަލުގަ އަހަރެމެން ކިޔަނީ އަލިފުލައިލާ ވާހަކަ. އެވެސް ފުލޯކު ތިވެސް ފުލޯކު.

    30
  10. އެމްޑީ ސުހައިލް

    ތިއަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަމެއް ނެތީތަ.

    24
  11. ކާސިމް

    ނޫނޭ. އަހަމްއިދީގެ މައުލޫމާތު ނުބައިކަމަށް މަނިއްޕުޅު ބުނާނީ. މިއޮތީވާ ވަރުގަދަ ކަމެއް ޤައުމަށް ޖެހިފައި

    21
  12. އަނިލް ފަޒީން

    ތި ފޮތެއް ކައިލައިގެންވެސް މައިތިރިވެބަލަ

    12
  13. ާއަސޭލަރ

    ދޮގެއްހެދެން އޮވާތެދު ނުހާދާނެ ބޭފޅެއްގެ ވާހަކަ. ފޮތުގެ ހަބަ ރުފެނުމުންވެސްހިތަށްއެ ރި ކިހާދޮގެއް ހުންނާނެ ބާޔޭ މިފޮތުގަ. ޗާޕްކޮޢްދެއްވި ފަ ރާތަށް ވަ ރަށް ސަލާމް

    10
  14. އަންނި

    އަހްމަދު އަލާ ދީދީ އަށް ތިކަމުގަ ފިޔަވަޅު އަޅާ ހައްގު އަދަބު ދެވޭނެ.

    9
    1
  15. ރާއްޖެތެރޭ ފަސްކުޅަނދު މަދުމީހާ

    ރާއްޖޭގެ ތާރީހޭ ނުކިޔާ ކިޔާ މާލޭ މީހުންގެ ތާރީހޭ' ރާއްޖެ ތެރޭމީހަކު ކިތަންމެ މޮޅުވިޔަސް ގައުމައް ކިތައްމެ ހިދުމަތެއް ކޮއްދީފަ އޮތަސް އެމީހުންގެ ވާހަކައެއްނޯންނާނެ' ރާއްޖޭގެ ތާރީހަކީ މާލޭ ބޭފުޅުންއާއިލާ ރަދުންވެސް ކިލެގެވެސް ކަލޭފާނުވެސް ކޮލިވެސް އެއީ މާލޭ ބޭފުޅުން މާލޭ ބޭފުޅުންގެ ތާރީޙު

    3
    2
  16. އަރީޝް

    ތިޔަ މުޅި.ފޮތަކީވެސް ނުބައި ނިޔަތެއްގައި.ނެރުނު ނުބައި ފޮތެއް. ތީގައި ރަނގަޅު އެއްވާހަކަވެސް ނޯންނާނެ. އިނގިރޭސި ތަން ބައިކިރުމުގެ ސިޔާސަތށް މަގުފަހިކުރަން ނެރުނު ފޮތެއް. ދަރީންގެ ދަރީންނަށް ރާއްޖެ ގެއްލުވާލަން.

    11
    1
  17. Anonymous

    ހުންނާނެ ހުންނަނީވެސް ހަމަޔަކުނޫން އެހެންނޫނަސް ނޮވެމްބަރު ތިނެއްގެ ހާދިސާވެދް އޮންނާނީ ނެޔްއެއްޗަކަށް ހަދާފަ އެހެންނޫނަސް ވަރަށް ހިނަކަންތައް އޮޅުވާލާނެ

    11
  18. ކުށްސާބިތުކުރުން

    އެބޭފުޅާ އަކީ ހުރިގޮތަށް ހުރި ކުށެއް...

  19. އަބްދޫ

    އެއްޗެެއް ނުދަނޭ އޮޅުވާލައިގެންެުޅޭ މީހެެއް

  20. ޖައުފަރު

    ހިނދުކޮޅުގަ ހުންނަ މަރުމޯލަކު ޞައްޙަ ކޮށް ނުލިޔާނެ

  21. Anonymous

    ނަޝީދު އިޒް ސޯ އެކްސްޕޯޒްޑް

  22. ކަޅޭ

    ރޯނު ބަޑިއެދުރު ބޯކޮސް...

  23. ބޭކާރު

    ލަފާކުރެވެނީ އޭނަގެ ނަމުގަ މީހަކު ލިޔެދިނީހެން .އެމީހަކީވެސް އަމިްލަޔަށް ރޯނުއެދުރު ހެދިގެން އުޅޭމީހެއް.ވީމ ހުންނާނީ ތިޔަހެން

  24. ކައުންސެލަރު

    ޕުޗުސް! ތިފޮތް ލިޔުނު މީހާގެ ސަބަބުންވެސް ތިއަކަށް ބަލާވެސް ނުލާނަން.

  25. ވާނީ

    ހުރިކަމެއްގަ ވާނީ ތިހެން